މި އަހަރުގެ ކުޑަ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ދުވަހު ހަވީރު މާލޭގެ މަގުތަކުގައި ހަމައެކަނި ހިނގާފައި އުޅޭވޭ ގޮަތަށް ހަމަޖެއްސުމުން ބަޔަކު މަގުމަތީގައި ހަރަކާތްތެރިވަނީ.-- ފޮޓޯ: މިހާރު
06 ޖޫން 2025 - 14:14
މިއަދު ހަވީރު 4 އިން 6 އަށް ގްރޭޓާ މާލޭ އޭރިއާގެ ހުރިހާ މަގެއްގައި ވެހިކަލް ދުއްވުން މަނާކޮށް މާލޭ ސިޓީ ކައުންސިލުން މީގެ ދެ ދުވަސް ކުރިން އިއުލާނުކޮށް ވިޔަސް ވެހިކަލް ދުއްވުން މަނާވާނީ މާލެ އާއި ވިލިމާލޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މިދިޔަ ބުދަ ދުވަހު މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވާ ގޮތަށް ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދާއި އަޟްހާ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ.
އެގޮތަށް ނިންމާފައި އޮތުމުން މިއަދު ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލޭގެ އާންމު ހުރިހާ މަގުތަކެއްގައި އިންޖީނުލީ އުޅަނދާއި ބެޓަރީ އުޅަނދު ދުއްވުން މަނާވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައި އޮތީ ވެހިކަލް ދުއްވުން މަނަލީ މާލެ އާއި ވިލިމާލޭގައި ކަމަށެވެ. ފުލުހުން ވެސް މިއަދު ބުނީ މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާ ކަމަށެވެ. ހުޅުމާލޭގެ ވާހަކައެއް ނުބުނެ އެވެ.
މި ނިންމުމާ ހިލާފުވެެެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
މަނާ ވަގުތުތަކުގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ސިޓީ ކައުންސިލުން ހާއްސަ ސްޓިކާއެއް ދޭނެ ކަމަށާއި މިއަދު މެންދުރު ފަހު 3:45 ވަންދެން ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން އެ ސްޓިކާ ދޫކުރާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
މި އަހަރުގެ ފިތުރު އީދުގައި ހުޅުމާލެ ވެސް ހިމެނޭހެން މާލެ ސަރަހައްދުގެ ހުރިހާ މަގެއްގައި ހަވީރު ވެހިކަލް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކުރި ނަމަވެސް، އެ ދުވަހު ހަވީރު އެ އިއުލާން ބާތިލުކުރި އެވެ. ނަމަވެސް، އެ އިއުލާން ބާތިލް ކުރަން ނިންމި ސަބަބެއް ނުބުނެ އެވެ. އެ އެންގުން ބާތިލްކުރީ އެއަށް އަމަލުކުރަން ފެށިތާ ގަޑިއެއްހާއިރުވީ ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލެ ޕްރައިވެޓް ލިމިޓެޑް
07 June 2025
ކީއްތަވާނީ ހަމައެކަނި ސައިކަލާ ބައިސްކަލު ދުއްވަން ހުއްދަ ދިނިއްޔާ. ކޮންމެ އީދެއް މިފާހަގަ ކުރަންޖެހެނީ ގޭގެ ކުޑަގޮޅިގަ. ބަލަ އެންމެންނަކަށް ހިގާފަ އުޅުމުގެ ކުޅަދާނަކަމެއް ނުހުންނާނެ
ފީކަޅާ ސިޓީކައުންސިލް
06 June 2025
މިނޫން ގޮތަކަށް މިކަން ކުރަންވެއްޖެއެއްނު. މުޅި މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްގެން ރައްޔިތުނަށް ތިޔަ ޖައްސަނީ ކިހާބޮޑު ތަކުލީފެއް؟؟؟ އީދު ކުޅިވަރުކުޅޭށާ ބަލަން އެއްވާ ސަރަހައްދު ބަންދުކޮށްފައި، ހަތަރު ފުރޮޅު ލީ އެއްޗިސް ވެސް މަނާކޮށްފަ އެހެން ސަރަހައްދުތައް ވެހިކަލް (އެންމެ ކުޑަމިނުން ސައިކަލު) ދުއްވޭގޮތަށް ހަދާނަމަ.
