ދެ ކުއްޖަކު ހިނގާފައިދަނީ: ކުށުގެ ވެށިން ތަކުރާރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކުދިން އުޅުނަސް އެ ކުދިންނާ މެދު އެޅޭނެ ފިޔަވަޅެއް ނެތް.
18 މެއި 2022 - 12:20
އުމުރުން 15 އަހަރުން ދަށުގެ ކުދިން ތަކުރާރުކޮށް ސީރިއަސް ކުށްތައް ކުރިޔަސް، އެ ކުދިންނަށް ނަސޭހަތް ދީފައި ދޫކޮށްލުން ނޫން ގޮތެއް ނެތް ކަމަށާއި، ދޫކޮށްލުމާ އެކު އަނެއްކާ ވެސް ކުށުގެ ވެށިން ގެންނަން ގެންނަންޖެހޭ ކަމަށް ފުލުހުން ބުނެފި އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން ޖިނާއީ ކުށުގެ މަސްއޫލިއްޔަތު ކުޑަކުދިން އުފުލަން ޖެހެނީ 15 އަހަރުވުމުންނެވެ. އެކަމަކު 12 އަހަރާއި 14 އަހަރުގެ ކުދިން ވެސް ސީރިއަސް ބޮޑެތި ކުށްތަކުގައި ބައިވެރިވެ އެވެ. ދާދިފަހުން ހިނގައިދިޔަ މާރާމާރީތަކުގައި ވެސް އެ އުމުރުގެ ކުދިން ބައިވެރިވި އެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާމެންޓްގެ ހެޑް މުހައްމަދު ބަޝީރު "މިހާރު" އަށް ވިދާޅުވީ ގާނޫނު އޮތް ގޮތުން، 15 އަހަރުން ދަށުގެ ކުދިންނާ މެދު ފުލުހުންނަށް އެޅޭނެ ގާނޫނީ އެއްވެސް ފިޔަވަޅެއް ނެތް ކަމަށެވެ. ތަކުރާރުކޮށް އެފަދަ ކުދިން ކުށް ކުރިޔަސް، މިހާރު ގާނޫނު އޮންނަ ގޮތުން މައިންބަފައިން ގެނެސް ނަސޭހަތް ދިނުމަށް ފަހު ކޮންމެ ފަހަރަކު ދޫކޮށްލަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިރޭ އިރާކޮޅު ދޫކޮށްލާ ކުއްޖާ މިރޭ މެންދަމު ހަމަ އެފަދަ ކުށެއްގައި ނުވަތަ އެއަށް ވުރެ ބޮޑު ކުށެއްގައި އަނެއްކާވެސް އަޅުގަނޑުމެންނާ ހަމައަށް އެބަ ގެނެވޭ،" އޭނާ ވިދާޅުވި އެވެ.
"ހައްޔަރު ކުރުން ނުވަތަ ބަންދު ކުރުން ފަދަ ފިޔަވަޅެއް އަޅުގަނޑުމެންނަށް ނެތް އެޅޭކަށް،" ބަޝީރު ވިދާޅުވި އެވެ.
އުމުރުން 15 އަހަރުން ދަށުގެ ކުދިން ޖިނާއީ ކުށުގެ ޒިންމާ އުފުލަން ނުޖެހޭ ގޮތަށް ގާނޫނުގައި ކަނޑައެޅިއިރު އެއަށް ވުރެ ދަށް އުމުރުގެ ކުދިންނާ މެދު އަމަލު ކުރާނެ މާ ގިނަ ގޮތްތަކެއް ގާނޫނަކު ނެތެވެ. ހަމައެކަނި އޮތީ ދައުލަތާއި އާއިލާތަކުން ގުޅިގެން އެފަދަ ކުދިން އިސްލާހު ކުރަން މަސައްކަތްކުރާ ގޮތަށެވެ.
ގާނޫނުގައި ބުނާ ގޮތުން ކުދިން އިސްލާހުކުރުމަށް މަރުކަޒުތަކެއް ހަދަންޖެހެ އެވެ. އެކަމަކު ގާނޫނުގައި ބުނާ މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެކަން އޮތީ ނުވެ އެވެ.
އެކަމަކު އިސްލާހީ ޕްރޮގްރާމްތަކަށް އެ ކުއްޖާ އެއްބާރުލުން ނުދިނަސް އިތުރަށް ކުރެވޭނެ ކަމެއް ނޯވެ އެވެ. އެފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތަކެއް ވެސް ނުހުރެ އެވެ. ބަޝީރު ވިދާޅުވި ގޮތުގައި އެއީ ފުލުހުންގެ ބޮޑު ކަންބޮޑުވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސިއްޔާ
22 May 2022
ދެންބޮޑަތި ފިރިހެނުން ފުލުސް އޮފީހަށް ހާޒިރުކޮށް ކީއްވެތަ އެބުނަނީ މީނާއަކީ 33 ހައްޔަރުކުރެވިފައިވާ މީހެކޭ؟؟ މޮޅުވާހަކަ ނުދައްކަބަލަ. ހައްޔަރު ކުރާމީހާ އަނެއްދުވަހު ހުންނާނީ ދޫކޮށްލާފަ. ކުޑައެއް ބޮޑެއް ކިޔާނެކަމެއްނެތް.
