ކެނެރީފް އަލުންް ހުޅުވީ ޓްރެވެލް އެޖެންސީއަކާ އެކު އެއްބަސްވެ، ރިސޯޓަށް ޓޫރިސްޓުން ގެންދާނެ ކަމުގެ ޔަގީންކަމާ އެކު. އެކަމަކު އެހެނެއް އެކަމެއް ނުވި!
ކެނެރީފް ރިސޯޓު. މިދިޔަ ޖެނުއަރީގައި ހުޅުވި ނަމަވެސް އަދިވެސް ރިސޯޓަކަށް ޓޫރިސްޓުން ނާދޭ--ފޮޓޯ:މިހާރު
17 މެއި 2022 - 12:07
އައްޑޫ ހެރަތެރައިގައި ހަދާފައިވާ ކެނަރީފް ރިސޯޓް، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަލުން ހުޅުވީ، އެ ރިސޯޓް ހުޅުވަން ތައްޔާރު ވަމުން އައި ތާރީހަށް ވުރެ މާ ކުރިންނެވެ. ރިސޯޓުން ބުނާ ގޮތުން ރަނގަޅު އޮފާއެއް ވެސް ލިބިގެންނެވެ. އެކަމަކު، ވޭތުވެދިޔަ ތިން މަސް ދުވަސް ދިޔައީ 271 ކޮޓަރީގެ އަގު ބޮޑު ރިސޯޓް ފަޅަށް އޮވެ އެވެ. ހަމަ އެއްވެސް ޓޫރިސްޓަކު ނުދެ އެވެ.
ކެނަރީފް ބަންދުކުރީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓާލުމާ އެކު ލިބުނު މާލީ އަޑިގަނޑުގެ ތެރޭގަ އެވެ. ރާއްޖޭގެ ބޯޑަރު ޖުލައި 2020 ގައި ހުޅުވުމަށް ފަހު ވެސް ކެނެރީފް ހުޅުވަން އެތައް ދުވަހެއް ނެގި އެވެ. ދެ ކިލޯ މީޓަރުގެ ބޮޑު އެ ރިސޯޓު ހުޅުވަން އެހާ ދުވަސް ނެގީ އަލުން ހުޅުވާ އޮޕަރޭޝަނަށް ގެންނަން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހުމުންނެވެ.
އެކަމަކު މިދިޔަ ޖެނުއަރީ މަހު އެ ރިސޯޓު އަލުން ވުޖޫދަށް ގެނައީ ރާއްޖޭގެ ޓްރެވަލް އެޖެންސީއަކާ އެކު ހެދި އެއްބަސްވުމެއްގެ ތެރެއިންނެވެ. ނަމަވެސް އުންމީދުކުރި ގޮތަށް ޓޫރިސްޓުން ނުގެނެވި މިދިޔަ ތިން މަހު ވެސް ކެނެރީފް އޮތީ "ޒީރޯ" އޮކިއުޕެންސީގަ އެވެ. އަލުން ހުޅުވިތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު، ރިސޯޓުން ބުނާ ގޮތުން އެ ރިސޯޓަށް ދިޔައީ ޖެނުއަރީ މަހު އެއް ކޮޓަރިއަށް ބުކިން ހެދި އެންމެ ތިން ޓޫރިސްޓުންނެވެ.
ކެނެރީފް ހިންގާ ސިންގަޕޫރުގެ ކްރެސަންޑަސް ކުންފުންޏަށް އެ ރިސޯޓު ހުޅުވަން އަމާޒުކުރި މުއްދަތަށް ވުރެ އަވަހަށް އެކަން ކުރީ ޓްރެވެލް އެޖެންސީން ރަނގަޅު ހުށަހެޅުމެއް ލިބުމުންނެވެ. އެ އެޖެންސީން ކެނެރީފުގެ 140 ކޮޓަރި ތިން އަހަރަށް ގަތެވެ.
ކެނަރީފް ރިސޯޓް: 180 މުވައްޒަފުން މިހާރު ވެސް އެބަތިބި
ކެނެރީފް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކެވިން ޖޯޖު ތެސީރާ ވިދާޅުވީ، ކޮވިޑަށް ފަހު އެ ރިސޯޓު އަލުން ހުޅުވަން އެއް މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރި ކަމަށެވެ. އަދި 140 ކޮޓަރި އޮޕަރޭޓް ކުރަން ރިސޯޓަށް 180 މުވައްޒަފުން ނެގި ކަމަށް އޭނާ ވިދާޅުވި އެވެ. އެ މުވައްޒަފުން މިހާރު ވެސް ތިބީ އެ ރިސޯޓްގަ އެވެ.
ޓްރެވެލް އެޖެންސީ އާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ރިސޯޓަށް ޓޫރިސްޓުން ނުގެންދެވޭތީ، ރިސޯޓަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ހަރަދުތައް ފޫބައްދަން އެހެން ގޮތް ގޮތުން ފައިސާ ހޯދަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރިސޯޓުން އުންމީދުކުރި ގޮތަށް ކަންތައްތައް ކުރިއަށް ނުދިއުމުން، އެޖެންސީއާ އެކު ހެދި އެއްބަސްވުން މިދިޔަ މާޗް މަހު ވަނީ ބާތިލް ވެސް ކޮށްފަ އެވެ. އެހެންވެ، މި މައްސަލައިގައި ރިސޯޓުން އިތުރަށް ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވެ އެވެ.
