ވިޔަފާރި / މީރާ

މީރާއަށް ނުލިބޭ 22 ބިލިއަނުން 17 ބިލިއަނަކީ ރިސޯޓް ކުލި

ރިޕޯޓްގައިވާ ގޮތުން 2016 ވަނަ އަހަރަށް ވުރެ 2020 ވަނަ އަހަރު މިގޮތަށް ނުދައްކާ ފައިސާގެ އަދަދު 264 ޕަސެންޓަށް ވަނީ އިތުރުވެފައި

ރާއްޖޭގެ ރިސޯޓެއް. މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދޭން ޖެހެނީ ރިސޯޓުތަކުން--

މީރާއަށް 2020 ވަނަ އަހަރުގެ ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު 22 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ މީރާގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މީރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ.

ރިޕޯޓްގައިވާ ގޮތުން 2016 ވަނަ އަހަރަށް ވުރެ 2020 ވަނަ އަހަރު މިގޮތަށް ނުދައްކާ ފައިސާގެ އަދަދު 264 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.

ނުދައްކާ ފައިސާގެ ތެރެއިން އެންމެ ގިނައިން ނުދައްކާ ހުރީ ރިސޯޓު ކުއްޔާއި އެއާ ގުޅޭ ޖޫރިމަނާތަކެވެ. ރިސޯޓު ކުލީގެ ގޮތުގައި ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާ މީރާއަށް ނުލިބެ އެވެ. ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ މީރާއަށް ލިބިފައެއް ނުވެ އެވެ. ޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ، ޓީޖީއެސްޓީގެ ގޮތުގައި 642 މިލިއަން ރުފިޔާ މީރާ އަށް ލިބިފައެއް ނުވެ އެވެ.

އޮޑިޓް އޮފީހުން ބުނީ ރިސޯޓު ކުއްޔާ ގުޅޭ ގިނަ އަދަދެއްގެ ފައިސާ މީރާއަށް ނުލިބި ވަނީ ރިސޯޓު ތަރައްގީކުރުމަށް ދޭ މުއްދަތުގައި ރަށް ތަރައްގީކޮށް ނުނިންމުނު ނަމަވެސް އެ މުއްދަތު ހަމަވުމުން ކުލި ހިނގަން ފަށާ ގޮތަށް ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުންތައް ހަދާފައި ހުންނާތީ އެވެ. މިފަދަ ރަށްތަކުގެ ކޮންސްޓްރަކްޝަން މުއްދަތު ހަމަވުމަށް ފަހު ވެސް ރަށް ނުހުޅުވި އަދި އެގްރިމެންޓް ބާތިލްނުކޮށް ގިނަ ދުވަސްތަކެއް ވެފައި ހުރުމުން ޖޫރިމަނާ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން 2020 ވަނަ އަހަރާ ހަމައަށް ރިސޯޓު ކުލި ނުދޭ ގިނަ ރަށްތަކަކީ ތަރައްގީކުރަމުން އަންނަ ރަށްތަކާއި، އެގްރިމަންޓް ބާތިލްކޮށްފައިވާ ރަށްތަކެވެ. އޮޑިޓް އޮފީހުން ބުނީ މި ފައިސާ ހޯދުމަށް މިހާރު އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. މިކަން ކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މީރާއަށް އަންގާފައިވެ އެވެ.

60 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 0%
icon angry icon angry 91%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު.

22 April 2022

މުއްދަތަށް ނުނިންމާ ރިޒޯޓްތައް ނިންމައިގެން ހިންގޭނެ ބަޔަކާއި ހަވާލުކުރިނަމަ ރައްޔިތުންނަށް ލިބޭނެ ޓެކްސްގެ އަންދާޒާ ގެއްލުމަކީ ކިހާވަރެއްކަން ބަލާލެވުނުތޯ؟ އަދި އެ ގެއްލުމުގެ ޒިއްމާ ނަގަންޖެހޭނީ ކާކުތޯ؟ ރައްޔިތުންނާއި ނޫސްވެރިން މިފަދަ ސުވާލުތައް ނުކުރަނީ ކީއްވެތޯ؟ ދައުލަތުގެ ބިމާއި މުދަލާއި ފައިސާއަކީ ރައްޔިތުންގެ އެއްޗެއް. ތިމާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިހުރި ބިމާއި މުދަލާ ފައިސާ އެކަންޏެއްނޫން.

The name is already taken The name is available. Register?

