އެމްއޭސީއެލްގެ އެމްޑީއަކަށް ހަމަޖެއްސެވި މަހުޖޫބު ޝުޖާއު.
18 އެޕްރީލް 2022 - 15:19
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު މިއަދު ހަމަޖައްސައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މަހުޖޫބު އައްޔަންކޮށްފައިވާ ކަމަށެވެ.
މަހްޖޫބު އަކީ ހުޅުމާލެ ބަލަހައްޓާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު އެންމެ ފުރަތަމަ އަދާކުރެއްވި ބޭފުޅާ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް އޮފީހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ތޯހާ ވެސް މި މަހު ހަމަޖައްސާފައިވެ އެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، އެމްއޭސީއެލްގެ އެކްޓިން އެމްޑީގެ މަގާމަށް މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ތޯހާ ހަމަޖެއްސުމުގެ ކުރިން އޭނާ ހުންނެވީ އެ ތަނުގެ ޑެޕިއުޓީ ޗީފް އޮފިސަރަކަށެވެ. އެކްޓިން އެމްޑީއަކަށް ތޯހާ ހަމަޖެއްސީ، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި، އިނގިރޭސިވިލާތަށް އުފަން ގޯޑަން އެންޑްރޫ ސްޓުވާޓް މަގާމުން ވަކި ކުރުމުންނެވެ.
އެ މަގާމުން އެންޑްރޫ ވަކިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ މަހު 10 ގަ އެވެ. އޭގެ ފަހުން މިއަދު އެމްއޭސީއެލް އަށް އާ އެމްޑީއެއް ހަމަޖެއްސެވިއިރު، ސީއީއޯގެ އަދި ބޭފުޅަކު ހަމައެއްނުޖައްސަވަ އެވެ.
އެ ކުންފުނީގެ ބޯޑުގައި މި ވަގުތު ހަތް ބޭފުޅުން ތިއްބަ އެވެ. އެއީ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި އިބްރާހިމް ނޫރައްދީނާއި އައިޝަތު އަރޫޝާ އާއި އަހުމަދު އީމާން މޫސާ އާއި އިބްރާހިމް ސިޔާދު ގާސިމް އަދި ޑރ. އިބްރާހިމް މަހްފޫޒެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާލީމް
21 April 2022
އެމްޑީ ދޯ ނެތީ.. ލިބޭ ޑޮލަރުތަކަށް ވާގޮތެއް ނޭނގޭ.... ބޯނަސް ވެސް ނުދޭ
އައިއޭ
19 April 2022
މަހުޖޫބު ތިޔަ ތަނުގައި ކިހާ ދުވަހެއް ވާނެބާ؟ ތިޔަ ބޯޑުގެ ސްލޯވ ސްޕީޯޑްގައި އޮޔާދާ ސްޕީޑް ގައި ގެންދަން މަހުޖޫބު ހުރެދަނެބާ؟ އަދި މިވީ ހާ ތަނުގަ މީހުންނަށް ސަނާ ކިޔާ މީހެއްވެސް ނޫން.
ރަސާދު
19 April 2022
މަހުޖޫބު ޝުޖާޢު ތިމަޤާމުގައި މާގިނަ ދުވަހަކު ހުރެވޭނަކަމަށް މަގޭ ހިތެއް ނުބުނޭ.. މަހުޖޫބަކީ ތެދުވެރިއެއް އަދި ކޮރަޕްޓް މީހެއް ނޫން. މީހުންނަށް ސަނާ ކިޔާ މީހެއްވެސް ނޫން. ތިކަހަލަ މީހުންނަށް މިގައުމުގެ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ފުރުސަތެއް ނެތް.
އެއާޕޯޓް
19 April 2022
0 ގެ މީހެއް
ވިޔަޒޮރު
19 April 2022
ރަނގަޅު އެމްދީ އެއް.... ގައިމުވެސް ޕްރޮޖެކްޓް ައް މަޑު ޖެހިފަކަ ދެނެެއް ނޯންނާނެ... ބާރު ސްޕީޑް ގައި ޕްރޮޖެކްޓް ތައް ކުރިއަށް ދާނެ.... އިންޓްގްރިޓީ ރަނގަޅު އެމްދީ އެއް...
އެމީހާ
19 April 2022
މުއަށްޒަފުންނަށް ރަގަޅިންޔާ އަހަރަމެންނަށް ނިމްނީ. ތަންހިންގަން ތިބޭނެ އެކިވަރުވަރު މެނޭޖަރުންނާއި އެޗްއޯޑީން ލާފަ
މިވަރެއްނެތް
19 April 2022
ގާބެޖެޖް އިން ގާބެޖް އައުޓު! މިއީ ކޮންމެ ސަރުކާރަކަށްވެސް ބަލަދަުއަރާފަ ތިބޭ ރިސައިކަލިން މެޓީރިއަލް. ސަރުކާރުގެ ވަޒީފާ ގެއްލުމާއެކު ޔަތީމް ކުދިންތަކެއްހެން ކުރާނެކަމެއްނެތި މަގުމަތިވެފަ އުޅޭނީ! ތިވަރުގެ ބޮޑެތި މަގާމުތައް ފުރިބައެއްގެ ގާބިލުކަން ހުރިނަމަ އަމިއްލަ މަސައްކަތުން ނުވަތަ ޕްރައިވެޓް ސެކްޓަރއިން ހޯދާނުފެންވަރުގެ ކާމިޔާބީ ހޯދޭނެދޯ؟ ހަގީގަތަކީ ތިއިން އެކެއްގެ ވެސް ފެންވަރެއް ހުރިކަމަށް މަމެން ގަބޫލެއްނުކުރަން.
އައިޖޭ
19 April 2022
ރަނގަޅު މޫވް އެއް... ފައިބެ އަހަރު ތަކުގައި އެޗްޑީސީ ގައި ހުރިއިރުވެސް ކޮރަޕްޝަން ގެލައްގަޑެއް ނެތް...
ޅިޔަންފަހަރި
19 April 2022
މައުމޫނު ސަރުކާރުގެ އާއިލީ ވެރިކަމޭ ގޮވި މީހުން... ފަސްޓް ލޭޑީ ފަޒޫގެ ޅިޔަނު.
ރެދަން
19 April 2022
އެއަރޕޯރޓް ކަހަލަ ތަންތަނަށް ކަނޑާލީމަ ލޭ ނާންނަ ކަހަލަ މީހުން ލީމަ ކަމަކު ނުދާނެ