ރިޕޯޓް

ދާއިރާތަކުގެ އަޑު: "ރައީސާއި ސަރުކާރަށް އިތުބާރު އެބައޮތް"

"ސަރުކާރު ބޮޑުތަނުން އެމްޑީޕީގެ މެމްބަރުން ބަލައިގަންނަ ކަން ވޯޓުން އެ އޮތީ ދައްކާފައި. ރައީސް އަމިއްލައަށް ކުރިމަތިލެއްވި ނަމަ އަދި ނަތީޖާ މިއަށް ވުރެން ފުރިހަމަކޮށް ފެންނާނެ"

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ސަލާމްކުރައްވަން އަތް ނަންގަވައިގެން. އިންތިހާބުގައި ފެނުނީ އެމަނިކުފާނަށް އޮތް ތާއީދު ކަމަށް މަޖިލީސް މެމްބަރުން ވިދާޅުވޭ. -- ފޮޓޯ: ރައީސް އޮފީސް

އިންތިހާބުތަކުގެ ކެމްޕޭން ވާދަވެރިވާން ޖެހެ އެވެ. އެއީ އެމްޑީޕީން ވަކާލާތުކުރާ ޑިމޮކްރަސީގެ ސިފައެކެވެ. މިކަން ގަބޫލުކުރިޔަސް ނިމިގެން ދިޔަ އެ ޕާޓީގެ އިންތިހާބަކީ އެ އުސޫލުން ވާދަވެރި ސިޔާސީ ހަރަކާތް ހިނގަން ޖެހޭ ގޮތް ކަމުގެ ނަމޫނާ ދެއްކޭކަށެއް ނެތެވެ. ކެމްޕޭން މާ ހުތުރެވެ. އެތެރޭގެ އިންތިހާބެއްގެ ހުރިހާ އިންތަކާއި މިންތައް އެމްޑީޕީގެ ތެރޭގައި ފަހަނާޅައި ދިޔައީ އެވެ.

އެމްޑީޕީގެ ތެރެއިން ނުކުމެ, ވެރިކަމުގައި އޮތް އަމިއްލަ ޕާޓީގެ ސަރުކާރު ގޯހޭ ހަރުއަޑުން ރައްޔިތުންނަށް ބުނެދިނީ އެވެ. ވައްކަމާއި ހިޔާނާތާއި ވައުދު ނުފެއްދޭ ކަމާއި ހުދުމުހުތާރު ސިފަތަކެއްގެ ސިއްކަ ވެސް ސަރުކާރުގައި ޖެހި އެވެ. ފެތޭ އޮޑިއެއް ކަމަށް ސިފަކޮށް, އިތުބާރު ގެއްލުވާލައި ބަލިކަށިކޮށްލެވޭނެ ހުރިހާ ސަބަބުތަކެއް ޗެއާޕާސަންކަމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ދެކޮޅަށް ނެރެ ހާމަ ވެސް ކުރި އެވެ.

ރައީސް ސޯލިހްގެ ތާއީދު އަޅުގަނޑު ހީކުރިވަރަށް ވުރެން ވެސް އައްޑޫގައި ބޮޑު. އެމަނިކުފާނު އަމިއްލައަށް ކުރިމަތިލެއްވި ނަމަ އަދި ނަތީޖާ މިއަށް ވުރެން ފުރިހަމަކޮށް ފެންނާނެ. -- އަސްލަމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް ފައްޔާޒަށް ފާޑުކިޔައިގެން މި އިންތިހާބުގައި ޕްރެޝަރު ބޮޑުކުރީ ހަމައެކަނި ސަރުކާރަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ ސަރުކާރާ އެކުގައި ތިއްބެވި މެމްބަރުންގެ ބޮލުގައި ވެސް އެ އިލްޒާމް ވާދަވެރި ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ފެކްޝަނުން އެޅުވި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތާ އެކު އެމްޑީޕީގެ މެމްބަރުން ސަރުކާރު ފަޅިއަށް އަރައި ޕާޓީގެ އަސާސްތަކަށް އަރައިގަންނަމުންދާ ކަމުގެ ތުހުމަތެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)--

