މެއި 7، 2022: އަފްގާނިސްތާނުގެ އަންހެނުންތަކެއް ކާބުލްގެ މަގެއްގައި މަޑުކޮށްލައިގެން. --އޭއެފްޕީ
08 މެއި 2022 - 11:44
އަފްގާނިސްތާނުގެ ހުރިހާ ސަރަހައްދުތަކެއްގައި ވެސް، އާންމު ތަންތަނަށް އަންހެނުން ނުކުމެ އުޅޭ ނަމަ، މޫނު ނިވައިކުރުމަށް އެ ގައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން މަޖުބޫރުކޮށްފި އެވެ.
އަފްގާނިސްތާނުގައި ތާލިބާނުން އެކުލަވައިލި ސަރުކާރުގައި އަލަށް އުފެއްދި، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމާ ބެހޭ މިނިސްޓްރީގެ ފަރާތުން އިއްޔެ އާންމުކުރި، އެ ޖަމާއަތުގެ ލީޑަރު ހިބަތުﷲ އަޚުންދްޒާދާގެ ގަރާރެއްގައި ބުނެފައިވާ ގޮތުން، އެ އެންގުމާ ޚިލާފުވާ ޢާއިލާއަކަށް އަދަބު ލިބޭނެ އެވެ. އެ ގަރާރުގައިވާ ގޮތުން، މުހިންމު ކަމެއް ނެތް ނަމަ، އެންމެ ރަނގަޅު ގޮތަކީ އަންހެނުން ގޭގައި ތިބުމެވެ.
"މާ މުސްކުޅި ނޫން، އަދި ޒުވާން އަންހެން ކުދިން ފިޔަވައި، ކޮންމެ އަންހެނަކު ވެސް، އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު، މަހްރަމުންނަށް ނުވާ ފިރިހެނުންނާ ބައްދަލުވާ ހިނދު އެމީހުންގެ ފަރާތުން ފުރައްސާރައާ ކުރިމަތިވުން ހުއްޓުވުމަށްޓަކައި، އެކަނބަލުންގެ ދެ ލޯ ފިޔަވައި އެކަނބަލުންގެ މޫނުތައް، އިސްލާމީ ޝަރީއާގައި އަންގަވާފައިވާ ގޮތުގެ މަތިން ނިވައިކުރަންޖެހޭނެ،" ތާލިބާނުންގެ ލީޑަރު އިއްޔެ އާންމުކުރި ގަރާރުގައިވެ އެވެ.
މެއި 7، 2022: އަފްގާނިސްތާނުގެ އަންހެނުން މޫނު ބުރުގާ އަޅައިގެން ނޫނީ އާންމު ތަންތަނަށް ނުކުތުން މަނާކޮށް ތާލިބާނުންގެ ސަރުކާރުން ކަނޑައެޅި ގަރާރު، އެ ގައުމުގެ ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމާ ބެހޭ ވަޒީރު މުހައްމަދު ޚާލިދު ހަނަފީ އިއުލާން ކުރައްވަނީ. --އޭއެފްޕީ
މި ގަރާރާ ބެހޭ ގޮތުން ތާލިބާނުންގެ ތަރުޖަމާނު ބުނީ، ސަރުކާރުން ނިންމި ނިންމުމާ އެއްވެސް އަންހެނަކު ޚިލާފުވެއްޖެ ނަމަ، އެ އަންހެނެއްގެ ބައްޕަ ނުވަތަ އޭނާއާ އެންމެ ތިމާގެ ފިރިހެނަކު ޖަލަށް ލެވޭނެ ކަމަށެވެ. އަދި އެފަދަ އަންހެނެއްގެ ބައްޕަ ނުވަތަ އެންމެ ތިމާގެ ފިރިހެނާ އުޅެނީ ސަރުކާރުގެ ވަޒީފާއެއްގައި ނަމަ، އެ ވަޒީފާއަކުން އެފިރިހެނަކު ވަކިކުރެވޭނެ އެވެ.
މީގެ ކުރިން 1996-2001 އަށް ތާލިބާނުން އެ ގައުމުގައި ވެރިކަން ކުރި ދުވަސްވަރު ވެސް، އަންހެނުންނާ މެދު މިފަދަ ހަރުކަށި އުސޫލުތަކެއް ގެންގުޅުނެވެ. ވިހި އަހަރަށް ފަހު، 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ތާލިބާނުންނަށް އަނެއްކާ އެ ގައުމުގެ ވެރިކަން ލިބުމާ އެކު، އަންހެނުންގެ ހައްގުތައް ނިގުޅައިގަތުމުގެ އަމަލުތައް ވަނީ ފަށައިފަ އެވެ.
