ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޮގްރެފިކް ސާވޭކުރުމަށް އައި އިންޑިއަން ނޭވީގެ މަނަވަރު "ސަތުލެޖް" -- ފޮޓޯ: އެމްއެންޑީއެފް
18 އެޕްރީލް 2022 - 23:25
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭއަށް އެ ގައުމުގެ ނޭވީ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖޭގެ ކަނޑުގެ އަޑީގެ ބިމާއި އަތޮޅުތައް ވަށައިގެންވާ ފަރުތަކާއި ފިނޮޅުތަކާއި އެހެނިހެން ތަންތަން ދެނަގަންނަން ކުރާ އެ ސާވޭ، މި މަހު 21 އިން ފެށިގެން އަންނަ މަހު 15 ގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ދެމެދެވެ. މިދިޔަ އަހަރު ވަނީ ހދ. ކުޅުދުއްފުށީގެ ސަރަހައްދުގައި އޭގެ ސާވޭއެއް ކޮށްފަ އެވެ.
އެމްއެންޑީއެފުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ސާވޭ ކުރުމަށް އިންޑިއާގެ މަނަވަރު "ސަތުލެޖް"ގައި ރާއްޖެ އަށް ޒިޔާރަތްކުރި ސާވޭ ޓީމުގެ ފަރާތުން މިއަދު ކޯސްޓްގާޑުގެ ކޮމަންޑާރު ކާނަލް އިބްރާހިމް ހިލްމީއާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ނޭޝަނަލް ކައުންޓާ ޓޭރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ކޯސްޓްގާޑްގެ ސީނިއާ ބައެއް އޮފިސަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
އިންޑިއާގެ ނޭޝަނަލް ހައިޑްރޮގްރެފިކް އޮފީހާ ގުޅިގެން 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ހައިޑްރޮގްރެފިކް ސާވޭ އަކީ ރާއްޖޭގެ ނިޔަމި ކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމަށާއި އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށް ކުރެވޭ ސާވޭއެކެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޯގްރެފިކް ސާވޭކުރުމަށް އިންޑިއާ އިން އައި ޓީމް އެމްއެންޑީއެފްގެ އިސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: އެމްއެންޑީއެފް
މި ސާވޭގެ ސަބަބުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ކަނޑުމަތީގެ އެކްސިޑެންޓުތައް މަދުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރުމަށާއި އިގްތިސާދު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ވެސް ލިބޭނެ ކަމަށާއި ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށާއި ކޯސްޓަލް މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ވެސް ލިބޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
- 2007 އާއި 2009 ގައި ވެސް އިންޑިއާއާ ގުޅިގެން ހައިޑްރޮގްރެފިކް ސާވޭތައް ހެދި.
- ރާއްޖޭގެ އިންޓަނޭޝަނަލް ޕޯޓުތައް އަޕްޑޭޓްކުރުމުގައި މާލެ އާއި އައްޑޫ ސަރަހައްދުގެ ޗާޓުތަކެއް ހެދި.
- 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންނެވިއިރު އަނެއްކާ ވެސް އެ ކަހަލަ ސާވޭއެއް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި.
- މިދިޔަ އަހަރު ކުޅުދުއްފުށީގެ ސަރަހައްދުގައި ސާވޭތައް ހެދި.
- ކުޅުދުއްފުށި ސަރަހައްދުން ލާޖް ސްކޭލް ޗާޓަކާއި އެއަށް ވުރެ ބޮޑު ސަރަހައްދަކަށް މީޑިއަމް ޗާޓެއް ވެސް ހެދި.
"މޯލްޑިވްސް ހައިޑްރޮގްރެފިކް ސާވިސް" ގެ ނަމުގައި ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހާއްސަ އިދާރާއެއް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ޖެނުއަރީ މަހު 19 ގައި އުފައްދަވައިފަ އެވެ.
އެ އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޮގްރެފީގެ ސަވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުމެވެ. ހައިޑްރޯގްރެފީ އަކީ ކަނޑުތަކާއި ކޯރު ފަދަ ތަންތައް ދިރާސާކޮށް، އެ ތަންތަނުގެ ޗާޓުތައް ތައްޔާރުކުރުން ފަދަ ކަންކަމުގައި ބޭނުންކުރާ ސައިންސްގެ ފަންނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގުން
20 April 2022
ވިއްކީ ކޮންބަޔަކަށްބާ؟ ގަތްމީހުން ގަތީ ކީއްކުރަންބާ.؟ ދާއަޅަންތޯ، ބޮލިހިލަންތޯ. ވެލިނަގަންތޯ ނުވަތަ ކަނޑުގެ ދިރުން ބަލަންތޯ. ވިއްކީ މުޅި ރާއްޖޭގެ ޗާޓްތޯ؟ ނޫނީ ވަކި ސަރަހައްދެއްގެ ޗާޓްތޯ؟ ހަމަ ހަގީގަތުގައިވެސް ދިވެހި ރާއްޖޭގެ ޗާޓްގެ ވެލިއު އަކީ އެންމެ 30000 ޑޮލަރުތޯ؟ ނޫނީ އިންވޮއިސްގައި ބޭނުން އަދަދެއްޖަހާފައި އޭގެ 25% ދިނީ ތޯ މިއީ މަގޭ ހިތުގައި އުފެދޭ ސުވާލުތަކެއް ޖަވާބެއް ނުލިބި
ކޮރޮފާ
20 April 2022
ރާއްޖެއިން އެބަޖެހޭ މަލިކާއި ޓުރިވެންޑުރަމްގެ ސާވޭކޮށްގެން ޗާޓުހަދާފަ އިންޑިއާއަށްވެސް ވަކިހުއްދައެއް ނަގައިގެން ދެތިން ކޮޕީ ލިބޭގޮތް ހަދަން.
