ރިޕޯޓް

ލެކްޗަރާއިންގެ މުސާރައިގެ މައްސަލަ: "މިއީ އަޅުގަނޑުމެންގެ މޫނުމަތީގައި ޖެހި ތަފާލެއް"

ރައީސް ވިދާޅުވީ، މި މަހުން ފެށިގެން ތައުލީމީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުވާނެ ކަމަށް. އެކަމަކު، މިހާރު ޓީޗަރުން ތަމްރީނުކުރާ މީހުންގެ މުސާރަ މާ ބޮޑަށް ކުޑަ. ލެކްޗަރާއިންގެ މުސާރަ ބޮޑެއް ނުވި.

އެމްއެންޔޫގެ ގްރެޖުއޭޝަން ހަފުލާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ: ލެކްޗަރާއިންގެ މުސާރަ އަށް ހެޔޮ ބަދަލެއް ނުގެނައުމުން ހުރި ކަންބޮޑުވުންތައް ގިނަ.---ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވިއިރު ވަރަށް ސާފުކޮށް ވިދާޅުވީ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ މި މޭ މަހުން ބޮޑުކުރަން "އަޅުގަނޑު ނިންމައިފިން" ކަމަށެވެ. ތައުލީމީ ދާއިރާއޭ ވިދާޅުވުމުން، އޭގެ ތެރެއަށް ވަރަށް ގިނަ ބަޔަކު ވަންނާތީ އެ އެންމެން ތިބީ ވަރަށް އުފަލުންނެވެ. އެކަމަކު، މިދިޔަ އާދިއްތަ ދުވަހު ސަރުކާރުން މުސާރަ ބޮޑުކޮށް، މުސާރައިގެ އޮނިގަނޑު އިއުލާން ކުރިއިރު އެ އިން ފެނުނީ ޓީޗަރުން އެކަނި ކަމަށް ވާތީ އެހެން ބަޔަކު ތިބީ ކަންބޮޑުވެ، ހިތްހަމަނުޖެހިފަ އެވެ.

އެއީ ދިވެހި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ލެކްޗަރާއިންނެވެ. އެ މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ތައުލީމީ ދާއިރާގެ ތެރެއަށް ސަރުކާރުގެ އެ ދެ ޔުނިވާސިޓީ ނުވަންނަންވީ ސަބަބެވެ. އެ ދެ ތަން ހިންގަނީ އެ ޔުނިވާސިޓީއެއްގެ ކައުންސިލުން ކަމަށް ވިޔަސް މުސާރަ އާއި އިނާޔަތްތައް ދެނީ ފިނޭންސް މިނިސްޓްރީން ކަމަށް ވާއިރު، ޓީޗަރުންނަށް ކިޔަވައިދޭ އަދި އެ މީހުން ތަމްރީނުކުރާ މީހުން ނުހިމަނައި ތައުލީމީ ދާއިރާގެ "ބޮޑު މުސާރަ" އިގެ އޮނިގަޑު ހެދި ގޮތާ މެދު އެ މީހުން ސުވާލު އުފައްދަ އެވެ.

"އަޅުގަނޑުމެންގެ މައިންޑަކު ނެތް މިހެން ވެދާނެ ކަމަކަށް. ރައީސް ވިދާޅުވިގޮތުން އަޅުގަނޑުމެން އެންމެން ނިންމައިގެން ތިބީ ޓީޗަރުން އެކަންޏެއް ނޫނޭ އެ އޮނިގަނޑަށް ވަންނާނީ،" އެމްއެންޔޫގެ ލެކްޗަރާއަކު ވިދާޅުވި އެވެ.

