ކުރީގެ އަހަރެއްގައި ފިތުރު އީދު ނަމާދު އިސްލާމީ މަރުކަޒުގައި ކުރަނީ: މި ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އިސްލާމީ ހުރިހާ ގައުމަކަށް ވެސް ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ.---ފައިލް ފޮޓޯ: މިހާރު
27 އެޕްރީލް 2022 - 09:43
މި ހިނގާ ބަރަކާތްތެރި ރަމަޟާން މަސް ވާނީ 30 ދުވަހުގެ މަހަކަށް ކަމުގައި އިތުބާރު ހުރި ފަލަކީ ހިސާބު ކަށަވަރުކޮށްދެ އެވެ.
މިހެން މި ދެންނެވީ މި ހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އިސްލާމީ ހުރިހާ ގައުމަކަށް ވެސް ހަނދު އޮއްސޭނެ ކަމަށް ވާތީ އެވެ. ފަލަކީ ހިސާބުން ދައްކާގޮތުގައި، ރާއްޖެ އަށް އެ ދުވަހުގެ އިރުއޮއްސުމުގެ 17 މިނެޓު ކުރިން ހަނދު އޮއްސެ އެވެ. މައްކާ އަށް އެ ދުވަހުގެ އިރުއޮއްސުމުގެ 15 މިނެޓު ކުރިން، މިސުރަށް އިރުއޮއްސުމުގެ 15 މިނެޓު ކުރިން، ތުރުކީ އަށް އިރުއޮއްސުމުގެ 17 މިނެޓު ކުރިން، މޮރޮކޯ އަށް އިރުއޮއްސުމުގެ 10 މިނެޓު ކުރިން ހަނދު އޮއްސޭ ކަމަށް ހިސާބުން ދައްކަ އެވެ.
އެއްވެސް ގައުމަކަށް މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހަނދު ފެނުމުގެ ފުރުސަތެއް ނޯންނާނެކަން ޔަގީން ވާތީ، ވިދިގެން އަންނަ ދުވަސްވާނީ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށެވެ. އަދި ހުރިހާ ގައުމަކަށް ވެސް ފިތުރު އީދު ވާނީ ވިދިގެން އަންނަ ދުވަސް ކަމުގައިވާ މެއި މަހުގެ 2 ވާ ހޯމަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗްއެމް
28 April 2022
.މައުމޫނު ކީއްވެެ ނުބުނަނީ މަސްފެށޭ ހަނދު ހަމަލޮލަށް ފެނުމަކީ ނާދިރުކަމެކޭ. ހަނދުބަލަން ވެސް މިލިއަނަކާ ކާރިއަށް ހަރަދު އެބަދޭ. އިތުރުގަޑީގެ އެލަވަންސް، ރޭގަނޑު އެލަވަންސް ފުޑު އެލަވަންސް. ދަތުރު އެލަވަންސް ހަނދުބަލަންދާ އެލަވަންސް ކަރަންޓާއި ފެން. މިއިސްރާފު ހުއްޓާލަން ވެއްޖެނޫންތޯ. ހިސާބު ޓެކް އަށް ބަރޯސާ ނުވާނަމަ، ފުރަތަމަ ހަނދު ފެންނަވަރުގެ ޓެލެސްކޯޕު ބަހައްޓާފަ ލައިވްކޮށް ބެލޭގޮތްހަދާލީމަ އެއޮތީ އެންމެނަށްވެސް ހަނދުބެލިފަ
ދިއްދޫމީހާ
28 April 2022
އަހަރެމެންނަ ޔަޤީންވޭ ރޯދަ އަދި އީދު ވަނީ ހަނދުފެނިގެންކަން، އަރަބި މަހެއްގާ 31ދުވަސް ނާނާނެކަން ވެސް ޔަޤީން، އަހަރެމެންގެ ކާފަ އަދި މާމަމެން ބަލަން ބޭނުންވާ މޫން މައުމޫން ފެނުމަކީ ނާދިރު ކަމެއްކަން…
އަލީ ނަސީރު
27 April 2022
ޒަކީ މި އޮތީ ހުކުމް އިއްވާފަ. ދެން އައްޔަމެނަށް ޖެހޭނީ ގަބޫލު ކުރާކަށްނު
ވާނުވާ
27 April 2022
ކޮންތާކު ޖަހަންޖެހޭ ކޮން ތިއްކެއްގެ ވާހަކައެއް?މައުމޫނުގެ ނަން ލިޔެފަ އޮތީ ރަނގަޅަށް
ކައުންސެލަރު
27 April 2022
ނުޖޫމީ ޢިލްމުގެ ގިނަބޭފުޅުން ނުޖޫމީޢިލްމުގެ މަޢުލޫމާތު ހިމެނޭ ސައިޓްތައްބޭނުންކުރައްވާކަން ވަރަށް ރަނގަޅަށް ދެނެ ހުރީމު. މިބީދައިން www.timeanddate.com މިސައިޓް މައުމޫންވެސް ބޭނުން ކުރައްވާކަން ޔަގީނާ ގާތަށް ދަންނަވަން ކެރިދާނެ. މިހެން މިދެންނެވީ ކުރިން މައުމޫން ހިމެނުއްވި އާޓިކަލަކަށް ބަލާފަ. މިދެންނެވި ސައިޓުގަ އިރު، ހަނދު ކޭތަ މިފަދަ އެތައް މަޢުލޫމާތެއް %99.99 ދިމާވޭ. ހުރިހާ ބޭފުޅުންނަށް ޢީދު މުބާރަކް.
