ސުޕްރީމް ކޯޓްގެ އެސްޖީ ޑރ. ހުސެއިން ފާއިޒް: ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައި އޭނާ ވަނީ ސަސްޕެންޑްކޮށްފައި -- ފައިލް ފޮޓޯ: މިނިސްޓްރީން އޮފް ހަޔަ އެޑިއުކޭޝަން
31 މާޗް 2022 - 21:11
ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައި އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ "މިހާރު" އަށް މިރޭ ވިދާޅުވީ ފާއިޒް ސަސްޕެންޑްކުރީ ސުޕްރީމް ކޯޓުން ހެދި ސެކިއުރިޓީ އޮޑިޓަކަށް ފަހު ކަމަށެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުގެ ތަހުގީގު ފަށަންދެން ނުވަތަ ކަނޑައަޅާ މުއްދަތަކަށް އޭނާ މަގާމުން ދުރުކޮށްފައިވާ ކަމަށް ރިޒްނާ ވިދާޅުވި އެވެ.
"ފާއިޒްގެ މައްޗަށް ތުހުމަތުކުރެވެނީ ސީސީޓީވީ ކެމެރާތައް ބޭނުންކޮށްގެން ފަނޑިޔާރުންނަށް ފާރަލުމާއި އަދި ސުޕްރީމް ކޯޓުގެ މައުލޫމާތު ބޭރުކުރުމުގެ ތުހުމަތު،" ރިޒްނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އެސްޖީގެ މަގާމަށް ފާއިޒް އައްޔަންކުރީ ޖެނުއަރީ 7، 2019 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ސުޕްރީމް ކޯޓުގެ އެސްޖީގެ މަސްއޫލިއްޔަތުގެ ތެރޭގައި، އެ ކޯޓުގެ އިދާރީ ކަންތައްތައް ހިނގަމުންދަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމާއި އެސްޖީއާ ހަވާލުކޮށްފައިވާ ދާއިރާއާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި މަޝްރޫއުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ފޯރުކޮށްދިނުން ހިމެނެ އެވެ.
ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްގީގެ މަޝްރޫއުތަކާއި އަދި ބޭނުންވާ ސްޓްރެޓިޖިކް ޕްލޭން އަދި އެކިއެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލު އެކުލަވައި، ތަންފީޒުކޮށް ހިންގައި މޮނިޓަރުކޮށް، ބެލެހެއްޓުން ފަދަ މަސައްކަތްތަކަކީ ވެސް އެ މަގާމުގެ މަސްއޫލިއްޔަތުތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު.
04 April 2022
ސީސީޓީވީއަށް ފޮރުވަން ބޭނުންވާ ކަންކަން ނުކުރަންވީނުން. ގޯސްކޮށް ކަމެއް ހިގިޔަނުދިނުމަށްޓަކާ އިދާރީ މުވައްޒަފުން ސީސީޓީވީގެ ފީޑުބަލަންޖެހޭނެ. މައްސަލައަކަށްވާނީ ސިއްރުން ކެމެރާ ބަހައްޓައިގެން ބަލަންޏާ.
ޝަޔފާން
02 April 2022
ނަފްސާނީ ދާއިރާއިން ކިޔަވާގެން ހުރި މީހަކަށް މެނޭޖްމަންޓް ދާއިރާގެ އެހާ މަތިީ ވަޒީފާއެއް ލިބުނީ ކޮންކޮން މިންގަނޑަކަށް ބަލައިގެން ހޮވި ހޮވުމަކުންތޯ ހިތައް އަރާ. ޓޭބަލް ޓެނިސް ކުޅޭ މީހަކު ފެތުނުގެ ރޭހެއްގައި ބައިވެރި ކުރުވައިގެން ރަނގަޅު ނަތީޖާ ލިބިދާނެތޯ.؟
ރޫޓް
02 April 2022
ބޮޑެތި މަގާމުތަށް ލިބުނީމަވެސް މިއުޅެވެނީ ކޮންމެވެސް ވިޑިޢޯ ފީޑެއްގެ ފަހަތުން ފާރަލަމުން.. ތަންކޮޅެއް ހަރުދާނާވާން ވެއްޖެއެއްނު އެސްޖީގެ މަގާމް ލިބުނީމަވެސް.
