ޚަބަރު / ކުޑަކުދިންނަށް އަނިޔާކުރުން

އިދިކޮޅުގެ ތުހުމަތު: ޖިންސީ ގޯނާކުރި މީހާ ފޮރުވައި ހަގީގަތް އޮޅުވާލަނީ

ޖިންސީ އަނިޔާ އާ ދެކޮޅަށް މުޒާހަރާ ކުރަނީ: އައްޑޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަހުގީގަށް ވަނީ ފާޑުކިޔުން އަމާޒުވެފައި. -- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، "އަސްލު ކުށްވެރިޔާ" ހައްޔަރުކުރަން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިދިޔަ މަހު 59 އަހަރުގެ އަންހެނަކު ހައްޔަރުކުރުމުން އައްޑޫގައި ހަމަނުޖެހުން ބޮޑުވި އެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށާއި އާއިލާ އިން އެކަން ސިއްރުކޮށް، އެހެން މީހަކު ފްރޭމްކޮށްފައިވާ ކަމަށް ބައެއް މީހުން ބުނެ އެވެ. އެކަމަކު އަންހެން މީހާ ހައްޔަރުކޮށް ކޯޓަށް ގެންދިއުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސްކޫލެއްގައި މަސައްކަތްކުރާ އަންހެނެއްގެ ބޮލުގައި ޖިންސީ ގޯނާގެ ތުހުމަތު އަޅުވައި ހައްޔަރުކޮށްގެން ގެންގުޅެނީ ކަމުގެ ހަގީގަތް އޮޅުވާލައި، މުޅި މައްސަލަ އެހެން މިސްރާބަކަށް އަނބުރާލުމުގެ މަގްސަދުގައި ކަމަށް އައްޑޫގެ މީހުން ބުނަމުން އަންނަ ކަމަށެވެ.

"އެކަން [އަންހެން މީހާ ފްރޭމްކުރިކަން] ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި ތަހުގީގުން ވެސް ސާބިތުބެފައިވާކަމާއި އެ ތުއްތު ދަރިވަރަށް ޖިންސީ ގޯނާކުރުމުގެ އަމަލު ހިންގާފައި ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި އެ ދަރިވަރުންގެ އާއިލީ ފަރާތެއްކަން ތަހުގީގަށް އެނގެން އޮތް ކަމަށް އައްޑޫގެ ރައްޔިތުން އެދަނީ ކަށަވަރުކަމާ އެކު ބުނަމުންނެވެ،" އިދިކޮޅުން ނެރުނު ބަޔާނުގައި ބުންޏެވެ.

Jinsee goanaa ge massalaigai hayyaru kuri anhen meeha dhookollan govaalai petition eh

Jinsee goanaa ge massalaigai hayyaru kuri anhen meeha dhookollan govaalai petition eh

The most trusted news source in the Maldives

Mihaaru

އަންހެން މީހާ ދޫކޮށްލުމަށް އެދި އައްޑޫގެ ރައްޔިތުން ވަނީ ކަމާ ބެހޭ އެކި އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅާފައި.

ޖިންސީ ގޯނާ ކަހަލަ ބޮޑު ތުހުމަތެއް ކުރެވޭ މީހަކު ހައްޔަރުނުކޮށް، މިނިވަންކަމާ އެކު އުޅެން ދޫކޮށްލާފައި ވާތީ ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިދިކޮޅުން ބުނީ އިހުތިޖާޖުގެ ބައިވެރިންގެ އިހްސާސްތަކާ ދެކޮޅު ހަދައި އިހުތިޖާޖުގެ ބައިވެރިންނަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން އެތައް އަނިޔާއެއްދީފައިވާ ކަމަށް ވެސް ބުނެފަ އެވެ. އަދި ޖިންސީ ގޯނާ ހިންގި އަސްލު ފަރާތަށް ހިމާޔަތް ދިނުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އަންހެން މީހާ ހައްޔަރުކުރުމުން ގިނަ ބަޔަކު ވަނީ އެމައްސަލައިގައި ރަށުގެ މީހުން ތުހުމަތުކުރާ ކުއްޖާގެ ކާފަގެ ދޮށަށް އެއްވެ އޭނާ ހައްޔަރުކުރަން ގޮވާލައިފަ އެވެ. އެކަމަކު ފުލުހުން ވަނީ އެގޭ ދޮރުމަތީގައި އެއްވުމުގެ ބައިވެރިންނަށް ނުވަދެވޭނެ ގޮތަށް ބަންދުކޮށްފަ އެވެ.

އެރޭ ދަންވަރު ބާރުގެ ބޭނުންކޮށްގެން ފުލުހުން އެ އެއްވުން ރޫޅާލިއިރު އެއްވުމުގެ ބައިވެރިން ވަނީ ތުހުމަތުވާ މީހާ އެހެން ތަނަކަށް ފުލުހުންގެ ހިމާޔަތުގައި ގެންދިޔަ ކަމަށް ބުނެފަ އެވެ.

އިދިކޮޅުން ބުނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި ބާރުގަދަ ސިޔާސީ ފަރާތްތައް ސަލާމަތްކުރުމަކީ މި ސަރުކާރުން އާންމުކޮށް ކުރާ ކަމެއް ކަމަށެވެ.

