ހިޔާ ފްލެޓްތައް ކައިރީގައި އަންހެނަކާ ކުޑަކުދިންތަކެއް މަޑުކޮށްލައިގެން: ޖޫރިމަނާއަކާ ނުލާއި މި މަސް ނިމެންދެން ހިޔާ ފްލެޓްތަކަށް ކުލި ދެއްކޭނެ ގޮތް ވަނީ ހަދައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
10 އެޕްރީލް 2022 - 23:18
އެއްވެސް ޖޫރިމަނާއަކާ ނުލައި، މި މަސް ނިމެންދެން ހިޔާ ފްލެޓްތަކުގެ ކުލި ދެއްކޭނެ ކަމަށް އެޗްޑީސީން މިރޭ ބުނެފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މި މަހުގެ ކުލި، މިއަދުގެ ނިޔަލަށް ދައްކަން ޖެހޭ ގޮތަށް ކުރިން އޮތަސް، އެ މުއްދަތު މިހާރު އިތުރު ކޮށްދީފައިވާ ކަމަށެވެ. ޖޫރިމަނާއަކާ ނުލައި، ކުލި ދެއްކޭނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 30 ކަމަށް ބުންޏެވެ.
"މި ގޮތަށް ނިންމި ކަމުގައި ވީ ނަމަވެސް އަންނަ މަހުން ފެށިގެން ކޮންމެ މަހެއްގައި ވެސް ޖޫރިމަނާއަކާ ނުލައި ކުލި ދެއްކުމުގެ އެންމެ ފަހު ތާރީހަކީ އެ މަހެއްގެ 10 ވަނަ ދުވަހެވެ،" އެ އިއުލާނުގައިވެ އެވެ.
ހިޔާ ފްލެޓެއްގެ ބެލްކަނީގައި މީހަކު އިށީނދެލައިގެން: ފަސް މަސް ފަހުން އެތަނުން ކުލި ނަގަން ފެށީ މި މަހު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިޔާ ފްލެޓްތަކުގެ ކުލި ނަގަން ފެށުމާއެކު، އެކަމާ ދެކޮޅު ހަދައި، ހިޔާ ޔޫނިއަނުން ވަނީ ކުލި ނުދައްކަން އެ ތަނުގައި ދިރިއުޅޭ މީހުންނަށް ގޮވާލައިފަ އެވެ. ނަމަވެސް، އެޗްޑީސީން ބުނީ މުއްދަތު އިތުރުކޮށްދޭން ނިންމީ ކުލި ދެއްކުމަށް ކަނޑައެޅިފައިވާ ގޮތްތަކަށް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އިތުރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކަމަށެވެ.
އެޗްޑީސީގެ ޕޭމަންޓް ޕޯޓަލް އިން އޮންލައިންކޮށް ކުލި ދެއްކޭއިރު، ކައުންޓަރުން ވެސް ކުލި ބަލައިގަނެ އެވެ.
އެޗްޑީސީން ބުނީ މީހުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމަށް، މާދަމާ އިން ފެށިގެން ކޮންމެ ރެއަކު 9 އިން 11 އަށް ހިޔާ ފްލެޓް ސަރަހައްދުގައި ހެލްޕް ޑެސްކެއް ވެސް ބަހައްޓާނެ ކަމަށެވެ.
ކުލި ދައްކަން ބައެއް މީހުން ދެކޮޅު ހެދިޔަސް ކުލި ދައްކާ މީހުން މަދު ނޫން ކަމަށް އެޗްޑީސީން މިއަދު ބުންޏެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ބޮޑުވެގެން، އެ އަގު ކުޑަކޮށްދޭން ފްލެޓް ލިބުނު މީހުން އެތައް ފަހަރަކު އެދުނެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ ސާވިސް ފީގެ ގޮތުގައި ނަގާ 1،000ރ. އާއި މަހު ކުއްޔަށް ނަގަން ނިންމާފައިވާ 7،500ރ. ކުޑަކުރެވެން ނެތް ކަމަށެވެ.
ކުލި ދެއްކުން ހަތް މަހަށް ފަސްކޮށްދީފައިވާ، އެ ފްލެޓްތަކުން ކުލި ނަގަން ފެށީ މި މަހުގަ އެވެ. އެޗްޑީސީން ކަނޑައަޅާފައިވާ ގޮތުން ކޮންމެ މަހެއްގެ 10 ގެ ކުރިން ފްލެޓަށް ފައިސާ ދައްކަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުހޭލޫ
12 April 2022
ސުހޭލޫ، ހިޔާފްލެޓްގެ ޕޭމަންޓް ދައްކަންޖެހެނީ ބިމުގެ އަގު ހިމަނައިގެން ކަމަށްވަންޏާ 25 އަހަރު ހަމަވީމަ އެޓަވަރެއްގެ ބަޔަކަށް އެބިން މިލްކުވާނެތަ؟ ގައިމު ވާންޖެހޭނެ ފްލެޓާއެކީ އެބިންވެސް ގަނެވުނީތާ. ޢަދި ކަލޭމެން ސަޕްލިމެންޓަރީ ޑިވެލޮޕްމަންޓް ކޮސްޓް އެއަގަށް ހިމަނަންޖެހޭ އެއްވެސް ހަމައެއް ނޯންނާނެ. މަގު ހެދުންފަދަ ހިދުމަތްތަކަކީ ތިތަނުން ހަރަދު ކުރަންޖެހޭ ކަންކަން. އާންމުނަށް އޮޅުވާލއިގެން ޖަރީމާ ހިންގަން ނޫޅޭ. ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރޭ!!
