މަދްޔަ ޕްރަދޭޝްގައި މުސްލިމުންގެ ގެތައް ތަޅަނީ. --ފޮޓޯ: މަދްޔަ ޕްރަދޭޝް ޕޮލިސް
17 އެޕްރީލް 2022 - 13:22
މަދްޔަ ޕްރަދޭޝް (އެޕްރީލް 17) - އުމުރުން 72 އަހަރުގެ ޝައިޚް މުހައްމަދު ރާފިގަކީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ދިރިއުޅޭ މުސްލިމެކެވެ. ލުއި ބުއިންތައް ވިއްކާ ރާފިގުގެ އާއިލާ އަށް ރޯދަ މަހު މަސައްކަތް ބުރަ އެވެ. އެ މީހުންގެ ވިޔަފާރި ނިންމާލަނީ ރޭގަނޑުގެ ލަސްގަޑިތަކުގަ އެވެ.
މިދިޔަ ހޯމަ ދުވަހު ހެނދުނު ފުލުހުން އެ ގޭދޮށަށް ދިޔައިރު އެ އާއިލާގެ މީހުން ތިބީ ނިދައިފަ އެވެ.
"އެކަމަކު ބާރު އަޑުފައްގަނޑެއް އިވުމާ އެކު އަހަރެމެންނަށް އެނގިއްޖެ ކޮންމެވެސް މީހަކު ބޭރު ގޭޓް ހަލާކުކޮށްލީކަން،" ރާފިގު ބުންޏެވެ.
ގޭގެ ބޭރަށް ނުކުތް އިރު، ކަރްގޯން ސިޓީގައި މުސްލިމުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި އެ ގެ ވަށާލާފައި ވަނީ ބުލްޑޯޒަރުތަކުންނެވެ. އެ މީހުންނަށް ކުރެވޭނެ ކަމެއް ނެތެވެ. މުޅި ގެ ތަޅާ ސުންނާފަތި ކޮށްލައިފި އެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަދްޔަ ޕްރަދޭޝްގައި ހިނގަން ފެށި ހަމަނުޖެހުންތަކުގައި މުސްލިމުންގެ އެތައް ގެއަކާއި ފިހާރަތަކެއް ތަޅާލައިފި އެވެ. އެ ހަމަނުޖެހުންތައް ހިންގަން ފެށީ ހިންދޫ ފެސްޓިވަލެއް ކަމަށްވާ ރާމް ނަވާމީ ބޭއްވި ދުވަހު އެވެ.
މަދްޔަ ޕްރަދޭޝްގައި މުސްލިމުންގެ ގެތައް ތަޅާ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވުމާ އެކު އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އެއް ބަޔަކު ބުނާ ގޮތުގައި މިއީ އިންޑިއާގެ 200 މިލިއަން މުސްލިމުން އެކަހެރި ކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރުން ކުރާ ކަމެކެވެ. މަދްޔަ ޕްރަދޭޝްގެ ވެރިކަމުގައި ވެސް އޮތީ ވެރިކަންކުރާ ބީޖޭޕީގެ ސަރުކާރެކެވެ.
މަދްޔަ ޕްރަދޭޝްގައި މުސްލިމުންގެ ގެތައް ތަޅަނީ. --ފޮޓޯ: މަދްޔަ ޕްރަދޭޝް ޕޮލިސް
މަދްޔަ ޕްރަދޭޝްގެ ވަކީލަކު ބުނީ މުސްލިމުގެ ގެތައް ތަޅައި ސުންނާފަތި ކުރަނީ އެއްވެސް ހަމައަކުން ނޫން ކަމަށެވެ. އަދި އެއީ ވަރަށް ނުރައްކާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
ހަމަނުޖެހުންތައް ފެށުނީ މުސްލިމުންގެ އަވަށްތަކާއި މިސްކިތްތަކެއް ހުރަސްކޮށް ހިންދޫންގެ ހިނގާލުމެއް ބޭއްވުމުގެ ތެރޭގަ އެވެ. އަޣުލަބިއްޔަތު ނެތް ކޮމިއުނިޓީތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގަން އެ ހިނގާލުމުގައި ގޮވާލާފައިވާ ކަމަށް ބުނެ މުސްލިމުންނާއި ހިންދޫންނާ ދެމެދު ކުރިމަތިލުންތައް ހިންގާފައިވެ އެވެ. ގިނަ މުސްލިމުން ތުހުމަތު ކުރަނީ ހިންދޫން ހަމަނުޖެހުން ހިންގަން ފުލުހުން ފުރުސަތު ދީފައިވާ ކަމަށެވެ.