ދެ ފެކްޝަނުގެ ވާހަކަތައް މިނެކިރައި އިންތިހާބު ނިމުނު އިރު އެމްޑީޕީގެ މެމްބަރުން އިންސާފުގެ ތިލަފަތް ބަރުކުރި ކޮޅު ނަތީޖާ އިން ފެންނަން އެބައޮތެވެ. ކޮންމެ ދާއިރާއެއްގައި ވެސް އެމްޑީޕީގެ މެޖޯރިޓީ މެމްބަރުން ތިބި ގޮތް ސާފެވެ.

އެއް މިސާލަކީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީ އޮތް އައްޑޫ އެވެ.

އައްޑުއަށް މި ސަރުކާރުން ކަމެއް ނުކޮށްދޭ ކަމަށް ކެމްޕޭނުގައި ރައްޔިތުންނަށް ވިސްނައިދިނަސް އެކަމެއް ނުހިނގި އެވެ.

އެ މީހުން ބަލައިގަތީ އައްޑޫގެ ތާރީހުގައި ވެސް އެންމެ ގިނަ މަޝްރޫއު ޕްލޭންކޮށް ހިންގަން ފަށައިފި ކަމަށް ސަރުކާރު ދިފާއުކޮށް, މެމްބަރުން ދެއްކެވި ވާހަކަތަކެވެ. ވައްކަމާއި ހިޔާނާތުގެ ސަރުކާރަކަށްވެ އެމްޑީޕީއަށް 2023 ގެއްލިދާނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ސިޓީގެ ނަތީޖާއަކުން ނުދެއްކި އެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު އިންތިހާބުގައި ހިނގީ ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ތިއްބެވި މެމްބަރުންގެ ވިދާޅުވަމުން ގެންދެވި ވާހަކަތަކެވެ. އައްޑުއަށް މި ސަރުކާރުން ކަމެއް ނުކޮށްދޭ ކަމަށާއި ވައްކަމާއި ހިޔާނާތާ ހެދި 2023 ގެއްލޭނެ ކަމުގެ ވާހަކަ ގަބޫލެއް ނުކުރި އެވެ.

ނަތީޖާއަށް ބަލާއިރު ހުރިހާ ދާއިރާތަކެއްގައި ވެސް ކަން ހިނގާފައި އޮތީ މިހެންނެވެ. މާލެ އާއި މަދު ދާއިރާތަކެއް ގެއްލުނު އިރު ވޯޓުގެ ފަރަގު ކުޑަ އެވެ.

ވައުދު ފުއްދޭކަން ދާއިރާތަކުން ގަބޫލުކުރުމެއް

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ވޯޓުގެ ނަތީޖާއިން ސާފުކޮށްދިނީ މި ސަރުކާރަށް އިތުބާރު އޮތުމެވެ. ދާއިރާތަކަށް މި ސަރުކާރުގައި ކޮށްދެމުން އަންނަ ކަންކަމާއި ހިންގާ މަޝްރޫއުތައް ބަލައިގަންނަ ކަމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މިސްރާބު ރަނގަޅު ކަމަށް ވެސް އެ ނަތީޖާ އިން ސާފުވާ ކަމަށެވެ.

ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް އެޅުމަށް ހިއްކާ ބިމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވަނީ--ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި 2023ގެ ރިޔާސީ ޓިކެޓަށް ދެ ރައީސުންގެ ފައިޓެކެވެ. އިންތިހާބުގައި ދެ ރައީސުންގެ ކެންޑިޑޭޓުން އެންމެ ބޮޑަށް ވިއްކީ ވެސް 2023 އެވެ.