އެހެންވެ މި މައްސަލާގައި އިދިކޮޅުން ވަނީ އެ ކުއްޖާގެ ބަހުން ފުލުހުންގެ ތަހުގީގަށް ސާބިތުވާ ފަރާތް ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފަ އެވެ. އަދި ޖެންޑާ މިނިސްޓްރީ އާއި އެޗްއާރުސީއެމުން އެ މައްސަލަ ގާތުން ބެލުމަށާއި އެކަމުގައި ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމަށް ވެސް ގޮވާލި އެވެ.

"ސިޔާސީ ގޮތުން ކިތަންމެ ބާރުގަދަ ނަމަވެސް ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަކަމާ އެކު ހިންގުމަށް ބާރު އެޅުމަށް ގޮވާލަމެވެ."

އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ބަލަމުން އެބަދެ އެވެ.

ޖިންސީ ގޯނާގެ ސަބަބުން ކުއްޖާގެ ކުރިމަތި ފަރާތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި ގައިގެ އެކި ތަންތަނުގައި ވަކި އަޅާފައި ހުރި ކަމުގެ ނިޝާން ހުރި ކަމަށްވެ އެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ޖިންސީ ގޯނާގެ އެއްވެސް ރިކޯޑެއް އޮތް އަންހެނެއް ނޫނެވެ.

އެކަަމަކު ފުލުހުން ބުނާ ގޮތުގައި އެ މައްސަލައިގައި އިތުރު އެހެން މީހަކަށް ތުހުމަތުކުރެވޭ ވަރަށް ހެއްކެއް ލިބިފައެއް ނެތެވެ.

12 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

19 April 2022

ސަފާރީ ރޭޕްކޭސްއާއި ރޯޔަލް އެތައް ރޭޕްކޭސްއެއް ފޮރުވައިފި

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

19 April 2022

މުސްކުޅި އަންހެންމީހާ ނުވަތަ ކާފަގެ ދިފާއުގައިވެސް މިވަގުތު ތިގޮތަށް ތެދުވުމަކީ ޤާނޫނު މުގުރާލަން އުޅުންފަދަ ކަމެއް. އަމުދުން މާދަމާ ވެރިކަމާއި ޙަވާލުވާންއުޅޭ ޕާޓީއެއްކަމަށް ބުނާ ޕާޓީއަކުން މިފަދަ ނުބައި މެސެޖް ދިނުމަކީ ދެރަކަމެއް. # ކަންބޮޑުވާންޖެހެނީ ފުލުހުން ތަޙްޤީގުކުރަމުންދާ މިފަދަ ޙައްސާސް މައްސަލައެއްގެތެރެއަށް ޤާނޫނީއިމުން ބޭރުންވަދެ "ދަލުބޭރުން ޖެހިގަތް" ސިޓީގެ މޭޔަރާއި ޑިޕިއުޓީގެ ވިސްނުން ކޮށިކަން. މިވަގުތު އެމީހުންތިބީ ކޮޅު ނަގައިގެން.

The name is already taken The name is available. Register?

ޒަބީ

19 April 2022

މި ބައިގަނޑާ ނުބެހޭކަމެއް ނޯވޭތަ؟! ކިހާ ބޮޑު ނޮހޮރުއްޕާނެއްތަ މިއީ!

The name is already taken The name is available. Register?

ތުއްތުއިދީ

19 April 2022

ތިމާމެނަށް ސަމާލުކަން ލިބި މުޒާހަރާޔަށް މީހުން ބައިވެރިކުރާނެ ގޮތެއްވޭތޯ ބަލަނީ ތޯއްޗެވެ...ތިޔަށްވުރެ ޓިކްޓޮކް ކުޅުނަސް ގިނަ ފޮލޯވާސް ލިބޭނެ..މަށަށް ދެރައީ ސިޓީގެ މޭޔަރާއި އޮޑައްސައު ދާއިރާގެ ކައުންސިލަރު މާއެގޭ މިފަދަ ކޮންމެ ކަމެއްގެ ތެރެއަށް ބޭނޭތީ...ކުށްވެރިންނަށް ހިތްވަރު ނޫންތޯ ދެވުނީ...

The name is already taken The name is available. Register?

