ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ގްރާންޑޭ ބަލިކޮށް މާޒިޔާއިން ފަސް ޕޮއިންޓަށް ލީޑް ފުޅާކޮށްފި

މާޒިޔާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: މެޗުން މޮޅުވެ މާޒިޔާއިން ވަނީ ފަސް ޕޮއިންޓަށް ލީޑް ފުޅާކޮށްފަ --- ފޮޓޯ: އެފްއޭއެމް

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 5-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއަ ލީގުގެ ތާވަލުގެ އެއްވަނައިގައި މާޒިޔާއިން ފަސް ޕޮއިންޓަށް ލީޑް ފުޅާކޮށްފި އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ އަށް 27 ޕޮއިންޓް ވަނީ ލިބިފަ އެވެ. ދެވަނައިގައި އޮތް އީގަލްސް އަށް ލިބިފައި ވަނީ 22 ޕޮއިންޓެވެ. ދިހަ މެޗުން ގްރާންޑޭ އަށް ލިބުނީ އެއް ޕޮއިންޓެވެ.

ފުރަތަމަ ބުރުގައި، މާޒިޔާއިން ގްރާންޑޭ ބަލި ކުރީ 3-0 ންނެވެ. ދެވަނަ ބުރުގެ މެޗުގައި މިރޭ ފުރަތަމަ ހާފުގައި އެކަނި ވެސް މާޒިޔާއިން ހަތަރު ލަނޑު ޖެހި އެވެ. އެޓީމުގެ ލަނޑުތައް ޖެހީ ނާއިޒް ހަސަން (ދާދު) އާއި ނެމެންޔާ ކާޓަލް، ހަމްޒާ މުހައްމަދު (ހަމްޕް)، ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓްގައި މާޒިޔާއިން ލީޑް ނެގި އެވެ. ނާއިޒު ލަނޑު ޖެހީ ހަމްޒާ ނަގައިދިން ހުރަހުންނެވެ. ހަމްޒާ ހުރަސް ނަގައިދިނުމުން މެއިން ކޮންޓްރޯލް ކުރުމަށްފަހު ނާއިދު ވަނީ ފައިން ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ. ގްރާންޑޭގެ ކީޕަރު ހަސަން މުއާޒު އަށް ވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ.

މާޒިޔާގެ ސްޕެއިންގެ ފޯވާޑް ޓާނާ: އެޓީމުގެގެ ދެވަނަ ލަނޑޫ ކާޓަލް ޖެހީ ޓާނާ ނަގައިދިން ކޯނަރުން --- ފޮޓޯ: އެފްއޭއެމް

މެޗުގެ 22 ވަނަ މިނެޓްގައި ކާޓަލް ލަނޑު ޖެހީ ކޯނަރަކުން ތަނަވަސްވި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ. މާޒިޔާގެ ޕެޑްރޯ ޑޮޮމިނިގޭޒް (ޓާނާ) އޭރިއާ ތެރެއަށް ނެގި ކޯނަރު ކާޓަލް ބޮލުން ޖެހީ މަޑުމަޑުންނެވެ. ބޯޅަ ގޮސް ވަނީ ގޯލްގެ ކަނަށެވެ.

މެޗުގެ 25 ވަނަ މިނެޓްގައި ގްރާންޑޭގެ އިބްރާހިމް އަމީރު އަށް ރަނގަޅު ހަމަލާއެއް އުފައްދަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެޓީމުގެ މުހައްމަދު އާކިބް ފައިޒަލް ދިން ބޯޅަ އޭރިއާ ތެރެއިން ޖަހަން އަމީރު އަށް ފުރުސަތު ލިބުނެވެ. އެކަމަކު އެބޯޅަ އޭނާ ޖެހުން ލަސްވުމުން އޭނާގެ އަތުން ބޯޅަ ގެއްލުނެވެ. ބޯޅަ ލިބުމުން އަމީރު މަސައްކަތް ކުރީ މާޒިޔާގެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި ޖެހުމަށެވެ. މާޒިޔާގެ ޑިފެންޑަރު ބޯޅަ ހޯދައި ކުރިއަށް ދިނެވެ.

