ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސެންޑިލް އެޑްވިން ޝޯކް ގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވަން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
18 މެއި 2022 - 10:53
ދެކުނު އެފްރިކާގައި ފުރަތަމަ ފަހަަރަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ނިންމައިފި އެވެ.
ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ސެންޑިލް އެޑްވިން ޝޯކްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަނިކުފާނު ވިދާޅުވީ، އެ އެމްބަސީ ހުޅުވަނީ ދެކުނު އެފްރިކާގެ ޕްރިޓޯރިއާގައި ކަމަށެވެ. އަދި އެއީ މުޅި އެފްރިކާ ސަރަހައްދުގައި ވެސް ދިވެހި އެމްބަސީއެއް ގާއިމުކުރާ ފުރަތަމަ ފަހަރު ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި އެމްބަސީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދެކުނު އެފްރިކާއަކީ ރާއްޖެ އަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ، އެ ދެ ބޭފުޅުން ވަނީ ޓޫރިޒަމާއި އުމްރާނީ ތަރައްގީ އާއި ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އާ ކުރެއްވި ކަމަށެވެ.
ރާއްޖެ އާއި ދެކުނު އެފްރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 27, 1994 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެޑީ
19 May 2022
ލިޔުމުގައި އެބޮތް އަތުކުށެއް: “ރައީސް ވިދާޅުވީ މިއެމްބަސީގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ” އަސްލު ރަނގަޅު ގޮތަކީ “މިއެމްބަސީގެ ސަބަބުން ދެން އަޅުގަނޑު ވަޒީފާދޭންޖެހިފަ ތިބި ބާކީމީހުންގެ ވަޒީފާ ހަމަޖެހޭނެ”
އެކަކު
18 May 2022
ދެކުނު އެފްރިކާގައި އެންމެ ފުރަތަމަ ކިޔެވި އެއް ދިވެއްސެއްގެ ގޮތުން މިއީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި ދެކެން. ދެކުނު އެފްރިކާއިން ރާއްޖެއާ ގުޅުން ބަދަހިކުރަން ބޭނުންވޭ. ޑަރބަން އަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޕޯޓް. އަހަރެން ބޭނުމެއް ނޫން ޗައިނާ، އިންޑިއާ، އިން ރާއްޖޭގެ ޕޯޓް ކޮންޓްރޯލްކުރާކަށް. ނަމަވެސް ދެކުުނު އެފްރިކާ (ރާއްޖޭގެ ދާހިލީ ކަންތަކާ ނުބެހޭ އަދި މުސްލިމުންނަށް އުނދަގޫ ނުކުރާ ގައުމަކަށްވާތީ) ސަޕޯޓްކުރަން. އެއީ ދީދާތުގެ ގައުމު.
ހީވަނީ
18 May 2022
ސައުތް އެފްރިކާއާ ބެހޭ ގޮތުން އަފީފްދީދީ ކުރިން ކުރި ކޮމެންޓްތަކެއް މަތިން ހަނދާންވަނީ. ޕްރެޓޯރިއާގަ ހުންނަން އަފީފްދީދީ ފޮނުވާލާނެބާ.
ދަރުމަވަންތަ
18 May 2022
ރަނގަޅު. ރަނގަޅު . ސައުތުޕޯލު ނޯތްޕޯލުގައި ވެސް އެމްބަސީ ހުޅުވާފަ ، އަގަޔާއި އަތާއި ދިމާކުރަން ނޭގިފަހުރި ގާތްތިމާގެ ނުވަތަ ސަރުކާރަށް ބަލަދުއަރާފަހުރި މީހަކަށް މަގާމުދީފަ ބަހައްޓާ.
ހިބިރިންބެއްޔާގެ ކުޑަސޮރު
18 May 2022
ކޮންމެކުއްޖަކަށް ކޭކުކޮޅެއް ޖެއްސޭން އަންނަނީ މިބާވަތުގެ ތާކުންތާކުންނުޖެހޭ ކޮންމެވެސްކަމެއްކޮށްގެން.
ނަސްލީ
18 May 2022
ކޮންމެވެސް ދިވެހި ބޭފުޅަކު ދެކުނު އެފްރިކާގަ ހުންނަ ހިތްވީކަމަށް ބެލެވެނީ. ގައުމު ދަރާ ނިމޭއިރުވެސް ބޭކާރު ތަންތަން މާ ދުރުގައުމުތަކުގަ ހުޅުވައިގެން ބޮޑެތި މުސާރަތައް ދީފަ މީހުންނަށް ދައުލަތުގެ ފައިސާ ބެހޭތޯ އަދިވެސް ބަލަނީ.