މިއަދުގެ ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ ހަތަރު މީހަކު މަރުވެފައި. ހަމަނުޖެހުންތައް ނުހުއްޓި ދަނީ ކުރިއަށް
ރާޖަޕަކްސަގެ ގެކޮޅުގައި ރޯކޮށްލާފައި: ރޯކޮށްލިއިރު ރާޖަޕަކްސަ އެވަގުތު އެތަނުގައި ނޫޅުއްވާ
09 މެއި 2022 - 21:23
ސްރީލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، މިއަދު އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ގެކޮޅެއްގަ އާއި އެ އާއިލާގެ ގެޔަކާއި އެތަންމިތަނުގައި ރޯކޮށް އަންދާލައިފި އެވެ.
ލަންކާ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތައް މިއަދު ހޫނުވެ، ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަށްފަހު ރާޖަޕަކްސަ މިއަދު ވަނީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަކު ހުޅު ޖެހުމާއި ހަމަނުޖެހުންތައް ދަނީ ކުރިއަށެވެ.
މިރޭ ރޯކޮށްލީ ކުރުނަގަލާގައި ހުންނަ ރާޖަޕަކްސަގެ އަމިއްލަ ގެކޮޅެއްގަ އެވެ. މީގެ އިތުރުން ހަމްބަންޓޯޓާގައި ހުންނަ ރާޖަޕަކްސަ އާއިލާގެ އެހެން ގެއެއްގައި ވެސް ވަނީ ރޯކޮށްލައިފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގެ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
Update: PM Mahinda Rajapaksa’s residence in Kurunagala set on fire. pic.twitter.com/LaHOKztt27
— DailyMirror (@Dailymirror_SL) May 9, 2022
ރާޖަޕަކްސަގެ ގެކޮޅެއްގައި ރޯކޮށްލާފައި
ރާޖަޕަކްސަ --ފޮޓޯ:އޭއެފްޕީ
ބެލެވޭ ގޮތުގައި ރާޖަޕަކްސަ އަދިވެސް ހުންނެވީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ޓެމްޕަލް ޓްރީގަ އެވެ. އެ ސަރަހައްދާ މުޒާހަރާގެ ބައިވެރިން ކައިރިވިޔަ ނުދިނުމަށް ފުލުހުން ދަނީ ކަރުނަ ގޭސް ޖަހަމުންނެވެ.
Ancestral home of the Rajapaksa family in Medamulana, Hambantota set on fire by protesters. pic.twitter.com/QIEnREphjq
— NewsWire 🇱🇰 (@NewsWireLK) May 9, 2022
ރާޖަޕަކްސަގެ އުފަން ސަރަހައްދު ހަމްބަންޓޯޓާގައި ހުރި އޭނާގެ އާއިލީ ގެއެއްގައި ރޯކޮށްލާފައި
ރާޖަޕަކްސައާ އެކު ހުރިހާ ވަޒީރުން އިސްތިއުފާ ދީފައިވާއިރު، ކުރީގެ ވަޒީރުންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ގޭގޭގައި ވެސް ދަނީ ހުޅު ޖަހައި، ގެއްލުން ދެމުންނެވެ. އަދި އެއް މެމްބަރަކަށް ހަމަލާދޭން އުޅުމުން އޭނާ ވަނީ އަމިއްލައަށް މަރުވެފަ އެވެ.
މީގެ އިތުރުން މިއަދު ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް ހަތަރު މީހަކު މަރުވެ ފަސް މީހަކު ޒަހަމް ވެސް ވަނީ ވެފަ އެވެ.
ހަމަނުޖެހުންތަކާ ގުޅިގެން މާދަމާ ރޭ 7 ހަމައަށް މުޅި ލަންކާގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސީހަކަތަ
11 May 2022
އެމްޑީޕީ ގެ ވެރިންނާއި އެކުޓިވިސްޓުން ނުކުމެ މިގައުމުގައިވެސް ހުޅުޖެހި!