އިންތިގެ ކެމްޕޭނުގެ މެސެޖަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކަހެރިކޮށްގެން 2023 ގެއްލުވާލަން އުޅޭ ކަމެވެ. އަމުދުން ކޯލިޝަނަކުން ވެރިކަން ކުރުން އެމްޑީޕީއަށް ވަރަށް ބޮޑު ބޭއިންސާފެއް ކަމުގަ އެވެ. ހައްލަކަށް އޮތީ ބަރުލަމާނީ ވިސްނުން ކުރިއަށް ނެރެ އެމްޑީޕީ އެކަނި ވާދަކުރެވޭނެ ގޮތެއް ހޯދުން ކަމަށް ތަކުރާރުކޮށް އެ ފެކްޝަންގެ މެމްބަރުން ވިދާޅުވެފައިވެ އެވެ.

ފައްޔާޒް ސާފުކޮށް ވިދާޅުވަމުން ގެންދެވީ ރައީސް ސޯލިހަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ލިބެން ޖެހޭ ކަމަށެވެ. އެކަމަށްޓަކައި ޗެއާޕާސަނެއްގެ ގޮތުގައި އޭނާ ކުރަން ޖެހިވަޑައިގަތް ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އެންމެ މުހިއްމު ކަމަކީ ޕާޓީގެ ސަފުތައް އެއްބައިވަންތަކޮށް އަލުން ރުކުރުވާލައި ހީނަރުވެފައި އޮތް އެމްޑީޕީ އާއި ސަރުކާރުގެ ގުޅުން ބަދަހިކޮށް އެކުގައި ހިންގުން ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފައްޔާޒު ސަލާމް ކުރައްވަނީ: އެމްޑީޕީގެ އާ ޗެއާޕާސަނަކަށް ފައްޔާޒު އިންތިހާބުކުރީ ބޮޑު ތަފާތަކުން.---ފޮޓޯ: ރައީސް އޮފީސް

"ފައްޔާޒް އިސްމާއިލް ވިދާޅުވަމުން ގެންދެވި ނުވަތަ ކެމްޕޭނުގައި ހުށަހެޅުއްވި ކަންކަމާއި ސަރުކާރު ބޮޑުތަނުން އެމްޑީޕީގެ މެމްބަރުން ބަލައިގަންނަ ކަން ވޯޓުން އެ އޮތީ ދައްކާފައި," އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އިލްޒާމްތަކުން ވާދަވެރިން ވެސް ނުކޮށްލާ ވަރު ކޮށްލި މި އިންތިހާބުގައި ސަރުކާރަށް ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިވަޑައިގެންފި އެވެ.

"ރައީސަށް އިތުބާރު އެބައޮތް"

އަސްލަމް އާއި މި ރިޕޯޓަށް ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އެތެރޭގެ އިންތިހާބެއްގައި މިހާތަނަށް ނުނިކުންނަ އަދަދަށް މީހުން ވޯޓުފޮށިތައް ކައިރިއަށް ގޮސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުބާރު ކުރާ ކަން ދައްކައިފި އެވެ. އެމްޑީޕީގެ މި ސަރުކާރު ދަމަހައްޓަން ބޭނުންވާ ކަމަށް ޕާޓީގެ މެމްބަރުން ސާފުކޮށް ބުނުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވެސް ސިފަކުރެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް

މި އިންތިހާބުގައި 94,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލެވެ އެވެ. އޭގެތެރެއިން ގާތްގަނޑަކަށް 50,000 މީހުން ވޯޓުގައި ބައިވެރިވި އެވެ. މިއީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދެވެ. ފައްޔާޒަށް އިންތިހާބުގައި 27,900 ގިނަ ވޯޓު ލިބިވަޑައިގަތް އިރު އިންތިއަށް އަށް ލިބިވަޑައިގަތީ 20,200 ވޯޓެވެ. ދެ ބޭފުޅުންގެ ވޯޓުގެ ތަފާތު 7,000 އުޅެ އެވެ.

އަސްލަމް ވިދާޅުވީ އައްޑުއަށް ކަމެއް ނުވެޔޭ ވިދާޅުވަމުން ގެންދެވިއިރު މަޝްރޫއުތައް ދިޔައީ ހިނގަމުން ކަމަށެވެ. އެކަން ފެންނަން އޮއްވައި ނުވެޔޭ ވިދާޅުވިޔަކަސް ރައްޔިތުން އެކަން ގަބޫލުނުކުރީ ކަމަށް ވިދާޅުވި އެވެ.

