ހުޅުމާލޭގައި ވެހިކަލްތަކެއް ޕާކްކޮށްފައި: އީދު ދުވަހު މާލޭގައި ދުއްވުން މަނާ ވަގުތެއް ކަނޑައެޅި ނަމަވެސް ހުޅުމާލޭގައި މަނައެއް ނުވާނެ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
27 އެޕްރީލް 2022 - 14:02
އަންނަ ފިތުރު އީދު ދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން ހަތަރު ގަޑިއިރަށް މަނާކުރަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާގައި އީދު ދުވަހު މާލެ އާއި ހުޅުމާލޭގައި ވެސް ހިނގާފައި އުޅޭނެ ވަކި ވަގުތެއް ކަނޑައަޅައިދޭން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އައިމިނަތު ޔުމްނާ އެވެ. އެކަމަކު ކައުންސިލް މެމްބަރުންގެ މެދުގައި އެ މައްސަލައިގައި ހިޔާލު ތަފާތުވުން ބޮޑުވީ، ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި ނަމަ، އާންމުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ އެވެ. އެއީ ހުޅުމާލޭ ފޭސް 2 ސަރަހައްދުގައި އަދިވެސް ޒަރޫރީ ކަންކަން ހަމަނުޖެހޭއިރު ވަކި ވަގުތަކަށް ވެހިކަލް ދުއްވުން މަނާކުރިޔަސް އެކަމުގެ ދަތިތައް ކުރިމަތިވާނެ ކަމަށް ވިދާޅުވެ އެވެ.
އެ މައްސަލައާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވީ ވެހިކަލް ދުއްވަން ވަކި ވަގުތެއް ހާއްސަ ކުރުމަކީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެކި މީހުންނަށް ޒަރޫރީ ކަންކަން ޖެހޭނީ އެކި ވަގުތު އެވެ.
އީދު ނަމާދަށް ބަޔަކު ހިނގާފައި ދަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
އެކަމަކު އެ ހުށަހެޅުން އޭނާ އަނބުރާ ގެންދެވީ ހަމައެކަނި މާލޭގައި ވެހިކަލް ދުއްވުން މަނާކުރާ ވަގުތެއް ކަނޑައެޅުއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ހުށަހެޅުއްވުމުން އެކަމަށް ތާއީދުކުރައްވަ އެވެ.
މާލެއަކީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވާތީ އީދު ދުވަހުގެ ހަވީރުގެ ވަގުތު އާއިލާތަކާ އެކު ހަމަޖެހިލައިގެން މަގުމަތީގައި އުޅެވޭނެ ފުރުސަތު ހޯދައިދިނުމަށް ކައުންސިލުން ނިންމީ ހަވީރު 4 އިން ރޭގަނޑު 8 އަށް ވެހިކަލް ދުއްވުން މަނާކުރާ ގޮތަށެވެ.
އެ ނިންމެވުމާ ގުޅިގެން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް ތަންފީޒުކުރަން ޖެހޭ ކަންކަން ކުރުމަށް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.
އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރު ވެސް އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ވަގުތު އިމަޖެންސީ ހާލަތުގައި ވެހިކަލްތަކާއި އެމްބިއުލެންސް އަދި ސަލާމަތީ ހިދުމަތްތައް ފަދަ ކޮންމެހެން ދުއްވަން ޖެހޭ ވެހިކަލްތަކަށް ހުއްދަ ދޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.
ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިކަލޫ
28 April 2022
ނޮޓް ގުޑް. ބޭކާރު ކަމެއް މީ
ޕަބޭ
28 April 2022
މީ ދެން ބޮޑު ނޮހޮރޮއްޕާނެއްނު ކިރިޔާ މި ކަހަލަ ދުވަހެއް އަންނަ އިރަށް.. ބަލަ މުޅި މާލޭ އަދި ހުޅުމާލޭގެ ޓްރެފިކް ހުއްޓާލާކަށް ނުޖެހޭނެ.. އާންމު ރައްޔިތުން ހަވީރު ކުދިވެރިން ގޮވައިގެން މާލޭގައިވެސް ހުޅުމާލޭގައިވެސް ގޮސް އުޅޭ ހާއްސަ ސަރަހައްދުތަކެއް ހުރޭ.. އެ ސަރަހައްދުތައް ބަންދުކުރޭ.. އެހެނޭ ކިޔާފަ ޑިއުޓީއަށްދާ މީހުނާ އެހެނިހެން މުހިއްމު ތަންތަނަށް ދާ މީހުނާ ދެންވެސް ކަންކަމުގައި ވެހިކަލް ދުއްވާ މީހުނަށް ކޮން އުނދަގުލެއް. ދެންވީ ފުލުހުން ނިކުމެ ޖޫރިމަނާކޮށް ލާރިގަނޑެއް ހޯދަން... އާނ ދެން ކޮންމެވެސް ކަމެއް ކުރިކަމަށް ނަންވާން ޖެހޭނެތާ ސިޓީ ކައުންސިލުންވެސް. އެހެންވެ ކޮށްލާ މޮޅެތި ކަންތައް..
