ސީޕްލޭނެއް ލޭންޑުކުރަން ދާ މަންޒަރު ޑްރޯނަކުން ވީޑިއޯކޮށްފައި.-
06 އެޕްރީލް 2022 - 14:41
ހުޅުމާލެ މަތިން ދުއްވާފައި ދިޔަ ސީ ޕްލޭނެއް ޖައްސަން ދިޔަ މަންޒަރު ޑްރޯނަކުން ވީޑިއޯކުރި މައްސަލައެއް ފެންމަތިވެ، ކަމާ ގުޅޭ އިދާރާތަކުންނާއި ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވާ އެ ވީޑިއޯ އިން ފެންނަނީ ހުޅުމާލޭގެ ދެވަނަ ފިޔައްވަސާއި ފުރަތަމަ ފިޔަވަހި ގުޅޭ ސަރަހައްދު މަތިން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ބޯޓެއް ދާއިރު، އެ ބޯޓާ ކައިރިން ޑްރޯން އަރުވައިގެން ވީޑިއޯ ކުރާ ތަނެވެ.
މި ކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ، އެއާޕޯޓާއި އެއާކްރާފްޓް ދަތުރުކުރާ ސަރަހައްދުގައި ޑްރޯން އެރުވުމާ ގުޅޭ އުސޫލުތައް ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ގުޅިގެން އެ މިނިސްޓްރީން އިތުރަށް ބަލަން ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މި މައްސަލަ ސަމާލުކަމަށް އައުމާ ގުޅިގެން ޑްރޯނާ ގުޅޭ ރެގިއުލޭޝަންތައް ބަލަމުން އަންނަ ކަމަށެވެ. އެ ކަންކަމަށް ފަހު އިތުރު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Here is another one by the same drone pilot, taken from above a seaplane. Authorities need to raise awareness @MoTCAmv @aishath_nahula @TransMaldivian @Flyme_mv @MantaAir @matca_info pic.twitter.com/pwHwXFAmAS
— Saddam (@saalhey) April 5, 2022
އެއާޕޯޓާއި އެއާކްރާފްޓް ގިނައިން ދަތުރުކުރާ ސަރަހައްދުތަކުގައި ޑްރޯން އެރުވުމަށް ހަރުކަށި އުސޫލުތައް މިހާރު ވެސް އެބަހުއްޓެވެ. މާލޭގައި ރަސްފަންނު ފިޔަވައި އެހެން ސަރަހައްދުތަކުގައި ޑްރޯން އެރުވުން މަނާއިރު، ހުއްދަ ނުނަގައި ހުޅުމާލޭގައި ވެސް ޑްރޯން އެރުވެނީ ސެންޓްރަލް ޕާކު އަދި ފޭސް ދޭއްގެ އެންމެ އުތުރުގައި ވެސް ޑްރޯން އެރުވެ އެވެ.
އެނޫން ސަރަހައްދުތަކުގައި ޑްރޯން އެރުވޭނީ ޑިފެންސް މިނިސްޓްރީގެ ހުއްދަ ނަގައިގެންނެވެ.
އޭވިއޭޝަން ސޭފްޓީގެ ތަޖުރިބާކާރު ވިދާޅުވިގޮތުގައި އެއާޕޯޓު ސަރަހައްދުގައި ޑްރޯން އެރުވުމަށް ބޭރު ގައުމުތަކުގައި ހަރުކަށި އުސޫލެއް ގެންގުޅެ އެވެ. ހުއްދަ ނުނަގާ ޑްރޯން އަރުވާ ނަމަ އެ ޑްރޯނެއް ވައްޓާލެވޭނެ ގޮތްތައް ހުއްޓަސް ރާއްޖޭގައި އަދި އެ ނިޒާމެއް ނެތެވެ.
ތަޖުރިބާކާރު ވިދާޅުވީ އެއާކްރާފްޓާއި ޑްރޯން ޖެހިގެން މީގެ ކުރިން ބައެއް ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ހާދިސާތަކުގައި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް، ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.
"މި ކަމުގައި އާއްމުންގެ ހޭލުންތެރިކަން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
07 April 2022
ޑްރޯންއަކީ އޭގެ ޒާތުގަ ވަރައް ސަޅި އެއްޗެއް. އެކަމަކު މޮޔައެއްގެ އަތައް ކަތިވަޅި ދިނީމަ ވާނީ މިކަހަލަ ގޮތެއް.
