ޚަބަރު / އެމްޑީޕީ

ވިލިމާލެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިއްޖެ

އެމްޑީޕީގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ބައިވެރިވަނީ: އެމްޑީޕީއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނީ މުއްދަތު ހަމަވި ފަހުން ލިއުންތައް ހުށަހެޅުމުން. -- ފޮޓޯ/ މިހާރު

މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހުސްވެފައިވާ ވިލިމާލެ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވި ފަހުން ލިއުންތައް ހުށަހެޅުމުން އެމްޑީޕީއަށް ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މިއީ މުއްދަތު ހަމަވި ފަހުން ފޯމު ހުށަހަޅައިގެން އެމްޑީޕީއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނު ތިން ވަނަ ފަހަރެވެ. ފޯރީގައި ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭންގެ ތެރެއިން، މި މައްސަލަ ހޫނުވެ ބަހުގެ ހަމަލާތަކާ އެކު ދަނީ ފާޑުކިޔަމުންނެވެ.

އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމުންނެވެ. މި ގޮނޑިއަށް މީހަކު ހޮވުން އަންނަ މަހުގެ 16 ގައި ބާއްވަން ނިންމައި ކުރިމަތިލާން ދިން މުއްދަތު ހަމަވީ އިއްޔެ މެންދުރު 12 އަށެވެ.

Kokko ah fahu Eman ge vakivumun aalaa ah 2 hithaama

Kokko ah fahu Eman ge vakivumun aalaa ah 2 hithaama

The most trusted news source in the Maldives

Mihaaru

ވިލިމާލެ ދާއިރާގެ ގޮނޑި ފުރުއްވި އީމާން: އިންތިހާބު ބާއްވަން ޖެހުނީ އެކްސިޑެންޓެއްގައި އޭނާ ނިޔާވެ އެ ދާއިރާގެ ގޮނޑި ހުސްވުމުން.

އެމްޑީޕީއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނީ ލިޔުންތައް ލަހުން ހުށަހެޅުމުން ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުންނެވެ. އެމްޑީޕީއަށް އެ ދާއިރާ ގެއްލި އިންތިހާބުގައި ވާދަކުރާނީ އިދިކޮޅު ޕީޕީއެމާއި އެމްއެންޕީންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ ވަގުތު ހަމަވުމުގެ ކުރިން އެމްޑީޕީން ފޯމު ހުށަހެޅި ކަމަށެވެ. އެކަމަކު ޖުޑިޝަރީން ހޯދަން ޖެހޭ ލިއުންތައް 12 ޖެހިއިރު ވެސް ހުށަނާޅާތީ ކޮމިޝަނުން ފޯމު ބަލައިނުގަތީ ކަމަށް ވިދާޅުވި އެވެ.

އޮންލައިންކޮށް ވެސް އިންތިހާބަށް ކުރިމަތިލެވެ އެވެ. އެންމެ ފަހު ވަގުތު ފޯމު ހުށަހަޅައި ލަސްވި ސަބަބަކަށް ދެއްކީ، މާލެ އިން ހެނދުނު ކަރަންޓް ކެނޑުމުން ދިމާވި ދަތިތަކާ ހެދި ކޯޓުން ރެކޯޑު ސާފު ނުވުމެވެ. އެކަން ކޯޓުން ވެސް އިލެކްޝަނަށް އޮތީ އަންގައިފަ އެވެ.

ހަބީބު ވިދާޅުވި ގޮތުގައި ކަނޑައަޅާފައި އޮންނަ މުއްދަތު ހަމަވި އިރު ލިއުންތައް ލިބިފައި ނެތުމުން ބަލައިގަނެވެން ނެތް ކަމަށް ނިންމީ އެވެ.

އެމްޑީޕީއަށް ވިލިމާލެ ދާއިރާގެ ގޮނޑި ގެއްލުނު މައްސަލައިގައި ހިތްހަމަނުޖެހުންފާޅުކުރައްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އެ ގޮނޑިއަށް އެމްޑީޕީގެ މެމްބަރަކަށް ފުރުސަތު ނުދެވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. މާލެ ދާއިރާ އިން އެ ފުރުސަތު ގެއްލުނީ ޕާޓީ "ހިންގާލާތީތޯ"، ޗެއާޕާސަންގެ ކެމްޕޭންގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ތާއީދުކުރައްވާ ނިހާދު ސުވާލު ކުރެއްވި އެވެ.

ފައްޔާޒްއާ ދެކޮޅަށް އިންތިހާބަށް ނުކުމެ ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. ޕާޓީ ދެ ފެކްޝަނަށް ބެހިފައިވާ އިރު އެއް ބަޔަކު އަނެއް ބަޔަކަށް ގެންދަނީ އެކި ކަންކަމުގައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ޖުމްލަ 17 މެމްބަރުން ތިބޭ އެ ކޮމިޓީގެ ސާފު އަޣުލަބިއްޔަތު 12 މެމްބަރުންނާ އެކު އޮތީ އެމްޑީޕީއަށެވެ. އެ ކޮމެޓީގައި ދެން ތިބެނީ ޕީޕީއެމްގެ މެމްބަރަކާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.

23 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1234556678

16 April 2022

ދެ ފެކްޝަން އުފެދުނީމަ މަ ސަލާމް އެމްޑީޕީ އަށް?

