އެއާ އަރަބިއާގެ ހިދުމަތްތައް އާ ޓާމިނަލް ބަދަލުކުރުމުގެ ގޮތުން ބޭއްވި ހަފުލާ.-- ފޮޓޯ: އެމްއޭސީއެލް
13 އޯގަސްޓް 2025 - 13:48
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ހިދުމަތް ދޭ ދެވަނަ އެއާލައިން އެއާ އަރަބިއާގެ ދަތުރުތަކަށް އެ ޓާމިނަލް މިއަދު ބޭނުންކުރަން ފަށައިފި އެވެ.
ޔޫއޭއީގެ ބަޖެޓް އެއާލައިން އެއާ އަރަބިއާގެ ދަތުރުތައް އާ ޓާމިނަލުން ފެށުމުގެ ގޮތުން އެމްއޭސީއެލުން މިއަދު ހެނދުނު ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފަ އެވެ.
އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދިނީ، މިދިޔަ މަހު 27 އިން ފެށިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓުތަކަށެވެ. އެއާ އަރަބިއާގެ ދަތުރުތައް މި ފެށީ އޭގެ ދެ ހަފުތާ ފަހުންނެވެ.
އެ އެއާލައިނުން ދަތުރުކުރަނީ މާލެ އާއި މެދު އިރުމައްޗާއި ޔޫރަޕުގެ ގައުމުތަކާ ދެމެދުގަ އެވެ.
Air Arabia passengers experienced a seamless check-in for their first departure from Terminal 1 at Velana International Airport. pic.twitter.com/FgiSAnvlFv
— Maldives Airports Company Ltd (@MACLmedia) August 13, 2025
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން ފެށުމުގެ ކުރިން، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އެއާޕޯޓު ބޭނުންކުރާ 34 އެއާލައިންގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރުމެވެ.
ކުލަގަދަ ހަފުލާއަކާއެކު އާ ޓާމިނަލް ހުޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މިދިޔަ މަހު 26 ގަ އެވެ.
މީގެ ނުވަ އަހަރު ކުރިން ހަދަން ފެށި އާ ޓާމިނަލަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އާ ޓާމިނަލް ހުޅުވާފައި ވަނީ އެންމެ ޒަމާނީ އޭވިއޭޝަން ހިދުމަތްތަކާ އެކު އެވެ. އެ ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަހަ
13 August 2025
ކޮންމެ ކަމަކަށް ރަސްމީޔާތެއް. ރަށެއްގެ ވަޅެއް ކޮންނަން ވެސް ރައީސް.
އެސްކިއު
13 August 2025
އާ ޓާމިނަލެއް ހުޅުވާފަ އެތަނަށް އެންމެ ފުރަތަމަވެސް މި ގެންދަނީ ބަޖެޓް އެއާލައިނެއް. ލަދުން ބޯހަލާކު. ރާއްޖެއަށް ދަތުރުކުރާތާ 40 އަހަރުވެފަ ތިބި ބޮޑެތި އެއާލައިންތަކަށް ކުރި ފުރައްސާރައެއް. ދެން ކީއްވެބާ ރައީސް ހުރިހާ މިނިސްޓަރުން އަތުގަ ހިފައިގެން ތި ރިބަން ކަނޑަން ނުދިޔައީ.
ލުބްލާ2025
13 August 2025
ބަލަ އެތަން އަދި ހަދާ ނުނިމެޔޭ! ޖުލައި 26 ގަ ތަންހުޅުވަން ވެގެން ޖެހި ސަކަރާތެއް އެއީ. ލޯހުޅުވަބަލަ.
ބޮޑުމީހާ2
13 August 2025
ރަސްމިއްޔާތެއް ނުބާއްވާ ކަމެއް ނެތެއްނުން. ތި ޓާރމިނަލްތެރޭ ސައިހޮޓަލެއް ހެދިޔަސް ރަސްމިއްޔާތެއް ބާއްވާ ހަވާ އަރުވައްޗޭ
ޢަލީ ކުރުސީ
13 August 2025
ކޮންމެ އެއަރލައިނަކަށް ހަފްލާއެއް ބާއްވަންޖެހޭބާ؟ ނަސީބެއްނު ނެރޭ ކޮންމެ ޓްރޯލީއަކަށް ރިބަން ކަނޑަން ނުޖެހޭކަން! އެހެން ނޫނަސް ޓަރމިނަލަށް ފެންހޮޅިއެއް ގުޅާފަވެސް ހަފްލާ ބޭއްވީވިއްޔަ ދޯ؟ މޮޅު ކަމަކީ އިބޫ ސަރުކާރުގައި ބަސް ސްޓޭންޑެއް ހުޅުވަން ހަފްލާ ބޭއްވިއްޔޭ ކިޔާ ޖޯކުޖަހާފަ ވެރިކަމަށް އައިކަން! މިހާރު އޭ.ޓީ.އެމް ހުޅުވުމާއި، ފެންހޮޅި ގުޅުމާއި، އިމިގްރޭޝަންގެ ބްރާންޗެއް ހުޅުވިޔަސް ސިދާ ރައީސް ވަޑައިގެނެގެން އެކަންވަނީ! ގޯހެއްނޫން އިނގޭ! ވެރީ ހެޕީ
ލަޓޯ
13 August 2025
އެތަނަށް އަދަދު ގިނަކުރަން މިވައްދަނީ ލަޓޯފަޓޯ އެއާލައިންތައް. ބަޖެޓު އެއާލައިންތަކާއި މަހަކު ދަތުރެއް އަޅާލާ އެއްޗެހި. ހިތްވަރެއް ހުރިއްޔާ ހުރިހާ އެއާލައިންތަކައް ހުޅުވާލަބަލަ. އެމިރޭޓްސްއާއި، ގަތަރާއި، އިއްތިހާދާއި، އެސްކިއު ކޮބާ.
ލުބްލާ2025
13 August 2025
ބޮޑެތި އެއާލައިންތަކަށް ކޭޓަރ ކުރެވޭ ވަރަށް ތަން އަދި ރެޑީއެއްނޫނޭ ކޮއްކޯ. ރެޑީވީމަ އެހެން އެއާލައިންތައް ވެސް ބަދަލުކުރާނެ. ޖުލައި 26 ގަ ހަވާއަރުވާ، މެޑަލް ޖަހާލަން ކުރިކަމެއް ތަން ރެޑީ ނުވަނީސް ހުޅުވުން. މުއިއްޒުމެން އުޅޭގޮތް ދަސްކޮށްބަލަ ކަލޭމެން ރައްޔަތުން.
ފަޓޯ
13 August 2025
ތި އެއާރލައިންތައްވެސް އަންނާނެ، ކެތްކޮށްލާ