ސޮހޮލުން
11 April 2022
އެޗްޑީސީން ބުނީ މީހުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމަށް، މާދަމާ އިން ފެށިގެން ކޮންމެ ރެއަކު 9 އިން 11 އަށް ހިޔާ ފްލެޓް ސަރަހައްދުގައި ހެލްޕް ޑެސްކެއް ވެސް ބަހައްޓާނެ ކަމަށެވެ. އެޗްޑީސީން ރީތިގޮތުގައި އެބުނަނީ ހިޔާ ފުލެޓުގައި އުޅެނީ ގަމާރުންނޭ އެހެންވެ ހޭލުންތެރި ކުރަންށޯ މިއުޅެނީ. މާޑު ޝަކުވާއެއް ނުކުރެއޭ ގިނަބަޔަކު ކުލިދައްކައޭ ކިޔާ އޮޅުވާޅައިގެން ވެސް ވާގޮތެއްނުވީ. ހޫނުފެނަށް ވެއްޓޭ ހިސާބަށް ދިޔައީހެން ވަރަށް ހީވޭ
މުންޖިޗޭ
11 April 2022
ކަންކަން ޙައްލުކޮށްދޭންވާނީ ފުރިހަމަ މާނައިގައި، އެކަމުގައި އިޚްލާޞްތެރިކަމެއް އޮތިއްޔާ އީޖާބީގޮތެއްގައި އެކަން ބަލައި ރަނގަޅު ޙައްލެއް ހޯދައިދޭންޖެހޭ، ރައްޔިތުންގެ ސަރުކާރުތައް އޮތުމުގެ ބޭނުމަކީ އެއީ، ކުލިދައްކަންޖެހޭނެކަމީ ޙަޤީޤަތެއް، އެހެނަސް މިކަމުގައި ދަތިތައް ހުރިމީހުން ދެނެގަނެ އެމީހުންނަށް ޙައްލު ހޯދައިދެވިދާނެ، އެގޮތުން މަސައްކަތް ޙަވާލުކޮށް ނުނިމިހުރި ފަރާތްތަކަށް ލުޔެއްދިނުން ރަނގަޅު، އެކަމަކު ތަނުގައި އުޅޭމީހުން ކުލިދައްކަންޖެހޭ.
ޛހހހބވ
11 April 2022
ހުވާ މިބުނީ ހިޔާ ފްލެޓް ލިބުނު ބައެއް މީހުންހާ ހަޔާތްކުޑަ ބަޔަކު މުޅިއުމުރުގަވެސް އަހަރެން ނުދެކެން. މިމީހުންގެ ފެންވަރަކީ ލަގްޒަރީ ފެންވަރަށް ތަން ހަދަން ބޭކާރުގޮތުގަ އެތައްލާރިއެއް ހަރަދުކޮށްފަ، ތަންހަދަން ހޭދަވި ފައިސާ ކެނޑުމަށްފަހުނޫނީ ކުލި ދައްކަންވެސް ދެކޮޅުހެދުން.
އ.އަލީ
11 April 2022
މާލެ މީހުންނަށް އެޔޮއްދެނީ ހިލޭ 5 މިލިއަން ރުފިޔާގެ އަގުބޮނޑުބިން
އަލިފުޅު1111
11 April 2022
ކުލި ދެއްކުމަށް ފުލެޓް ލިބުނު މީހުން ކުސްތެޅުމަކީ ވަރަށް ހިތާމަހުރިކަމެއް. ލައްކަ ގިނަފަހަރު ސަރުކާރުން ތިޔަ ފުލެޓްތަކުގެ ކުލި ދެންކުން ލަސްކޮށްދީފި. ތިޔަ ފުލެޓްތަކަކީ ފުލެޓްލިބުނު މީހުންނަށް އެގެންޖެހޭނެ ސަރުކާރުން ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ހަދާފައިވާ ތަނެއްކަން. ހިލޭއުމުރުއުޅޭކަށް ނުލިބޭނެކަން. މިހާރު ތިޔަތާ އެބައުޅޭ 8 މަހު ބައިރުފިޔާއެއް ނުދައްކާ އުޅުނުމީހުންވެސް. މާލޭގައި ދިރިއުޅޭ އެހެން މީހުން 8 މަސްތެރޭ 120000ރުފިޔާ ކުއްޔައްދެއްކި.