ކަރަންޓޭ
27 April 2022
ހެހެހެހެ، ކަލޭ ހީކުރީ ހިސާބުތަކެއް ޖަހައިގެން ލިޔާ އެއްޗެހިކަމަށްތަ މިހުންނަނީ، ހިސާބު ކިޔެވިކަމެއްނޭނގެ ގުރޭޑު 10 އަކާ ހަމައަށްވެސް.
މާކަޅޭ
27 April 2022
އާނ އެބުނާހެން ތުއްތޮން ދޯ މިއުޅެނީ މިބަރެއް ލިޔެގެން. އެހެން ދެން ނޭނގޭނެއެންނު ދޯ މިއޮތީ ފަހު ދިހައެއް ވިއްޔަ.
ދގދސެފ×
27 April 2022
މައުމޫނުގެ ނަން ލިޔެފައިއޮތްއިރު ޖަހަންޖެހޭ ތިކިތަކަށް ސަމާލުކަމެއްދެވިފައެއް ނެތް.
ފުންއަސަރު
27 April 2022
ތީކީ މިހާރު މާބޮޑެތި ސުވާލު އުފައްދަންވީ ކަންކަމެއްނޫން. ބަލާލަބަލަ ރާއްޖޭގެ ކަލަންޑަރުގާ އީދުވާނެ ކަމަށް އޮތީ ކޮން ދުވަހަކުތޯ. އޭގާއޮތީ ހޯމަ ދުވަސްކަމުގާ ވާނަމަ އީދުވާނީ ހަމަ ހޯމަ ދުވަހަށް. ޝައްކު ނުކުރައްވާ. ޝައްކުކުރުމަކީ ވަރަށް ނުރައްކާ ކަމެއް. އެހެންނޫނަސް އަޅުގަނޑުމެންގެ މިހާރުގެ ރައީސް، ރައީސް އިބޫވެސް އެއޮތީ އެކަމަށް ބޮޑު ފުރުސަތެއް ރައްޔިތުންނަށް ދެއްވާފާ. އަންނަ ހުކުރުދުވަހުންފެށިގެން 9 ދުވަހުގެ ޗުއްޓީއެއް އެއޮތީ މާކުރިންވެސް ދެއްވާފާ.
އަހަރެމެންގެ ރައީސް
27 April 2022
އަޅެފަހެ ކުރީގެ ރައީސް މައުމޫނު ދެއްތޯ އެހެން އެ ވިދާޅުވި. ލިޔުން ލިއެފައިވަނީ މައުމޫން އެވެ. އެހެން ވީމާ ހުރިހާ ކުދިންނަށް އީދު މުބާރަކު ހޯމަ ދުވަހުން
އަލީ އަލީ
27 April 2022
ރައީސް މައުމޫނު ވިނދާޅުވިމާ މިވަރުގެ އެއްޗެއް ގަބޫލު ކުރަން ކެރޭނީ! ރައީސް ކޮންމެވެސް ގޮތަކަށް އެކްނޮލެޖް ކޮއްލައްވަ ދެއްވާމި ހަބަރު!