ޟަން
21 May 2022
މޯލްޑިވެސް އެއް ނެތެއްނު.... މިކަމަކީ ފައިސާ އާއި ގުޅުން ނެތް ބޮޑުންގެ މަސްލަހަތާއި ގުޅުން ނެތް ކަމެއްވީމަ ހަދާނެ ގޮތަކަށް ފާނޫން ހަދާފަ މިއޮތީ.
ވަހީދު
18 May 2022
އެއީ އެކުއްޖާގެ ކުށެއްނޫން. ގާނޫނު ހަދަން ތިބި މީހުންނާއި މައިންބަފައިންގެކުށް.
އައިމިނާ
18 May 2022
ކުދިންކޮޅު ދޫކޮށްފަ ގިނަ މަންމަ އިން ވަޒީފާއަށް ނޫނީ ކިޔެވުމުގަ. ކުދިންނަށް ނުވިސްނާ. މި ދުނިޔޭގެ ރީތި ނަމާއި ޖާހާއި ތަނަވަސްކަން ލިބޭތޯ. ކުދިންނާއި މެދު އިހުމާލު ވަނީ . ﷲމާާތް ދެއްވި އަމާނާތަށް ބޮޑުތަނުން ޚިޔާނާތް ތެރިވަނީ.
އަމާ ބަފާ
21 May 2022
މަންމައިން ނޭ? ދެން ކޮބާ ބަފައިން? އެމީހުންގެ ޒިންމާއެއް ނެތްދޯ
ދެރަކަމެއް
18 May 2022
ޢިސްލާހިއްޔާއެއް ހަދާފަ މައިން ބަފައިންވެސްގެންދަންވީ އިސްލާހުކުރަން
ދެބައި
18 May 2022
ތިޔަފަދަ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިއާވެސް ބަންދުކޮށްލަންވީ އެކުދިންނާއެކު ގެއިން ނުނިކުމެވޭ ގޮތަށް. ކުއްޖާއާއެކު އެކުއްޖެއްގެ މައިންބަފައިންވެސް އެބަ އިސްލާހުކުރަންޖެހޭ އެވަރަށް ކުށްތައް ތަކުރާރުކުރާއިރު. ކުދިން ބަންދުކުރެވެން ނެތްނަމަ އެކުދިން މޮނިޓަރ ކުރެވޭނެ ގޮތެއްވެސް ހަމަ ނޯންނަނީބާ؟ މިހާރު ގޭގަ ބަންދުކުރުމަކީ އަދަބެއްގެ ގޮތުގައި ނުބެލެވޭނެ. ކޮވިޑް އައި ފަހުން އެތައް އުމުރެއްގެ ކުދިން އެތައް މަހެއްވަންދެން ގޭބަންދުވެފަ ތިބެފި.
ބޮޑުވަރިހަމަ
18 May 2022
"ކުޑަކުދިންގެ އަދުލުގެ ގާނޫނު" އަކީ ކުޑަކުއްޖާ ކުށުގެވެށިން ދުރުކުރެވޭ އެއްޗަކަށް ނުވަންޏާ، އަދި އަމުދުން އޭނާ ބިރެއްނެތި ގޮސް ދެވަނަ ފަހަރަށް ކުށަށް އަރައިގަންނަން ހިތްވަރު ލިބޭ އެއްޗަކަށް ވަންޏާ ކޮބައިތޯ ގާނޫނުގެ ބޭނުމެއް. ކޮބައިތޯ ތީގެ ނަމަކަށް "އަދުލު" ލާފައި އޮތުމުގެ މާނައެއް؟ ކުދިން އިތުރަށް ކުށްކުރުމަށް ހިތްވަރު ދިނުން ނޫނީ ކޮބައިތޯ ތީގެން ހާސިލްވާ ކަމެއް. ގާނޫނު ހަދަން ތިބޭ މީހުންނާއި ސިޔާސަތު ކަނޑައަޅާ މީހުންނަށް މިވަރުންވެސް ރެއަކާނުލަ.
48343
18 May 2022
އެމީހުންނަށް އެނގޭ ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެކަން. ދެން ތެޅޭނެވައްތަރަކަށް ތެޅޭންވިއްޔެއްނު.
ަދިކަލަލާލާ
18 May 2022
ދެން ބޭނުންވާގޮތެއް ނޫނީ ރަނގަޅުކުރާނެ ގޮތެއް ބުނެބަލަ. އޭރުން ގާނޫނުގަ ހިމަނާލަފާނަމޭ އަހަރުމެން
އިބުރާ
18 May 2022
ދެން މައިންބަފައިން ނުވަތަ ބެލެނެވެރިޔާގެ އިޙުމާލުގެ މައްސަލައެއްގެ ގޮތުގައި ފައިލްކޮށްލާ. އޭރަކުން އެވެރިންނަކަށް ވެސް އެކަމުން ރެކި ނުގަނެވޭނެ. އެއްމަގު ބެދޭއިރު ޖެހޭނެ އަނެއްމަގުން މައިތިރިކުރަން