މި މައްސަލައިގައި ކުރިއަށް އަދި ބައެއް ކަންކަން ކުރަން ތައްޔާރުވަމުން އަންނާތީ، މި ރިޕޯޓަށް ވާހަކަ ދެއްކެވި ލެކްޗަރާ ނަން ހާމަކުރައްވާކަށް ބޭނުމެއް ނުވެ އެވެ. މި ކަމުގައި އުޅޭ ލެކްޗަރާ އިން ނިންމާފައި ވަނީ ހިމޭން އިހުތިޖާޖުތަކާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ އެހެން ވެރިންނާ ވެސް ބައްދަލުކޮށް، ކަންބޮޑުވުންތައް ހުށަހެޅުމަށެވެ. އެނގިފައިވާ ގޮތުގައި މުސާރައިގެ ކުރިއެރުން ނުލިބުނު މައްސަލައިގައި ބޮޑަށް އުޅެނީ އެމްއެންޔޫގެ ލެކްޗަރާއިންނެވެ.

އެކަމަކު މިހާރު ގެނެސްފައި އެ އޮތް ބަދަލުން ފެންނަ ގޮތުން އެވްރެޖްކޮށް ޓީޗަރެއްގެ މުސާރަ މަހަކު 21،000ރ. އަށް ވުރެ މަތި. އެއީ ފުދޭވަރެއްގެ ބޮޑު ތަފާތެއް. ޓީޗަރުން ބިނާކުރަން ތިބި މީހުންނަށް މި ލިބެނީ މާ ކުޑަ އެއްޗެއް.--- ލެކްޗަރާއެއް

"މިހާރު" އާ ވާހަކަ ދެއްކެވި ލެކްޗަރާ ވިދާޅުވީ، މުސާރައިގެ ކުރިއެރުން މި ބުރުގައި ގެންނަ މީހުންގެ ތެރޭގައި ލެކްޗަރާ އިން ހިމަނާފައިވާކަން ޕޭ ކޮމިޝަނާއި އެހެން އިދާރާތަކުގެ ފަރާތުން ނުރަސްމީކޮށް ވެސް ކުރިން އެނގިފައި އޮތް ކަމަށެވެ. އަދި މުސާރައިގެ އޮނިގަނޑު އެމްއެންޔޫ އާއި އައިޔޫއެމުން ވެސް ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާކަން އެނގިފައިވާ ކަމަށް އެމްއެންޔޫގައި މިދިޔަ 11 އަހަރު ވެސް ލެކްޗަރާއެއްގެ ގޮތުގައި އުޅުއްވާ އެ ބޭފުޅާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މެނޭޖްމަންޓްގައި ވެސް އެހިން ކިހިނެއްހޭ މި ވަނީ؟ އެ ބޭފުޅުން ވިދާޅުވީ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައޭ ވީ. އެ ކަމުގައި އެއްވެސް ޖަވާބެއް ނުލިބެއޭ. ދެ ޔުނިވާސިޓީން ވެސް އެބަހުރި މަސައްކަތްތައް ކޮށްފައި. ފިނޭންސާއި ޕޭ ކޮމިޝަނަށް ފޮނުވި އޮނިގަނޑުގައި ވަނީ ދެ ޔުނިވާސިޓީގެ ލެކްޗަރާއިންގެ އާ އޮނިގަނޑު ހިމަނާފައި ކަމަށް މައުލޫމާތު ލިބެނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ނޭނގިގެން މި އުޅެނީ އެ ކަން ހުއްޓުވީ ފިނޭންސުންތޯ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންތޯ. މި ކަމުގައި ދެން ކުރިއަށް އޮތް ޕްލޭނަކީ ކޮބައިތޯ؟ އެއްވެސް ފަރާތަކުން އަޅުގަނޑުމެންނަށް ޖަވާބެއް ނުދެއްވާ ފަހުން އަންނަ އޮނިގަނޑެއްގައި ވެސް މިކަން ބަދަލުވެދާނެ ކަމަކަށް."