ކަޅުބުޅާ
11 April 2022
ތަނުގެ އަގުބޮޑުވީ ސަރުކާރުން މަސައްކަތް ހުއްޓުވާފަ އެތަށް އަހަރެއް ބޭއްވުމުން، އެއީ ރައްޔިތުން ފެލަންޖެހޭ ސަބަބެއް ނޫން، ނާގާބިލު ވެރިކަމެއް ގެނައިމަ ވާގޮތްތައް މިފެންނަނީ.
ކާންޒީ ކަމަނަ
11 April 2022
އެޗްޑީސީގެ ވަރިހަމަކަމަކީ ބިރުން ފިތްކަނޑައިގެންދާ ވަރުގެ ފަރުވާކުޑަ ބައަކު ހިންގާ ތަނެއް ހިޔާ ސަރަހައްދުގައި މަގުތަކުގަ ފްލެޓްތައް ހުރި ސަރަޙައްދުގައި އެންމެ ބައްތިއެއްވެސް ޖަހާލާފަ ނެތް ކަމެއް ނެތް ކަމަކީ 1-16 އަށް ހުރި ޓަވަރުތަކުގެ ވަށައިގެން ފަސްގަނޑު އަޑިގުޑަން ކޮށް އެގޮތް މިގޮތަށް ހާކާލާފަ ބަހައްޓާފަ ކުލި ދައްކާ ވާހަކަ ދައްކަން ޖެހޭނީ ތަން ހަދަން ޖީބުން ކުރި ޚަރަދަށް ގޮތް ނިންމައިގެން
ސާބަސްސް
11 April 2022
އެކަމު ފުލެޓުތަކުގެ ވަށައިގެން ހުންނަންޖެހޭ ވަސީލަތްތައް ނުނިމެނީސް ތަން ހަވާލު ނުކޮށްގެން ހީވީ އެހެންފަދަ ކަމެއްހެން. ކީކޭތަ ތި ކިޔަނީ.
ކޮތަރު ކޮށި ރަސްގެފާނު
11 April 2022
ކޮން ކުއްޔެއްދައްކާކަށް، ދޮރެއް، ދޮރުފަތެއް، ފުރާޅެއް،ތަޅުމެއް ނެތް ތަނެއް ރައްޔިތުމީހާ ބޮލުގަ އަޅުވާފަ ކުލި ނަގަން ފޯރިއެބަހުއްޓެއްނު.. ކޮންމެވެސް ސަރުކާރެއްގަ ތީގެ ބަދަލު ރައްޔިތުންނަށް އަބުރާ ދޭނެ. ނޭގެ މިއަންނަ ރިޔާސީ އިންތިޙާބުރެ ރިޔާސީ ވައުދަކަށް ނުވާނެ ކަމެއްވެސް.
ޙވވވވޗޗ
11 April 2022
ބަލަ އެކަން އެނގޭއިރު، ކީއްވެހޭ ބޮޑު އެގްރީމެންޓެއްގަ ސޮއިކުރީ. ހިލޭ މުޅި އުމުރު ކުލިނުދައްކަ އުޅެވޭނެ ކަމަށްތަ؟ ލަދުހަާތުގެ ކަންފުޅެއްވެސް ނެތީ ހަމަ ކަލޭމެންގެ
ޙައްލަކީ ކުރި ތަންހަދަން ކުރި ޚަރަދާމެދު ގޮތެއް ނިންމުން
11 April 2022
ތިޔަ ދައްކަނީ ކުލި ދެއްކުމާ ޖޫރިމަނާގެ ވާހަކަ އެވެ. ތަނަށް ކުލވަނީ ކުރިޔަށް ދައްކާފަ އެވެ. އެއީ ތަން ހަދަން ކުރި ޚަރަދެވެ. ތަން ހަދަން ކުރި ޚަރަދާ ބެހޭގޮތުން ވާހަކަ ނުދައްކާ އެއީ ނެތް އެއްޗެއް ކަމަށް ހަދާފަ ޖޫރިމަނާ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެއެވެ.
ގުދުގުދާބެއްޔާ
11 April 2022
މިއާޓިކަލް ކިއާލުމުން އިގެނީ ހިޔާ ޔޫނިއަންއަކީ ދިވެހިރާއްޖޭގެ ޤާނޫނަށް ބޯނުލަބަން ގޮވާލާ ބައެއްކަމަށް! މިފަދަ ފަރާތައް ރައްޔިތުންނަށް އިތުރު މޮޅެއް ފަސޭހައެއް ކޮއްނުދޭނެ! މިހާރު ވެސް މިހިޔާ ޔޫނިއަން އެވަނީ ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފުވެފަ! ޤާނޫނާއި ހެދިފައިވާ ގައިވަދާ ޚިލާފުވާން ދިވެހިރައްޔިތުންނަށް ފާޅުގައި ގޮވާލާ ބައެއް ޤާނޫނީ ގޮތުން ރަޖިސްޓްރީވެގެން ނުތިބެވޭނެ! ކަމާބެހޭ ފަރާތުންމައްސަލަބަލާ ހިޔާ ޔޫނިއަން އުވާލަދިނުން އެދެން!