ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާއެއްޗެހިތަކެއް: ޑްރަގް މައްސަލައެއްގައި މީހަކު ދޫކުރި މައްސަލަ ލަހުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ ބޭރުކޮށްލާފައި -- ފޮޓޯ/ޕޮލިސް
11 އެޕްރީލް 2022 - 12:12
ޕާކިސްތާނުގެ ބަޔަކު މެދުވެރިކޮށް ރާއްޖެ އަށް 2.4 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލުމުން ވެސް 48 ގަޑިއިރު ފަހުން އެ މައްސަލަ އިސްތިއުނާފު ކޮށްފައިވާތީ، އެ މައްސަލަ ވެސް ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.
ޖިނާއީ އިޖުރައާތުގެ ގާނޫނު އޮންނަ ގޮތުން ކޯޓު އަމުރުތައް އިސްތިއުނާފު ކުރަން ދައުލަތަށް ލިބޭނީ 48 ގަޑިއިރެވެ.
ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލި މައްސަލައިގައި މިދިޔަ ހަފުތާގައި ހައި ކޯޓުން ނިންމާފައިވަނީ 48 ގަޑިއިރު ގުނަން ޖެހޭނީ އެ ނިންމުމެއް ނިންމި ވަގުތުން ފެށިގެން ކަމަށެވެ. އޭގެ ކުރިން ދައުލަތުން 48 ގަޑިއިރު ގުނަމުން ދިޔައީ އެ ނިންމުމެއް ނިންމާ ދުވަސް ނުހިމަނަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕާކިސްތާނުގެ ތިން މީހަކު މެދުވެރިކޮށް، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެއްސަކު ބަންދުގައި ބެހެއްޓުމަށް ފަހު، މިދިޔަ މަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރީ އޭގެ ތިން ދުވަސް ފަހުންނެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ 48 ގަޑިއިރު ގުނާނީ އެ ނިންމުން ނިންމާ ވަގުތުން ފެށިގެން ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާއިރު، އިސްތިއުނާފް ލަސްވުމުގައި މަގްބޫލު ސަބަބެއް ދައުލަތަށް ނުދެއްކޭތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ގޮތަށް ހުކުމްކުރީ އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އަޣުލަބިއްޔަތުންނެވެ.
އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް އިސް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔު އެ މައްސަލައިގައި ތަފާތެވެ. އިސް ފަނޑިޔާރުގެ ރައުޔަކީ 48 ގަޑިއިރު ގުނަން ޖެހޭނީ އެ ނިންމުމެއް ނިންމި ވަގުތު ނުވަތަ ގަޑިން ފެށިގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ގާނޫނުގައި އޮތީ ތާރީޚަށް ބެލުން ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
"އިސްތިއުނާފް މުއްދަތު ފެށޭނީ އަމުރު ނެރޭ ވަގުތު ނުވަތަ ގަޑިން ކަމަށް ބަޔާންކޮށްފައި ނުވެ އެވެ. އޭގެ ބަދަލުގައި އެ މާއްދާގައި ލިޔެފައި ވަނީ އެ އަމުރެއް ނެރޭ ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެންނެވެ. މިއީ ދުވަހަށް ކޮށްފައިވާ އިޝާރާތެއް،" އިސް ފަނޑިޔާރުގެ ރައުޔުގައިވެ އެވެ.
ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދު ވުޖޫދަށް އައުމުގެ ކުރިން ވެސް އަމަލުކުރަމުން ދިޔަ އުސޫލަކީ ތާރީޚަށް އެކަނި ބެލުން ކަމަށް ވާތީ އާއި މިހާރުގެ ގަވާއިދުގައި އެކަން ސާފުކޮށް ބަޔާންކޮށްފައި ނެތުމުން، ގަޑިއަށް ބަލައިގެން މުއްދަތު ނުގުނޭނެ ކަމަށް އިސް ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވި އެވެ. އިސް ފަނޑިޔާރުގެ ރައުޔަކީ އެ މައްސަލައޮގައި އިސްތިއުނާފުގެ މުއްދަތު ހަމަނުވާތީ އެ މައްސަލަ ބެލޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
11 April 2022
އެއްމެ ފުރަތަމަ ބަލާބަލަ ޕީޖީގެ މަޤާމަށް ކިހެނެއްތޯ އައީ، މީގެ ކުރިން ޓީވީތަކަށް އަރާ ދެެއްކީ އިންސާފް ނުލިބޭ ވާހަކަ، މަޤާމް ހަވާލްކުރީމަ ހުރިހާ ޑުރަގް ބޮޑުންނާ އަދި ކުޑަކުދިންނާ ބެހޭ މީހުން މީނާގެ ފަންސުރު ހަމަނުވެގެން މިތިބެނީ މިނިވަން ވެފާ..