އެމްއެންޔޫ އާއި އައިޔޫއެމް އަކީ ގާނޫނެއްގެ ދަށުން ހިންގާ މިނިވަން ދެ ތަން ކަމަށް ވުމުން އެ ތަންތަނުގެ މީހުންގެ މުސާރަ ކަނޑައަޅަނީ އެ ތަނެއްގެ ކައުންސިލަކުންނެވެ. އެކަމަކު، ކައުންސިލުން ފާސްކުރިޔަސް މުސާރަ ދެނީ ސަރުކާރުންނެވެ. އެންމެ ފަހުން މުސާރައިގެ އޮނިގަނޑު ކަނޑައެޅިއިރު، ގައުމުގެ އިގްތިސޯދީ ހާލަތަށާއި އިންފްލޭޝަން ފަދަ ކަންކަމަށް ރިއާޔަތްކޮށް، ކޮންމެ ތިން އަހަރަކުން އެ އޮނިގަނޑު މުރާޖައާ ކުރަން ވެސް އެމްއެންޔޫ އިން ވަނީ ނިންމައިފަ އެވެ.

"މިދިޔަ ސަރުކާރުގައި އެމްއެންޔޫ ހިންގަވަން ތިއްބެވި ބޭފުޅުންގެ ދައުރު ނިމެނިކޮށް، ފާސްކޮށްފައި އޮންނާނެ މުސާރައިގެ އާ އޮނިގަނޑެއް. އެ އޮނިގަނޑު ފޮނުވާފައިވާނެ ފިނޭންސް މިނިސްޓްރީ އަށް ވެސް. އޭރު އެ ކަން މާ ބޮޑަކަށް ނުހިނގާ. އެކަމަކު، މި ސަރުކާރު އައިސް ފިނޭންސުން އެންގީ ޕޭ ކޮމިޝަނުންނޭ ގޮތެއް ނިންމާނީ،" ލެކްޗަރާ ވިދާޅުވި އެވެ.

"އެހެން ތިއްބާ މި މަހުން ފެށިގެން ތައުލީމީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުވާނެއޭ ރައީސް އިއުލާން ކުރެއްވީމާ އަޅުގަނޑުމެންނަށް ލިބުނީ އުއްމީދެއް. ގާތްގަނޑަކަށް 10-12 އަހަރުގެ އުންމީދެއް އެއީ."

ސަރުކާރުގެ ނިންމުމާއެކު، ލެކްޗަރާއިން ފެތެނީ ކޮން "ގޮޅި" އަކަށް ކަމެއް އެ މީހުންނަކަށް ނޭނގެ އެވެ. ސަރުކާރުން ކެޓަގަރީތައް ކިޔާއިރު ކިޔަނީ ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އެވެ. އެކަމަކު، އެ ދެ ދާއިރާގެ މީހުން ތަމްރީނުކުރާ މީހުންގެ ވާހަކަ ނާދެ އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ދެރައެއް މިއީ. ލެކްޗަރާއިންނަކީ ތައުލީމީ ދާއިރާގެ ބަޔަކަށް ނުވި ކަމުގެ އިހުސާސް ކުރެވެނީ މިހާރު. މިހާރުގެ ސުވާލަކީ އަޅުގަނޑުމެން ވަންނާނީ ކޮން ގިންތިއަކަށް ހޭ؟ އަޅުގަނޑުމެންނަކީ ސިއްހީ ދާއިރާ ނޫނީ ޑޮކްޓަރުންނެއް ވެސް ނޫން. މި ހިސާބުން މި ކަން ނިމުނީ ހޭ؟ ޓީޗަރުންގެ މުސާރަ ދެ ފަހަރެއްގެ މަތިން ބޮޑުވިި. އަޅުގަނޑުމެން ލެކްޗަރާއިންނަށް ލިބުނު ކުރިއެރުމެއް ނެތް."

ލެކްޗަރާއިންނަށް ވުރެ ޓީޗަރުންގެ މުސާރަ މާ ބޮޑު!