"ފެނުނީމަ އެ ގަބޫލުކުރީ މި ސަރުކާރުން ކޮށްފައި ހުރި ކަން. އެހެން އަދި ނުވެޔޭ ބުންޏަސް ހަގީގަތެއް އެކުލެވިގެން ނުވާކަން. ވޯޓު ހޯދުމާއި ހަމްދަރުދީ ހޯދުމުގެ ބޭނުމުގައި ދެއްކިއަސް ދާއިރާތަކުން އެ ކަންކަމެއް ބަލައެއް ނުގަތް," އޭނާ ވިދާޅުވި އެވެ.

އޭނާ މާނަކުރެއްވީ އެންޓި ކެމްޕޭން ނުވަތަ ދޮގުތައް ފަތުރައިގެން އިންތިހާބުތަކުން މޮޅުވާން ކުރާ މަސައްކަތާ މެދު އެމްޑީޕީން ވެސް ވިސްނަން ޖެހިފައި އޮތް ކަމެވެ.

"އަޅުގަނޑު ވަރަށް ކަންބޮޑުވާ މައްސަލައެއް ހަގީގަތާ ހިލާފަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް މީހުންނާ ދޭތެރޭގައި ކުރުމަކީ. ރާއްޖޭގައި އެ މީހުން ޒިންމާދާރެއް ވެސް ނުކުރެވޭ. މަޖިލިސް މެމްބަރަކާ ގުޅޭ ގޮތުން ދޮގު ވާހަކައެއް ދައްކަން ބޭނުންވެގެން ފެތުރީމަ އެ ނިމުނީ. އެޅޭނެ ފިޔަވަޅެއް ނެތް," ކެމްޕޭން ހިނގައި ދިޔަ ގޮތުގެ ކަންބޮޑުވުން އަސްލަމްފާޅުކުރެއްވި އެވެ.

ހަނިމާދޫ އެއާޕޯޓުގެ ބިމުގެ މައްސަލައިގައި އެ ރަށުގެ ބަޔަކާ ރައީސް މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވީ ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ސަރުކާރަށް ކުރަން ޖެހުނު މަސައްކަތާއި ދިމާވި ހާލަތާ ހެދި އައްޑުއަށް ވެސް ޕްލޭންކުރި ހުރިހާ ކަމެއް އަދި ނުވާ ކަމަށެވެ. އެހެންވިޔަސް ފެނުނީ ރައްޔިތުން ބޭނުންވި ކަންކަން ފުއްދައިދޭން މަސައްކަތްތަކެއް ކުރާ މަންޒަރު ގަބޫލުކުރުން ކަމަށް އައްޑޫގެ ބައެއް ދާއިރާތަކުން 60 ޕަސެންޓް ވޯޓާ އެކު އެމްޑީޕީގެ ލީޑަޝިޕަށް ބުނެދީފި ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އައްޑޫގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އަންނަނީ ވަރަށް ބޮޑަށް މަތިވަމުންނެވެ.

"ރައީސް ސޯލިހްގެ ތާއީދު އަޅުގަނޑު ހީކުރިވަރަށް ވުރެން ވެސް އައްޑޫގައި ބޮޑު. އެމަނިކުފާނު އަމިއްލައަށް ކުރިމަތިލެއްވި ނަމަ އަދި ނަތީޖާ މިއަށް ވުރެން ފުރިހަމަކޮށް ފެންނާނެ," އޭނާ ވިދާޅުވި އެވެ.

"ދެހާސްތޭވީހުގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހް ނުކުމެވަޑައިގަންނަވަނީ ކަމުގައި ވަނީ ނަމަ ވަރަށް ބޮޑު ތާއީދަކާއި އުއްމީދެއް މި އިންތިހާބުގައި އަޅުގަނޑަށް ޔަގީންވެގެން ހިނގައްޖެ."