ޝަހުބާޒް ޚާން، 28، ބުނި ގޮތުގައި ގޭގައި ހުރި އެއްޗެއް ނެރެން ވަގުތު ކޮޅެއް ދޭން ފުލުހުންގެ ކައިރީ އާދޭސްކުރި ނަމަވެސް އެ އަޑު ނޭހި ކަމަށެވެ. ގެ ތަޅައި ސުންނާފަތި ކޮށްލީ އެވެ. އޭނާ މިހާރު ހިޔާވަހިކަން ހޯދާފައި ވަނީ މިސްކިތަކުންނެވެ. އޭނާ ބުނި ގޮތުގައި ޕޮލިސް ސްޓޭޝަނަށް ދިޔަ ނަމަވެސް އެ މީހުން އަނބުރާ ފޮނުވާލަނީ އެވެ.
އެއް ބަޔަކު ބުނާ ގޮތުގައި، ތަޅައި ސުންނާފަތިކޮށްލާފައި ވަނީ ހަމަނުޖެހުމުގައި ހިންދޫންނަށް ގާ އުކި މީހުންގެ ގެތަކެވެ. އަނެއް ބަޔަކު ބުނަނީ ތަޅާލީ ގަވާއިދާޚިލާފަށް އިމާރާތްކޮށްފައި ހުރި ގެތަކެއް ކަމަށެވެ. ވަކީލުން ބުނަނީ ގަވާއިދާޚިލާފަށް އިމާރާތްކޮށްފައި ހުރި ނަމަވެސް އެންމެ ފުރަތަމަ ކަމަކަށް ގެތައް ތަޅާނުލެވޭނެ ކަމަށެވެ. ފުރަތަމަ ދޭން ޖެހޭނީ ނޯޓިސް އެވެ. އޭގެ ފަހުން ޖޫރިމަނާއެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލީބޮލީ
18 April 2022
ހުއްނަ ނުބާނުލަފާ ކަމުންނެވެ
މާހިރު
18 April 2022
ޣައިރު މުސްލިމުންނާއި ގުޅުން، ބާއްވަންވާނީ ބާއްވާކަހަލަ ފަރާތްތަކާއިއެވެ. އަވަށްޓެރި ޤައުމަކަސް މުސްލިމުންނާއިދެކޮޅަށް ޖަރީމާތައް ހިންގާނަމަ އެޤައުމަކާއި ގާތްގުޅުމެއް ނުބޭއްވުމަށް ސަރުކާރަށް ގޮވާލަމެވެ. އިންޑިއާގެ ސިފައިންތަކެއް ރާއްޖޭގައި ތިބެގެން އެކަމާ ކަންބޮޑުނުވިޔަކަސް މުސްލިމުންގެ އަދުއްވުންނާއި ގާތްގުޅުމެއް ބާއްވާނަމަ އަހަރުމެންވެސް އެކަމާއި ދެކޮޅަށް ނުކުންނާނަމެވެ.
ކައުންސެލަރު
18 April 2022
މިހިރީ އަމިއްލަ ގައުމުގެ ރައްޔިތުންނަށް އިންޑިޔާ ސަރުކާރުން ދޭ ނިކަމެތިކަން. ވީއިރު ރާއްޖެ ހިފާފައި ހަދާނެގޮތް ވިސްނާ! އިންޑިޔާ އައުޓު އިންޑިޔާ އައުޓު އިންޑިޔާ އައުޓު އިންޑިޔާ އައުޓު އިންޑިޔާ އައުޓު އިންޑިޔާ އައުޓު އިންޑިޔާ އައުޓު އިންޑިޔާ އައުޓު
ވިކިލީކްސް
17 April 2022
ރާއްޖެއަށް ވަޒީފާއަށް ހިންދޫން ގެނައުން މަނާކުރަންވީ.
