ފުލުހަކު މާލެއިން ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަނީ:
06 ޖޫން 2025 - 21:53
މާލެ އާއި ވިލިމާލޭގައި މިއަދު ވެހިކަލް ދުއްވުން މަނާ ކަމަށް ކަނޑައެޅި ހަވީރުގެ ދެ ގަޑިއިރުގެ ތެރޭގައި ފުލުހުން 141 ވެހިކަލް ހުއްޓުވައި 11 މީހަކު ޖޫރިމަނާކޮށްފި އެވެ.
މިއަދު ހަވީރު 4 އިން 6 އަށް ގްރޭޓާ މާލޭ އޭރިއާގެ ހުރިހާ މަގެއްގައި ވެހިކަލް ދުއްވުން މަނާކޮށް މާލޭ ސިޓީ ކައުންސިލުން މީގެ ދެ ދުވަސް ކުރިން އިއުލާނުކޮށްފައި ވިޔަސް ވެހިކަލް ދުއްވުން މަނާވާނީ މާލެ އާއި ވިލިމާލޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ.
ފުލުހުން މިރޭ ބުނީ ވެހިކަލް ދުއްވުން މަނާ ކަމަށް ސަރުކާރުން ކަނޑައެޅި ދެ ގަޑިއިރު މާލޭގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
ވެހިކަލް ދުއްވުން މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް އެކަން ނުކުރަން ނަސޭހަތްދީފައިވާ ކަމަށާއި 11 މީހަކު ޖޫރިމަނާ ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މިއަދުގެ އޮޕަރޭޝަނެއްގައި ތިން ވެހިކަލެއް ވަނީ ޓޯ ވެސް ކޮށްފަ އެވެ. އެއީ، ނުރައްކާތެރިކޮށް ދުއްވައިގެންނާއި ލައިސެންސުގެ މުއްދަތު ހަމަވެފައި އޮއްވައި ދުއްވައިގެންނާއި ލައިސަންސް ނެތި ދުއްވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަންޖާސަރާ
07 June 2025
މިހާ ކާރުބާރު ބޮޑުރަށެއްގައި ތީދެން ކޮންކަމެއް. މީއެޒަމާނެއްނުން ތިކަހަލަކަންކަމުގައި މަގުބަންދުކުރަން. މީހުންއުޅެނީ އަވަދިނެތި. އަބަދުވެސް ލައިނުގަނެގެން. ދެން ތިބޭފުޅުން އުފާފަޅުކުރަންށޭ ކިޔަ މަގު ދެތިންގަޑިއިރަށް ބަންދުކުރީމަ ހާދަ ބޮޑު ތަކުލީފެކޭ. މީ 21 ވަަނަ ގަރުނޭ، ކުއްކުނި ކުޅޭ ޒަމާނެންނުން. އެހެންގޮތެއް ހޯދަންވީނުން.
ޢީދު ހަދިޔާ އުތަ
07 June 2025
ސަރުކާރަށް ނެގި ޢީދު ހަދިޔާ
ނަނާ241
06 June 2025
ހުޅުމާލެ އެސް.ޖޭ މޯލް ކުރިމަތީ ކަންމަތީގައި އޮންނަކާރާހެދި ގޯޅިއަޅާއިރު އަނެއްމަގުން އަންނަވެހިކަލެއް ނުފެނޭ . ކުރީދުވަހުވެސް 2 އެކްސިޑެއްޓްހިގިކަމަށްވަނީ . ޕޮލިހުންނަށް އެކާރެއް ފެންނަކަމަކަށްނުވޭ. ކޮންމެވެސް ނޫސްވެރިއަކު މިވާހަކަ ޖަހާދީބާ
ސައިކަލް
06 June 2025
ރާއްޖެއެއްނު، ކޮންމެހެންވެސް އެކަން ކުރަން ބޭނުންވާ ބަޔަކު އުޅޭނެ.
ޗަމްޕި
06 June 2025
ގައިމު މިމާލޭގައި މިގައުމުގައި އުޅުއްވާ ބަންގާޅީ ބޭފުޅުން ސައިކަލުކޮޅުގައި މަގުމަތިން ނުފެންނަ އިރެއް ނުދޭ. ފައިމަގު ގައި ދުވަހެއް ފާހަގަ ކުރަނީ ބަންގާޅީންނަށް ޓަކައޭ ހީވާ ހިސާބުގައި މިގައުމުގެ ކަންކަން މިހާރު މިއޮތީ. ތިރީސް ސާޅީސް މީހުންގެ ގްރޫޕް ހަދައިގެން މަގުތަކުގައި ހިގާއިރުވެސް ކުޑަކުއްޖަކަށް މުސްކުޅިޔަަކަށްވެސް ބަލައެއް ނުލާ.