ގެއްލުނު ޑައިވަރު ހޯދުމުގެ މަސައްކަތް ކުރަނީ: އިތުރު މީހެއްގެ ހާލު ދެރަވެގެން ދަނީ ފަރުވާ ދެމުން -- ފޮޓޯ/ސޯޝަލް މީޑިއާ
02 މެއި 2022 - 20:10
ފުވައްމުލަކުގައި ޑައިވިން އަށް ދިޔަ އެކަކު ގެއްލިގެން ހޯދަމުން އަންނައިރު، އޭނާއާއެކު ޑައިވިން އަށް ފޭބި ދެވަނަ މީހާގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަނީ އެ ރަށުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ސައީދެވެ. އޭނާއަކީ ފުވައްމުލަކުގައި އަމިއްލަ ޑައިވިން ސެންޓަރެއް ހިންގާ މީހެކެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން ދާއިރު އެ ރަށުގެ އެހެން ޑައިވަރުން ވެސް ދަނީ އެ މަސައްކަތުގައި ބައިވެރިވަމުންނެވެ.
ގެއްލިގެން ހޯދަމުންދާ މީހާ -- ފޮޓޯ/ސޯޝަލް މީޑިއާ
އެ ހާދިސާގައި ހާލު ދެރަވެގެން ފަރުވާ ދެނީ ވެސް ސައީދާއެކު ޑައިވިން އަށް ދިޔަ ފުވައްމުލަކުގެ ޒުވާނަކަށެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ދެ މީހުން ޑައިވިން އަށް ފޭބީ އެއްކޮށެވެ. ހާލު ދެރަވި ޒުވާނާ މައްޗަށް އެރިޔަސް، ސައީދުގެ ހަބަރެއް އޭގެފަހުން ނުވެ އެވެ. އަދި ހާލު ދެރަވި މީހާ ވެސް ހޭނެތުނީ ކަމަށް އެ މީހާ ބުންޏެވެ.
ހާލު ދެރަވި މީހާ އަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ފުރުވާލަން ތައްޔާރުވަމުންދާ ކަމަށް އޭނާ ބުންޏެވެ.
ސައީދު އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓެކެވެ. އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އޭނާގެ ހަބަރެއް ވޭތޯ ބަލައިދޭން އެމްއެންޑީއެފުން އެދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
03 May 2022
ތިޔައީ އެއްގޮތަކައްވެސް ޑައިވްކުރަން ރައްކާތެރި ސަރަހައްދެއްނޫން ވަރައް ނުރައްކާ އޮއެވަރެއް ތިތާހުރޭ ސަރުކާރުން އެބަޖެހޭ މިކަން މަނާކުރަން
ޑައިވިންގ ސޫޓު
02 May 2022
އަސްލުވާގޮތަކީ ޑައިވިންގ އަށް ފަރިތަވެގެންގޮސް ސަޅިބައިސާ ކަނޑަމުންގޮސް ސޭފްޓީ ކޮމްޕްރޮމައިޒް ކުރެވެނީ... ގަވާޢިދު އޮންނަ މިނަގަނޑުން ކަހާލައިގެން ދަނީ////
ކަރީޒާ
02 May 2022
ދެމީހުނަށް ގޮތްވީމަ އެބަ އިނގޭ ތިއީ އޮކްސިޖަން ފުޅިއަށް ގޭސް އެޅުމެގެ މަައްސަލައެއްކަން. ދޯނިތެރޭ ރިފިލް ކުރަންޏާ ކާބަން މޮނޮކްސައިޑް ކަހަލ ވިހަ ގޭސްއިން ސިލިންޑަރ ކޮންޓެމިނޭޓްވެދާނެ! ފަރުވާތެރިވޭ! ހޯޕް އެންޑް ޕްރޭ އޭނަ ފެންނާނެކަމަށް!