ޚަބަރު / ރާއްޖެ-އިންޑިއާ

ޕޮލިސް އެކަޑެމީއަކީ ސަރަހައްދުގައި ފާހަގަކުރެވޭ ތަަނަކަށް ވާނެ ކަމަށް އުންމީދު ކުރަން: ޖައިޝަންކަރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރު

އިންޑިއާގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތްކުރި ޕޮލިސް އެކަޑެމީ "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" އަކީ މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ވަރުގެ ރަނގަޅު ތަނަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުން 30 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި ޕޮލިސް އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބުމަކީ ވެސް ބޮޑު އުފަލެއް ކަމަށެވެ. އަދި އެކަޑެމީގައި ފުރަތަމަ ފަހަރަށް ދިދަ ނެގި ވަގުތަކީ ވަރަށް ފަހުރުވެރި އިހްސާސެއް ކުރެއްވުނު ވަގުތުކޮޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޔާންކުރަން ވަރަށް އުނދަގޫ އުފާވެރި އިހުސާސެއް ކުރުވި،" ޕޮލިސް އެކަޑެމީގެ މަސައްކަތަކީ އިންޑިއާ އިން ވަރަށް ގާތުން މޮނިޓާ ކުރަމުން އައި މަޝްރޫއެއްކަން ފާހަގަ ކުރައްވަމުން ޖައިޝަންކަރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރު

ހިތަދޫ މާމެންދޫ ސަރަހައްދުގައި އިމާރާތް ކޮށްފައިވާ ޕޮލިސް އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތަށް ރޭ ސީދާ އައްޑު އަށް ވަޑައިގެންނެވި ޖައިޝަންކަރު ވިދާޅުވިގޮތުގައި އެ އެކަޑެމީން ރަމްޒު ކޮށްދެނީ ރާއްޖެ އާއި އިންޑިއާ އާދެމެދު އޮތް ޒަމާންވީ ގާތް ގުޅުމެވެ. އަދި އެއީ "އައިކޮނިކް" ތަނަކަށް ވަރަށް އަވަހަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ގޮންޖެހުންތަކާ އެކު ރަނގަޅު ފުލުހުންގެ ފައުޖެއް އުފައްދާނެ ތަނަކަށް ވެސް ވުމަކީ އޭނާގެ އުންމީދެއް ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

ރައީސްގެ ދެކަނބަލުންނާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕޮލިސް އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައި--

"މި އިންސްޓިޓިއުޓަކީ ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ޝުކުރު ދަންނަވަން،" ޖައިޝަންކަރު ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާގެ ސަރުދާރް ވައްލަވާއި ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑެމީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އައްޑޫ ޕޮލިސް އެކަޑެމީގެ ތަމްރީނުތަކުގެ ގާބިލްކަން އިތުރުވެ، އެއީ އެ ތަން ތަރައްގީވުމަށް ވެސް އެހީއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ޖައިޝަންކަރު ވަނީ ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއަށް ބޭނުންވާ 40 މިލިއަން ޑޮލަރުގެ ފައިނޭންސް އެގްޒިމް ބޭންކުން މިހާރު ދޫކޮށްފައިވާ ކަމަށާއި އެ މަޝްރޫއުގައި އެކި ރަށްތައް ހިމެނޭ ގޮތަށް 61 ޕޮލިސް ސްޓޭޝަނެއް ގާއިމުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ޑިޓެންޝަން ސެންޓަރުތަކާއި ޕޮލިސް ހެޑްކުއާޓަރުތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އިން އެކި މަޝްރޫއުތައް ރާއްޖޭގައި ހިންގަމުން އަންނައިރު ޖައިޝަންކަރު ވިދާޅުވިގޮތުގައި، އެ ގައުމުން އަބަދުވެސް މަސައްކަތް ކުރާނީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށެވެ.

15 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެޓްއައުޓް

28 March 2022

އަޅުވެތި ކަމަށް ދިވެހިން ނޭދޭ އިންޑިޔާ މިލިޓަރީ ރާއްޖެއިން ފެއްސެން އުޅޭ

The name is already taken The name is available. Register?