އޭނާ ވިދާޅުވި ގޮތުގައި މި ލިބުނު ނަތީޖާއާ އެކު ސަރުކާރާއި ޕާޓީ ގުޅިގެން ދެން މަސައްކަތް ކުރަންވީ ގައުމީ އިންތިހާބުތަކަށެވެ. ވަކި ދާއިރާއެއް ނެތި ހުރިހާ ދާއިރާއަކަށް ވެސް ސަރުކާރުން ކުރަން ހުރި ކަންކަން ކުރިއަށް އޮތް ތަނުގައި ވެސް ބާރަށް ގެންދަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މާލެއަށް ވީ ކިހިނެއް؟

މާލެ އިން ސަރުކާރަށް ގެއްލުނު ދާއިރާތަކުގައި ވޯޓުގެ ފަރަގު ކުޑަ އެވެ. ބައެއް ދާއިރާތަކުން ގެއްލުނީ އެވްރެޖް 70- 100 ވޯޓެވެ.

އެ ނަތީޖާއަށް ބަލާއިރު މިއީ މާލެ އިން ސަރުކާރަށް ތާއީދު ނެތުން ކަމަށް މާނަ ނުކުރެވޭ ކަމަށް އެއް މެމްބަރަކު ވިދާޅުވި އެވެ. މާލޭގައި ކުރަން ޖެހި ލަސްވެފައި ހުރި ކަންކަން އަވަސްވި ނަމަ ނަތީޖާގެ ތަފާތު ފެނުނީ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މާލޭގެ އެމްޑީޕީ މެމްބަރުން ބޭނުންވާ މިންވަރަށް ހިތްހަމަޖެހޭ މިންވަރަށް ގެންދަން ޖެހޭ, ރަށްރަށުގެ ނަތީޖާއާ އަޅާބަލާ ނަމަ," އޭނާ ވިދާޅުވި އެވެ.

އެތެރޭގެ އިންތިހާބުގައި މާލޭގެ މި ނަތީޖާ ފެނުނީ މާލޭ ސިޓީ ކައުންސިލްގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ފުރަތަމަ ފަހަރަށް އިދިކޮޅު ޕީޕީއެމަށް ދީ ސަރުކާރަށް މާލޭގެ ރައްޔިތުން ވަރަށް ވަރުގަދަ މެސެޖެއް ދީފައި އޮއްވަ އެވެ. އެފަހަރު އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތުން މާލެއިން ބުނެދިނީ ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން ޖެހޭ ކަމެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބު ނިންމާލުމަށް ފަހު، އޮފިޝަލުން ވޯޓު ކަރުދާސް ގުނުމަށް ތައްޔާރު ވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

މި އިންތިހާބުގައި ވެސް މާލޭގެ ދާއިރާތަކުގައި ތިއްބެވި ސަރުކާރަށް ފާޑުވިދާޅުވި މެމްބަރުން އެންމެ ބޮޑަށް އިއްވި އަޑަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން ޖެހޭ ކަމެވެ. އެމްއެމްޕީއާރުސީގެ މައްސަލަ އާއި މަރުތަކާއި މި ސަރުކާރުގައި ހިންގާ ކޮރަޕްޝަން ނުބެލޭ ކަމުގެ ފާޑުކިއުން ވެސް އިއްވި އެވެ.

މި އިންތިހާބުގައި ވެސް އެ ހިތްހަމަނުޖެހުން ދައްކައިފި އެވެ. އިންތިހާބުގައި ވޯޓުލާން ނުކުތް އަދަދު ވެސް މަދެވެ.

އެތެރޭގެ އިންތިހާބުގައި މާލެ އިން އަބަދުވެސް ނުކުންނަ އަދަދު މަދުކަން އިންތިހާބު ކަންތައްތަކުގައި އުޅުއްވާ އެމްޑީޕީގެ މެމްބަރަކު ވިދާޅުވި އެވެ.މާލޭގައި އެމްޑީޕީގެ 12,000 މެމްބަރުން އެބަތިއްބެވެ. އެތެރޭގެ އިންތިހާބުތަކުގައި މާލެ ވެސް ހިމަނައިގެން ޕާޓީގެ އެތެރޭގެ އިންތިހާބުގައި އާއްމުކޮށް ނުކުންނަ އަދަދު އުޅެނީ 30 ޕަސެންޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓުލާން ނުކުންނަ އަދަދު މަދުވާ ނުވަތަ ޝައުގުވެރިނުވާ އެއް ސަބަބަކީ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ވުމެވެ.