ހަސަނު
01 April 2022
ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ފާރަލި ކަމަށް ޝައްކުވާނަމަ އޭނާ ހުންނަން ޖެހޭނީ ޖަލުގަ...
ރިޒްނާ އުސްތާޒާ
01 April 2022
ކެމެރާ ހުންނަނީ އެންމެނަށް ފެންނަ ތަންތާނގަ. ފާއިޒުގެ ރޫމަށް ކެމެރާ ފީޑް ފެންނަގޮތަށް ހުރީ އަބަދުވެސް ހަދާފަ. މީކީ ސިއްރެއް ނޫން. ފާއިޒު އެމަގާމަށް އައީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ގެ މަގާމަށް ކުރިމަތިލައި ނުހޮވި، ފަހުން އެސްޖީ ކަމަށް ކުރިމަތި ލައިގެން. އެސްޖީގެ މަގާމަކީ ފަނޑިޔާރުންގެ މަޖިލީހުން އައްޔަން ކުރާ މަގާމެއް. އެއީކީ ނަޒީރު ނޫނީ މަ ކުރިކަމެއް ނޫން. އެހެންވީމާ ފެނުނީ ކޮންޗެއްބާ. ސޖނފެނިގެން ސަސްޕެންޑްކުރަންޏާ މަވެސް ކުރަންވީ. ވަރަށްވާހަކަ.
ގަފސދ
01 April 2022
ފަނޑިޔާރުންނަށް ފާރަ ލުމަކީ މައްސަލަ އެއްތަ. އެމީހުން ގޯސް ނުހަދަންޏާ ފާރަލިޔޭ ކިޔާފަ ކަންބޮޑުވާނެ ކަމެއް ނެތެއްނު.
އަބުލްހަކަމް
01 April 2022
ޔާންޓޭމެނަށް ވިއްކާލަން ރަނގަޅު މެޓީރިއަލް ކޮޅެއް ހޯދީދޯ
ވަހީދު
04 April 2022
ޔާންޓޭއަށް މިހާރު ވެސް އެތަނުގެ ކަންކަން ފެންނާނެ. އެމީހުން ހެދިތަނެއް އެމީހުންނަށް ބެލޭނެ ކިތަންމެ ލޯވަޅެއް ހުންނާނެ ތޮރުފާފައި.
އަހަ ނެތޭ
01 April 2022
ސަހަލު އެކަކު އެބަހުރި.
އިނބަ ނެތަސް މައް ކިޔައް ދޯ
01 April 2022
ރަމަޝާން މަހަށް ތައްޔާރުވެލީ ދޮތަ؟
ޙިނި
01 April 2022
ކޯޓުތަކުން ތިޔަ ނެރޭ ބަޔެއް ހުކުން ތައް ބަލާލީމަ ހައިރާވެ އަނައްތަރީސްވޭ. ފުލުހުންގެ އިންޓެލިޖެންސް އަދި މިލެޓަރީ އިންޓެލިޖެންސުން ފަންޑިޔާރުންނައް އަދިވެސް ދައުލަތުގެ މުހިންމު މުވައްސަސާ ތަކުގެ ވެރިންނައް ހަމަމަގުން ކަންކުރޭތޯ ބަލާ ފާރަލުން މުހިންމު. މީ ފައިސާ ގޯނީގެ ޖީލު، ގައުމައް ނުރައްކާވާ ކަންކަން ހުއްޓެންޖެހޭ، އަދުލުއިންސާފު ވަރުގަދަ ކުރެވެންޖެހޭ.
ހުސެން
01 April 2022
ސީސީޓީވީ ކެމެރާތަކުން ފަރަލީ ކިހިނެތްކަން ބުނެދީބަލަ، ސީސީޓީވީ ކެމެރާއަކީ އާންމުއޭރިޔާތަކުގައި ހަރުކޮށްފައިހުންނައެއްޗެއް، އެހެންވީމާ ސުވާލަކީ ފާރަލުމަށްބޭނުންކުރީ އެތަނުގެ ސީސީޓީވީ ކެމެރާތައްތޯ، ނުވަތަ އަމިއްލައަށް ކެމެރާތަކެއް ހަރުކުރީތޯ ނޫނީ ބޭނުންކުރީ ސުޕައިކެމެރާތޯ؟ އެއްޗެކޭކިޔާއިރު 100 ސުވާލުއުފެދޭގޮތަކަށްނޫންދޯ ކިޔަންވާނީ!!