ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

ބްރިޖުގެ ހައިވޭގައި ޕިކަޕަކާއި ބަހެއް ޖެހި އިތުރު އެކްސިޑެންޓެއް

މިއަދު ހަވީރު ހައެއް ޖަހާކަންހާއިރު ޓްރެކް ސަރަހައްދުން ބޭރު މަގުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހުގައި ކާރަކުން ޖެހި އެކްސިޑެންޓުވެފައި.

ސިނަމާލެ ބްރިޖުގެ ހައިވޭ އިން ހުޅުމާލެ އަށް އަރާ ހިސާބުގައި އެމްޓީސީސީގެ ބަހަކާއި ޕިކަޕެއް ޖެހި، މިރޭ އިތުރު އެކްސިޑެންޓެއް ވެސް ހިނގައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ އަށް އަރާ ހިސާބުގައި ބަހަކާއި ޕިކަޕެއް ޖެހުނު ކަމުގެ ރިޕޯޓެއް މިރޭ 8:20 ހާއިރު ލިބުނު ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެެވެ. ތަފުސީލެއް ނުދެ އެވެ.

ހައިވޭގައި ބަހަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓުވިއިރު މާލޭގައި ވެސް މިރޭ އިރުއޮއްސުނުހާއިރު ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކު މަރުވެފަ އެވެ.

އެ އެކްސިޑެންޓު ހިނގީ އެކުވެނި ދަނޑު ކައިރިން ބޭރުމަގުން ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް، އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެމްޓީސީސީގެ ބަހެއްގައި ޖެހިގެންނެވެ.

ކާރު ވަރަށް ބޮޑަށް ހަލާކުވެ އޭގައި ތިބި މީހުންނަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. ކާރުގައި ތިބި ތިން މީހަކަށް އައިޖީއެމްއެޗުގައި މި ވަގުތު ފަރުވާދެމުން އެބަދެ އެވެ. އޭގެ ތެރެއިން އެކަކުގެ ސާޖާރީއެއް ހަދަމުން އަންނައިރު އިތުރު މީހެއްގެ ސީޓީ ސްކޭނެއް ހަދައި އޭނާ އަށް ލިބިފައިވާ ގެއްލުން ދަނީ ބަލަމުންނެވެ. އަދި އަނެއް މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ވެ އެވެ.

އެ އެކްސިޑެންޓުގައި މާބޮޑު އަނިޔާތަކެއް ބަސް ދުއްވަން އިން މީހާ އާއި އޭގައި ތިބި ދެ އެހީތެރިންނަށް ނުލިބުނު ނަމަވެސް އޭޑީކޭގައި އެމީހުންނަށް ވެސް ފަރުވާ ދިނެވެ.

ފުލުހުން އަންނަނީ އެ ދެ އެކްސިޑެންޓާ ގުޅޭ ކަންކަން ތަހުގީގު ކުރަމުންނެވެ.

18 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 80%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުރުމުރޭ

05 July 2022

އެމްޓީސީސީ ބަސްތައް ދުއްވާ ޑްރައިވަރުން ހީވަނީ މަގުމައްޗަކީ ތިމަންނާމެން އެކަނި ތަނެއް ކަމަށް. އެއިން ބަހަކުން ޖެހި މީހަކު ޗަސްވިޔަސް ވަހިކަލެއް ފުނޑުފުނޑު ވިޔަސް ފަރުވާލެއް ނެތް. ވާކަމެއް ހަރާން. ބަސް ޑްރައިވަރުން މާ ސްޕީޑްލިމިޓަށްވުރެ ބާރަށް ދުއްވުމާއި ދުއްވާ އެހެންވެހިކަލްތަކަށް ޖާގަ ނުދީ ބްރިޖްމަތީގައި ވެސް ފިއްތުމާއި ކަމަކާނުލައި ބަރުގޮނުއެޅުމާއި މިފަދަ ދުއްތުރާ އެތައްކަމެއް ޢާންމުންނަށް ކުރޭ. މިބުނީ ތި އެކްސިޑެންޓްގެ ބަހުގެ ވާހަކައެއް ނޫން.