ވަހުތާން

28 March 2022

އައިޖީ އެމް އެޗް ހޮސްޕިޓަލުން ނަމޫނާ ހޯދުން ހުރިހާ ކުދިންނަށް ފިލާވަޅު ލިބޭނެ.

The name is already taken The name is available. Register?

ސެންޓޭ

27 March 2022

ދިވެހި ފުލުހުނަށް މާބޮޑު ތަމްރީނެއް ބޭނުމެއް ނުވޭ.. ދިވެހި ފުލުހުން ރައްޔިތުންނަށް ދޭ ހަމައެކަނި ޚިދުމަތަކީ ސްޓިކާ ޖެހުން. އެކަން ދުނިޔޭގެ އެހެން ތަނެއްގައި ނުކުރާ މޮޅަށް އެބަކުރޭ.

The name is already taken The name is available. Register?

އިކުލީލް/ޏ

27 March 2022

އެދުމެއް ނެތި ވެދުމެއް ނުކުރާނެ އިންޑިއާއިން، ލަންކާއަށް ޖައްސާފައި އޮތް ހާލަތުގެ ޒިންމާ އިންޑިއާނޫން ބަޔަކު ނަގަން ނުޖެހޭނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 March 2022

ވީހާއަވަހަކަށް ބަލަންވީ އޭޕީޓީއޭ ނުވަތަ Association of Police Training Institute of Asia އާއި އޮސްޓްރޭލިއާ، ކެނަޑާ ޖެޕާން ފުލުހުންގެ އެހީތެރިކަމާއިއެކު ސާކް ސަރަޙައްދު ޤައުމުތަކުގެ ފުލުހުންނަށްވެސް ދައުވަތުދީގެން ޓްރެއިނިންގ ޙަރަކާތެއް ހިންގޭނެ ގޮތެއްވޭތޯ. # އިމާރާތެއްލިބުނުކަމުގެ ހިތްހަމަޖެހުމުގައި ދެންކުރާންޖެހޭ ކަންކަންހަދާން ނައްތާލައިގެން ތިބޭކަށްނުޖެހޭ. ކޮލޭޖްގެ މަސައްކަތް ބާރުމިނުގައި ކުރިއަށްގެންދިއުމަށް ޕްރޮޤްރާމްހަދާ އިއުލާންކުރަންޖެހޭ.

The name is already taken The name is available. Register?

އަލިމަނިކު.

27 March 2022

ޖ.އަތޮޅު މާލޭގައި އައިޖީއެމްއެޗް ، މަޖިލިސްގެ އިދާރާ، ކޯސްޓްގާރޑް ބިލްޑިންގް މިއުޒިއަމް ސޯޝަލް ސެންޓަރާއި އެތައް ސުކޫލެއް ފަދަ ތަންތަން އަޅާދީފައިވަނީ އިންޑިޔާ އާއި އެހެން ދައުލަތް ތަކުގެ އެހީގައި. މިތަންތަން އެޅުމުން ނުގެއްލުނު މިނިވަންކަމެއް އައްޑޫ ޕޮލިސް އެކަޑަމީގެ ސަބަބުން ގެއްލޭ ވާހަކަ ދެއްކުމަކީ ހަމަޖެހޭ ކަމެއްނޫން.

The name is already taken The name is available. Register?

އުތަ

27 March 2022

މިތަނުގަ ތަމްރީނުދޭން ތިބޭނީ ކޮން ގައުމެއްގެ ބައެއްކަން އެނގުން އެއީވެސް ގައުމީ ސަލާމަތަށް ނުރައްކާވާވަރުގެ މައުލޫމާތަށް ވާނެހެން ހީވަނީ. އިމާރާތް ނިމުނުއިރު ތަމްރީން ދޭން ކުރަންވާ އަމަލީ މަސައްކަތަށް ކިހާ ވަރަކަށްބާ ރެޑީވެފަ އޮތީ.