ލެކްޗަރާ އިން ބުނާގޮތުގައި މުޅި ގައުމުގެ އެންމެންނަށް ކިޔަވައިދެނީ އެ މީހުންނެވެ. ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުންނާއި ވަކީލުންނާއި އިންޖިނޭރުންނާއި އާކިޓެކްޓުން ނުވަތަ ގައުމަށް ބޭނުންވާ އެންމެން ބިނާކުރަނީ އެ މީހުންނެވެ. ކިޔަވައި ދިނުމުގެ އިތުރުން ބޮޑެތި އިލްމީ ދިރާސާތައް ހަދަ އެވެ.

އެކަމަކު، މިހާރު މުސާރައިގެ އޮނިގަނޑު އެކުލަވައިލި ގޮތުން ޓީޗަރުންނަށް ވުރެ ލެކްޗަރާއިންގެ މުސާރަ ވަރަށް ބޮޑުތަން ކުޑަ އެވެ. މުޅި ގައުމުގެ އެންމެންނަށް ކިޔަވައިދޭ މީހުންގެ މުސާރަ މާ ބޮޑަށް ވެސް ކުޑަވާ ގޮތަށް އޮނިގަނޑު އޮތީ ހަދައިފަ އެވެ.

މާސްޓާސް ފުރިހަމަ ކޮށްފައިވާ ލެކްޗަރާއަކަށް ޕެންޝަނަށް ކެނޑުމަށް ފަހު ލިބެނީ މަހަކު 18،000ރ. އަށް ވުރެ މަދުންނެވެ. ޑިގްރީ ހަދާފައިވާ ލެކްޗަރާއެއްގެ މުސާރައަކީ މަހަކު 13،000ރ. އެވެ.

"އެކަމަކު މިހާރު ގެނެސްފައި އެ އޮތް ބަދަލުން ފެންނަ ގޮތުން އެވްރެޖްކޮށް ޓީޗަރެއްގެ މުސާރަ މަހަކު 21،000ރ. އަށް ވުރެ މަތި. އެއީ ފުދޭވަރެއްގެ ބޮޑު ތަފާތެއް. ޓީޗަރުން ބިނާކުރަން ތިބި މީހުންނަށް މި ލިބެނީ މާ ކުޑަ އެއްޗެއް. ޕްރިންސިޕަލަކަށް ވެސް ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ (35،000ރ.) އެވްރެޖްކޮށް އެބަ ލިބޭ. އަދި އެލަވަންސެއް ވެސް ދެއްވާނަމޭ އެ ވިދާޅުވަނީ. އަޅުގަނޑުމެންގެ ޔުނިވާސިޓީގެ ޕްރޮފެސަރަކަށް ވެސް ނުލިބޭނެ އެ ވަރުގެ މުސާރައެއް،" ލެކްޗަރާ ވިދާޅުވި އެވެ.

ދިވެހި ގައުމީ ޔުނިވާސިޓީން ދަސްވެނިވުނު ބައެއް ދަރިވަރުން، ދަސްވެނިވުނު ހަފުލާގައި: އެ މީހުންނަށް ކިޔަވައިދޭ މީހުންގެ މުސާރަ، މާ ކުޑަ.---ފައިލް ފޮޓޯ: ރައީސް އޮފީސް

ލެކްޗަރާއިންނާއި ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައިގެ ތަފާތު އޭނާ އަށް ސިފަވަނީ ލެކްޗަރާއިންގެ މޫނުމަތީގައި ޖެހި ތަފާލެއްގެ ގޮތުގަ އެވެ.