މެޗުގެ 32 ވަނަ މިނެޓްގައި ގްރާންޑޭގެ ހާފުގެ މެދެއްހާ ހިސާބުން ޓާނާ ވަނީ ބާރު ބޯޅަ އެއް ގްރާންޑޭގެ ގޯލަށް އަމާޒުކޮށް ފޮނުވައިލައިފަ އެވެ. ކީޕަރު މުއާޒު ކުރިއަށް ނުކުމެ ހުރުމުން ޓާނާ މަސައްކަތް ކުރީ ކީޕަރު ބޯމަތިން ބޯޅަ ގޯލަށް އޮއްސާލުމަށެވެ. ނަމަވެސް ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މާޒިޔާ އާއި ގްރާންޑޭ މިރޭ ކުޅުނު މެޗުގައި މާޒިޔާގެ އައިސަމް އިބްރާހިމް ޓޯނީ ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: މާޒިޔާ މެޗު ކާމިޔާބު ކުރީ 5-0 ން --- ފޮޓޯ: އެފްއޭއެމް

އޭގެ ދެ މިނެޓް ފަހުން ހަމްޒާ ވަނީ މާޒިޔާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ނާއިޒު ހުރަސް ނަގައިދިނީ ގްރާންޑޭގެ ގޯލްގެ ކުރިމައްޗަށެވެ. ގޯލާ ވަރަށް ކައިރިން މަތިން ދިޔަ ބޯޅަ ހަމްޒާ ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލި އެވެ.

އޭގެ ދެ މިނެޓް ފަހުން މާޒިޔާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ހަމްޒާ ދިން ބޯޅަ އަށް ކޯނޭ އޭރިއާގެ ކަނާ ދިމާލުން އެރުމުން ކީޕަރު މުއާޒު ބާރަށް ކުރިއަށް ނުކުމެ ބޯޅަ އަށް ވިއްދި އެވެ. ކޯނޭ އަށް ކީޕަރު ކައިރިން ކަޓުވައި ނުލެވުމުން ބޯޅ ދިޔައި ދުރަށެވެ. އަލުން ބޯޅަ ހޯދައި ކޯނޭ ވަނީ އޭރިއާގެ ބޭރުގައި ހުރީ ޓާނާ އަށް ބޯޅަ ދީފަ އެވެ. އޭރިއާގެ ތެރެއަށް ވަދެ ޓާނާ ބޯޅަ ފޮނުވާލަން އުޅުނު ނަމަވެސް ގްރާންޑޭގެ ޑިފެންޑަރު ބޯޅަ ދިފާއުކޮށް ކުރިއަށް ފޮނުވައިލި އެވެ.

ޖެހިގެން އައި މިނެޓްގައި ވެސް ކޯނޭ އަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. ކީޕަރު މުއާޒު ކުރިއަށް ނުކުތުމުން އޭނާ މަސައްކަތް ކުރީ ކީޕަރު ގައިމަތިން ބޯޅަ އޮއްސާލައި ގޯލްގެ ތެރެއަށް ފޮނުވާލުމަށެވެ. ނަމަވެސް ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

އެކަމަކު މެޗުގެ 40 ވަނަ މިނެޓްގައި މާޒިޔާގެ ހަތަރު ވަނަ ލަނޑު ކޯނޭ ޖެހީ ކީޕަރު ނުކުމެ ހުރުމުން ގޯލްގެ ތެރެއަށް އޮއްސާލުމަށް ފަހު އެވެ. އިބްރާހިމް އައިސަމް (ޓޯނީ) ދިން ބޯޅަ ކޯނޭ އަށް ލިބުނީ ގްރާންޑޭގެ ކުޅުންތެރިޔެއްގެ ފައިގައި ޖެހިފައި ގޮހެވެ. ޑިފެންޑަރުގެ ފަހަތަށް ދިޔަ ބޯޅަ ކޯނޭ ވަނީ ލިބިގަނެ އޭރިއާ ބޭރުން ބޯޅަ ފޮނުވައިލައިފަ އެވެ. ބޯޅަ ގޯލަށް ވަނީ އޮއްސިގެން ގޮހެވެ.

މާޒިޔާގެ ފަސް ވަނަ ލަނޑު އަސަދުﷲ ޖެހީ ކާޓް ދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވައިލައިގެންނެވެ. ގްރާންޑޭގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ތާނާ ފޮނުވާލުމުން ކީޕަރު މުއާޒު ދިފާއު ކުރި އެވެ. އެކަމަކު އެބޯޅަ ރީބައުންސް ވުމުން ކާޓަލް ވަނީ އަސަދު އަށް ބޯޅަ ތަނަވަސް ކޮށްދީފަ އެވެ. ފަސޭހަ ކަމާއެކު އޭބނާ ވަނީ ގޯލްގެ ތެރެއަށް ބޮޅަ ވައްދައިލައިފަ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހަންމާ

23 April 2022

ނިއުގެ ރެކޯޑް އެނެއްކާވެސް މުގުރާލައިފި ސަފޯޓަރުން ނުވައްދާ ކުޅުނި ދަނޑެއްގަ. ހިތަކުން ދެރައެއް ނުވާނެ..

The name is already taken The name is available. Register?

ސަފޯޓަރ

23 April 2022

ބަންސާމް އިސްތިއުފާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454