ތަލަބިގަރު
07 April 2022
ރާއްޖެއަކީ މިހާރު އެމީހަކު ހިތުހުރި ކޮންމެ ކަމެއް ކުރެވޭ ގައުމެއް. ގޮތެއް ފޮތެއްނެތް ބައެއްގެ ތެރެއަށް ތަހުޒީބު ޑިމޮކްރެސީ އެއް ގެނައިމަ ހުރިހާ ކަމެއް މިއޮތީ ބޮއްސުންލާފަ. ސަރުކާރުގެ އެއްވެސް އާރެއް ބާރެއް މިހާރަކު ނެތް! މޭވާ އަޅާ ގަސްގަހަށްނަގާ "ވާބިރުގަންނަވާ" އެކޭ ވެރިންނެކޭ ތަފާތެއްނެތް.
ފާނަކޮށި
07 April 2022
ރާއްޖޭގައި ޑްރޯންވިއްކާ ފިހާރަތަުން ޑްރޯން ކަސްޓަމަރުންނަށް ވިއްކަނީ ވަކިޤަވާއިދު ތަކެއްކިޔައިދީ ރާއްޖޭގެ ޑްރޯން އެރުވުން މަނާސަރަހައްދުތައް ކިޔައިދީ ވަކިލައިސަންސް އެއްހުއްދަ ދީގެން ޑްރޯންތައް ވޮއްކޭނެގޮތަކަށެވެ. އެހެން ނޫނީ އެފަދަ ފިހާރަތަކުން ޑްރޯން ވިއްކުން މަނާކުރަންވީއެވެ.
ޑޮކްޓާރ. ބަނާނާ
07 April 2022
މީ މިއަދު މިގައުމުގެ ހާލަތު. ޙުރިހާ ކަމެއް މިވަނީ ޑްރަގް ހާލިތައް ނޫނީ މަގުމަތީ ގަވާއިދު ތައް ހެން ފާަލުން ނެއްޓިފަ. ޢެމީހަކު ބޭނުން ކަމެއް ކުރަންވީ. ދެން ކުރެވޭނެ ކަމެއްނެތް! ބަޔާނެއް ނެރުނީމާ ނިމުނީތާ... ... އެތައް ބައެއްގެ ފުރާނަނޫންތޯ ރިސްކަތް ތިޔާ ވައްޓާލީ. ...
ކިމް
07 April 2022
ތަޖުރިބާކާރު ކީއްވެތަ ނަންޖެހިޔަ ނުދެނީ؟؟؟؟
އަލިފުތާ
07 April 2022
ގައުމުގެ ހާލަތުހުރި ގޮތުން ކަންނޭގެ. މާދަން ކަންނޭގެ އަންނާނީ ތަޖުރިބާކާރު އެއީ ކާކުކަން އިގުނީމާ އޭނާ ގައިގާ ތަޅާލާނެ ކުދިންކޮޅެެއް ގޮވައިގެން. ނީނީ ސިޔާސީ މީހެއްގެ ކޯލެއް މަގާމު ބޭނުނިއްޔާ އަގަނުތަޅާ ހުންނާށޭ ބުނެ.
