ޚަބަރު / ބޯހިޔާވަހިކަން

ސީލައިފްގެ މީހުންނަށް ވިނަރެސް ފްލެޓް ވިއްކަން ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓްތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް، "ވިނަރެސް" ފްލެޓް ގަތުމަަށް މިއަދު ހުޅުވާލައިފި އެވެ.

"މައި ހުޅުމާލޭ ޕޯޓަލް" މެދުވެރިކޮށް، ފްލެޓް ގަންނަން ހުޅުވާލާފައިވާއިރު، އެ މީހުންނަށް ފްލެޓް ގަންނަން ހުށަހަޅަން ދީފައި ވަނީ ހަތް ދުވަހުގެ މުއްދަތެކެވެ.

އެޗްޑީސީން ބުނީ، ސީލައިފުން ފްލެޓް ގަތް މީހުންނަށް "ވިނަރެސް" ގެ ފްލެޓްތައް ވިއްކުމަށް ހުޅުވައިލީ ހިޔާ އިން ފްލެޓް ލިބުނު މީހުންގެ ތެރެއިން ހިޔާ ފްލެޓް ދޫކޮށްލައި، "ވިނަރެސް" ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ފަހު ކަމަށެވެ.

Home Page - MyHulhumale'

ވިނަރެސް ފްލެޓް ގަންނަން ހުށަހެޅޭނީ މި ޕޯޓަލް މެދުވެރިކޮށް.

ފޯމުތައް ހުށަހެޅުމުން، އެ މީހުންނަށް ފްލެޓް ކަށަވަރުވާނީ އެޗްޑީސީން އާންމުކޮށްފައިވާ ޝަރުތުތައް ހަމަވޭތޯ ބެލުމަށް ފަހު އެވެ.

ސީލައިފަށް ފައިސާ ދެއްކި ނަމަވެސް އެ ފްލެޓް ނުލިބި ހާލުގައި ޖެހުނު މީހުންނާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް ފަހު، ދެން "ވިނަރެސް" ފްލެޓް ވިއްކުމަށް ހުޅުވައިލާނީ އެހެން މީހުންނަށެވެ.

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓެއްގައި އެޗްޑީސީގެ އޮފިޝަލުން "މިހާރު" އަށް ދައްކާލަނީ.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ވިނަރެސް" މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމަށް ސީލައިފް މީހުންނަށް ހުޅުވައިލިއިރު، އެ މީހުންގެ ކަންބޮޑުވުމަކީ ސެޓްލްމަންޓް އެއްބަސްވުމާ ހިލާފަށް އެ ތަންތަން ވިއްކާތީ އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން މާޗު 13، 2014 ގައި ސީލައިފްއާ ހަވާލުކުރުމުން، އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގި މައްސަލަ ފެންމަތިވުމުން އެކަން ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި އެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވެސް ހުށަހެޅި އެވެ.

އެ މައްސަލައިގައި އޭރު ސެޓްލްމަންޓް އެއްބަސްވުން ހެދީ ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުންނެވެ. ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެއްބަސްވުން ހަދައި އެޗްޑީސީން ކޯޓުން ބޭރުގައި މައްސަލަ ނިންމި އެވެ. އޭގެ ފަހުން އެޗްޑީސީން ވަނީ ސީލައިފްގެ ފްލެޓަށް ފައިސާ ދެއްކި މީހުންނަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ "ވިނަރެސް" ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. ނަމަވެސް އެ މީހުންގެ ކަންބޮޑުވުމަކީ، ސީ ލައިފްގެ ފްލެޓަށް ވުރެ ވިނަރެސްގެ ފްލެޓުގެ އަގު ބޮޑުވުމެވެ. އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް 122 މީހުން ސޮއިކޮށް ރަައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި "ވިނަރެސް" މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ. ތިން ކޮޓަރީގެ "ވިނަރެސް"ގެ އެޕާޓްމަންޓެއް ބޮޑުމިނަކީ 902-883 އަކަފޫޓެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ކުރިން ވިދާޅުވީ ސީލައިފުން ފްލެޓް ގަތް މީހުންނަށް ވެސް ވިނަރެސް ފްލެޓް ދޫކުރާނީ އެ މަޝްރޫއު ހިންގި އަގުގައި ކަމަށާއި އެ ތަންތަނުގެ އަގު ހެޔޮ ކުރެވެން ނެތް ކަމަށެވެ.

ސީލައިފުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް ގަންނަން ހުޅުވާލީ 2.2 މިލިއަން ރުފިޔާއަށެވެ. އެކަމަކު "ވިނަރެސް" އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އެކަމަކު އިންސްޓޯލްމަންޓް އުސޫލުން 20 އަހަރުން ނުވަތަ 25 އަހަރުން ފައިސާ ދައްކާ ނަމަ އެޕާޓްމަންޓްގެ އަގު ގާތްގަނޑަކަށް ދެގުނަ ވެ އެވެ.

"ވިނަރެސް" ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ އަންނަ ޖުލައި ހިސާބުގަ އެވެ.

20 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 6%
icon angry icon angry 53%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވައްޞައިފި

27 January 2022

ހުޅުމާލެއަކީ އިނިރޭސިވިލާތުގެ ތަނެއްތަ؟ "މައި ހުޅުމާލޭ ޕޯޓަލް" އަށް ދިވެއްސަކު ވަދެގެން އެނގޭނެ އެއްޗެއް ނެތް، ހުރިހާ ލިޔުމެއް އެހުރީ ސީދާ ފަރަންޖީ ބަހުން، ދިވެއްސަކަށް ވެގެން ފަޚުރުވެރިވެވޭނެ ގޮތެއް ނެތް ، ދިވެއްސަކަށް ވީތީ ރޮއި ހިތާމަކުރަން މިޖެހެނީ

The name is already taken The name is available. Register?

އާދޭސް

24 January 2022

"ފްލެޓްތައް ވިއްކުމަށް ހުޅުވައިލީ ހިޔާ އިން ފްލެޓް ލިބުނު މީހުންގެ ތެރެއިން ހިޔާ ފްލެޓް ދޫކޮށްލައި، "ވިނަރެސް" ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ފަހު ކަމަށެވެ." ހިޔާ އިން ދޫކޮށްލި ފްލެޓްތައް ލިބޭ މީހުން އަލުން އިއުލާން ކުރަނީ ކޮން އިރަކުތޯ ބަލާލަ ދީބަލަ "މިހާރު" ނޫހުން؟ މިހެން ކިޔާފަ ކޮމެންޓް ކުރެވުނު އަދަދެއް ނޭނގޭ... ހިޔާ ކިތައްމެ ކުޑަޔަސް އެތަންބޭނުންވާ އެތައްބަޔަކު އެބަތިބި...

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

24 January 2022

ސީލައިފް މީހުންނަ ފްލެޓް ދެނީއޭ ކިޔާ ރުޅިގަދަވާ މީހުންނަ ނޭގޭތަ ޗޑސ އިން ފްލެޓްވިއްކަނީ ދެގުނަބޮޑުކޮށްކަމެ ސީލައިފްއިން ވިއްކީ ދެމިލިޔަން ދެލައްކަޔަށް ޗޑސ ދެމިލިޔަން ހަތަރުލައްކަ ލިސްޓްގަޖަހާފަ ނުފެންނަގޮތުން ދެމިލިޔަނާގާތްކުރާވަރަށް ފައިދާލާފަ. ނުވަޕަސެންގެ އިންޓްރެސްޓް މަހުކުލިތެރެއަށްލީމަ މަހަކު ހަހާސްރުފިޔާ އިތުރަށްދައްކަންޖެހޭ ގަންނަމީހުން މީލަގްޒަރީފްލެޓެނޫން މިވަރުނަގާކަށް ބޮޑުއޮޅުވާލުންގަޑެމީ ޗޑސގެވެރިންގެ މަކަރު ބޮޑު ޑައުންޕޭމަންޓެ.