މެއި 7، 2022: މޫނު ބުރުގާ އެޅި ދެ އަންހެނަކު ސައިކަލަކަށް އަރުވައިގެން ފިރިހެނަކު ކާބުލްގެ މަގަކުން ސައިކަލުގައި ދުއްވަނީ. --އޭއެފްޕީ
އެ ގޮތުން ސާނަވީ މަރުހަލާ އިން ފެށިގެން މަތީ އުމުރުފުރާގެ އަންހެންކުދިން ސްކޫލްތަކަށް ކިޔަވަން ދިއުން މަނާކުރުމާއި، ސަރުކާރުގެ ވަޒީފާތަކުން އަންހެނުން ވަކިކުރުމާއި، ފަނޑިޔާރުންގެ ގޮތުގައި ތިބި އަންހެނުންނާއި ގާނޫނީ ވަކީލުންގެ ގޮތުގައި ތިބި އަންހެނުންނަށް ވެސް، އެމީހުންގެ ވަޒީފާ އަދާނުކުރެވޭނެ ގޮތް ވަނީ ހަދައިފަ އެވެ.
އޭގެ އިތުރުން، ފިރިމީހާ ނުވަތަ ކާވެނި ހެޔޮނުވާ ފިރިހެނަކާ އެކުގައި ނޫނީ އަންހެނުން ދަތުރުކުރުން މަނާކޮށް، އަންހެނުންނާއި ފިރިހެނުން އެއް ވަގުތެއްގައި ޕާކްތަކަށް ވަދެ އުޅުން ވެސް، މީގެ ދެތިން މަސް ކުރިން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލޭ
09 May 2022
މިދުވަސް އަންނާނެކަން އިނގޭދޯ. ކިހާދެރަ.
ގަމާރު ކަމަކީ ތަބީއީ ކަމެއް. ޖާހިލް ވުމަކީ އިހްތިޔާރެއް!
09 May 2022
ކްލޭޝް އޮފް ސިވިލައިޒޭޝަންސް! ވަގުތު ހުއްޓިފައިވާ ބަޔެއް! މައްސަލައަކީ އެމީހުން އުޅޭގޮތެއް ނޫން. މައްސަލަ އަކީ އެމީހުން އެއުޅޭގޮތް މި ގައުމުގަ ފަތުރަން އުޅޭނެތީވެ! ދުނިޔޭގެ ހަލާކު ފެތުރެން ފެށީ!
ސަލީމު އިދުރީސް
08 May 2022
ދީބާނާޒް ނަމުގަ ކޮމެއްޓު ކުރި ފަރާތުން އަފްގާނިސްތާނުގަ ރޭޕުނުކުރާ ވާހަކަ ބުނީމަ. ހިތައްއެރީ ރޭޕަކީ އަންހެނަކު ނުގަބޫލުގަ އެއްދާންކުރުމޭ ތިއޮއް ހިއްފަސޭހަ އަފްގާނިސްތާނު ދޫކޮއް ހުޅަނގައް ހިޖުރަކުރާ އަފްގާނު ގިނައަދަދެއްގެ އަންހެނުންގެ ތެރޭ 12އަރުދަށުގެ ނުރުހުމުގަ ކައިވެނި ކޮއްގެން ދަރިން އުޅޭކުޑަކުދިން ވަރައްގިނައޭ ހުނޅަގުގަ ކުޑަކުދިން ދަރިންހޯދުމުގެ ސަގާފަތް ނޯންނާތި އިޖުތިމާއީ ގޮތުންވަރައް ބޮޑު ގޮންޖެހުމަކައްވެއޭ
ގަމާރު
08 May 2022
ޔޫރަޕުގެ ޤައުމްތަކުގައި ބުރުގާއެޅުންމަނާކޮށް ބިކިނީގައި ނޫނީނުއުޅެވޭ ބީޗްތައްހެދީމަ ރަނގަޅު އަފްގާނުގައި މޫނުބުރުގާއެޅުން މަޖުބޫރުކުރީމަ ކަމުނުދަނީ މިތާގައި ބަނގުރަލާއި ރިބާވެސް ހުއްދަ އެމެރިކާއިން 9/11 ފަހުން 48000އާއްމުން މެރީމަ ކަންބޮޑުވާބަޔެއްނެތް އންޑިޔާގައި ބުރުގާއަޅާތީ ތައުލީމުން މަހްރޫވެފައިތިބި އަންހެނުންގެ ވާހަކަ ނުދައްކައި ތާލިބާނުން ކަމެއްކުރީމަ ބަޔަކަށް ނިދިނާދޭ
ބޯ ހަލާކު .
09 May 2022
ގަމާރުގެ ގަމާރުކަން ހާދަ ބޮޑޭ. މޫނު އެޅުމާ ފައިކުރި ބުރިކުރުމާ ތުނބުޅި ދިގުކުރުމަށް މަޖުބޫރު ކުރާތީ އެކަމާ ދެކޮޅުވާ ފަދައިން ބުރުގާ ބާލުވަން ނުވަތަ ހައްގަކާނުލާ އިންސާނުން މެރުމާ ބުރުގާ އެޅީމަ ކިއެވުމުން މަހުރޫމު ކުރުމާވެސް ދެކޮޅު. ވައްހާބީންނާ ވެސް ދެކޮޅު.
ކޮރަލް
08 May 2022
ހައްގު ތަކުގެ ވާހަކަ ދައްކަ އެވެ. އިސްލާމީ ޝަރީއަތުގަ ހުރިހާ ހައްގު ތަކެއް ވަނީ ދީފަ އެވެ. އިސްލާމީ ޝަރީއަތާ އެއް ގޮތަށް ހުރިހާ ކަމެއް ގެންދިޔައީމަ ހުންނާނީ ރަނގަޅަށެވެ. އެއީ ހެއްދެވި ފަރާތުން ބާއްވާ ލެއްވި ޝަރީއަތެވެ.
އަސްލީ
08 May 2022
އިސްލާމްދީނުގައި މަޖްބޫރު ނޫންކަމެއް ދީނުގެ ނަމުގައި މަޖްބޫރެއް ނުކުރެވޭނެ.
އ
08 May 2022
މުއްލާތައް އަންހެނުން ދެކެނީ އެއްމެ ވިސްނުމަކުން. އޭބަލަ މުއްލާ ތިޔައްވުރެ އިންސާނިއްޔަތުކަން ދެކިބަލަ..
ދީބާނާޒް
08 May 2022
މުސްލިމުންނަކީ އިރެއްގައި ސުޕަރޕަވަރުން. ނަަމަވެސް ޔަހޫދީ ޕްރޮޕެގެންޑާގައި ޖެހި، ބުރުގާއާ މޫނުބުރުގާއާ ބައްޓަން ނޭނގޭނެ ކަހަލަ ހެދުންތައް ދޫކޮށްލައި، ލިޕްސްޓިކާ މޭކަޕާ ސިނަމާތަކަށް ލޯބި ކުރަންފެށީމާ މިއަދު މުސްލިމުންނަކީ ހުޅަނގުގެ ފައިދަށުގައިވާ ބަޔަކަށް ވެއްޖެ. މިހަގީގަތް ގަބޫލުކުރޭ! ދުނިޔޭގެ އެންމެ ރޭޕްކޭސް މަދީ އަފްޣާނިސްތާނުގަ. ސަބަބަކީ ހިލޭފިރިހެނުންގެ ކުރިމަތީ އަންހެނުން އެކަނބަލުންގެ ޒީނަތް ފައުޅު ނުކުރާތީ.
މެހުބޫބާ
08 May 2022
ދުނިޔޭގެ އެހެން ގައުމުތަކުގެ އަންހެނުން އަފުގާނިސްތާނަށް ނުވައްދައިގެން ބޯޑަރު ކައިރީ އެއޮއްގެން ރޮނީ. އިއުރަޕުން ފިލައިގެން ކުދި ބޮއްކުރާގަވެސް ދޮން އަންހެނުންތައް އަފްގާނިސްތާނަށް ހިޖުރަކުރަނީ.
ޥައްހާބީ އަފުރާ ސިހާބު
08 May 2022
މިކަމުގަ ބީރުބޮލު ވަޒީރާ ރަދީފުގެ އަތެއް ވުންގާތް
ބީރުބޮލު ވަޒީރު
08 May 2022
އަޅުގަނޑުމެންގެ އަތެއްވެސް ފައެއްވެސް މިކަމުގަ ނެތް. މިވެސް ޔޫރަޕުން އިސްލާމީ ދުނިޔެއަށް ދޫކޮށްފައިވާ ވައިރަހެއް.
ޖަމީލުބެ
08 May 2022
މިޚަބަރުގަ ލިޔެފަ އޮތް ޖުމްލައަކުން ހިތުގަ ސުވާލެއް އުފެދޭތީވެ! އަންހެނުންގެ މޫނު ފޮރުވަން އެންގުން އެއީ އަންހެނުންނާމެދު ކުރެވޭ ހަރުކަށިކަމެއްކަމަށް ސިފަކުރެވޭއިރު، ޔޫރަޕްގަ "ހައްޤުތަކުގެ އައްޕަ" ފްރާންސުގަ، މުސްލިމު އަންހެނުންނަށް ބޮލުގަ ފޮތިކޮޅެއް އަޅައިގެން ކިޔެވުމާއި އަދި އެހެން އެތަކެއް ހައްގުތަކަކުން މަހްރޫމްކުރެވިފައިވާއިރު، އެއީ "ހަރުކަށިކަމެއްކަމަށް" ނުވަތަ "ހައްދުފަހަނަ އެޅުން" ކަމަށް ސިފަ ނުކުރެވެނީ ކީއްވެބާއެވެ!
ބީރުބޮލު ވަޒީރު.
08 May 2022
މޫނުއަޅަން މަޖުބޫރު ކުރުން ތުނބުޅި ބަހައްޓަން މަޖުބޫރު ކުރުން މިކަންކަމާ ދެކޮޅު. އެއީ އިހުތިއާރީ ކަންތައް. ސަބަބަކީ ޢިލްމުވެރިންގެ މެދުގައި އެކަމާ ހިލާފު މައްސަލައެއް ވީމަ. ބުރުގާ ނަގަން މަޖުބޫރުކުރުންވެސް ގޯސް. ސަބަބަކީ އެއީ އިސްލާމީ އުންމަތުގެ ޢިލްމުވެރިން ވާޖިބެއްކަމަށް އިޖުމާޢުވެފައޮތް ކަމަކަށްވާތީ.