"ދެކޮޅުގައި ވެސް ތިބޭނީ ޕާޓީގެ މެމްބަރުން. އެހެންވީމަ އެހާ ބޮޑު ކަމަކަށް ނުވޭ މި ހަރަކާތްތަކުގައި ބައިވެރިވުން. އެއީ ސަބަބެއް ކަމަށް ބެލެވޭ. އެއާއެކު ހަރަކާތްތެރިކޮށް އުޅެން ބޭނުންވާ މެމްބަރުން ވެސް ތިބޭ. އެ މީހުން މާލޭގައި ވެސް ނުކުމެ ކޮންމެ އިންތިހާބެއްގައި ވޯޓުދޭން ބޭނުންވޭ. ދެން ތިބެނީ ގައުމީ އިންތިހާބުތަކުގައި ނުކުމެ ޕާޓީއަށް ކާމިޔާބީ ހޯދައިދޭން ބޭނުންވާ މީހުން. އެ މީހުން ނުކުންނާނެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި," އޭނާ ވިދާޅުވި އެވެ.

"މާލޭގެ ނަތީޖާއާ ކެމްޕޭން ލީޑްކުރެއްވި ބޭފުޅުންނާ ގުޅުން އެބައޮތް. މާލޭގައި ކެމްޕޭން ލީޑްކުރާ މީހުން ތިއްބެވީ އިންތި އެންޑޯސްކުރައްވައިގެން. ނަތީޖާގައި ހަމަ އެކަން ރަށްރަށުން ވެސް އެކަން ފެނުނު," ރަށްރަށުގެ ދާއިރާތަކުން ބޮޑު ކާމިޔާބީއެއް ފައްޔާޒަށް ލިބިވަޑައިގަތް ކަން ފާހަގަކުރައްވައި ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ބަސް ބުނަން ނުވަތަ ފްރޮންޓްލައިންގައި ތިބޭ ކޮޅަކަށް ނަތީޖާ ބުރަވެފައި އޮތް ތަން ފެންނަނީ. މާލޭގެ ގިނަ އެމްޕީން މަސައްކަތް ކުރީ އިންތިއާ އެކުގައި."

އޭނާ ވެސް ގަބޫލުކުރައްވަނީ މާލެއާ މެދު އިތުރު ވިސްނުންތަކެއް ގެންގުޅެން ޖެހިފައިވާ ކަމެވެ.

ޖުމްލަކޮށް ބަލާއިރު މެމްބަރުން ދެކެވަޑައިގަންނަވަނީ މުޅި ނަތީޖާ ސަރުކާރަށް ވަރަށް ޕޮޒިޓިވް ކަމަށެވެ. އެމްޑީޕީ އާއި ސަރުކާރު އެކުގައި މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެކަން ކުރަންވާ ގޮތް ދެ ކެންޑިޑޭޓުން ހުށަހެޅި ތަސައްވަރަށް ބަލައި އެމްޑީޕީގެ މެމްބަރުން ދައްކައިފި ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

10 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

×43ރ4ޗ4

18 May 2022

ހުޅުދުއްފާރު ރީނދޫ ބައިގަނޑު ހާދަ ބޮޑު ދޯކާ އެކޭ ދިފާ އެޔޮތީދޯ؟؟ މަގު ގުރޫޕުވެސް ދޮގު ދޯ ހެދީ

The name is already taken The name is available. Register?

