މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ އެމްޓީސީސީގެ ބަހެއް ސިނަމާލެ ބްރިޖަށް އަރަނީ: ބަހަކުން ޖެހިގެން މީހަކަށް އަންނަނީ ފަރުވާދެމުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
15 އެޕްރީލް 2022 - 22:40
މާލޭގައި އަމީނީމަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ބަހަކުން ޖެހި އެކްސިޑެންޓެއް ހިނގައި، އެ މީހާ އަށް ހޮސްޕިޓަލުން ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިރޭ އިރުއޮއްސޭހާކަށްހާ އިރު އެ އެކްސިޑެންޓް ހިނގީ އަމީނީމަގުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތާ ކައިރީގައި ކަމަށެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލާއި ކުރީގެ ވެސްޓް ޕާކު ސަރަހައްދުގައި ހުންނަ ބަސް ސްޓޮޕަށް ދިއުމަށް، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރުކުރާ އެމްޓީސީސީގެ ބަސްތައް އަމީނީމަގަށް ނުކުންނަ ކަންމައްޗެވެ.
އަނިޔާވި މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަން ފިޔަވައި، އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ބަހުން ޖެހިގެން މީގެ ކުރިން ބޮޑެތި އެކްސިޑެންޓް ވެސް ހިނގާފައިވެ އެވެ. ހުޅުމާލޭގައި 2019 ވަނަ އަހަރު މަގުމަތިން ހިނގާފައި ދިޔަ ޔުކްރެއިންގެ އަންހެނެއްގެ ގައިގައި ބަހަކުން ޖެހި ހިނގި އެކްސިޑެންޓްގައި އެ މީހާ މަރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަޅޭ
17 April 2022
އަސްލުވެސް އެމްޓީސީސީ ބަހުގެ ކަންތައް ބަލަހައްޓާ ސެކްސަނުގެ ވެރިންގެ އެޓިޓިޔުޑް ބަދަލުކޮށްގެން ނޫނީ އެމީހުން ރިޕްލޭސްކޮށްގެން ނޫނީ ބަހުގެ ހިދުމަތެއް ރަނގަޅަށް ނުހިންގޭނެ.
ކާނި
17 April 2022
ތިބަސް ތައް ދުންވަނީ މިންގަޑަށް ވިރެން ބާރަށް. މަގޭ ގައިގާވެސް ކުޖެހުނީ ކިރިޔާ. ސްޕީޑް ބްރޭކަރުން ހުދުހިފައި އައީ. މަގޭ ހިތް އޮތީ މޭ ފަޅާލާފަ ބޭރުގަ.
ހައްހައް
16 April 2022
އެމްޓީސީސީ ގެ ބަސް ސެކްސަނުގެ ހިންގަންތިބި އިސްވެރިން ބަދަލުކޮށްގެންނޫނީ ތިމައްސަލަ ހައްލެއް ނުވާނެ
މުއްލާ އުމަރު.
16 April 2022
އަނެއްކާ ދިވެހި ބަހަކުންތޯ ނޫނީ ބަންގާޅު ބަހަކުންތޯ ޖެހުނީ ؟؟
ހޭބަބަސް
16 April 2022
ބަސް ދުއްވަނީ ވަރަށް ބާރަށް. ކިތައްމަ ފަހަރަކުވެސް ހުޅުމާލޭ ބޮންބޭ ދަރބާރު ކާރިން ފެނޭ މިމީހުން މިންގަނޑަށްވުރެ ބާރަށްދއްވާތަން ފަހަތުން އަންނަމުން ބަރުގޮން އަޅާ އަދި ކުރިމަތީ ސައިކެއް ދުއްވަމުން ދިޔަސް ހީވަނީ މިމީހުން އެކަނިހެން މަގުމަތީ ދުއްވަން ޖެހޭނީ.
ފުއްލާތަކެއްހެން ފުމެފުމެ
16 April 2022
ބަސް ހިނގާފައި ދިޔައީ ޕޭމަންޓަށް އަރައިގެންތަ؟ ނޫނީ އެމީހާ ހިނގާފައި ދިޔައީ ބަސް ދުއްވަން ޚާއްޞަ ތަނުންތަ؟ އެހެން މިއަހާލީ ބަސް ދުއްވާ މަގުތަކުގައި ފުދޭ ވަރެއްގެ ފުޅާ ހިނގާރު ދެފަޅީގައި ވެސް އޮންނާތީ.
ކެރީބިޔަނއ ކްރޮސްރޯޑު
16 April 2022
ބަހަކުން ޖެހި ކޮންމެ ފަދަ އަނިޔާއެއް ލިބުނަސް ކުށްވެެިވާނީ އަނިޔާ ލިބުނު މީހާ ބަހުގެ ޑްރައިވަރު ކުށްވެެިވާނެ ގޮތް އެއީ ނެތްގޮތެއް
ށަވިޔަނި
16 April 2022
މާލޭގެ މަގުތަކުގެ ހާލަތާއި މީހުން މަގުމަތީގައި ގިނަކަމާއި ދުއްވާތަކެތި އޮންނަވަރުން ހުރިހާ ފަރާތަކުންވެސް އުޅެންޖެހެނީ ވަރަށް ބަލައިގެން. އެކަކު އަނެކާގެ ބޮލުގައި ކަންކަން އަޅުވަން ނޫޅެ އެންމެން ޒިންމާދާރު ބަޔަކަށްވާން އެބަޖެހޭ.
ަސދަސދސސ
16 April 2022
ތި ބަސް ދުއްވާމީހުން ތިބެނީ ނިދާފަތަ
ރަންނަ
16 April 2022
ދުވާރުމަތީހަ ބަސްދުއްވުމަކާ ވަރަށް ދެރަވަރުކަމެއް