The name is already taken The name is available. Register?

ގުއިލައިފް

24 January 2022

ސީލައިފްގެ މީހުނަކީ އެ ކުންފުނީ މީހުން. ނިކަމެތި އަހަރުންނަކީ އެމީހުންގެ ދަޅައަށް ހެއްލި، އެމީހުން އަތުން ފްލެޓް ގަންނަން ފައިސާ ދެއްކި މީހުން

The name is already taken The name is available. Register?

ޞބބވވ

24 January 2022

ދެއްކިފަންސާސް ހާސްލިބިއްޖެއެއްނޫންތަ؟ ދެން އިތުރު ހާއްސަކަމެއް ވަކިތިބައގނޑަށްދޭކަށްނުޖެހޭ

The name is already taken The name is available. Register?

މަންޖެން

23 January 2022

ބޯހިޔާ ވެހި . ނަމުގަ މި ވިއްކާ ފުލެޓް މީ އެޔޮވިސްނޭ ބަޔަކު އަމިއް ލަޔައް ބޯލުގަ އަޅާ ދަރަން ޔެއް. މި ކަމުން ރައްކާތެރި ވާން ޖެހޭ.

The name is already taken The name is available. Register?

ސަންތަބް

23 January 2022

އެޕިކް ޝެލްޓަރ ކިޔާ ބަޔަކު އަހަރެމެން އަތުން ލައްކައިން ފައިސާ ނަގާގެން މަސައްކަތެއް ނުކޮށް އެ ލާރިޔަށް ބިން ގަންނަން އެބަ އުޅޭ. މިކަހަލަ މީހުންނަށް ފުރުސަތު ދީގެންނުވާނެ ބިން ގަންނަން،. ފުރަތަމަ އަހަރެމެން ފްލެޓް ގަނޑު ހަދާދީ

The name is already taken The name is available. Register?

ދފދފދ

24 January 2022

ކީ ކުރަން ލާރިދެއް ކީ

The name is already taken The name is available. Register?

އިސްމާއިލް

23 January 2022

ދައުލަތުން ރައްޔަތުންގެ ބޯހިޔާވަހިކަމޭކިޔައިގެން ފުލެޓްހަދައި ބޮޑުއަގުގައިވިއްކައިގެން ރައްޔަތުން ތާހިރުދިރިއުޅުމެއް އުޅޭނެގޮތެއް އެމްޑީޕީިއިން ބުނެދީބަލަ ޔާމިންސަރުކާރުގައި 1.2މިލިޔަންއަށް ވިއްކިތަންތަން މިވެރިކަމުގައި 2.5އަކާއި 4މިލިޔަނަށް މިވިއްކަނީ މިދެންބޮޑުވަރު

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 January 2022

ރަނުގެ އަގުހުރި މާލޭގެ ބިމުގައި (މީގެ ތެރޭގައި ދައުލަތުން މާލެއަތޮޅު ފަޅެއް ހިއްކަން 3 ބިލިޔަނެއްހާ ޑޮލަރު ހޭދަކުރި ހުޅުމާލެވެސް ހިމަނައިގެން) ދައުލަތުން ސޯޝަލް ހައުސިންގ ޕްރޮޖެކްޓް ހިންގުން ހުއްޓާލާފައި ދައުލަތުގެ އެޙީތެރިކަމުގައި ބޯހިޔާވަހިކަން ބޭނުން މީހާއަށް އިންސްޓޯލްމަންޓް އުސޫލުން ދައުލަތް ގެރަންޓީދީގެން ފުލެޓް ގަންނަގޮތަށް ޑިވޮލޯޕަރުންނަށް ފަސޭހަގޮތަކަށް މިކަން ހަމަޖެހިގެން މެނުވީ މިފަދަ ކަންކަމަށް ހައްލުހޯދަން އުދަގޫ ވާނެ.