ފިކުރު

18 May 2022

2018 ވަނަ އަހަރު ޕީޕީއެމް ކުރީގެ ރައިސް އަބްދުﷲ ޔާމިނުއަށް ދިން ލަޑު ދޭންވެގެންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބަކުން މުޅިސަރުކާރާއި 50 ކިލޯ ހަމަނުވާ މިހާކައި ވާދަކޮއްގެން ވެސް ލިބުނީ ދެރަ ނަތީޖާއެކެވެ. މިހާރު މަގާމާއި ފައިސާއަށް ދަހިވެތިވާ ބަޔަކު ދައްކާ ދަޅައަކުން ހެއްލިގެން ލިބޭނީ ގެއްލުމެކެވެ،

The name is already taken The name is available. Register?

ސާވޭ

18 May 2022

ރާއްޖޭގެ އާބާދީގައި މިހާރު ތިން ލައްކައަށްވުރެ ގިނައިން ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުން ތިބިއިރު އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި، ޕާޓީގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ތެރެއިން ހޮވުމަކުން މުޅިއަކުން ރައީސާއި ސަރުކާރާމެދު އޮތް ތަސައްވަރެއްނޫން އެ ދައްކައިދެނީކީ މުޅިއަކުން. ރަގަޅު، އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންގެ ވިސްނުންކަމަށް ބުނެވިދާނެ. އިންތިހާބުގައި ފައްޔާޒަށް ވޯޓުދިނީ ބޮޑަށް ސަރުކާރު މަގާމުތަކާއި ކުންފުނިތަކުގައި ތިބި މީހުންގެ އާއިލާ.

The name is already taken The name is available. Register?

ދީމާކްރާޓީ

18 May 2022

ރައީސް ސޯލިހުކަހަލަ ރައްޔަތުންގެ އުދާސްތަކާ ވޭނާ ބިރުވެރިކަމާ ނާމާކަން ނާހާވެރިޔަކުމިހާތަނަންނުދެކެން ބަލަ ހިޔާފުލެޓްގެ ތިރީސްފަސްހާސްމީހުންގެއަޑު؟ ކޮބައި މަސްވެރިންގެއަޑު؟؟މިހާރުވެސް ހިޔާގެ ރައްޔަތުން އުފަލަމުންދާ ވޭނާ އުދާސްތައްރޭގަޑު ހަމަނިދިނުލިބޭ ތޮރުފަނީ ތަށިމުށިކަފާއަޑު ފާރުތަޅާއަޑު ވާރޭވެހިއްޖެޔާ ފެންބޮޑުވޭ ވެލިންސަލާތައްނުވޭ ކުންޏާ މެހި ދެންރައީސްމީހާ ބަޔަކައްއަނިޔާވެރިވާނީ މިހާކައްވަރު ދުވަސްކަރިވަނީ ދެހާސްތޭވީސް ހިޔާފުލެޓާކާރިވާނެތަ؟

The name is already taken The name is available. Register?

ދގދސެފ×

18 May 2022

މީއަނެއްކާ ކޮންޖޯކެއް.

The name is already taken The name is available. Register?

ާއުނިމާ

18 May 2022

މީގެން ފެނިގެން ދިޔައީ ސަރުކާރުގެ ނުފޫޒާ ބާރާއި، ވަޒީފާތަކާއި، ޕްރޮޖެކްޓްތަކާއި، ފައިސާގެ ބާރު އެމްޑީތެރޭގަ 7000 ވޯޓުގެ ތަފާތުން ގަދަވިކަން! ވެރިކަން ނިމެން އެންމެ ދޮޅު އަހަރު އޮއްވާ އެއްވެސް ހާލެއްގައި ސަރުކާރަށް ރައްޔިތުން ތާޢީދުކުރާކަމަށް ނުވަތަ ސަރުކާރުގެ މަސައްކަތްތައް ބަލައިގަންނަކަމުގެ ތަފާސްހިސާބެއްނޫން ވޯޓުލެވޭ އާބާދީގެ 27،000 ވޯޓު އެމްޑީޕީގެ ސަރުކާރު ފެކަޝަންއަށް ލިބުމަކީ! މިއީ 2018 ގައި ވޯޓުލެވޭ އާބާދީ (290،000) ގެ އެންމެ 9.3% އެވެ.

The name is already taken The name is available. Register?