ބައްތެލި

19 April 2022

މިކަމަށް ބޮޑު ސިޔާސީ ޕާޓީއެއް ބޭނިގަނެ ޕާޓޭ ކުދިންކޮޅެއް ގޮވައިގެން ކޮންމެރެއަކު ތަރާވީސްކުރާހެން ނޫނީ ޕޮލިސް ކުރިމަތީ ތިބެ ތަވާފުކުރާހެން އުޅުނަކަސް ތިކަމެއްނުވާނެ...ތިޔަކަން ކުރީ ކާފަކަމަށްބުނެ ޕީޕީއެމުން ވަކި ގޮތެެއް ނިންމައި އަންހެންމީހާގެ ދިފާއުގަ ނިކުތްއިރު ކާފަކަން ޔަގީންކޮށް ބުނަން އެނގުނީ ކިހިނެތް? ކޯޓަކުން މުއްދަށް ނުޖަހާނެދޯ ކަމެއްނެތިއެއް...ތިކަން ކުރީ އަންހެންމީހާ ކަމުގަ ވަނީނަމަ ޕީޕީއެމަށް ތިޔަ ހިމާޔަތްދެވުނީ ބޮޑު ކުށްވެރިޔަކަށްނޫންތޯ...ތިޔަ ހިންގެނީ ބޮޑު ޖަރީމާއެެއްނޫންތޯ...ދެން ތިޔަކަމާހެދި ދެރަލިބުނު އާއިލާއަށް އިތުރު ތުރާތަކެއް ޕީޕީއެމާހެދި ވާނެ ނޫންތޯ...ކަމެއް ޔަގީން ނުވަނީސް މިކަހަލަ ކަންކަމަށް ސިޔާސީ މީހުން ވަދެ ބޮޑުގުޅަ ހެެއްދުން މިއީ ލަދުވެތި ދަށުދަރަޖައިގެ ކަންކަން...ރައްޔިތުންގެ ސަމާލުކަން ހޯދަން ޓިކްޓޮކް ކުޅުނަސް މިއަށްވުރެ ސަޅިވީސް..

The name is already taken The name is available. Register?

އައްޑޫމީހަ

19 April 2022

ހެހެހެ. މިހާރު ޕޮލިހުންނަށްވުރެ ބޮޑަށް އައްޑޫގައި އުޅޭ ޕާޓޭގްރޫޕްތަކަށް ބޮޑަށް އިންގެނީ ދޯ. ޕޮލިސް ތަހުގީހުން ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް ބަންދުގައި އެހެރީ. ދެން މުޒާހިރާ ކޮށްގެނާއި ސިޔާސީ ޕާޓީ ނިވާފައްގަނޑަކަށް ބޭނުން ކޮށްގެ، ކުޑަކުދިންނަށް ޖިންސީގޯނާކުރިމީހަކު ސަލާމަތްކުރަން އުޅޭއުޅުން ކުށްވެރިކުރަން.

The name is already taken The name is available. Register?

ނުވާނެ

19 April 2022

އިތުރު އެހެންމީހަކަށް ތުހުމަތު ކުރެވޭވަރަށް ހެކި ނެތީއޭ ބުނާއިރު ބަންދުކުރި އަންހެން މީހާ ބަންދުކޮށްގެން ތިއުޅެނީ ކޮން ހެކިތަކެއް ހުރެގެން؟! ހަމަގައިމުވެސް ކުއްޖާއަށް އަނިޔާކުރީ ކުއްޖާގެ ކާފަކަމަށް އާންމުންގެ އެތައްބަޔަކު ބުނަމުންދާއިރު ފުލުހުން ކާފަ ހައްޔަރުނުކޮށް ހިމާޔަތް ދީގެން ތިއުޅެނީ ކަމުގެ ހަގީގަތް ފޮރުވަން ނުވަތަ ސިޔާސީ ފަރާތެއްގެ ނުފޫޒު އޮވެގެން.

The name is already taken The name is available. Register?

ނުވާނެ

19 April 2022

ޢަހަންނަށް ބުނެވިދާނެ ކަލޭވެސް ވެޔޭ.

The name is already taken The name is available. Register?

ޖޯޖް

20 April 2022

ބަަލަ މޮޔަޔާ އާންމުން ދައްކާ ވާހަކައެއް ނޫނޭ ތަހުގީގަށް އަޑުއަހަން ޖެހޭނީ

The name is already taken The name is available. Register?

ކަސަބު.

19 April 2022

އުޅެއުޅެ އައްޑޫގައި އިންޑިޔާ އައުޓު ޖެއްސޭނެ ގޮތެއް ނުވުމުން މިކަމުގެ ތެރެއަށް ވަދެގަނެގެންވިޔަސް އައްޑޫ ހަލަބޮލިކޮށްލެވޭތޯ މިމީހުން މިއުޅެނީ. އައްޑޫގައި މުޒާހަރާ ނުކޮށް ކަލޭެމެންގެރަށް ކ.އަތޮޅު މާލޭގައި މުޒާހަރާ ކޮށްބަލަ. ކޮންމެހެން އައްޑޫގައި ތިކަންކޮށް އަހަރުމެން ތިބިރުވެރިކަމަށް ވައްޓާލާނެ ކަމެއްނެތް.

The name is already taken The name is available. Register?

ބޯވަޅު

19 April 2022

ވާހަކަ އޮއްބާލަން ނޫޅޭ. މިކިޔަނީ ކާފަ އައުޓޭ.

The name is already taken The name is available. Register?

ހިތަދޫ 2

19 April 2022

ތިކަމަށް ޕީޕީއެމް ބޭނިގަތީމަ އަސްލު އޮޅުވާލުމެއްވިޔަސް ކްރެޑިބިލިޓީ ގެއްލިދާނެ. އާންމުން ޖެހެނީ ޕްރެށާ ކޮއްގެން ތަހްގީގް އަވަސް އަދި ދެފުއްފެންނަ ގޮތަށް ކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454