ފިނޭންސް މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަޖިލިހަށް ދައުލަތުގެ މި އަހަރުގެ ބަޖެޓު ހުށަހަޅުއްވަނީ.--ފޮޓޯ: ރައްޔިތުންގެ މަޖިލިސް
30 އޮކްޓޯބަރ 2025 - 14:41
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ދެންމެ ހުށަހަޅައިފި އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް އަހަރަކަށް ލަފާކުރި އެންމެ ބޮޑު ބަޖެޓެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އާމްދަނީގައި މި އަހަރުގެ އެންމެ ބޮޑު ތަފާތަކީ، ހިލޭ އެހީ ހިމަނާފައިނުވުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ. މިއީ ފަހުގެ ތާރީހެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެއް ހުށަހެޅި އަހަރެވެ.
އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 31.3 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 8.7 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް 373.6 މިލިއަން ރުފިޔާ އަންދާޒާކުރެ އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފޮތް
"މި އަހަރު ހުޅުވި ވެލަނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ޓާމިނަލް އަންނަ އަހަރު މުޅިން އޮޕަރޭޝަނަލައިޒްވެ، ރީޖަނަލް އެއަރޕޯޓުތައް އިތުރަށް ތަރައްގީވެ މުޅި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އަންނާނެކަމަށް ބެލެވޭ. ރާއްޖެއަށް ޒިޔާރަތްކުރާ ފަރުތުވެރިން އިތުރުވުމާ އެކު އެއަޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ މަތީ ރޭޓުގެ ފުރިހަމަ އަސަރު އަންނަ އަހަރުގެ ތެރޭގައި ފެނި، އެއަޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 62 ޕަސެންޓެވެ. މިއީ މިއަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އަދަދެކެވެ.
އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓު އިތުރުވި އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރަށް ދައްކަން ޖެހޭ ދަރަނި އިތުރުވުމެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރީލްގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ސުކޫކު ސަރުކާރުން އަނބުރާ ދައްކަން ޖެހެ އެވެ. އަދި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ވެސް ސަރުކާރުން ދައްކަން ޖެހެ އެވެ.
ފިނޭންސް މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަޖިލިހަށް ދައުލަތުގެ މި އަހަރުގެ ބަޖެޓު ހުށަހަޅުއްވަނީ.--ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދައުލަތުގެ މި އަހަރުގެ ބަޖެޓުން ވެސް، ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރި އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް 8.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
• ޖުމްލަ ބަޖެޓު: 64 ބިލިއަން ރުފިޔާ
• ޖުމްލަ ހަރަދު:49.2 ބިލިއަން ރުފިޔާ
• ޖުމްލަ އާމްދަނީ: 40.4 ބިލިއަން ރުފިޔާ
• ރިކަރަންޓް ހަރަދު: 39.9 ބިލިއަން ރުފިޔާ
• ޑެފިސިޓް: 8.8 ބިލިއަން ރުފިޔާ
• ޖީޑީޕީ ކުރިއަރާ މިންވަރު: 5.3 ފަސެންޓު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޅުދުވަހިއްޔާ
31 October 2025
މި މީހުން ގެ ސިޔާސީ މަގާމް ތަކަށް ލާރި އޮއްސަން ހައްތާ ބަޖެޓް ބޮޑު މި ކުރަނީ! ކުރިން ފަހަރަށް ވުރެން މާ ބޮޑު ! ކުރިން ފަހަރު 56 ބިލިއަން މިފަހަރު 64 ބިލިއަން! ތި ބޮޑު ބަޖެޓް އިން އަދި އެއް ވެސް ކަމެއް ނުކޮށްދޭ! މިސްރާބެއް ނެތް! މީ އެއްމެ ފީކަޅާ ވެރިކަން މިހާތަނަށް ވެސް ދެން ރައްޔިތުން އިތުރަށް ފެލާގެން ތި ބަޖެޓަށް ފައިސާ ހަމަޖައްސާނީ! ކިހާ ދެރަ! މިހާރުވެސް ހުރިހާ އެއްޗެއް ދެ ގުނަ ބޮޑު ކޮށްގެން އުޅެނީ
އިއްޒަތު
30 October 2025
2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ 2026 ވަނަ އަހަރުގެ ބަޖެޓް ކުޑަވީ ކޮންގޮތަކުންތޯ! މަކަރާއި ހީލަތާއި ދޮގުހެދުމާއި އޮޅުވާލުން މުޅިންވެސް ސަރުކާރުގެ މައިބަދައިގެ ބައްޔަކަށް ވެއްޖެ! މިސަރުކާރުގެ ފަލްސަފާއަކީ އެގެން ހުންނަ ކަންކަމުގައިވެސް ދޮގުހެދުން ދޮގުހެދުން ސަރުކާރުގެ މޮޓޯ އަކަށް ވެއްޖެ! ފިހާރައަކުން އެއްޗެއް ގަނެގެންއައިސް މީހަކު އަހާފިއްޔާ ބުނާނީ އެއެއްޗެއް ލިބުނު އަގު ޖީ އެސް ޓީ ކަޑާފަ އަގަކީ މިހާވަރޭ ނުބުނާނެ! ބަޖެޓް ވާނީ ހަމަ ބަޖެޓަށް.
