ގައުމީ ޓީމުގެ ކުރީގެ ކޯޗް ކޫޕްމަން އާއި އެފްއޭއެމްގެ ރައީސް ބައްސާމް، ކޫޕްމަން ކޯޗު ކަމަށް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އޭޏާ ވަނީ އެފްއޭއެމްގެ މައްސަލަ ފީފާ އަށް ހުށަހަޅައިފަ --- ފައިލް ފޮޓޯ: މިހާރު
27 އެޕްރީލް 2022 - 15:47
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އުސޫލާ ހިލާފަށް ބާތިލްކުރިކަމަށް ބުނެ އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާގެ ފަރާތުން ފީފާ އަށް މައްސަލަ ހުށަހަޅައިފި އެވެ.
ރާއްޖޭގެ ކޯޗު ކަމުގައި ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނިކޮށް، ކޯޗު ކަމުން ކޫޕްމަން ވަކި ކުރީ މިދިޔަ އަހަރު އޯގަސްޓް މަހު އެވެ.
ކޫޕްމަން މިއަދު "މިހާރު" އަށް ބުނީ އޭނާގެ ކޮންޓްރެކްޓް ބާތިލުކުރީ އުސޫލާ ހިލާފަށްކަމަށް ދެކޭތީ އެމައްސަލައިގައި އިންސާފް ހޯދުމަށް ފީފަށް ހުށަހަޅައިފައިވާނެ ކަމަށެވެ.
"އަހަރެން އުންމީދު ކުރަނީ ފީފާއިން މައްސަލައިގެން ކުރިއަށްދާނެކަން ދެތިން ދުވަސްތެރޭ އަންގާނެ ކަމަށް،" ކެރީބިއަން ސަރަހައްދުގެ ޖަޒީރާ ގައުމެއް ކަމަށްވާ އަރޫބާގައި ދިރިއުޅޭ ކޫޕްމަން ބުންޏެވެ.
އޭނާ ބުނީ ރައްޖެއާ މެދު އޭނާ އަބަދު ވެސް ޝައުގުވެރިވާ ކަމަށާއި ރާއްޖޭގެ ކޯޗުކަމުގައި މަސައްކަތްކުރީ ވަރަށް ލޯބިން ޝައުގުވެރި ކަމާއެކު ކަމަށެވެ.
"އެކަމަކު އަހަރެން ވަރަށް ދެރަވޭ ރާއްޖެއާއެކު އަހަރެން ދާން ބޭނުންވި ޓާގެޓަށް ވާސިލުވާން ފުރުސަތު ނުލިބުނީމަ،" އޭނާ ބުންޏެވެ.
ފީފާ އަށް މައްސަލަ ހުށަހެޅިކަން ހާމަކޮށް ކޫޕްމަން ސޯޝަލް މީޑީއާގައި ލިޔެފައި ވަނީ އޭނާ ވަޒީފާއިން ވަކިކުރީ ނާޖާއިޒުގޮތުގައި ކަމަށާއި އަދި އޭނާ އަށް ލިބުނު މާލީ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމަށް ފީފާ އަށް ހުށަހަޅައިފައިވާ ކަމަށެވެ.
"ކޮވިޑްގެ އުނދަގޫ ދުވަސްވަރުގައި ގައުމީ ޓީމާއެކު ކުރި ބުރަ މަސައްކަތަށް ފަހު އާއިލާއާ އެކު އުޅެމުންދަނިކޮށް އަހަންނަށް އަންގާފައި ވަނީ އަހަންނާއެކު ހެދި ކޮންޓްރެކްޓް އުވާލާފައިވާކަމަށް. އެއީ އަހަރެން އެއްގޮތަކަށް ވެސް ހީކޮށްގެން ހުރި ގޮތެއް ނޫން. އެގޮތަށް ނިންމުމުން އަހަންނަކަށް އެކަން ގަބޫލެއް ނުކުރެވުނު،" ކޫޕްމަން ސޯޝަލް މީޑިއާގައި ލިޔެފައި ވެއެވެ.