1206

18 May 2022

ކޮވިޑު ކަންކަން އެކަށީގެންވާ ގޮތަކަށް މެނޭޖެއް ނުކުރެވޭ. މާ ބޮޑަށްވެސް އިސްރާފު ބޮޑު. ކޮވިޑާ ގުޅޭ ގޮތުން ފާޅުވި ކަރަޕްޝަން ވެސް އެހާމެ ބޮޑު. ދީނީ ކަންކަމަށް މި ސަރުކާރުން އިސްކަން ނުދޭކަމުގެ ހެއްކަކަށް ޚުދު މި ސަރުކާރުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ރައީސްއަށް ފޮނުވި ސިޓީ ފުދޭ. އިސްލާމްދީނުގެ ކަންކަން އޮންނަ ގޮތަށް ކަންކަން ކުރާ ނަމަ، ރައްޓެހި، ބީރައްޓެހި ގައުމުތަކާއި ކިތަންމެ މޫނު ކެނޑެން ޖެހުނަސް، ފާޅުގައި ބަސްބުނާނެ. އެކަން ހަމަ ނުފެނޭ

The name is already taken The name is available. Register?

އަލީބެ

18 May 2022

ތިފެނުނީ ޚާއްސަކޮށް ރަށްރަށުގައި ތިބި އެމްޑީޕީގެ އިސްކޮށް މަސައްކަތް ކުރާ ބަޔަކަށް ޗެއަރޕާސަން ވޯޓް ޝަރުތުކޮށް ވަޒީފާދީ އެމެމްބަރުން އަޅުވެތި ކޮށްފައިވާ ކަމުގެ ހެކި. ޖުމްލަކޮށް ރާއްޖޭގެ ތެރައްގީ މިނެކިރާ ވަޒަންތަކުން ބަލައިފިނަމަ މިސަރުކާރު 2023 ކާމިޔާބު ކުރާތަނެއް ތިއިންތިހާބުން ނުދައްކާ. ނުފޫޒެއްނެތި ވޯޓުލީ މާލޭ އޭރިޔާގެ މެމްބަރުންނަށް ވީއިރު މާލޭ އޭރިޔާއިން ސަރުކާރު ވަނީ ފެއިލްވެފަ. ލިޔުންތެރިޔާ ތިބަލަނީ ކޮންތަނެއް ކަމެއް ނޭނގެ.

The name is already taken The name is available. Register?

އިލި

18 May 2022

ހުލްގުހެޔޮ ރިވެތި އަހުލާގުގެ ވެރި ބޭފުޅެއް އިސްލާމީ ގައުމެއްގާ ހުންނަން އެކަށީގެން ވާފަދަ ބޭފުޅެއްތީ ............ގައުމާގެން ކުރިޔަށް.....ކޮވިޑު މެނޭޖް ކުރިގޮތައްދޭނީ 100 އިން 100 މިސަރުކާރައް

The name is already taken The name is available. Register?

ާއުނިމާ

18 May 2022

ޙުލްޤުހެޔޮކަން ސޯލިހުކަން، ކަން ދައްކަނީ އެކަމަކު ބައެއްފަހަރު މަޑުން ހުންނަ މީހާ މާގޯސްވާ ބީޑައިންނާއި ނުމޮށޭ ގުރާ ބާރަށް ދައިގަންނަ ބީދައިން ކަންކަން ދާތަން ފެންނަނީ!ދެން އިސްލާމީ ޤައުމެއްގެ ވެރިޔަކަށް ހުންނަށް އެއްގޮތަކަށްވެސް ތަސައްރަފު ނުފުދޭކަން ބަހާއި އަމަލުން ސާފުވޭ! ދެން އެވެންޓިލޭޓުތަކާއި، އޮކްސިޖަން ސިލިިންޑަރުތަކާއި، އެ ވެކްސިނާ، ލިބުނި ފައިސާގެ އެހީތަކާއި މަރުވި 300 ގައިތްކުރާ ބޭފުޅުންނާއި، ކޮވިޑުގެ ވާހަކަ ނުދެއްކިއްޔާ ތޯހިރު ވާނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454