"އާމްދަނީއެއް ނުލިބި ވަރަށް ބޮޑު ހަރަދުތަކެއް އަމިއްލަ އަށް ކުރަން ޖެހިއްޖެ،" ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.
އެއްބަސްވުން ބާތިލް ކުރުމަށް ފަހު، ރިސޯޓުން މިހާރު މިސްރާބު ޖަހައިފައި ވަނީ އަމިއްލަ އަށް ޓޫރިސްޓުން ހޯދައިގެން އެކަން ކުރުމަށެވެ. ހަމައެއާ އެކު، އޮޕަރޭޝަނަށް ނުގެނެވި ހުރި ކޮޓަރިތައް ވެސް މަރާމާތުކޮށް މާކެޓަށް ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"އުންމީދު ކުރަނީ އަހަރުގެ ފަހުކޮޅު ފުރިހަމަ އަށް ހިނގައިގަންނަން ފަށާނެ ކަމަށް،" ޖީއެމް ވިދާޅުވި އެވެ.
"ވިޔަފާރި އަށް ހުޅުވާ މި ލެވެނީ އަދި ކިރިޔާ. މިހާރު ބުކިންތައް އެބަ ލިބޭ. މިހާރު ގާތްގަނޑަކަށް 1،000 ވުރެ ގިނަ ބުކިން ސެކުއާ ކުރެވިއްޖެ."
އޭނާ ވިދާޅުވީ، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އަގޯޑާ އާއި އެ ނޫން ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް އެ ރިސޯޓުގެ ކޮޓަރިތައް ވިއްކުމަށް ކަމަށެވެ.
ކެނަރީފް ރިސޯޓު އަލުން ހުޅުވީ 180 މުވައްޒަފުންނާ އެކު
ކެނެރީފްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ސައިފް ވިދާޅުވިގޮތުގައި، އެ ރިސޯޓު ހުޅުވަން އެންމެ ފުރަތަމަ އަމާޒުކުރީ މިދިޔަ އަހަރުގެ އޭޕްރީލްގަ އެވެ. އެކަމަކު އޭނާ ވިދާޅުވީ، ގާތްގަނޑަކަށް ހަތަރު މަހުގެ ހިތި ތަޖުރިބާ އަކަށް ފަހު ކެނަރީފަށް މިއަދުން ފެށިގެން މަޑުމަޑުން ޓޫރިސްޓުން އަންނަން ފަށާނެ އެވެ.
ސައިފް ވިދާޅުވީ، މިހާރު ބުކިންތައް ލިބެނީ ޖުލައި/އޮގަސްޓް ހިސާބަށް ކަމަށެވެ. އެ ހިސާބުން އަނެއްކާ ވެސް ރިސޯޓު ފުރިހަމައަށް ހިނގައިގަންނަން ފަށާނެ ކަމަށެވެ.
ކެނެރީފް ރިސޯޓު ހުޅުވާފައިވަނީ 2014 ވަނަ އަހަރު އެވެ. އެ ރިސޯޓު ބަންދު ކުރުމާ ހަމައަށް އެ ރިސޯޓުން އެވްރެޖްކޮށް 80 ޕަސެންޓް އޮކިއުޕެންސީގައި ދިޔައީ ހިފަހައްޓަމުންނެވެ. މި އަހަރުގެ ކުރީކޮޅު ރިސޯޓު ހުޅުވި ނަމަވެސް އަދިވެސް ރިސޯޓަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު އަދިވެސް ތަނަވަސް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޓޯދދ
19 May 2022
ތިތާ ކުުރިމަތީގައި އެ އޮތީ ސައުތު ޕާމް ރިސޯޓު. ގަމުގައި އަނެއް ރިސޯޓު. މީހުން ދޭ އޮކިއުޕެންސީ ރަނގަޅު. ރާއްޖޭގެ 90 ޕަސަންޓު ރަށަށް ވުރެ ބޮޑު ތަނެއް ހިފައިގެން ރަށަކުން 2 ކިލޯ މީޓަރު ނަގައިން ކީއްބާ ތިކުރަނީ؟
ހުޅުނބުދަނީ
18 May 2022
އައްޑޫ ޓްރެއިނިންގް ސްކޫލް ހުޅުވަން ދިޔަ ވީއައިޕީން އޮތީ ތިރިސޯޓު ފުރާލާފަ. ދޮގު ނުހަދާ
ދެކުނު އެލެކްސް
19 May 2022
ރަނގަޅަށް ބަލާފަ ވާހަކަ ދައްކާ
ދެސި
18 May 2022
އައްޑުއަކީ ރާއްޖޭގެ އެހެން ހިސާބުތަކުގެ ރަށްތަކާ ތަފާތުކޮށް އުފެދިފައޮތް އަތޮޅެއް. އެހެންވީމަ އެހެން އަތޮޅުތަކުގެ ރަށްތައް ވިއްކާ ގޮތައް އައްޑުއެއް ނުވިއްކޭނެ.