ރަމަ
30 October 2025
ކޮންމެ ސަރުކާރަކުން ބަޖެޓް ތައްޔާރު ކުރިޔަސް އެކުރަނީ ކުރިޔަށްއޮތް އަހަރު ޚަރަދުވާނެކަމަށް ލަފާކުރާ ބަޖެޓެވެ. ބަޖެޓް އެކުލަވާލާނީ ދަރަންޏާއި އަރަނި ހިމަނައިގެންނެވެ.އެހެންކަމުން ދަރަނި ނުލާ ބަޖެޓް ކުޑަކަމުގައި ނުހިމެނޭނެއެވެ. 64.2 ބިލައަންވާނީ ހަމަ 2026 ވަނަ އަހަރުގެ ބަޖެޓަށެވެ. އެހެންކަމުން މިބަޖެޓަކީ މިއަދާ ހަމައަށް ސަރުކާރަކުން ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. ކޮންމެ ކަމަކުންވެސް އޮޅުވާލުން ނޫންކަމެއް މިސަރުކާރުން ކުރާ ތަނެއް އަދި ނުފެނެއެވެ.
ރާއްޖެ
30 October 2025
ހޭލުންތެރި ވާންވީ ރައްޔިތުން. ކޮންމެ ރަށަކުން އެބަ ބޭނުން ވޭ އެއަރޕޯޓެއް. ކޮންމެ އަހަރަކު ހާބަރު ހަދަން ޖެހޭ. ހޮސްޕިޓަލް ބޮޑު ކުރަން ޖެހޭ. 100 މީހުން ހަމަވާ ރަށަށް ވެސް 5 ކައުންސިލަރުން. ކުރާނެ މަސައްކަތެއް ނެތަސް އާރްޑީސީން އިންޖީނުގެއިން ފެނަކައިން ވަޒީފާ ދޭން ޖެހޭ ޒުވާނުންނަށް. ގައުމު 120 ބިލިޔަން ދަރަނި. ފްލެޓް ގޯތި ހިލޭ ދޭންޖެހޭ. އަދި އެންމެން ވެގެން އެވަރަށް ސަރުކާރުން ވައްކަން ކޮށް މުއްސަދިވާންވެސް ބޭނުން.
ބުނަން
31 October 2025
އަންނަ ކޮންމެ ސަރުކާރަކުން އަތޮޅުތަކުގެ ރަށްތަކަށް ކުރަނީ ވޯޓް ހޯދަން ކުރާ ކަންކަން. ބަނދަރު ހަދާނަމަ، 05 އަހަރުން ބަނދަރު ބޮޑު ކުރާވަރަށް މިހަދަނީ ދެން އައިސް ބުނާނެ މިފަހަރު ބަނދަރުން 200 ފޫޓް އިތުރުރަށް ހަދާނަމޭ ހޮވައިފި ނަމަ. މާލޭގަ އުޅޭ މަހޖަނުންގެ ބޮޑެތޮ ލޯނު މާފުކޮށް ނިކަމެތިން ފެލާލުން އޮތީ.
ހަސަންބޭ..
30 October 2025
ހެވެއްނު ބޮޑުވިޔަކަސް. ތަކެތީގެ އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ. ވާނީ ބޮޑު.. ޖީބުތަކަށް ބުރަބޮޑު..
އެކަލޯ 1
30 October 2025
ވަޑައިގެންނެވި އިރު 50 ބިލިޔަނަށް ނާރާ ބަޖެޓް 65 ބިލިޔަނަށް އަރައިގެން ދާއިރު ލޯކުރިމަތިން ފެންނަން ހުންނަ ކަންކަން މަދުވާތީ ހައިރާންވޭ. އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރޭ މިހާ ބޮޑު ބަޖެޓަކުން ރައްޔިތުންނަށް ހައްގުމިންވަރުގެ ތައްގީއާއި ތަނަވެސްކަން ލިބިގެންދާކަމަކަށް.
ރާއްޖެ
30 October 2025
ލޯ ކުރިމަތިން އަތް ލެވޭކަށް ނޯވޭ ގައުމުގެ 120 ބިލިޔަން ދަރަނި.
