ފިނޭންސް މިނިސްޓްރީ. އަންނަ އަހަރަށް ހުށަހަޅަން ޖެހޭ އާ ކަންކަން ކަނޑައަޅާ އެ މައުލޫމާތުތައް ހިއްސާ ކުރަން ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ--ފޮޓޯ:މިހާރު
09 އެޕްރީލް 2022 - 11:18
ނިއު ޕޮލިސީ އިނީޝިއޭޓިވަށް ތައްޔާރުވުމުގެ ގޮތުން 2023-2025 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓު ތައްޔާރުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން އެކަމަށް މައުލޫމާތު ހުށަހަޅަން ފިނޭންސް މިނިސްޓްރީން އެދިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވާ ސާކިއުލާގައިވާ ގޮތުން މި ބަޖެޓަކީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގެ މައްޗަށް ބިނާކޮޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެކެވެ.
މި ބަޖެޓް އެކުލަވާލުމަށްޓަކައި އިދާރާތަކުން ހިންގަން ރާވާ ކަންކަމާއި އެ އިދާރާއަކުން ހިންގާނެ ޕްރޮޖެކްޓްތަކުގެ ތަފްސީލް ހުށަހަޅަން ޖެހެ އެވެ. އަދި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން ބަޖެޓަށް ގެންނާނެ އާ ކަންކަން ވެސް ހިމަނަން ޖެހެ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ އާ ކަންކަން ހުށަހަޅަން ސަރުކާރުގެ ހުރިހާ އިދާރާތަކަށް ބަޖެޓުގެ ވަކި މިންގަނޑެއް ނުވަތަ ސީލިންގެއް ކަނޑައަޅައިފަ އެވެ.
މިގޮތަށް އޮފީސްތަކަށް ކަނޑައަޅާފައިވާ ސީލިންގަކީ ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅާ އިރު ކަނޑައާޅާފައިވާ ސީލިންގެއް ނޫން ކަމަށް ބުންޏެވެ. އެހެންކަމުން މެދުރާސްތާގެ ބަޖެޓުގެ ގޮތުގައި އޮފީސްތަކަށް ދީފައިވާ ބަޖެޓުގެ އަދަދު ތަފާތުވާނެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ބަޖެޓަށް ބޭނުންވާ އާ ކަންކަން ހުށަހަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް ފުރުސަތު ހުޅުވާލަ އެވެ. ނިއު ޕޮލިސީ އިނީޝިއޭޓިވްތައް ނުވަތަ ބަޖެޓަށް ހުށަހަޅާ އާ ކަންކަން މިނިސްޓްރީތަކާއި އިދާރާތަކުން ހުށަހަޅަންވާނީ isles.gov.mv މެދުވެރިކޮށެވެ. މި މައުލޫމާތުތައް ޖޫން 30 ގެ ކުރިން ފޮނުވަން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިލްޖިލް
09 April 2022
ޒަރޫރީ އެތައް ކަމެއް އޮއްވާ، ކިތަންމެ ވަރަކަށް އެކަން ލިޔެ އެންގިއަސް ތީގަ ފުރިހަމަ އަށް ހިނގާ ހަމައެކަނި ކަމަކީ ސިޔާސީ މަގާމުތައް އިތުރު ކުރުން. އެ ނިމުނީ.
ާއުނިމާ
09 April 2022
ބަޖެޓުގަ ޖެހިޔަކަސް ކަންކަން ވާތަން ވަރަށް ނުފެނޭ! ގިނަ ރައްރަށުގެ ޕްރޮޖެކްސްތައް 4 ފަހަރަށް ބަޖެޓުގަ ޖަހައިފި، ކިނބިދޫ ވޭމަންޑޫ ބްރިޖް، ބިންހިއްކުން، ހެލްސެބންޓަރ، ތ.އަތޮޅު އެތަކެއް ޕްރޮޖެކްޓްސްތަކެއް، ކިނބިދޫ ދާއިރާގެ އެތަކެއް ޕްރޮޖެކްސްތަކެއް ބަޖެޓުގަޖެހިޔަސް ވީތަނެއްވެސް ނޭގޭ! ދެން އޮތީ އެންމެ ބަޖެޓެއް، ބާކީ އޮތީ ދޮޅު އަހަރު ރައްޔިތުން މާކްދޭން ތިބީ ކެތްމަދުވެފައި، ތިޔަ ހަދާއެއްޗެއް ހަދަން އުޅޭ