ފެނެކައިގެ އިސްވެރިންނާއި ވާދޫ ކައުންސިލް މެމްބަރުން އެ ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފައްޓަން ފުރަތަމަ ހޮޅި ވަޅުލަނީ-- ފޮޓޯ: ފެނަކަ ކޯޕަރޭޝަން
19 އެޕްރީލް 2022 - 14:03
ގދ. ވާދޫ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ފެނަކައިން އިއްޔެ ފަށައިފި އެވެ.
ވާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސް ބޭފުޅުންނާއި ވާދޫ ކައުންސިލް މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.
އެއީ ފެނަކަ އާއި އެމްޑަބްލިއުއެސްސީއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ މަޝްރޫއުކެވެ. އެ މަސައްކަތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ފެނަކައިން ބުންޏެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން ވާދޫގައި ފެން ހޮޅި ވަޅުލައި މަގުތައް ސާފު ކުރުމާއި ޕްރެޝަ ޓެސްޓު ކުރުމާއި ގޭގެއަށް ކަނެކްޝަން ގުޅައިދޭނެ އެވެ.
އެ މަސައްކަތް ނިމުމުން އެ ރަށުގެ ގެތަކުގައި ޑިސްޕެންސަރު ބަހައްޓައި 18 ލީޓަރު ފުޅީގައި ފެން ބަންދުކޮށް ފެން ފޯރުކޮށްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy