މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އިސްކަންދަރު ސްކޫލުގެ ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
04 މެއި 2022 - 10:21
މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު 5،900 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ރާއްޖޭގައި މިއަދު ފަށައިފި އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ކުރިއަށްދާ މި އިމްތިހާނުގައި މިއަހަރު ރާއްޖޭގެ 239 ސެންޓަރަކުން ބައިވެރިވެ އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ ބެލުމުގެ ދަށުން، ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ވެސް ދިވެހި ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވާނެ އެވެ.
— Ministry of Education (@MoEdumv) May 3, 2022
ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގައި އޯލެވެލް އިމްތިހާނު ބާއްވަމުން އައީ އޮކްޓޯބަރު/ނޮވެމްބަރުގަ އެވެ. އެކަމަކު 2020 ވަނަ އަހަރު ކޮވިޑްގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް އޯލެވެލް އިމްތިހާނު ފަސްކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާ ގޮތަށް ބަދަލުކޮށް މެއި/ޖޫންގައި އޯލެވެލް އިމްތިހާނު ބާއްވާ ގޮތަށް ބަދަލުކުރާށެވެ.
މިފަހުން ރާއްޖޭގައި އޯލެވެލް އިމްތިހާނުތަކުގައި މަތީ ނަތީޖާ ހޯދާ ދަރިވަރުންގެ އަދަދު ވެސް ވަރަށް ބޮޑަށް މައްޗެވެ. ދުނިޔޭގެ ފެންވަރުގެ ވަނަތައް ވެސް ދަރިވަރުން ދަނީ ހޯދަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
04 May 2022
އިމްތިހާން ނިންމާފަ ބައެއް ކުދީން މަސައްކަތް ކުރަން ޖެހެނީ ބަނގްލަދޭޝް މީހެއްގެ އެހީތެރިއަކަށް ފިހާރައިގަ އެވެ. ބަނގްލަދޭޝް މީހާ އަތުގަ އެއްވެސް ފާހެއް ނެތެވެ. އެކަމު ކޮންމެ ވެސް ދަނޑެއްގަ ބައެއް މީހުން ދަނޑުވެރިކަ ން ކުރުމުގެ ތަޖުރިބާ ހުރެ އެވެ. ހުރހިާ ތަނެއްގަ ގަވާއިދާ ހިލާފައް ފައިސާ އާ ހަވާލުވާން ވަތްގަނޑު ގަ ބިދޭސީން ނެވެ. ހަރަދު ކުޑަ ކުރަން 250 ޑޮލަރަށް ގެންނަ ބިދޭސީ މީހާ އަހަރު ދުވަހު ތެރޭ ފިހާރަ އެއް ހުޅުވައެވެ. މިއީ ގައުމީ ބޮޑުމައްސަލަ.