މަލައި
18 May 2022
މިތާ ވާގޮތަކީ ޖެހޭ ކޮންމެ ރަށެއް ރިސޯޓަކަށް ހަދަނީ އަދި މިރާއްޖޭގޭ އެހެން ސިނާއަތްތައް ކުރިއަރުވާކަށް ސަރުކާރަކުން މަސައްކަތެއް ނުކުރޭ.ރަށްތައް އިއުލާނުކޮށް ރިސޯޓް ހުޅުވިޔަސް އެކަމުން މާގިނަ ދިވެހިން ނަކަށް ފައިދާއެއް ނުވޭ.ރިސޯޓް ވާވަރަށް ރާއްޖޭގައި ހެދިއްޖެ. ކިހިނެތްތޯވަނީ އެހެން މޮޑެލް އަކަށް މިކަން ކުރިންޔާ ބޮޑެތި ފަޅުރަށްތަށް ހުރިގޮތަށް ނުދީ ވަކި ފަރާތްތަކަށް ދީ ގެސްޓްހައުސް އިއިލޭންޑް ކޮންސެޕްޓަށް.
ރެޓޭ
17 May 2022
ރާއްޖޭގެ އެހެންހިސާބުތަކުގަ ޓުވަރިޒަމް ކުރިއަށް ދާގޮތަށް އައްޑޫގަ ތިކަން ކުރެވޭނެޔެކޭ މަގޭހިތެއް ނުބުނޭ! އައްޑޫގަ އެކިވައްތަރުގެ ފެކްޓްރީތައް ހަދައިގެން ވިޔަފާރީގެ މަސައްކަތް ކޮށްފިއްޔާމު ރަނގަޅު ނަތީޖާއެއް ނުކުމެދާނެ! އެތަނެއްގަ ކުރެވޭނީ އެތަނެއްގެ ޠަބީއަތާ ގުޅޭކަމެއް ނޫންބާ!
އަސްރަފް
17 May 2022
މިމީހުންނަަކަށް ވެރިކަން ކުރާކަށް ނޭނގޭ، ބަހައްޓާފަ ރޔ އާއި ހަވާލުކުރޭ
ޙަހހަ
17 May 2022
ކެނެރީފް ރިސޯޓު ހުޅުވާފައިވަނީ 2014 ވަނަ އަހަރު އެވެ. އެ ރިސޯޓު ބަންދު ކުރުމާ ހަމައަށް އެ ރިސޯޓުން އެވްރެޖްކޮށް 80 ޕަސެންޓް އޮކިއުޕެންސީގައި ދިޔައީ ހިފަހައްޓަމުންނެވެ. މި އަހަރުގެ ކުރީކޮޅު ރިސޯޓު ހުޅުވި ނަމަވެސް އަދިވެސް ރިސޯޓަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު އަދިވެސް ތަނަވަސް ނުވެ އެވެ. ކޮންއިރަކު؟؟؟
ޏނނނނ
17 May 2022
މީރާއިން އިމިގްރޭޝަން ޑޭޓާ ބައްލަވާލާފަ މިކަން ބެލުން މުހިއްމު
ކަލޮޔާ
17 May 2022
ދެން ކޮންބައެއް ފުލައިޓްތަކުން އެދަނީ. ތިޔައުޅެނީ ޓީޖީއެސްޓީއަށް މަކަރު ހަދަން. ތިރިސޯޓަށް ކޮންމެ ދުވަހަކުވެސް އައިލެންޑް އޭވެޝަނަަށް މީހުން ނުއުފުލާތަ
ޙިނި
17 May 2022
ތިކަހަލަ ދުރުގައިވާ ޓުވަރިޒަމް ޒޯން ތަކުގެ ރިސޯޓުތައް 14 އަހަރުވަން ހިންގައިނުގަނެގެން ވައިގައި ނުހިފައިގެން ދައުލަތާ މަޖުލިސް މެންބަރުން އެތިބެނީ ކުރާނެ ކަމެއް ނޭންގި ބޯގޮވާފަ. ޏިކަން ޓެކުސް މުރޭކެއް ނޫނީ އަގުހެޔޮ އެޔާ ފެރައް އެއް ނޫނީ މިޒާތުގެ އިންސެންޓިވެއް އިންވެސްޓަރުންނައް 10-15 އަހަރުވަންދެން ދީބަލ
ބިސް
17 May 2022
ނުދޭނެ...ސަރުކާރުން ނާޗަރަންގީއަށް ވަރަށް ފައިސާ ބޭނުންވޭ...އަނެއްކޮޅުން ރައްޔިތުން ސިޔާސީ މީހުންގެ ފައިބުޑަށް ގެނެވޭނީ ހަމަ އެކަނި އެމީހުން ހާލުގަ ނޫނީ ކޮންމެވެސް ދައްޗެއްގަ ބާއްވައިގެންނު... ކާކު އެހެންނޫނީ ވޯޓެއް މިހާރު އަނގަފުޅާ ކުރާމީހުނަށް ދޭނީ