ކޫޕްމަން އާއި ބައްސާމް އަދި ރެނޭ ހިޑިންކް: މި ދެކޯޗުންގެ ކޮންޓްރެކްޓް ބާތިލުކުރީ ވެސް ގަވާއިދާ ހިލާފަށްކަމަށް އެކޯޗުން ބުނޭ --- ފައިލް ފޮޓޯ: މިހާރު
"ނާޖާއިޒު ގޮތުގައި ވަޒީފާއިން ވަކިކުރި އަދި މާލީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުން އަހަރެން މިހުށަހެޅީ. މީގެއިން ދައްކުވައިދޭ މިސާލަކީ މި ގައުމުތަކުން ހަމަ ބޭނުންވާ ގޮތަށް ކަންކަން ނުކުރެވޭނެކަން."
ރާއްޖޭގެ ކޯޗުކަމުގައި 18 މަސް ހޭދަކުރިނަމަވެސް އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން ކުޅުނީ ތިން މެޗެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށެވެ. އޭނާ ވަނީ ފިލިޕީންސް އަތުން ޕޮއިންޓެއް ހޯދާފަ އެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ކުޅުނު ކޮލިފައިންގެ ފަހު ތިން މެޗަށް ރާއްޖޭގެ ޓީމު ފުރީ މާލޭގައި އެއްވެސް ޕްރެކްޓިހެއް ނުކޮށެވެ. ކޮވިޑް-19 އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޓީމު ޕްރެކްޓިސް ކުރާނެ ދަނޑެއް ނުލިބިގެން ޓްރޭނިންތައް ކުރިއަށްގެންދިޔައީ ހޮޓެލް ޖެންގެ ބޯލް ރޫމްގަ އެވެ.
ކޫޕްމަން އަށް ޓާގެޓެއްގެ ގޮތުގައި ދީފައި ވަނީ އަންނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައި ވުމެވެ. އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމުން، ގައުމީ ޓީމުގެ އިންޓަރިމް ކޯޗުގެ ގޮތުގައި މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ކޯޗުކޮށް ދިނީ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން އެވެ.
ކޫޕްމަންގެ ކުރީގެ އެސިސްޓެންޓް ކޯޗު، ރެނޭ ހިޑިންކްގެ ކޮންޓްރެކްޓް ގަވާއިދާ ހިލާފަށް ބާތިލު ކުރުމުން ފީފާގެ ފުޓްބޯލް ޓްރައިބިއުނަލްއިން މައްސަލަ ބެލުމަށް ފަހު އެފްއޭއެމް އަށް އަންގާފައިވަނީ ބަދަލުގެ ގޮތުގައި އޭނާ އަށް 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދިނުމަށެވެ.
އެ ފައިސާ 45 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ ފީފާ އިން އެފްއޭއެމަށް ދޭން ޖެހޭ ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން ޕަސަންޓެއް އުނިކުރާނެ އެވެ. އެއީ އެ ފައިސާ އިން ރެނޭ އަށް ބަދަލު ދިނުމުގެ ގޮތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
30 April 2022
ތިމާމީހާ ބޮލާފޮށާ އެޅުނި އިރުވެސް ނިއުފަހަތުން އަދިވެސް ދުވާތި
އެމް ބީ އޭ
28 April 2022
ހަމަ ތިޔަ ހެން ރާއްޖޭގެ ބާސްކެޓް ގެ ކަންތައް ވެސް ދަނީ ، ވީ ގެއްލުމުގެ ބަދަލު ހޯދަން ސުޕުން ، އަހުމަދު ބެ އަދި އައްލޯބެ ގޮވައިގެން ފީބާ އައް ވެސް ދާން ވީ . ޙަޖަމް
ފުޓްބޯޅަ ސަލާމަތް2
28 April 2022
6. ކޯޗިންގ ޓީމުތަކަށް ދޭންޖެހޭ ފައިސާ ގެއްލުވާލުމާއި، ރާއްޖޭގެ ނަން ހަޑިވާގޮތަށް ކޮޏްޓްރެކްޓްތަށް ކެންސަލްކުރުން 7. ރާއްޖެތެރޭގެ ކްލަބުތައް އަޅުވެތިވާ ގޮތަށް ގަވާއިދު ހެދުން 8. ފާޑުފާޑުގެ އިލެކްޝަން ބޭއްވުން 9. ތިއްތިކޮށް ފުނާއަޅައިގެން ކޯޓުފަޓުލޫނު ލައިގެން ތިބުން. 10. ސެލްފީ ނަގަން ދަތުރު އެޅުން.