ވަހީދު
19 April 2022
މީ ރާއްޖޭގެ ހުށަހެޅުމަކަށް ކުރާ ކަމެއްނޫން. މަންޒަރު ވަރަށް ސާފު
މުޙުއްމާ
19 April 2022
މިނިވަންކަން އިންޑިއާ އަށް ވިއްކާލީމާ އިންޑިއާ އިން ބަލަނީ މިއީ އިންޑިއާ ބައެއްކަމަށް. 2023 ގަ އިންޑިއާ ސަރުކާރުން ކިތަންމެ ނުފޫޒެއް ހިންގިއަސް އިރާދުކުރެއްވިއްޔާ އިންޑިއާ ސިފައިން މިޤައުމުން ބާލާ މިނިވަންކަން އަނބުރާ ގެންނާނަން.
ގަދީމީ
19 April 2022
ތި ސާވޭގެ މައުލޫމާތަކީ ސީދާ ރާއްޖޭގެ ފިކުރީ މުދާ ރާއްޖޭގެ ހުއްދަނެތި އެބޭނުންކޮށް އިންޑިޔާއިން އޭގެ ފައިދާނެގުން ރަނގަޅެއްނޫން
ކައުންސެލަރު
19 April 2022
ވިއްކާލި ގައުމު ބުރަދާ ތިބުނީ ހަމަ ވަރަށް ތެދުވާހަކައެއް. އެއަށްވުރެ ތެދަށް ބުނަންޏާ އަމިއްލަ ގައުމު އޮރިޔާން މިކުރަނީ. މިހުންނަނީ ރައްޔިތުންނަށް ހައްގުމިންވަރާ އިންސާފުތަ؟ މާދަމާވެސް މިކަމުގެ ހުރިހާ ވޭނެއް އުފަލަން ޖެހޭނީ ދިވެހި އާންމު ރައްޔިތުން. ގައުމެއް ވިއްކާލާނީ މިހާވަރަށް ދެން. 2007 ސާވޭ ކުރެވުނީތީވެސް މިހާރު ނުޖެހޭ ސާވޭ ކުރާކަށް. އިންޑިޔާ އަށްވުރެ ރަނގަޅުމީހުން އެބަތިބި ތިކަންކުރަންޏާ ކުރަން. އެނޫނަސް ބޭނުންކަމެއްވެސްނޫން. އިންޑިޔާއައުޓު
ރޯޒަސް
19 April 2022
ތި ހަދާ އެއްވެސް އެއްޗެއް މިރާއްޖެއަށް ލިބޭތޯ؟ މީގެކުރިން 2005 ގަވެސް ތިކަހަލަ ސަކަރާތްގަނޑެއް ޖަހާފަ އެއްވެސް ޗާޓެއް މިގައުމަކަށް ނުލިބޭ.. އެހުރީ އިންޑިއާގެ ޖާސޫސީ އިދާރާގެ ލައިބްރަރީގަ
ްގައުމީ ދަރިއެއް
19 April 2022
އެއްވެސް ޤައުމެއްގައި މިފަދަ ކަންކަން ކުރަނީ މިހިނެއް ނޫން. އަސްލުގަ މީ ވަރަށް ނުރައްކާތެރިކަމެއް. މިކަންތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްޔިތުން އެބަޖެހޭ ނިކުންނަން.
ރަދީފްއޮފިޝަލް
19 April 2022
އިންޑިޔާ މީހުންގެ މޫނުމަތިން ފެންނަނީ މަކަރުވެރިކަން.
ގަރޭ
19 April 2022
އިންޑިޔާ މީހަކާ އިންނަންވީނު
ށަވޮޔަނި
19 April 2022
2007 ގަ ފެށިކަމެއް ވިއްޔާ ފަހުގެ ސަރުކާރުތަކަށް އެއްޗެއް ކިޔާނެ ކަމެއްނެތް. ހައިޑްރޮގްރޮފީ އެއް ނެހެދިއަސް މިގައުމުގައި އެމީހުނަށް ނެއެނގޭ ކަނޑެއްފަޅެއް ގިރިއެއް ރަށެއްނެތް. އެމީހުން މައުލޫމާތު ހޯދާގޮތަކަށް ހޯދިއަސް އަހަރުމެން ރަސްމީކޮށް އަދި ނުރަސްމީކޮށްވެސް އެކަމުގެ ހުއްދަ ދިނުން ރަނގަޅެއްނޫން.
ބަތޭލި
19 April 2022
2007 ގައި މައުމޫނު ބަޖެޓަށް ފައިސާ ހޯދަނީ ނާށިގަނޑު ހިފައިގެން އަރަބި ގައުމުތަކަށް ގޮސް. 2007 ގައި ރާއްޖެއަށް ލިބޭ އެއްޗަކާއި މިހާރާއި އުޑާއި ބިމާހައި ތަފާތު. 2007 ގައި ސަރުކާރުން އެކުލަވާލަނީ 12 ބިލިޔަން ރުފިޔާގެ ގައުމީ ބަޖެޓެއް. މިހާރު އަދަދު އެއުޅެނީ 40 އިން މަތީގައި. 2007ގައި ރާއްޖޭގެ ވެރިމީހާގެ ރަސްމީ ގެޔަކީ މުލީއާގެ. މިހާރު އެއީ ސުޕުރީމް ކޯޓު. 2007 ގައި ކުރި ކަަންތައް ކުރަން ބޭނުންނަމަ ވެރިކަމުގައި ހުރީހީ މައުމޫނު. އެކަމަކު ބަދަލުވީ ތީމުގެ.