The name is already taken The name is available. Register?

މުތަ

28 March 2022

ރާއްޖޭގައި ތައުލީމާއި ތަމްރީނު ދިނުމުގައި ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އެތައްބަޔަކު ހަރަކާތްތެރިވޭ. އެއީ މިނިވަންކަން ޖަހައިގަންނަން އަންނަބައެއް ނޫން. ޝުކުރުވެރިވާން ދަސްކޮށްބަލަ.

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

27 March 2022

ކިތަންމެ މޮޅެތިތަންތަންއަޅާ ކިތަންމެ މޮޅެތި މީހުން އުފެދުނަސް ހެލުކޮޕްޓަރެއްގެ ހުންގާނަށް އެރޭވަރުގެ މީހަކު މިރާއްޖެއަކު ނުފެދޭވިއްޔަ.

The name is already taken The name is available. Register?

2022

27 March 2022

ނޫނޭ ޖީޓީއޭގަ އަހަރެން ހެލިކޮޕްޓަރު ދުއްވިން ވަރަށް ގިނައިން

The name is already taken The name is available. Register?

ޑުރަގުއައުޓު

28 March 2022

ކަލެއަށް އެކަނި އެކަންވާނީ. ކޮމެންޓުކުރަން ނުހުރެ އެކަމާއި އުޅެންވީނު

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 March 2022

އިންޑިޔާސަރުކާރުން އިމާރާތްކޮށްދެއްވި އައްޑޫ ޕޮލިސް އެކަޑަމީ ނުވަތަ "National Collage of Policing and Law Enforcement ." އަކީ އައްޑޫގައި ޤާއިމްކުރި އިންޑިޔާގެ ރަމްޒެއްފަދަ ތަނެއްކަމަށްވެގެންދިއުމަކީ އަހަރުމެންވެސް އުއްމީދުކުރާގޮތް. # އަހަރުމެން އެދެނީ އެން ސީ ޕީ އެލް އީ ފަދައިން އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލް ޙަޤީގީމާނައިގަ "ޓާރޝަރީ ހޮސްޕިޓަލަކަށް ހެދުމަށް" އިންޑިޔާސަރުކާރު އެހީތެރިވެދިނުމަށް. މިއީ އައްޑުއަށާއި ރާއްޖެއަށް ވަރަށްމުހިންމު ކަމެއް.

The name is already taken The name is available. Register?

ހަމީދު.

27 March 2022

ޕޮލިސް އެކެޑަމީ އަކަށްވުރެން މިވަގުތު އައްޑުއަށް މުހިންމީ ހޮސްޕިޓަލް ރަނގަޅު ކުރުން. އެތަނުގައި ޑޮކްޓަރަކުނެތް. ޑޮކްޓަރަކު ހުރެއްޖެނަމަ ބަލި ދެނެގަނެވޭނެ ގޮތަކަށް ޓެސްޓް ހެދޭކަށްނެތް. ކިހިނެއް މިކަން ކުރާނީ.

The name is already taken The name is available. Register?

ރުއްކެޑި.

27 March 2022

މޭޔަރަށް ތިވާހަކަ ބުނަންކެރޭނެތަ ؟ ޑޮކްޓަރުން ފޮނުވާ ދިނުމަކީ އިންޑިޔާ އަށް އެންމެ ފަސޭހަ އެއްކަންތައް. ކައުންސިލުން ތިކަމަށް އެދިއްޖެނަމަ ވަގުތުން ޖައިޝަންކަރު ތިކަމަށް އާނބަސް ބުނާނެ. އެކަމަކު ނިޒާރު ތިކަމެއް ނުކުރާނެ.

The name is already taken The name is available. Register?

ކާކުއުޅެނީ

27 March 2022

އިކްއެޓޯރިއަލް ހޮސްޕިޓަލް ތަރައްގީކޮށްގެން އިންޑިއާއަށް ބޭސްފަރުވާއަށްދާ މީހުން މަދުކުރަން އުޅޭ ކަހަލަ ބައެއްތަ ވެރިކަމުގަ ތިބީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454