މުންޖިޗޭ

20 April 2022

އެފަކީރުންނަށް އޭތިކޮޅު މާފުކޮށްދީ! ހެޔޮނުވާނެ، މިހާރުވެސް އެއުޅެނީ ދެކޮޅު ނުޖެއްސިގެން، ޤައުމުގައިތިބި އެންމެ ޙާލުދަށް ބަޔަކީއެއީ، ސާރވިސްޗާޖްކޮޅުވެސް ޤާނޫނުގައި އޮންނަ ވަރަކަށް ނުބަހާނެ، އަދި ދިވެހި ބޮނޑުން ހިންގާ ބައެއް ރިސޯޓުތަކުން ސާރވިސް ޗާޖް ދޭނީވެސް ދިވެހި ރުފިޔާއިން، ޑޮލަރުކޮޅުން މުވައްޒަފުންނަށް މަންފާއެއް ލިބިދާނެތީ، ރިސޯޓު ހިންގާ މީހުންނޫން ބަޔަކަށް ޑޮލަރުން ފައިދާއެއް ލިބިގެނެއްނުވާނެ.

The name is already taken The name is available. Register?

ބަކުރުބޭބެ

20 April 2022

އެކަމަކު މި ސަރުކާރުން ޑްރާމާ ކުޅެ ޕަބްލިކަށް ލީކްކުރި ދިވެހި ފިލްމު "ހިޔާ ފްލެޓް" ތަކުގެ ކުއްޔޭ ކިޔައިގެން މިހިރަ އަރުވާ ވަރެއް ބަލާބަލަ. ކޮތަރު ކޮއްޓޭ ކިޔާ ނަގަން ދިމާކުރި ކުއްޔަކީ ލަގްޒަރީ އެޕާރޓްމެންޓްގެ ކުލި. އެކަމަކު ރިޒޯރޓްތަކުގެ ކުލި ނުލިބޭކަމަށް އޮޑިޓަރ ޖެނެރަލް އެ ފާހަގަ ކުރެއްވީ.

The name is already taken The name is available. Register?

ޝެލަރީ

20 April 2022

ރިސޯޓް ހަދާން އެތެރެކުރާ މުދާ ޑިއުޓީފްރީ ގެސްޓް ހައުސްހަދާ ނިކަމެތި %100 ދިވެހި ރަށްޔިތުމީހާ އެތެރެކުރާ މުދާތެރޭގަ އިސްތައްޓެއް އިނަސް ޑިއުޓީ ނަގާން މަޖުބޫރު، ބަންގާޅީން ކޮތަޅު ކޮތަޅައް ރިހަޔާ ބަތާ ކާއެއްޗެހި އަޅައިގެން މުޅިމާލެތެރޭ ވިއްކަމުން ދުވިޔަސް ހެލްތު މިންގަޑައްފެތޭ ނޯ ޓެކްސް ވިޔަފާރި ރަޖިސްޓަރީކުރި އޮފީހެއް ނެތް އަދި ނުވިތާކައް ދިވެހީންނައްވުރެ ސައިކަލްގަ އުޅޭ ބަންގާޅީން ގިނަވާނެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ %100

The name is already taken The name is available. Register?

މުންޖިޗޭ

20 April 2022

ސްކޫލުތަކުންވެސް ފެންނަނީ ތިމަންޒަރު، ބިދޭސީ ޓީޗަރުން ކްލާހުގައި ހަމައެކަނި ގަޑިފުރަނީ، ބާކީބައި އެމީހުން ހަމަޖައްސަނީ ކުދިންގެ ބޮލަށް އެރިގެން ޓިއުޝަންނަގައިގެން، ޓިއުޝަން ނުނަގާ ކުއްޖެއް ދުވަހަކު މޮޅެއްނުވާނެ، ގިނަފަހަރު ފާސްވާނީވެސް ޓިއުޝަން ނަގަންޏާ، އެވެރިންގެ މުޅި ޢާއިލާ އޮންނަނީ ގެނެސް ރާއްޖޭގައި، ދުއްވަނީ ސައިކަލް، ދިރިއުޅެނީ އެންމެމަތީ ފެންވަރުގެ އެޕާރޓްމަންޓްތަކުގައި، މުސާރައަށްވުރެ 400 ގުނަ ބޮޑު އާމްދަނީ ޓިއުޝަނުން ހޯދާ.

The name is already taken The name is available. Register?