އަލީ
30 October 2025
އަޅެ ބަޖެޓުގައި ހިމަނައިގެންވެސް ބިހުރޯޒުކަމަނާ މިސްކިތާ ދަރުމަވަންތަ މިސްކިތް އަޅާކަށްނުވޭތަ, މާލެއަށްބަލާއިރުވެސް ދެރަވަރުދޯ
ދެރަސޮރު
30 October 2025
ސާބަހޭ ބަޖެޓް ބޮޑު ކޮށްފަ ބަހައްޓާ, އެކަމަކު ރައްޔިތުން ހޭ އަރާކަށް ނުވޭބާ ފާއިތުވި 2އަހަރުގެ ސަތޭކަ މިލިޔަނުން އެންމެ ގާބުރި އެެއްވެސް ބޭއްވުނީކީ ނޫން ކޮންމެ ކަމެއް ވެސް ސުރުޚީ ޖަހާފަ ބާއްވަނީ ރައްޔިތަކަށްވީ ފައިދާ އެއް ނެތް
މުޑަހަންޖާ
30 October 2025
އަންނައަހަރުގެ ދައުލަތުގެ ބަޖެޓަކީ 64 ބިލިއަންކަމުގައިވާއިރު އާބާދީގެ ނިސްބަތުން ބަޖެޓުގެ %20 ކަމުގައިވާ 13 ބިލިއަން ރުފިޔާ އައްޑޫގެ ކަންކަމަށް ހަރަދުކުރޭތޯ މަޖިލީހުގެ އައްޑޫ މެންބަރުން ޔަގީންކުރަންޖެހޭ. އެވަރު ހަރަދުނުކުރާނަމަ މަޖުލީހަށްދިއުން ހުއްޓާލުން ރަނގަޅު. މިހެން ބުންޏަސް އެމީހުން ދުވަނީ ސަރުކާރުންދޭ ހައެއްކަ މިލިއަން ރުފިޔާގެ ގުރާންޓުކޮޅެއްގެ ފަހަތުންކަންވެސް އެބައެނގޭ.
ސިންބާ ދަ ގްރޭ ކެޓް
30 October 2025
އައްޑޫގައި ރާއްޖޭގެ 20% މީހުން އުޅޭނަމަ އަވަހަށް ތިޔަ ކަމާ އުޅެންވީ
ފުދުންތެރި
30 October 2025
އިބޫގެ ދަރަނި ދައްކަން މި ޖެހެނީ މުއިއްޒު
މެއްލިކާ
30 October 2025
އިބޫގެ ދަރަންޏެއްނޫން، ދިވެހިރައްޔިތުންގެ ދަރަނި، ދަރަނި ދައްކަނީ މުއިއްޒެއްނޫން، ދިވެހި ރައްޔިތުންގެ ބައިތުލްމާލުން، މުއިއްޒުއަށް ލިބޭ އާމްދަނީން އެއްމެ ރުފިޔާއެއްވެސް މަދުނުވާނެ، އަހަރެމެންއަތުން ނަގާ ޖީއެސްޓީއާ އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއިން ދަރަނި ދައްކަނީ، ނޫނީ ދިވެހިރައްޔިތުންގެ ނަންމަތީ އިތުރަށް ދަރަނި ނަގައިގެން ކުރީ ދަރަނި ދައްކާނީ،
ދަރަނި ބޯ
30 October 2025
ތިބުނަނީ އިބްރާހިމްބެ ގެ ކަރަންޓް ބިލުއޮތީނުދައްކައޭތަ؟
އަފްރާސިޔާބު
31 October 2025
އިބޫގެ ދަރަންޏެއް ދައްކާކަށް މުއިއްޒަކަށް ނުޖެހޭނެ. އިބޫ ގެސަރުކާރުން ކޮށްފައިދިޔަ މަސައްކަތް އެއީއަތްލާ ލޮލައް ފެންނަ މަސައްކަތް ދިވެހިސަރުކާރުގެނަމުގައި. ދެން މުއިއްޒުވެސް ނުޖެހޭނެ ރައްޔިތުންގެދަރަނި ދައްކާކަށެއް.އަތްލައިބަލަން ނުފެނޭ މުއިއްޒު ކުރިމަސައްކަތެއް. ކަރަޕްޝަން ހިންގާފައިވާނަމަ އެކަން ބަލަންޖެހޭނެ. އަންދާލިކަމެއްވިޔަސް ގެއްލުވާލި ލިއުމެއްވިޔަސް އެއަށްޖަވާބުދާރީ ކުރުވޭންވާނެ. ނިންމާލާފައި ދާއިރު ހުރިދަރަންނާއި އަރަނީގެހިސާބުގައި ސޮއި