ޕަބުން
28 April 2022
މީ ހަމަ ރަނގަޅުކަމެއް. އެންމެ 4 ގަޑިއިރަށް ބަންދު ދުވަހަކު ހަވީރު ޑިއުޓީއަށް ދާންޖެހޭ 100 އަކަށް މީހުންނަށް އުނދަގޫވިޔަސް ބައިލައްކަ އަށް ވުރެ ގިނަ އާއިލާ ތަކަށް މީގެ ފައިދާ ކުރޭ. އީދު ދުވަހު ކުޑަކުދިންނާ އާއިލާ ތައް އުފާ ކުރުމަށް މަގުފަހި ކުރޭ. އެހެން ނޫނީ ތިބެން ޖެހެނީ ދުއްވާއެއްޗިއްސާހެދި ގުޑާނުލެވި ގޭގައި. ޓެކްސީގަނޑެއް ނުލިބޭ. މަގެއްގައި ނުހިނގޭ. މިހާރު އެންމެން ހަމަހަމަ ވާނެ. ވައިބުރު ޖަހަންދާ ގޫރުޕްތަށް އެއްދުވަހު ދޫކޮށްލިއަސް ރަނގަޅުވާނެ،
ކިމް
28 April 2022
ޕަބުން ކޮޔާ ބުނަންތަ. ޙަމަ ބޮޑު އުނދަގުލެއް މީ. ކޮރަކަލިހެން ދުއްވާ މީހުން ދުއްވާ އީދަކަަސް. މަނާކުރުޔަސް. އެކަހަލަ ދުވަސްދުވަހު ނުވިސްނާ ތިއްބާ އައިސް ޖައްސަނީ. ޢެ ބިރެއް ފިލާނުދޭ.
މޮޔަ މޭޔަރު
27 April 2022
ކޮން ސަރުކާރަކުން ނިންމި ކަމެއް؟ މުއިއްޒު "ފޭކް ސަރުކާރުންތަ"؟ ނޫނީ އަަސްލު ސަރުކާރުންތަ؟
ތާއީދު
27 April 2022
ވަކި މަގު މަގު ބަންދު ކުރަންވީ.
ޑއިޜީ
27 April 2022
މީ ބޮޑު އުދޮގުލެއްކަހަލަ ކަމެއް. މިކަން ހުއްޓާލާކަ ނުވާތެ.
ބޮޑުމީހާ
27 April 2022
މާލެ ނޫން ގޮތެއް ހޯދަން އުޅެބަލަ
1981
27 April 2022
ޕަބްލިކް ޓްރާންސްޕޯޓް ފިޔަވާ އެހެން ހުރިހާ އެއްޗެއް މނާކިލުތަންވީ.ޓެކްސީގެ އުދަގޫ މިހާރު މާބޮޑު.
އުއްތަމަ އުސްތާޛް
27 April 2022
މިހާރު މިހެން ވެހިކަލް ދުއްވުން މަނާ ކުރީމާ ރައްޔިތުންނަށް ވާ އުނދަގޫ ވިސްނަންޖެހޭ. ހުޅުމާލެ ފޭސް ދެއްކުން މާލޭ އައިޖީއެމްއެޗް އަށް އެއީ ބަޔަކަށް ހިނގާފައި ދެވޭ ވަރު ދުރުމިނެއް ނޫން. މިއީ މާ ކުރީގެ ކަންކަން މިހާރު ތި އައީ އަުޓްޑޭޓަޑް ކަންކަން
ރޯޒަސް
28 April 2022
އީދު ދުވަހު ހަވީރު 4 ގަޑިއިރުގެ ވަގުތެއްގެ ތެރޭގައި އައިޖީއެމް އެޗަށް ނުދެވިގެން ހާލެގައި ޖެހޭނެ މީހެއް ނޫޅޭނޭ. އެކަމަށް އޮވޭ އެމްބިއުލަންސާއި ޓެކްސީ ދަތުރު ކުރެވޭގޮތަށް ހަމަޖައްސާފައިވެސް، އަދި އިމަޖެންސީއެއްގައި ދާން ފުލުހުންވެސް އަޅައެއްނުލާނެ. މިހާ ކުޑަވަގުތުކޮޅަކަށް މީހަމަ ރަނގަޅުކަމެއް. އެއްފަހަރުވެސް އާއިލާއާއެކީ ވަގުތުގޮޅެއް ހޭދަކޮށްލަށް އިސްކަމެއްދީބަލަ،
Happy 123
27 April 2022
ޢަޅެ ތި ހާދަ އުދަގޫ ކަމެކޭ ޑިއުޓީ ތަކަށް ދާ މިހުންނަށް??
މުސީބާތެއް
27 April 2022
މިއީ ކޮންފަދަ ބޮޑު މުސީބާތެއް؟ ރީނދޫ ބައިގަނޑުގޮތަށް އަހަރުމެންގެ ކައުންސިލުންވެސް މާ އެންވަޔަރަމެންޓްވެފައި ޖަޒީރާ ވަނީތަ؟
ރޯޒަސް
28 April 2022
މީކީ ތިމާވެށްޓާ ރަށްޓެހިވާން ކުރާކަމެއް ނޫން.. މީ އިޖްތިމާޢީ ފައިދާ އަކަށް ކުރާކަމެއް،