ފުޓްބޯޅަ ސަލާމަތްކުރޭ
28 April 2022
އެފްއޭއެމްއަށް ލީޑަރުން ބޭނުންވޭ. މިހާރު މިތިބޭމީހުންގެ 10 ރެކޯޑު: 1. ނިއު ފުޑާލުން 2. ވިކްޓްރީ ފުޑާލުން 3. ނަހަމަ ގަވާއިދުތަކަށް އޮފީސް ހިންގުން. 4. ކްލަބުތަކަށް އެތަށް އަހަރު އެކިގޮތްގޮތަށް ދޭންޖެހޭ ފައިސާ ގެއްލުވާލުން 5.މުވައްޒަފުންނަށް ދޭންޖެހާ މުސާރައާއި އިނާޔަތްތަކަށް ވާނުވާ ނޭގި ގެއްލުން 5. ރެފްރީންނަށް ދޭންޖެހޭ ފައިސާ ގެއްލުވާލުން
އޮނަރަބްލް އަފީފު ދީދީ
27 April 2022
ކ.އަތޮޅުމާލޭމީހުން ގެންގުޅޭ "ގަދީމީފިކުރާއި އުސޫލުބަދަލުކޮށް" ފުޓްބޯޅަ ލާމަރުކަޒުކުރަން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައިކަޑައަޅާ ކޮންމެރީޖަނެއްގައި ފުޓްބޯޅަ އެސޯސިއޭޝަނެއް ހަދާ 3 ރީޖަންގެ އެސޯސިއޭޝަން މެންބަރު ކްލަބްތަކާއި އެސޯސިއޭޝަންތަކުގެ ރައީސާއި ނައިބް، ޖީއެސް ވޯޓްދީގެންއިންތިޙާބްކުރާ ނެޝަނަލް ފެޑަރޭޝަނެއް ވުޖޫދުކޮށްގެންނޫނީ މިހާލަތު ބަދަލުނުވާނެ.
އިޙްސާން.
28 April 2022
ތިކަން ތިހެން ކުރަން އެގޮތަށް މަސައްކަތް ފެއްޓި މީހުން ތިތަނުން ދުރުކޮށް އެމީހުންގެ ބާރު ކަޑުވާލީ ތިކަންކަން ބޭނުން ނުވާ ގިނަބަޔަކު ތިތަނުގައި ތިބީމަ. އެމީހުން ބޭނުންވަނީ ރައްޓެހި 4 ކުލަބެއް ލައިގެން ފީފާ އާއި އޭއެފްސީ އިން ލިބޭ ލާރިގަނޑުން މަޖާކޮށްލަ ކޮށްލާ ތިބެން. އެކަމަކު މިހާރު ފުޓުބޯޅައިގެން ކަންކަން މިދާ ގޮތުން ހީވަނީ މުސްތަޤުބަލުގައި ރާއްޖެއަށް ދެން ލުބޭނެ ލާރިއެއް ނޯންނާނެހެން.