The name is already taken The name is available. Register?

ހިސާނުހސައިނުގެ ދޯހަޅި ސިޔާސަތީ

16 April 2022

ރައްޔިތުންގެ ކައިރީ ރުކަކުން ކާއްޓެއްވެއްޓޭހާ ބާރުމިނުގަ އެމްދީޕި ދަނީ ވެއްޓެމުން

The name is already taken The name is available. Register?

އުވައިލާނެ

16 April 2022

ތިއީ ޔާންޓެގެ ވެރިކަމުގައި ހިނގިކަމެއްނަމަ ތިކޮމިޝަންވެސް އުވާލީސް. އަދިވެސް ޑިމޮކްރަސީގަ އޭނަ ވިއްކޭތޯ ބަލާ

The name is already taken The name is available. Register?

ހިސާން

16 April 2022

ބަލަ އެގޮނޑިއަކީ މާ މުހިއްމު ގޮނޑިއެއް ނޫންވީމަ އުވާނުލީ. އަދި އެމްޑީޕީ ދެފެކްޝަނަށް ބެހިފައި އޮތްއިރު، ފޯރމް ބަލައިނުގަތުމުން ސަރުކާރު ފެކްޝަނަށް ލިބޭ ޕްލަސް ޕޮއިންޓަކަށްވީމާ ކިހިނެއް އުވާނީ؟ މިހާރު ކެމްޕެއިންގައި އެދައްކަނީ އަންނި ފެކްޝަނަށް، އިމްތިޔާޒް ފަހުމީމެން ޕާރޓީގެ އިސް މަގާމުތަކުގައި ތިބެގެން ގަޑިއަށް ފޯރމް ހުށަނޭޅޭ ވާހަކަ. ސިކުނޑީގެ ބޭނުން ކޮށްބަލަ. ދެން ނުބުނާތި ރޭރުކުރަނީއޭ.

The name is already taken The name is available. Register?

???

16 April 2022

އެމްޑީޕީ މެންބަރުންނަށް އޮޅުވާލީ. ފިސްތޯލަ ޕާޓީއާ ޑީލް ހަދައިގެން ގަސްތުގަ ކުރި ކަމެއް. ތީ ކޮން ބައެއް! އެމްޑީޕީ އެއްނު. އަނެއްކާ އެތާ އެނބުރޭ ކުނަމެހިތައް ތިބޭނެ ހެދިފަ ގަބޫލު ކޮށްލައިގެން.

The name is already taken The name is available. Register?

123456789

15 April 2022

ޢަލްހަމްދުލިﷲ…ދެފެކްޝަން ތަޅާތަޅާ ތިބޭ ައަދިވެސް! ?

The name is already taken The name is available. Register?

އެނދިމަރިޔަނބު

15 April 2022

ކީއްކުރާ ގޮނޑި ތަކެއްތޯ؟ އެއްމެ އަސާސީ ޚިދުމަތްތައްވެސް ނުލިބޭ ތަނެއް ވިލިމާލެއަކީ. އެކަމާ އަޅާލާނެ އިދާރާއެއް މި ގައުމަކު ނެތް. ރައްޔިތުންގެ ފައިސާ ބޭކާރަށް ތަޅާ ނުބުރުވިޔަސް ހެޔޮ.

The name is already taken The name is available. Register?

ފްލޭގް މޭން

15 April 2022

ދޮގުވެސް ވިއްކޭނީ ވަކިވަރަކަށެވެ. އެއްވެސް ކަމެއްގަ އިޚްލާސްތެރިކަމެއް ނެތިއްޖެނަމަ ރަައްޔިތުން ދެން އެބަޔަކު ބަލައެއްނުގަންނާނެއެވެ. އަމިއްލަ ޕާޓީ ބައިބައިވެ ކުރިން ލިބުނު ފަހިފުރުސަތުތަކާ ރައްޔިތުންގެ އިތުބާރުގެއްލުމުގެ މައިގަނޑުު ސަބަބަކީވެސް މިއެވެ. މަވެސް އެމްޑީޕީ އެވެ. އެކަމަކު....

The name is already taken The name is available. Register?

ބަރަވެލި

16 April 2022

ކަލޯ ހަބަރު ރަނގަޅަށް ކިޔާލާފަ ކޮމެންޓުކޮށްބަލަ. ކަލޭ ތިއީ ފެށުނީއްސުރެ އަސުރުމާ ޕާޓީ މީހެއް. ކާކަށް ކޮންއެއްޗެއް އޮޅުވާލަން ތިއުޅެނީ

The name is already taken The name is available. Register?

ސެންސަރު

15 April 2022

ފަހު ވަގުތާ ޖެހެންދެން ހުރެފަ ކަރަންޓޭ މަރަންޓޭ ނުކިޔަސް ރަނގަޅުވާނެ. ވަގުތު އޮއްވާ ކަންކަން ކުރީމާ އެވީ.

The name is already taken The name is available. Register?

ލައިލާ

15 April 2022

އީވާ ރޭރުކުރީމާ ފޯރމް ހުށަހެޅުން ލަސްވީ

The name is already taken The name is available. Register?

އިންތި-ފަޔާ

15 April 2022

ޤަސްދުގަ ނުލީ ނުލިބޭނެކަން ޔަޤީންވާތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454