ހުސެން
06 April 2022
ޑުރޯންއެރުވުމަކަށް ގަވައިދެއް ރެގިއުލޭޝަނެއް ނުވަތަ މަނާސަރަހައްދެއް މިތާކުއަދިނެތް، އެންމެންނަކު އަބަދު ހަމައިގަ ތިބެންނުޖެހޭތީ ބައެއްމީހުން ފުލައިޓު ކުރިމައްޗަށްވެސް ތިއަރުވާނެ، ނަސީބެއް ތަންކޮޅެއް އަގުބޮޑުކޮށް ލިބޭއެއްޗެއްކަން، އެހެންނޫންނަމަ މިހާރު ތިޔައެތި އުރުވާލައިގެން ފުލައިޓެއް ވައްޓާލަފާނެ (ކޮންމެކޮންމެ މީހަކަށް މައްޗައްއެރުވޭ ޖީޕީއެސް ޑުރޯންގަނެވޭނަމަ) ދުނިޔޭގެ ބައެއްއެއާޕޯޓުތަކުގައި ޖޭމަރުބޭނުންކުރާކަމަށްވޭ ޑުރޯންއެރުވިޔަނުދޭން
ޖަހަންގީރު
06 April 2022
މިގައުމުގަ ކޮންމެކަމެއް ވެސް ރަނގަޅު ކުރާނީ ބަޔަކު މަރުވެ ނުވަތަ ކޮންމެވެސް ގޮތަކުން ޕްރެޝަރުތަކެއް އައިސް ނުވަތަ ގެއްލުމުގެ ބަދަލު ދޭންޖެހުމުން. މިސާލަކަށް ދިރާގުން ޑޮޓް އެމްވީ ޑޮމެއިން ވިއްކާތާ ދިހަވަރަކަށް އަހަރު ވާއިރު އެތަނުން މިހާރުވެސް ޑޮމެއިން ނޭމް ވިއްކަނީ އެކަމާ ގުޅުންހުރި އެއްވެސް ޓީއެންޑްސީއެއްގެ ދަށަކުން ނޫން. އިކޮނޮމިކުން ބިޒްނަސްނޭމް ރަޖިސްޓްރީކޮށްފަ ޑޮމެއިން ނަގަން ދާއިރު ދިރާގުން އޮންނަނީ އެނަން އެހެން މީހަކަށް ވިއްކާލާފަ.
އމމމމމމ
06 April 2022
ޑްރޯން ތަކުން ވަކި ސަރަޙައްދު ތަކުގަ ދުއްވުން މަނާ އުސޫލު ހަދަން އެބަ ޖެހޭ. ޖަލާ، ސިފަން ގެޔާ، އެއަރޕޯޓާ، ރިސޯޓުތަކާ. މިކަހަލަ ތަންތާ ޑްރޯން ދުއްވެން ޖެހޭނީ ސިވިލް އެވިއޭޝަންގެ ހާއްސަ ހުއްދަޔާ އެއްކޮށް
އޮނަރަބްލް އަފީފު ދީދީ
06 April 2022
ޑްރޯން އޮޕަރޭޓް ކުރި ކުއްޖާއަށް ތިހުރިހާ ކަމެއްގެ ޒިންމާ އުފުލަންޖެހެނީ ކީއްވެގެންތޯ ސުވާލު އުފެދެނީ މިހާރު ނޫހުގެ 21 ނޮވެމްބަރ 2021 ވަނަ އަދަދުގައި ލިއުންތެރިޔާ އިދުހާމް ނައީމް ލިއުއްވާފައިވާ އާޓިކަލްގައި ލިޔެފައިއޮތް ލިއުމާއި މިކަން ހިގިގޮތާއި ދިމާނުވާތީ. # އެދުވަހު އެމްއޭސީއެލްގެ ކޮމިއުނިކޭޝަން މެނޭޖަރާއި ޙަވާލާދީ ބުނެ ލިޔެފައިއޮތީ "ސީޕްލޭން ހުޅުމާލެ ދެން ހުޅުމާލެ މަތިން ނުއުދުހޭނެ" ކަމަށް. އެހެންވީއްޔާ ހުޅުމާލެ މިތަ ބޯޓުގެ ތިރިއަށް ވަނީތޯ؟!
ލުނިމު
06 April 2022
އަފީފު ބުނަންތަ. ކުރިން އެއާޓެކްސީ ޖައްސަންދާއިރު ދާނީ ނިރޮޅުމަގު މަތިން. މިހާރު ދަނީ ފުއްޓަރު ފަރާތު ބީޗާދިމާލުން މޫދު މަަތިން. މިބުނާ އެއްޗަކީ ބޯޓުގެ އެޕްރޯޗް / ފްލައިޓް ޕާތު ކައިރިން ޑްރޯންނާރުވާށޭ. 2017 ވަނަ އަހަރު މަނާކޮށް އިއުލާންކޮށްފައޮތީ
ޢަލީބެ
06 April 2022
މީހުން ބޮލުމަތިން ސީޕްލޭން ދުއްވުމޯ؟؟؟
އުދުހޭ
07 April 2022
ބޮލުގެ ދަށުންތަ ދެން ދާންޖެހެނީ؟