އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. ފޮޓޯ: ޕީޕީއެމް
12 މެއި 2022 - 18:03
އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދޭތެރޭ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އެ މަނިކުފާނުގެ ސެކިއުރިޓީ އަށް އިސްކަން ނުދޭ ކަމަށް ބުނެ އެ ކޯލިޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކޯލިޝަނުން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ޔާމީނަށް ބަޔަކު އިންޒާރުދީފައިވާ ކަމަށެވެ. ޔާމީނަކީ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށްވާތީ އެ މަނިކުފާނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަކީ ދައުލަތު ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމިނަށް އިންޒާރު ދިންކަމަށް ބުނެ ޕީޕީއެމުން ހަމަ އެ ރޭ ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ފުލުހުންނަށް ފޮނުވި ސިޓީގެ ކޮޕީ އެމްއެންޑީއެފަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މަހުގެ ތިންވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީ އަށް ވެސް ހުށަހަޅައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
''މިއަދާ ހަމައަށް އައިއިރު ވެސް މީގެން އެއްވެސް ކަމަކާ ގުޅޭ ގޮތުން ތަހްގީގެއް ހިންގާކަމެއް މި މައްސަލައިގައި ކަންތައް ދަނީ ކިހިނެއްކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. ރަސްމީ ސިފައެއްގައި ވެސް ނުރަސްމީ ސިފައެއްގައި ވެސް މީގެން ކަމަކަށް ޖަވާބެއް ވެސް ދީފައެއް ނެތް.''
މި ކަންކަން މިހެން ހުއްޓާ އިންޒާރު ދިން ގުރޫޕުން ތިންވަނަ ދުވަހު ހަވީރު ޔާމީންގެ ގެ ކައިރިއަށް އެއްވެ ވަރަށް ގަދަޔަށް އިންޒާރުދީފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މިކަމާ ގުޅިގެން ހަމަ އެ ދުވަހު ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށާއި ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް މިއިން އެއްވެސް ކަމަކާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ތަހްގީގެއް ހިންގިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
''މިކަން މިހެން އޮއްވާ އަނެއްކާ ބަޔަކު މިވަނީ ރައީސްގެ ގެކޮޅަށް ހަމަލާދީފަ. އެހެންވެގެން އަޅުގަނޑުމެން އެ ދުވަހު ވެސް ދެންނެވީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުން ހުރިކަމެކޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމިީންގެ ގެކޮޅަށް މި ގޮތަށް މި ހަމަލާ ދެވުނީ އެއީ އެމްއެންޑީއެފުން ދެއްވާ ސަމާލުކަން ނުދީ އޮތީމަ،'' އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމިންގެ ގެއަށް ހަމަލާދީފައިވާ ކަމަށް އަބްދުއްރަހީމް އެ ވިދާޅުވީ ރޭގެ ވަގުތެއްގައި ޔާމިން ދިރުއުޅުއްވާ ހ.ދޫވެހީގެ ދޮރަށާއި ގަރާޖުގެ ގޭޓަށް, އެ މަނިކުފާނު ހައްޔަރުކުރަން ގޮވާލައި ސްޕްރޭކޮށްފައިވާތީ އެވެ. ޔާމިން ހައްޔަރުކުރަން ގޮވާލައި ޕީޕީއެމްގެ އޮފީހަށް ވެސް ވަނީ ސްޕްރޭކޮށްފަ އެވެ. އަދި އެ ތަންތަނުގެ ކުރިމައްޗަށް ވަނީ ޔާމިނަށް ''ވަގަށް ގޮވާފައިވާ'' ކަރުދާސްތަކަކާއި އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާފައިވާ ކަރުދާސްތަކެއް ވެސް އަޅައިފަ އެވެ. ފުލުުުހުން މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
ޔާމިނު ދިރިއުުޅުއްވާ ގެއަށް ސްޕްރޭކޮށްފައި-- ފޮޓޯ: މިހާރު
''މިއަދުގެ ސަރުކާރަށް ގޮވާލަން. އެއްގޮތަކަށް ވެސް ތިހެން ނަހައްދަވާ. ތިބޭފުޅުންގެ މައްޗަށް ގާނޫނުން ލާޒިމްކޮށްފައި ހުރި ކަންތައްތައް ގާނޫނުގައި ހުރި ގޮތަށް ކޮށްދެއްވާށޭ, ރައީސް ޔާމިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާށޭ.''
ރައީސް އަބްދުﷲ ޔާމިން. ސެކިއުރިޓީ ދޭނ ތިބި ފަރާތްތަކަށް އަންނަނީ އިންޒާރު ދެއްވަމުން. ފޮޓޯ: މިހާރު
ރައީސް ޔާމިންގެ ސެކިއުުރިޓީއާ ދޭތެރޭ ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ފަހަކަށް އައިސް އެ ޕާޓީގެ ލީޑާޝިޕުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޒާބެ
14 May 2022
ވ.ސާފުކޮށް އަދުރޭބުނެބަލަ ބޭނުންވަނީ ޔާމީނު ހައްޔަރުކުރާށޭ ތިގޮތަށް ދުރުދުރުން ނޫޅެ
ހީމޭން
13 May 2022
މަހީކުރީ ގަޓުމީހުން ސެކުއިރިޓީއެއް ބޮޑީގާޑެއްވެސް ބޭނުންނުވާނެކަމަށް. ބެޓުމޭން ތަންޑަރކެޓުސްމެން ސެކުރިޓީއެއް ބޭނުމެއްނުވެއެއްނު.
ގަބޭ
13 May 2022
އަދުރޭމެން ހީވަނީ ޔާމީން ތަންކޮޅެއް މިނިވަންކޮށް އުލޭތީ ކަންބޮޑުވެގެން އުލޭހެން. އަދުރޭމެން ބޭނުންވާ ސިކިޔުރިޓީ ޔާމީނަށް ދީފިއްޔާ ކެމްޕެއިން ދަތުރުތަކަށްވެސް ދިޔަކަނުދޭނެ.
އަޙުމަދު.
13 May 2022
ދައުލަގެ ފައިސާއަށް ޚިޔާނާތް ތެރިނުވެ ރީތިގޮތުގަ ވެރިކަން ކުރަން އޭނަ އިސްޖަން ދިންތަ؟ ޢިސްކަން ދިނީ ވައްކަމާ ކޮރަޕްޝަނާ ނުހައްގުން މީހުނަށް އަނިޔާދިނުމާ ހިފާ ހައްޔަރު ކުރުމެވެ.
ސާމިރު
13 May 2022
ޔާމީނުގެ ގޭގެ ފާރުގައި އެއްޗެއް ލިޔާތޯ ބަލާކަށް ސިކިއުރިޓީއެއް ނުދޭނެއެއްނު، ޔާމީނު ނުކުމެ އެހެން ގޭގެ ފާރުގައި އެއްޗެހި ކުރަހާ ލިޔެވެސް ހަދަނީވިއްޔާ
ދޭކަށްނުޖެހޭ
13 May 2022
ރައްޔިތުން އެހާ ލޯބިފާ ބޭފުކަށް ގޯނާ ކުރާނެ މީހަކު ނުހުންނާނެ. އެހެންވީމަ ސެކިއުރިޓީއަށް ޚަރަދު ނުކޮށް ކޮންމެސް އެއްޗެއް ދައުލަތަށް ސަލާމަތް ކުރެވޭނެދޯ.
ސެކޫރުޓީ
13 May 2022
ޔާމީނު ވަށައިގެން ސިފައިން ބައިތިއްބާފަ އެތިބެނީ ކީއްކުރަންކަމަށް އަދުރޭ ހީކުރަނީ ދެން ހަމަ މީހަކު ކަލޭ ސައިޒުކޮށްލަން ޖެހިދާނޭ ބުނާއިރަށް ތިހާވަރަށް ތެޅިފޮޅޭ އެއްޗެއްނޫނޭ
ގަޓު މުއާ
13 May 2022
ކުރިންބުނި މަމީ ގަޓު ރައީސްއޭ.
ޖަލެބީބޭބީ
13 May 2022
ސެކުއިރިޓީ ވަރަށް ރަނގަޅަށް ބަލަހައްޓަނިކޮށްދޯ 2 ބިލިއަން ރުފިޔާ ޔާމީނު ދިރުވާލީ.
އަލީބަލީ.
13 May 2022
ގޭގަ ހުރެބަލަ!