ކަބޯގެރި

20 April 2022

އަހަރެމެން ދައްކާ ޓެކުސްފައިސާއިން މުސާރަނަގައިގެން އަދި ނުވިތާތަކައް ރައްޔެތުންގެ ފައިސާއިން ވައްކަންކޮއް ފާއިތުވި ހަތަރު އަހަރު ކުރިހާވެސް ކަމަކީ ބޮޑުން ގައުމުތަކައް ޕިކްނިކް ދަތުރުގޮސް މަޖާނަގައި މަޖަލުގަ ބައިވެރި ނުކުރިމީހުން ވެރިންނައް ވަގައްގޮވުން އެކަކު އަނެއްކަކައްގޮވާވަރުން ހީވަނީ ސަރުކާރުގަތިބީ ހުސްވަގުންހެން މީހާރު އެގަހުކޭލެއް މިގަހުކޭލެއް ވަގެއް ތެދެއް ބލއއ ވަކިނުވާހިސާބުގަ ސަރުކާރު މިއޮތީ ހީވަނީ ވަގުގަ ވަގުހިފީހެން

The name is already taken The name is available. Register?

ތޮރޯޖު

20 April 2022

ބަލަގަ ރައީސު ނަޝީދޫ މަނިކުފާނު މިލިސްޓް ނެތްތަ؟ ތިޔަބޭފުޅާ ވަރަށް ލިސްޓް ގެންގުޅުއްވަމެއްނު. ނަޒާހާތްތެރި ނުވެ ކީއްވެހޭ އަޑީ ދައުލަތުގައި ތިޔަ ފީނަނީ ބަލަ މިވަރު ލިސްޓެއް އާއްމު ކުރީމަ ސަޕޯޓް ބޮޑުވާނެތޭ. ޢަނެއްކާ ފިތުނީތަ

The name is already taken The name is available. Register?

ގޯނިބޭ

20 April 2022

22 ބިލިއަން ނުދައްކާ ހުރީ ކާކުހޭ ؟؟ ރިސޯޓް އޯނަރުންތަ ނޫނީ ސިޔާސީމީހުން ނުފޫޒުން ރަށްތަށް ހޯދާފަ ކުލިނުދީ ރިސޯޓްނަހަދާ ތިބެނީތަ؟ އިންވެސްޓަރަކު ބޭރުން ލިބޭތޯ؟ ކޮބާހޭ ތިޔަ ލިސްޓް.

The name is already taken The name is available. Register?

ިޖިހާދު

20 April 2022

ދައުލަތަށް ފައިސާގެއްލެނީ ސަރުކާރުތަކުގެ އިހުމާލުން، ޓެކްސް ފައިސާ އެކައްޏެއްނޫން އެފެޑީއައި އިންފެށިގެން އެއާޕޯޓް ޖީއެމްއާރުއަށް ދިނުމާ، ބިޑަކާނުލާ ފަޅުރަށާއި ފަޅު ޕްރޮޖެކްޓް ހިންގިމުގެ ނަމުގައި ދިނުމާއި، ދިރާގު ޝެއަރ ވިއްކާލުމާ އެމްޑަބުލިއެސްސީގެ ޝެއަރ ވިއްކާލުމާ އެމްޕީއާރުސީ މައްސަލައާއި ކޯޓަރ ވިޔަފާރި މީއީހުސް ތަހުގީގު ހިންގަން ޖެހޭ ކަންކަން އަދި ގެއްލިފައިވާ ފައިސާ ހޯދަންޖެހޭ ކަންކަން. ފައިސާ އަކީ ރައްޔިތުންގެ ފައިސާ

The name is already taken The name is available. Register?

ފޫހި

20 April 2022

މިވަރުންވެސް މި މީރާ އަހަރެމެން ކުދި ވިޔަފާރި ފަހާ ދުވާނެ ލަދެއްވެސް ނުގަނޭ. ދައުލަތުގެ ބިމުން އަދި ފައިސާ ނުދީ މުއްސަދިވެގެން ތެޅޭ ރިސޯޓް އޯނަރުން ގެ ގޮތް ކުޑަކަން ނިކަން ދެކެބަލަ.

The name is already taken The name is available. Register?

ޖަހަންގީރު

20 April 2022

މަބުނީ، މިތާ ތިރީގަ އެބަތިބި ސައިކަލެއްގަދިޔަ ގޮލަޔަކު ހުއްޓުވައިގެން، މަޑިދަށުން އަހަރީފީ އިސްޓިކާ ފެނޭތޯ އަލިކޮށްކޮށްފަ ބަލާތާ އިރުގަނޑެއްވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454