The name is already taken The name is available. Register?

ލޯބި

05 July 2022

ކަލޯއަށް ވާނުވާ އެނގޭތަ ކަލޯ ހަމަތަ

The name is already taken The name is available. Register?

ސަރީްބ

05 July 2022

މިވީޑިއޯ ގަ ވެހިކަލް ދުއްވަން އޮންނަ ބައިގައި ކަސްރަތަށް ދުވި ދެމީހުންގެ ގޯހީ. ބަހާއި އެދެމީހުންނާ ދޭތެރޭ ޖާގަ ހަނިކަމަށް ބަލައި ބުރެކި ޖެއްސީ. މުޅި ލޭން ހިސޯރު ކޮށްގެން އެހެރަ ދުވީ.

The name is already taken The name is available. Register?

22222

05 July 2022

ދުއްވަން ކަނޑައަޅާފައި އޮންނަ ސްޕީޑްގައި ދުއްވާނަމަ މުޅި މަގު ފުރެއްދެން މީހުން ދުވި ނަމަވެސް ކާރު ކޮންޓްރޯލް ކުރެވޭނެ.

The name is already taken The name is available. Register?

ލޯބި

05 July 2022

ކަލޯއަށް ފުރަތަމަ ވާނުވާ އެނގޭތަ.

The name is already taken The name is available. Register?

ށަވިޔަނި

05 July 2022

ހުރިހާ މައްސަލައަކީ ދުއްވާމީހުންގެ ފަރުވާކުޑަކަން.

The name is already taken The name is available. Register?

އެމްސް

05 July 2022

އެމްޓީސީސީގެ ބަސްތައް ޢާއްމުކޮށް ޑޭންޖަރަސް ޑްރައިވިންގ ހަދާ! ބަލާނެ ފަރާތެއް ނެތީމަވެސް ހެދޭނެ!

The name is already taken The name is available. Register?

ދަބަރޭ

05 July 2022

އަދިވެސް ބޭރުގަ ރާއްޖެ ލައިސަންސް ހުއްދަ ނުކުރެވެގެން ސަރުކާރުން އުޅެނީ

The name is already taken The name is available. Register?

އަހަމަދުފުތާފޭދޫ

05 July 2022

ފައިސާވެރިން ގެ ދަރިން އައްމައްޗައް މިފަދަ ލަގްޒަރީ އެއްޗެހި ދީގެން އެސޮރުމެން ނުބަލާ ބަޔެއްގެ ރައްކަލަކައް އެޔެއްމިޔެއް ނުބަލާ ގޮސް މީހުންގެ އަގުބޮޑު މުދަލަޝާ ސަރުކާރު މުދަލައް ގެއްލުންވެގެން ދާއިރު ބިގުޅާހުވާ އައުލާދުން ރަނގަޅު ގޮތުގަ ތަރުބިއްޔަތު ކުރާކައް ނުވަނީތޯ؟؟؟

The name is already taken The name is available. Register?

އަފްރާސިޔާބު

05 July 2022

ތިޙީކުރަނީ ފައިސާވެރިންގެ ދަރިންކަމަށްދޯ ލަގްޒަރީ ކާރު ގެންގުޅެނީ. ބަލަ ޑްރަގް ޑީލަރުންނާއި ވައްކަންކުރާ މީހުންނާއި ގޭންގް ހިންގާ މީހުން މާގިނަވާނެ ލަގްޒަރީ ކާރާޢި ޖިޕާއި ލޯންޗް ފަހަރާއި ފްލެޓް ގަނެފައިވާ ވަރު. ދެން ތިބުނާ މީހުންގެ ދަރިންގެ ގިނަބަޔަކުވެސް އުޅޭނީ މިބުނެވުނު ބައިގެ ތެރެއިން ކޮންމވެސް އެއްބައެއްގައި.

The name is already taken The name is available. Register?

ކޮރަލް

04 July 2022

ނޫސްވެރީން މައުލޫމާތު އޮޅުން ފިލުވަން ފުލުހުންނާ ސުވާލު ނުކޮށް އާއްމުންނާ ސުވާލު ކުރީމަ މައުލޫމާތު ލިބޭނެ އެވެ. ފުލުހުންގެ ޖަވާބަކީ ތަހުގީގު ކުރަމުން ދާ މައްސަލަ އަކަށް ވާތީ އިތުރު މައުލޫމާތު ދެވޭ ކަށް ނެތެވެ. އެކަމު ޓެކްސް ފައިސާ އިން މުސާރަ ނަގަން އޯކޭ އެވެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

04 July 2022

ހައިވޭ އޭ!!؟؟ ދުނިޔޭގައި ލެއްވި މިފަދަ ބޮޑެތި ހުރިހާ ނަންނަމެއް ކިޔައިގެން އަކަކިލޯ މީޓަރު ހަމަނުވާ "ގޮޅައެއް" ވަރުގެ ރަށްގަނޑަކަށް އެރަށާއި ނުބައްދަލު އަދަދަކަށް މީހުން ޖަމާކޮށް ކޮންމެ މީހަކަށް ތިން ހަތަރުވެހިކަލް އަދި "ސަރުކާރުގެ ކުޅަދާނަކަން ދައްކާންވެގެން" އެތައް ސަތޭކެ މިލިޔަން ރުފިޔާ ޙަރަދުކޮށް ޔޫރޯ ސްޓާރ ބަސް (ފަސެންޖަރެއް ނެތިވެސް ކޮޅުކޮޅަށް ދުއްވާ) ތަކާއި އަދި މިނި ބަސްތަކެއްވެސް ގެނެސް މީހުނަށްވުރެން ވެހިކަލް ގިނަކުރީމަ ނަތީޖާ ދެރަވާނެ.

The name is already taken The name is available. Register?

ނޫނަ

04 July 2022

މިހާރު ބަސް މާ ގިނަވީ. ކުރިން ބަސް މާ މަދުވީ. ހެޔޮ ގޮތް ނެތެއްނު އެއް ގޮތްވެސް. ބަހުގާ ދަތުރު ކުރާ މީހެއްގެ ހައިސިއްޔަތުން ބަސްތައް ގިނަވީމަ މަށަށް ވަރަށް ފަސޭހަ

The name is already taken The name is available. Register?

އެމްސް

05 July 2022

ކޮންމެ މީހަކަށް ވެހިކަލް އެއް ނުވާނެ، އެކަމަކު ތަނާއި ނުބައްދަލު ވަރަށް މީހުން ގިނަ! އެކަން ޙައްލު ކުރާކަށް ނޫންތޯ 10 ބުރިން 25 ބުރިއަށް ހުއްދަ ދިނީ!

The name is already taken The name is available. Register?

ނިއަކް

04 July 2022

ބަސްތައް މާގިނަވީތި.. މެޓްރޯ ޓްރެއިން ތަޢާރަފުކުރޭ މާލެއިން ހުޅުމާލެއަށް..

The name is already taken The name is available. Register?

އެމްސް

05 July 2022

ބްރިޖް ތަޅާލަންވީ، ކުރިން އޮތްގޮތަށް ބަރަވެލި ދުވެލީގަ ދާ އެމްޓީސީސީގެ ފެރީތަކުގެ އެކްސިޑެންޓް މާ މަދު!

The name is already taken The name is available. Register?

48343

04 July 2022

މިރެއަކީ އެކްސިޑެންޓުގެ ރޭ. ހިތުއަޅައިގެން މަމިހުރީ ދެން މިރޭ ބޭރަށް ނުނުކުންނަން.

The name is already taken The name is available. Register?

ވަރަށްމޮޅު

04 July 2022

އެކްސިޑެންޓެއް ހިނަގާފާނެ ހަމަ ކޮންމެ ވަގުތެއްގައިވެސް. ތިހެން ބުނަން ކިހިނެއް އެނގެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454