"އެއީ ހަމަ އަޅުގަނޑުމެންގެ މޫނުމަތީގައި ޖެހި ތަފާލެއް. އެހެން ދެއްތޯ ބުނެވޭނީ. އަޅުގަނޑުމެން ވެސް މި ވާހަކަ ދައްކާތާ ވަރަށް ދުވަސްވެއްޖެ. ފިނޭންސް މިނިސްޓްރީ އަށް ވެސް ލިޔެގެން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައި ވާނީ. އަޅުގަނޑުމެން ލެކްޗަރާއިންނަކީ އޯޓީ ވެސް އޮންނަ ބައެއް ނޫން. ހަފުތާއަކު 16 ގަޑިއިރު ނަގަން އެބަޖެހޭ. އެއީ ވަރަށް ވަގުތު. އެއްވެސް އޯޓީއެއް ނުލިބި މާސްޓާސް ފެންވަރުގެ ލެކްޗަރާއަކު ގެ އަށް މި ގެންދަނީ 17،600ރ. [އަސާސީ މުސާރަ އާއި އެލަވަންސް އެއްކޮށްލުމުން] ވަރު. ލިވިން އެލަވަންސެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް ވަރަށް ބޮޑު ދެރައެއް މިއީ. ލެކްޗަރާއިންނަކީ ތައުލީމީ ދާއިރާގެ ބަޔަކަށް ނުވި ކަމުގެ އިހުސާސް ކުރެވެނީ މިހާރު. މިހާރުގެ ސުވާލަކީ އަޅުގަނޑުމެން ވަންނާނީ ކޮން ގިންތިއަކަށް ހޭ؟---ލެކްޗަރާއެއް

އެމްއެންޔޫގައި އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރައަކީ ވެސް މަހަކު 25،000ރ. އެވެ. ޕްރޮފެސަރެއް ނަމަ މުސާރައިގެ ގޮތުގައި ދެނީ މަހަކު 31،000ރ. އެވެ. މިއީ އެހާ މައްޗަށް ކިޔަވައިގެން ތިބި ބަޔަކާ އަޅާ ބަލާއިރު ވެސް ވަރަށް ކުޑަ މުސާރައެކެވެ.

އެމްއެންޔޫގައި ގާތްގަނޑަކަށް 370 އަދި އައިޔޫއެމްގައި 70 ވަރަކަށް ލެކްޗަރާއިން މަސައްކަތް ކުރާ ކަމަށް ވެ އެވެ. އެއީ މުޅިން ފުލްޓައިމް ލެކްޗަރާއިންނެވެ. އެކަމަކު، ޕާޓްޓައިމްކޮށް ވެސް ބައެއް މީހުން ލެކްޗަރާއިންގެ ގޮތުގައި އެ ދެ ޔުނިވާސިޓީގައި މަސައްކަތް ކުރެ އެވެ.

ލެކްޗަރާއިންގެ މައިގަނޑު ކަންބޮޑުވުމަކީ މުޅި ތައުލީމީ ދާއިރާގެ މުސާރަ އަށް މި މަހުން ފެށިގެން ކުރިއެރުން ލިބޭނެ ކަމަށް ރައީސް މުޅި ގައުމަށް އިއުލާން ކުރެއްވުމަށް ފަހު، އޭގެ ތެރެއަށް އެ މީހުން ވަދެފައި ނުވާތީ އެވެ. ހާއްސަކޮށް، މިހާރުގެ އޮނިގަނޑަށް ބަލާއިރު ޓީޗަރުންނަށް ތަމްރީނުކުރަން ތިބި މީހުންގެ މުސާރަ މާ ބޮޑުތަނުން ކުޑަވުމެވެ. އެއާއެކު، ދެން ލެކްޗަރާއިންގެ މުސާރައިގެ އޮނިގަނޑާ މެދު އަމަލުކުރާނެ ގޮތެކެވެ. އެ މީހުން ބޭނުންވަނީ އެ ޖަވާބެވެ. މިއީ ގަސްދުގައި ނުވަތަ އޮޅިގެން ހިނގި ކަމެއް ނަމަ އެ ކަން ވެސް ސާފުކޮށްދިނުމެވެ.