ކިމް
06 June 2025
ދުއްވާއެއްޗެހި ދުއްވުން މަނާކުރީމަ ބަހުގަ ދެވޭތޯ ހަވީރު 4 -6 އަށް އިނީ ބަސް ސްޓޭޝަންގަ .އީދު ސެލެބްރޭޓްކުރަން ޖެހުނީ ބަސްސްޓޭޝަންގަ. ކައުންސިލް ހެޕީ؟
އާޖުފާޖު
06 June 2025
ބަރާބަރު ނިންމުމެއް.. ދުނިޔޭގަ މީހުން ކަންކުރާހެން އާޒިމުމެން ކަންކޮށްބަލަ.. މުޅި ސިޓީ އެއްކޮށް ބަންދު ނުކޮށް ވަކި މަގުތަކަކާ އޭރިޔާތަކެއް ބަންދުކުރީމަ ރަނގަޅުވާނެ.. އަނެއްކާ ގިނަ މީހުން ފުރައިގެން ރަށްރަށަށް ދިޔައީމަ ދެން ކޮން ސަކަރާތެއް ޖަހާކަށް.. ހުޅުމާލެ ކަހަލަ ބޮޑުތަނެއްގަ ދަތިވާނެ އެންމެ ގަޑިއިރަކަށް ނުދުއްވޭގޮތަށް މަނާ ކުރިޔަސް..
ޕޮލިސް ކޮމިސަނަރު
06 June 2025
ބަހެއް ނާހައޭ ގަވާއިދުތައް ހެދިޔަސް އެނގޭކަމަށް ނުހަދޭއޭ މިމީހުނެއް ހަމަ ދުއްވާ ނަގަނީ
ޢަލްޓިކޯ
06 June 2025
90 ދިހަގެ އަހަރުތަކުގަ ތިކަން ތިގޮތަށް ކުރެވުނަސް މިހާރަކު ނުވާނެ ތިކަމެއް ތިގޮތަކަށް އެޔައް ވުރެ އާބާދީ ބޮޑު ތީ ބަލި މީހުންނާ ފަތުރު ވެރިންނަށް ކުރާ އުދަގުލެއް...މާލެއާ ހުޅުމާލޭގަ މަގުތަކުގަ ޕާރކް ކޮށްފަ ހުރި ކާރުތައް ޓޭޕްދަމާ ބަންދު ކޮށް ވަކި ވަގުތަކު ދޫކުރާ ގޮތަށް ހެދިނަމަވެސް މާރަގަޅުވީސް
މިއައު
06 June 2025
ވޯކަބަލް ސިޓީއެއް ބޭނުމީ.
ވިއްލޭ
06 June 2025
ވިލިނގިލީގަ އުޅެންދާނަވީނު
ރައީސް އެޗްޑީސީ
06 June 2025
ސިޓީ ކައުންސިލްގެ ބާރުނުހިގަންޏާ ކީއްކުރަން އިންތިހާބުތަކުގައި ހުޅުމާލޭ' އަވަށުގައި ދިރިއުޅޭ މީހުން ވޯޓުލަނީ. ޢެއޮއް އާބާދީބޮޑު ހުޅުމާލޭގައި މޭޔަރެއްވެސް ނެތީތަ؟ އެހެންނޫނީ އެޗްޑީސީ އަކީ މާ ވަކި ވެރިއެއްތަ؟މީ އަރަތެއް ކަހަލަ ކަމެއް
ސަރުކާރުގެފަށަލައެކޭ
06 June 2025
މިއީ ޔުނިޓަރީ ދަޢުލަތެއް ކައުންސިލުތަކަކީ ވަކި ސަރުކާރެއް ނޫން އެއީ ވެރިކަން ހިންގާ ބާރުގެ ތެރޭގަ ހިމެނޭ ފަށަލައެއް.. އަމުރު މަޢުރޫފުނެރުމަށްވުރެއް ބޮޑަށް ސެނަޓްރަލައިޒްޑް ޚިދުމަތްތަށް ރައްޔިތުންނާ ގާތަށް ގެންދިއުމަށް އޮންނަ ބޮޑީއެއް.. މާލޭގަ އެ ޚިދުމަތްތަށް ހުރީ ރައްޔިތުންނާ ގާތުގަ އެހެންވީމަ ސިޓީ ކައުންސިލެއްގެ މާބޮޑު ބޭނުމެއް މާލެއަކަށް ނުވެސް ނެތް.. ކަރީގަ މިއޮތް އިންޑިއާއަކީ ފެޑެރަލް ދަޢުލަތެއް އެކަމުވެސް ދިއްލީގަ ސިޓީ ކައުންސިލެއް ނޯންނާނެ.
1181
06 June 2025
ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަމަށްބުނެ ގާނޫނު އަސާސީގައި ލިޔެފައި އެޔޮއް ބޮޑު ހުޅުމާލެ އެ ހިންގަނީ ކުންފުންޏެއް ހަދައިގެން. ހިންގަނީ ހުސް ކޮރަފްޝަން. މި ޖަރީމާ ހުއްޓުވަން ކެރުނު މީހަކު މިގައުމަކު ނެތް.
1920ގަ
06 June 2025
ކިހާ ބޮޑު ނޮހޮރުއްޕާނެއް ދެން މީ. ވަކި މަގުތަކެއްގަ ނުދުއްވޭ ގޮތަށް ހަދާބަލަ
އަލީ ސ
06 June 2025
ވަކި ސަރަހައްދެއްގައި ނުދުއްވޭ ގޮތަށް ހަދާބަލަ. މީ ދެން ކިހާބޮޑު އުނދަގުލެއްތަ.