The name is already taken The name is available. Register?

ޓަވަރުބޭ

23 January 2022

ހާދަ ފުލެޓެކޭ ތިއޮތީ ފެންނަންދޯ. ކުރީ ސަރުކާރުކަމެއްބާ؟

The name is already taken The name is available. Register?

ސަދަބް

23 January 2022

މިސަރުކާރުގެ މަސައްކަތް

The name is already taken The name is available. Register?

ޛޖޖޖގޖވޛޖޖޖގޖvj

23 January 2022

ސީލައިފްމީހުނަށްބޮޑު ބަދަލެއްދީފަ އެމީހުންހާލުގަޖެހެންދެއްކި ފަންސާސްހާސްވެސް ދީފައަދި ވިނަރެސްއިންފްލެޓްވެސްދީފަ.

The name is already taken The name is available. Register?

މަދިރި

24 January 2022

ނޭނގުނަސް ވާހަކަ ދައްކާ ތި. ފުލެޱް ވިއްކަނީ ބޮޑު އަގުގައި. އެމީހުންނަށް 8އަހަރު ދުވަހު ވީގެއްލުމުގެ ބަދަލެއް ސަރުކާރަކުން ނުދޭ. ސީލައިފުން ފުލެޱް ގަތީ ވެސް ހަމަ ދިވެހި ރައްޔިތުން. މިހާރު އެޕޯލޯ މީހުން ފޭސް 1 ގަ ފުލެޱް އެ އަޅަނީ ސީލައިފް މީހުންގެ ބިމުގައި.

The name is already taken The name is available. Register?

މަދިރި

24 January 2022

ސީލައިފް އެއީ ސަރުކާރެއް ނޫން. އަމިއްލަ ކުންފުނި ތަކުން ވިޔަފަރި ކޮށްގެން ލިބޭ ގެއްލުމުގެ ބަދަލެއް ސަރުކާރަކުން ނުޖެހޭނެ ދޭކަށް. ވިޔަފާރި ކުންފުނިތަކުން ހިންގާ ހުރިހާ މިކަހަލަ ޖަރީމާތަކެއްގެ ބަދަލު ސަރުކާރުން ދޭންވެއްޖެ ނަމަ ދެން ކޮބާ ހާލަކީ. ތިބުއި ބޮނޑި އަމިއްލެޔަށް ކޯޓަށްގޮސް ހައްލު ކުރޭ. އެހެން ނަމަވެސް ސަރުކާރުން ހިންގާ މަޝަރޫއެއްގަ ގެއްލުމެއް ލިބިއްޖެނަމަ އޭގެ ބަދަލު ދޭންޖެހޭނެ. މިއީ ކުރަންޖެހޭ ކަމެއްނޫން.

The name is already taken The name is available. Register?

އަފްރާސިޔާބު

24 January 2022

އާނ! އަހަންނަކަށްވެސް ނޭގުނު އަމިއްލަ ކުންފުނިތަކުން ހިންގާ ވިޔަފާރީގެ މަޝްރޫއުތަކުން އެކުންފުނީގެ ހިއްސާ ނުވަތަ ވިއްކާ މުދާ ގަންނަ މީހުންނަށް ދިވެހިދައުލަތުން ބަދަލު ދޭންޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް. ތިޔަކަން ތިކުރަނީ ވަގުންނަށް ފަހިވާގޮތަށް. އެޗްޑީސީގެ ވެރިންނާއި ވަގުން ގުޅިގެން މީހުން އަތުން ފައިސާ ނަގައިގެން ޕްރޮޖެކްޓް ހިންގައި ފައިސާ ކަނޑު ކާލައިގެން ފިލީމާ އޭގެ ބަދަލު ރައްޔިތުން ދައްކަންމިޖެހެނީ ކޮންގޮތަކުންބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454