156 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 17%
icon angry icon angry 67%
icon wow icon wow 7%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ2

10 May 2022

މި ދިޔަ ކިތަންމެ އަހަރަކު ޕްރިންސިޕަލުންނަށްވުރެ ޓީޗަރުންގެ މުސާރަ ބޮޑު. އެމީހުން ހަޅޭކެއްނުލަވާ. ތިބޭފުޅުންނަށްވެސް ވާނޭ އެ ވިދާޅުވަނީ. ކެތްތެރިވެލެއްވުން ކީއްތޯ. ރަށްރަށު ސްކޫލްތަކުން މަސައްކަތް ބުރަވީމަ ބައިވަރު ޓީޗަރުން ލެކްޗަރާއިންނަށް މާލެ ބަދަލުވީ. އަލުން ދެން ޓީޗަރުންނަށް އަނެއްކަ އަންނަންވީނު. ލާރީގެ ފަހަތުން ދުވުން އެއީ އެހާ ރަނގަޅުކަމެއްނޫން. ތިބޭފުޅުންނަށްވެސް ލިބޭނެ. ޕްލީސް

The name is already taken The name is available. Register?

ޟީސާ

05 May 2022

އެންމެންގެ ޓެކްސް ފައިސާ ވަކިބަޔަކަށް

The name is already taken The name is available. Register?

ވީޥާ

05 May 2022

ދިވެހިން ގެ މޫނުމަތީ ކިތަންމެ ބޮޑު ތަފާލެއް ޖެހިއަސް ވަރައް ފަސޭ ހައިން އަނދުން އަޅުވާލެވޭނެ

The name is already taken The name is available. Register?

މަގޭ ގުޖުރާތު ހިކަނދި

04 May 2022

ގައުމުގެ ހުންގާނުގަ ހުރި ކައްޕިއަކީ މޑޕ މީހެއް. ހިންގުމުގަ އަބަދުވެސް އެކުދީންގެ ހުންނާނެ އުނިގޮތެއް.

The name is already taken The name is available. Register?

އަލީ

04 May 2022

މިއޮށް ހުރިހާދުވަހު މާސްޓާސް އޮންނަ ޓީޗަރަކަށް 12000ރ ލެކްޗަރާއަކަށް 21000ރ އެގޮތް އޯކޭދޯ , ދެންވެސް މުސާރަ މަތިކުރާނަމަ މަތިކުރަންވާނީ ސެޓިފެޓާ ގުޅުވައިގެން ޔުނިވަސިޓީއަށް ގިނަމީހުން ބަދަލުވީވެސް ސްކޫލްތަކަށްވުރެ މަސައްކަތް ލުއިވެ އެއް ސެޓިވިކެޓެއް އޮންނައިރު ލިބޭ މުސާރަ ބޮޑުކަމުން

The name is already taken The name is available. Register?

ާައާމިނަތު

05 May 2022

ކިޔަވައިދެ ދާއިރާގެ ޑޮކްޓަރ އޮފް ފިލޯސަފީއަ ހަމައަށް ކިޔަވައި އެ ސަނަދު އޮތިއްޔާ ލެކްޗަރާއަކަށް 21000 ޖެހެނީ. ކިތައް ލެކްޗަރަރުންބާ އެހިސާބުގަ ތިބީ؟

The name is already taken The name is available. Register?

މީހުން

04 May 2022

އަމިއްލަ ކޮލެޖު އެހިންގަނީ އެގޮތްމިގޮތުން މާކެޓުކޮށްގެން ލިބޭ އެއްޗަކުން. ސަރުކާރުން މުސާރަދޭތީ ކުލާހަށްވަދެ ގައިއެއް ނެގުމަކުން ޔުނިވަރސިޓީގެ ހައިބަތެއް ނުފެންނާނެ. ތަން ހިންގަން ޖެހޭނީ ލިބޭއެއްޗަކުން. އޭރުން ސަރުކާރާ ނުބައްދަލު މުސާރަ ލިބޭނެ. އިންޓަނޭޝަނަލް ސްޓޫޑެންޓު މާކެޓެއްތަނުގަ ނެތް. ރާއްޖޭގެ ތުންބިބީ ކޮލެޖައި ކަޗޭކާލު ކޯހަށްވަންނަނީވެސް މިބައިބޯ މަދު ދިވެހި ކުދިން. އެތަންތަނުން ހެސްކިޔާފަ ކުދިން ހޯދަން އުޅޭތަން ފެނޭ.

The name is already taken The name is available. Register?