ނާޝިދު 7
28 April 2022
އަސްލުގައި ތިގޮތަށް އެކި ސަރަހަްދުތަކަށް ޒިންމާތަކެއް ދޫކޮށްގެން ނެޝަނަލް ފެޑަރޭޝަނެއްގެ ދަށުން ކަންކަން ބަލަހަްއޓަން ފަސޭހަވެފައި އެކި ފެންވަރުގެ ޒިންމާދާރު މީހުން ތަކެއް ތިބުމުން ލިބޭނެ އެތައް ފަސޭހަތަކެއްގެ އިތުރަށް މިހާރު މިތަނުގައި މިއޮތް ޙިޔާނާތުގެ ފަސާދަ ހުއްޓުވަންވެސް ޖާގަ ލިބޭނެ. ރީޖަން ތަކުގައި އެސޯސިއޭޝަން ތައް ހެދުމަކީ ވަރަށް މުހިންމު ކަމެއް.
ޖަމަލު
27 April 2022
މިފަހަރު އަންގާނީ ކޮންތާކުން ބައްސާމޫ؟
ާވަކަފޫޅު
27 April 2022
ކްލަބްތައް އެކަންޏެއްނޫންދޯ ފީކަޅާކޮށް ހިންގަނީ؟ އުފެދުމުގައި ބާތިލް ކޮންޓްރެކްޓަކަށްވެސް މިލިޔަނުން ޑޮލަރު ދައްކަންޖެހުނު. ދިވެހިންގެ ގޮތްދޯ މީ.
ކިހާބޮޑުވެއްޖެ ކަމެއް
27 April 2022
ވެރިންނައް ތިބިމީހުން ނާގާބިލުވާނީ މިހާކައްވަރައް. މިފަހަރުވެސް ނިމޭއިރު އެގެނައި ކޯޗުގެފަރާތުން ހިދުމަތެއް ނުލިބި މުޅި ކޮންޓްރެކްޓައްވާ އަދަދައް ބަދަލުދޭންޖެހިފަ އޮންނާނީ. މިފައިސާއަކީ ގާބިލުބަޔަކު ހިންގަންތިބިނަމަ މިހެން ބޭކާރުވުމުގެ ބަދަލުގަ ރާއްޖޭގެފުޓްބޯޅައައް ހަރަދުކުރަން ހުންނާނެ ފައިސާދޯ. ކޮންޓްރެކްޓެއް ބާތިލުކުރަންވާނީ މިކަހަލަ ބޭކާރު ހަރަދުތައް ކުރަން ނުޖެހޭގޮތަކައް. ފައިސާ ގިނަވެގެންނެއް ނޫންވިއްޔަ މިއުޅެނީ.
އޮނަރަބްލް އަފީފު ދީދީ
27 April 2022
އެފްއޭއެމްގެ ކަންތައްތައް ބޮއްސުންލާފައި އޮތް ދަރަޖައަށްބަލާއިރު މިހާރު ތިބިމީހުން "ބޭރުކޮށްލާ" ހަމައެކަނި އިންތިޙާބެއްބާއްވައިގެން ހައްލުހޯދޭވަރަށްވުރެން ކަންކަންއޮތީ ގޯސްކޮށް. # ސަރުކާރުން މައްސަލަ ހައްލުކުރުމަށް ފީފާ އަދި އޭއެފްސީ ހިމެނޭ ވަށްމޭޒު މަޝްވަރާއަށްއެދެންޖެހޭ. އަދި އުތުރާއި މެދު، އަދި ދެކުނުގައި ފުޓްބޯޅަ އެސޯސިއޭޝަންތައް ހަދާ މި އެސޯަިއޭޝަން ތަކުގެ މެންބަރުކުލަބުތަކުން އިންތިޙާބްކުރާ "ނެޝަނަލް ފުޓްބޯޅަ ފެޑަރޭޝަން" އުފައްދަންޖެހޭ.
ނިއު
27 April 2022
ނަންވާނީ ހައިވަކަރު އޮޑި