މެންގްރޫވް
12 April 2022
ދިއްދޫ މީހެއްނޫންތަ ޑްރަގް އެންފޯސްމަންޓް ވެރިޔަކީވެސް؟
އޮނަރަބްލް އަފީފު ދީދީ
11 April 2022
ޑްރަޤާއި، ވައްކަމާއި މަކަރާއި ހީލަތުގެ ކަންކަމުގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއިން ކުރާ ވައްކަންތަކުގެ މައްސަލަތައް ތަޙްޤީގު މަރުހަލާއާއި ޕްރޮސިކިއުޓްކުރުމުގެ މަގުމަތީގައި ކަންކަން ހިގަމުންދާ ގޮތަށް ބަލާއިރު ދުރުނޫން މުސްތަޤުބަލެއްގައި މިކަންކަމަށްހިންގަމުންމިދާ ނުފޫޒުގެތެރެއިން ދައުލަތުގެ ދައުލަތުގެ މަތީ ކޯޓްތަކުގެ ފަނޑިޔާރުން ބަދަލު ކުރުމުގެ މަރުހަލާއެއް ފެށޭނެ. މިއީ ވަރަށް ނުބައި ރޭވުންތެރި ތަކެއްގެ ތެރިން ބަޔަކު ހިންގަމުންދާކަމެއް.
ކުޗީ
11 April 2022
މިފެންނަނީ ގާޡީ އިން އަމިއްލަ އަށް ގާނޫނު މާނަކޮށް ، ނޫނީ ގާނޫނުގެ ބާގަނޑުތަށް ބޭނުން ކޮއްގެން ދިފާއި ވަކީލާއި ގުޅިގެން ހިންގާ ޖަރީމާ. މިއީ ވަރަށް އާމު ކަމެއް. 100% މުސްލިމުން އުޅޭ ގައުމެއްގައި މިކަހަލަ ގާޒީއިންނާއި ވަކީލުން.
ސަސު
11 April 2022
މިފެންނަނީ ކޮންމެވެސް ގޮތަކުން ކުއްކުރި ކަމަށް ސައްކު ކުރެވޭ މީހާ ދޫ ނުކުރެވިގެން އުޅޭތަން. އަމިއްލަ އަތުން ލިޔެފަ ހުންނަ ގަވައިދުތައް މާ މަތިވޭއެބަ ކުރި ކުށަށްވުރެ. ދެން ބުނާނެ އުންސުރު ހަމަވާކަމެއް އަހަރުމެން ކަހަލަ މީހުންނަކަށް ނޭންގޭނެއޭ
އޮނަރަބްލް އަފީފު ދީދީ
11 April 2022
ކިހާބޮޑު ދުއްޕާނެއްތަ؟! ކޮބާތަ މިޢައުމުހިންގަން ރައްޔިތުން ޙަވާލުކުރިމީހާ؟! ޑްރަޤްއެތެރެކޮށް އެތައްޖީލެއް ސުންނާފަތިކުރާއިރު އޭނާއާއި ދައުލަތުގެ ޕްރޮސިކިއުޓާރ އަދި ބަންޑާރަނައިބު އޮތީ ގަދަނިދީގައި ނިދާފަ. # މިވަރުވާއިރުވެސް ޤާނޫނުހަދާމަޖިލީހުން ސޯލިޙްއަށް "ޤައުމު ހިންގާލަން ނުކުޅެދިއްޖެކަން ޤަބޫލުކޮށް" އޭނާގެމައްޗަށް އިތުބާރުނެތްކަމުގެ ވޯޓްނަގާ އަޒުލުކުރާކަށް ނުވޭތޯ؟ އޭނާ އައްޔަންކުރެއްވި ޕީޖީ ކަންކުރާގޮތް ނުބެލުމަކީވެސް އޭނާގެ އިހްމާލެއް.
މީސްގާރު
11 April 2022
އަފީފު ރުޅި މަޑު.