މާލު

04 May 2022

ޓީޗިންގ ޑިގްރީ ކޯސް ހަދަން ބަނޑުމުސާރަޔާއި ކއްތާއި ދަރުފެން ދިނީމަވެސް ކުރިމަތިލީ އެންމެ 6 މީހުންނޯ ނޫހުގަ ލިޔެފަ ދާދި މިދާކަށް ދުވަހު އޮތް. ގައިމު އެވަރުވާނީ ކޮންމެވެސް ލޮޅުމެއް ތައުލީމީ ދާއިރާގަ ހުރީމަތާ.

The name is already taken The name is available. Register?

ސަޅި

04 May 2022

ޓ‫ީޗަރުންނަކީ ކިޔަވައި ދިނުމުގެ އިތުރުން, ވަރަށް ގިނަ އިތުރު ހަރަކައި ތަކުގެ ދުވާލު ހަތަރުދަމު ކަހަލަ ގޮތަކަށް ކުދިން ގޮވައިގެން އުޅެން ޖެހޭ ބައެއް, ޤައުމީ ފެންވަރުގަ ގެންދެވޭ މުބާރާއްތައް, ފެތުން, ބާސްކެޓް, ވާހަކަ ދެއްކުން, ރާޒުވާ .... ނަންހުސްކޮށް. މިއިން ކޮންމެކަމަކީ ކުރިމަގުގަ މިޤައުމު ތަމްސީލްކުރާ ހުނަރުވެރިން އުފެއްދުން. ހަމައެކަނި ކިޔަވައި ދިނުމެއްނޫން. ލެކްޗަރައިންނާވެސް ތަފާތު. ފްލެކްސިބިލިޓީ އެއްވެސްނޯވޭ. މި މުސާރަ ބޮޑުކުރުން ހައްޤު, މިއާއި އެކު ޕްރިންސިޕަލުންނަށް ވަކި ދައުރެއްވެސް ހެދުން ރަނގަޅު, ތާ އަބަދު އެއްބަޔަކު ނުބައިތިއްބަ.

The name is already taken The name is available. Register?

ކުޗީ

04 May 2022

ޓިޗަރުންގެ ފެންވަރު ކޯވިޑް ގައި އޮންލައިކޮށް ކިޔާވާދިން ދުވަސްވަރު ދުށިން. ޑިގުރީ ހަދާފަ ތިބޭ ޓިޗަރުންނަށް ރަނގަޅަށް އިނގިރޭސިން ވާހަކަދައްކާލަންވެސް ނޭނގޭ. ހިތަށް އެރި ނަސީބެއް ނޫންހޭ އަހަރެން ކިޔެވި ދުވަސްވަރު ރާއްޖޭގައި ޑިގްރީ ފެންވަރަށް ކިޔަވާދޭތަނެއް ނެތްކަން.

The name is already taken The name is available. Register?

ާއުނިމާ

04 May 2022

ބަލަ ޓީޗަރުންނަށް މުސާރަބޮޑު ކުރީ މުސާރަބޮޑު ކުރަންވެގެނެއްނޫނޭ، ކަލޯމެންވިސްނަބަމަ، ޓީޗަރުން ނުލިބިގެން މުޅިދާއިރާ ހުއްޓޭ ހިސާބަށް ގޮސްގެން، ބައެއްކަހަލަގެ ޓީޗަރުން އެއްގޮތަކަށްވެސް ނުލިބޭ، ބައެއް ސުކޫލުތަކުގައި ޚައްސައެހީއަށް ބޭނުންވާ 20ސުޕޮޓް އެބައޮތް، ދާނެމީހެއްނުވޭ...ކަލޭމެން ޓީޗަރުކަން ކުރަން ނައިސް ދެން ކޮން އަގައެއްތޯ

The name is already taken The name is available. Register?

ޥިވާ

05 May 2022

އެންމެންގެ ޓެކްސް ފައިސާ ހަމައެކަނި ޓީޗަރުންނަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454