ޙަބީބު
17 April 2022
މިވަރުބަޔަކު މިރާއްޖޭގެ މުސްލި މުން ނައްކޮން ރަހު މެއް ހުންނާނީ އިންޑިޔާ މިލިޓަރީ ޖެހޭނީ މިތަުން ފައިބަން އެކަން ކުރާނެ ބަޔަކައް ނޫނީ މަގޭ ތާއީދެއް ނުދޭނަން މުސްލި މުންނަކީ އެއްހަށިގަނޑެއްގެ ބައެއް
ޙަަޤީޤަތު
17 April 2022
ދުނިޔެ ނުވަތުބުރަކަށް ގޮވާކަހަލައެވެ! ހިތާމައިގެ ކޮޅެއްނެތެވެ! މިހާރު ދުނިޔޭގައިތިބީ ވިޔަފާރިވެރިންނެވެ. އެމީހުންގެ އަމިއްލައެދުން ޙަޤީޤަތަށްހެދުމަށް ކޮންމެފަދަކަމެއްވެސް ކޮށްފާނެކަހަލައެވެ. މުސްލިމުންގެވެރިން މުސްލިމުންގެޙައްޤު ރައްކާތެރިކުރަން ނުއުޅޭނަމަ، މުސްލިމުންގެޙައްޤު ރައްކާތެރިކޮށްދޭން ތަނަކުންބަޔަކު އަތުވެދާނެއެކޭ ހިތެއްނުބުނެއެވެ. އެކަމަކު ކުރާނީ ކޮންކަމެއްހެއްޔެވެ. މުސްލިމުންގެ ވެރިންތިބީ ނަގޫތާށިކޮށް ކަރުބުޑަށް ފަސްޖަހައި ބާރުކޮށްފަ!
ކިވީ
17 April 2022
މިއޮތްފަދަ ރަމަޟާން މަހު ކޮންފަދަ އަނިޔާވެރިކަމެއް އެކުރަނީ. މިކަން އެކަމު އެއްބަޔަކަށް މި ކަންކަމެއް ހަމަ ނުފެންނާނެ. އިންޑިއާވީތީ.
ކަރޯޒާ
17 April 2022
ތިޔަ ސުވާލުކުރުން އެންމެ ރަނގަޅީ މިތާ ހުންނަ އިންޑިއާ އެމްބަސަޑަރާ! އަހަރުމެން ކައިރިން އަހައިގެން ވާނެ ފައިދާއެއް ނެތް!
ބާގިރު ސަލީން
17 April 2022
ހަމަ އެކައްޗެއް! ރަޝިޔާ ޔޫކްރެއިން ހިފާ، ތަން ހަފުސް ކޮއްލަނީ. ބޮކޯ ހަރާމް ނައިޖީރިއާގެ އެތަންމިތަން ބިމާ ހަމަ ކުރަނީ! 650ގަ މަދީނާގެ ޔަހޫދީންގެ ވިޔަފާރި އޭރު ތިބި މީހުން ހަފުސް ކުރީ! ލާމު އަތޮޅުގަ 1000ގ ހަދާފަ ހުރި ފައްޅި ތައް ބިމާ ހަމަކުރީ! އެމެރިކާ އަރާ އިރާގުގަ ގޮލްފް ކުޅެވޭ ވަރައް އިމާރާތް ތައް ބިމާ ހަމަކުރީ! ބާރު ލިބުނީމަ ރަންބުއްދި ވީމަ އޭގެ ބަދަލު އެބުރި އާދޭ! ބާރު ތައް ބަދަލުވެ އެބުރި އަންނަދުވަހު، ބަދަލު ހިފާތަން މިފެންނަނީ!
ރަދީފްއޮފިޝަލް
17 April 2022
ބްރޯ ކަލޭ ނޭނގޭ ވާހަކަ ދެއްކީމަ ނޮޓް ގުޑް.ކޮމެންޓް ބޮކްސްގެ 4 ފާރުތެރޭގަ ކޮސް ގޮވިޔަސް ކަމަކުނުދާނެ.
ޟަރިޔަނބު
18 April 2022
ސަޅި ކޮމެއްޓެއް
ޙިނި
17 April 2022
ޢިންޑިޔާ މުސްލިމުން އުޅެނީ ވަރައް ހާލުގައި، މިފަދަ މީހުނައް އެހީވެވޭނެ ގޮތައް ހޯދުން މުހިއްމު، ބޭރުމީހުން ވަޒީފާއައް ގެންނައިރު ޖަމީއްޔާއަކާއި ގުޅިގެން ހާލުގައި އުޅޭމީހުން ފަޒީފާ ތަކައް ގެނެވިދާނެ. މުސްލިމް ޖަމިއްޔާތައް ހިންގާލަބަލަ