ބީއެމްއެލް ހެޑް އޮފީސް--
23 މާޗް 2022 - 12:51
އަސާސީ ބޭނުންތައް ފުއްދަން ދަތި ތިން އާއިލާއަކަށް ހިލޭ ގެ އަޅައިދޭން ބީއެމްއެލުން ހުޅުވާލި ފުރުސަތުގައި ފޯމު ލުމުގެ މުއްދަތު ހަމަވާތީ ވީހާވެސް އަވަހަށް ފޯމު ހުށަހަޅަން އެ ބޭންކުން މިއަދު ހަނދާން ކޮށްދީފި އެވެ.
ބީއެމްއެލްގެ ހައުސިން ގްރާންޓުގެ ދަށުން ގެ އަޅައިދޭނީ ކުރިމަތިލާ މީހުންގެ ތެރެއިން ބޭންކުން ބެލުމަށް ފަހު އެންމެ ބޭނުން ޖެހިފައި ތިބި ތިން އާއިލާއަކަށެވެ. އެ އާއިލާތަކުގެ ނަން ހުށަހަޅެމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަމިއްލަ ޖަމިއްޔާތަކަށާއި ކައުންސިލްތަކަށެވެ.
ނޮމިނޭޓް ކުރަން ބޭނުންވާ އާއިލާތަކުގެ މައުލޫމާތާއެކު މި މަސް ނިމުމުގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. ފޯމު ހުށަހަޅާނީ [email protected] އަށެވެ.
ބީއެމްއެލުން ނެރުނު ބަޔާނެއްގައި އެ ބޭންކުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން އަސާސީ ބޭނުންތައް ފުއްދަން ދަތި އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އެ ޕްރޮޖެކްޓުގެ ދަށުން އާއިލާތަކަށް އެހީވުމުގައި ކައުންސިލްތަކާއި ޖަމިއްޔާތަކުގެ ބައިވެރިވުން ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ބޭންކުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ދަށުން އިއުލާން ކުރި ގްރާންޓެކެވެ. އަހަރީ ދުވަހާ ގުޅިގެން މުޖުތަމައަށް ފައިދާހުރި 12 ހަރަކާތެއް ހިންގާނެ އެވެ.
މިހާތަނަށް ބޭންކުން ފަށާފައިވާ ހަރަކާތްތަކުގެ ތެރޭގައި ސްކޮލާޝިޕް ފަންޑާއި ނޭޝަނަލް ލައިބްރަރީ ތަރައްގީ ކުރުމާއި އަލަށް ފަށާ ވިޔަފާރިތަކަށް ހާއްސަ ގްރާންޓް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާނާ
23 March 2022
ބީއެމްއެލްއަކީ އެތައް ބައެއްގެ ހިއްސާ އޮންނަ ތަނެއް. އެެތަނުން ބޭނުންހާ ޚަރަދެއް ކުރުމަކީ ހިއްސާދާރުންނަށް ލިބެންވާ ފައިދާއަށް އުނިކަން އަންނާނެ ކަމަކަށް އެއީ ހިއްސާދާރުންނަށް ކުންފުނި ހިމްގަން ތިބޭ މީހުން ވާ ޚިޔާނާތެއް. އެންމެ ހިއްސާދާރަކު ނުގަބޫލަސް އެފަދަ ޚަރަދެއް ނުކުރެވޭނެ. ހަމައެކަނި ކުރެވޭނެ ޚަރަދަކީ އެތަން ހިންގުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް.
އަލިތަކުރު.
23 March 2022
މިތަނުގައި ކޮމެންޓް ކުރުމުގެ ބަދަލުގައި ތިވާހަކަ ދައްކަން ބެންކް އޭޖީއެމް ބައްދަލުވުމަށް ގޮސް ތިވާހަކަ ދައްކަބަލަ. އޭރުން އެތަނުގައި އެއިންނަ އަންހެން މީހާއަށްވެސް އަދި ތި ޙަރަދު ކުރުމަށް ހުއްދަދޭ ފަރާތް ތަކަށްވެސް އިގެނެ ތިމަންނަމެން މިކުރާ ކަންތައް އެހެންމީހުނަށްވެސް އިގޭކަން.