ކެރަފާ
10 May 2022
ރީނދޫ ބައިގަނޑު ދަސްކޮށްދިން ޑިމޮކްރަސީގެ ފޮނިމީރުކަން ތިޔައި
ޢަހުމަދު މުހައްމަދު
10 May 2022
ޑިމޮކްރަސީ ނެއް ނޯތު ކޮރެޔަރ އަށް ހިޖުރަ ކުރޭ
މައްސަލަނެތޭ
10 May 2022
ލަންކާގެރައްޔިތުންއެތިބީ ރަތުގަ. ހަތިޔާރުނުގެންގުޅެ، ހަމަޖެހުން ނަގައިނުލާ އެމީހުންގެ އަޑުއުފުލަންއެއްވެތިބި އެފަދަ ރައްޔިތެއް ބިރުގަންނުވަން ލަޓިބުރިހިފައިގެންތިބި "ކުދިންކޮޅެއް" ރާވައިގެންފޮނުވީމަ ދެންވާނެގޮތް އެވަނީ. ޒަރޫރީ ބޭސްލިބެންނެތް، ގޭހާއި އެކިބާވަތުގެ ތެޔޮ ނުލިބި، ބަނޑަށްޖެހޭ ޙާލަތުގައިތިބި ޢާއިލާދޫކޮށް ހިތްހަމަނުޖެހުމުގެ އަޑުއުފުލަންތިބި މަޢުޞޫމް ރައްޔިތެއްގެ ކަންކަށީގައި ޖެހުންފަދަކަމެއްކުރީމަ ވާނީމިހިން.
ޑިކޮމޮރޮސީ
10 May 2022
ޙުޅު ރަސްގެފާނު ކޮބާ ނިކަން އުފާވާނެ ޑިމޮކްރޮސީ އައްޕަ
ޑިސްއޮނަރަބަލް ޑީޑީ
10 May 2022
ލަންކާރައްޔިތުންގެ އެދުމުގެމަތިން ރާޖަޕަކްސަ އެ އިސްތިއުފާދިނީ. ދެން މިހެންހެދީމާ ކުރިއަށްއޮތްތަނުގާވެސް މީހުން ޖެހިލުންވާނެ އިސްތިއުފާދޭން.
ޟަހަމޫދު
09 May 2022
ސްރީލަންކާގެ މުސްލިމުނައް ބުދުދީނުގެ މީހުން ކުރި އަނިޔާތަކާ ދިން ގެއްލުން މިއަދު އެމީހުނައް އިހްސާސްވާނެއެވެ ކޮވިޑު ގެ ނާޒުކު ދަނޑިވަޅުގަ އެމީހުން މުސްލިމް އަހުންނާއި އުހްތުންނައް ދެއްކި ވޭންދެނިވި އަނިޔާގެ ރަހަ މިއަދު ދެކޭނެތެވެ
ޙަކީމް
09 May 2022
ކޮން އަލިފާނެއްތަ؟ ޢެއީ ޑިމޮކްރަސީގެ އަލި ނޫރު.
އަލީބަލީ.
09 May 2022
ދިވެހިރާއްޖެއިން ދަސްކުރީދޯ؟ ތިއީ ރަނގަޅު ކަމެއް ނޫން އިނގޭ ކުދިންނޭ!
ކަކުނިބޯ
10 May 2022
ޢެކަން އެއީ ރަނގަޅު ލަމެއްކަން ނޫނީ ގޯސްކަމެއްކަން އަހަރެމެން ދުރުގައި ތިބިބަޔަކަށް ނޭންގޭނެ ހާލަތު ނިޔާކުރާގޮތުން އެކަމަކިވެސް އެންމެ ރަނގަޅަކަށް ވެނިމުނު ކަމަކަށް ވުންގާތް
އިބްރަތް
09 May 2022
ހަރުކަށި ބުޑިސްޓުން ލަންކާގައި މުސްލިމުންނަށް އަނިޔާތައް ދިންއިރު އެންމެ ވާގިވެރިވީ ބަޔަކީ ރާޖަޕަކުސަމެން. މިއަދު ވީ ގޮތް ނިކަން ދެކޭށެވެ. އިބްރަތް ހާސިލްކުރުން ހުރި!
އަހުމަދުމުހައްމަދު
09 May 2022
މުސްލިމުން އެންމެ ގިނަ މުސްލިމުން މަރަނީ
ރަދީފު ބިން ރަފައިދާ
09 May 2022
ޑިމޮކުރަސީގެ އާކޮޅު ތިޔަކަހަލަ ގަޅިކަންތައް ކުރާނެ. ދިވެހިންވެސް އާކޮޅު ތިޔަކަހަލަ ގަޅިކަންތައް ކޮށްއުޅުނު. މިއަދު ޑިމޮކުރަސީ ފައްކާވީމާ ތިބާވަތުގެ ކަންކަމެއް ދިވެހިން ނުކުރޭ.