ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެކު: ސޮނެވާފުށިން ރާޖަޕަކްސާގެ އާއިލާ އަށް ވިލާއެއް ވިއްކަން ހުށަހެޅުއްވީ ނަޝީދު ކަމަށް ތުހުމަތުކުރޭ.
24 މެއި 2022 - 11:42
ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އޭނާގެ އާއިލާ އަށް، ސޮނެވާގެ ރިސޯޓަކުން ވިލާއެއް ބައްލަވައިގަންނަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސޮނެވާ އިން މިއަދު ދޮގުކޮށްފި އެވެ.
ސޮނެވާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާޖަޕަކްސާގެ އާއިލާ އަށް އެތަނުގެ ރިސޯޓަކުން ވިލާއެއް ވިއްކުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ޚަބަރެއް ކަމަށެވެ. އެތަނުން ބުނީ ސޮނެވާގެ އެއްވެސް ޕްރޮޕަޓީއެއް ރާޖަޕަކްސާގެ އާއިލާ އަށް ވިއްކުމަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.
Soneva would like to clarify that Mahinda Rajapaksa, the former president and prime minister of Sri Lanka, is not in discussions to buy a villa at any Soneva property. Nor is any member of the former president’s family in discussions to buy a villa.
— Sonu Shivdasani (@SonuShivdasani) May 24, 2022
ސޮނޭވާގެ ވިލާއެއް ރާޖަޕަކްސަގެ އާއިލާއަށް ވިއްކަން އުޅޭ ކަމަށް ބުނާ ލިޔުމުގައި ބުނެފައިވަނީ ރާޖަޕަކްސައަށް އެކަން ހުށަހެޅުއްވީ މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ނަޝީދަކީ ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސާނީއާ ވަރަށް ގާތް ބޭފުޅެއް ކަމަށާއި ރާޖަޕަކްސާގެ އާއިލާ އަށް ރާއްޖެއިން ހިމާޔަތް ދޭނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.
އިގްތިސާދީ ދަތިކަމާ އެކު ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި އޮތް ލަންކާއަށް ނަޝީދު ވަޑައިގަތީ އެ ގައުމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތުގެ މަންދޫބެއްގެ ގޮތުންނެވެ. ލަންކާގެ ސިޔާސީ އެކި ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު ނަޝީދު ވަނީ ރާއްޖެ ވަޑައިިގެންފަ އެވެ.
ޕްރައިވެޓް ވިލާއެއް ވިއްކާލަން އެއްބަސްވީ 12 މިލިއަން ޑޮލަރަށް ކަމަށާއި ރާޖަޕަކްސާ އާއިލާގެ މުވައްޒަފުންނާއި ސެކިއުރިޓީ ތިބެން، ތިން މިލިއަން ޑޮރަލަށް ދޭ އިތުރު ވިލާއެއް ވިއްކުމަށް ވެސް އެއްބަސްވި ކަމަށް ޚަބަރު ފަތުރާފައިވެ އެވެ.
ސޮނެވާގެ ސީއީއޯ ސޯނޫ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު: ސޮނެވާފުށިން ރާޖަޕަކްސާގެ އާއިލާ އަށް ވިލާއެއް ވިއްކަން ހުށަހެޅުއްވީ ނަޝީދު ކަމަށް ތުހުމަތުކުރޭ.
އެ ތުހުމަތުތައް ދޮގުކޮށް ސޮނެވާއިން ނެރުނު ބަޔާނުގައި ބުނީ ރާޖަޕަކްސާ ނުވަތަ އެ އާއިލާގެ އެހެން ބޭފުޅަކަށް ވެސް ވިލާއެއް ވިއްކުމަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ. އަދި ސޮނެވާގެ ސީއީއޯ ސޯނޫ، ރާޖަޕަކްސާ ނުވަތަ އެ އާއިލާއާ ގުޅުން އޮންނަ އެއްވެސް މީހަކާ ވެސް މިހާތަނަށް ބައްދަލުކުރައްވައިފައި ނުވާނެ ކަމަށެވެ.
"ރާއްޖޭގެ ވެބްސައިޓަކުން އެފަދަ އެއްވެސް ހަގީގަތެއް ނެތް ދޮގު ޚަބަރުތައް ފަތުރާތީ ވަރަށް ކަންބޮޑުވޭ،" އެ ބަޔާނުގައިވެ އެވެ.
ލަންކާ އަށް ކުރައްވާ ދަތުރުފުޅުގައި ނަޝީދު ވަނީ ރާޖަޕަކްސާ އާއިލާގެ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. ނަޝީދު ލަންކާ އަށް ވަޑައިގަތީ، އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެ ގައުމަށް ބޭރު އެހީ ހޯދުމުގެ ޒިންމާ، އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އޭނާއާ ހަވާލުކުރެއްވުމުންނެވެ. އެ ޒިންމާ ހަވާލުކުރެއްވީ ނަޝީދާ އެކު ރަނިލް ބޭއްވި ބައްދަލުވުމެއްގައި އެކަމަށް އޭނާ އެދިވަޑައިގަތުމުންނެވެ.
ބޮޑުވަޒީރުކަމުން ރާޖަޕަކްސާ އިސްތިއުފާ ދެއްވީ، ގައުމު ބަނގުރޫޓުވުމުން ރައްޔިތުންގެ ނުކުމެ ކުރި މުޒާހަރާތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
25 May 2022
ސްރީލަންކާގެ ރައްޔިތުން ނާއި ސަރުކަރާކީ އަބަދުވެސް ދިވެހިންނަށް ވަރަށް ބޮޑަށް ކަމޭހިތާ އަހަރުމެނާއި ވަރަށް ގާތްބައެއް. ނަމަވެސް އެގައުމު ހާލުގައި ޖެހުނު ދުވަހު ރައީސް ނަޝީދު އެގައުމަށް އެހީވުމަށް ވިދާޅުވެ މަސައްކަތްފެށުމުން ލަންކާގެ ނޫސްތަކުގައި އެބޭފުޅާއާއި ބެހޭގޮތުން ނޭދެވޭ ހަބަރުތައް ޖެހުމަކީ އެބޭފުޅާ އަދި ދިވެހިންވެސް ހިތާމަ ކުރާކަމެއް!. މިކަން އެގައުމުގެ ރައްޔިތުން ނަށް ކޮންމެވެސް ގޮތަކަށް ނަޝީދު ސާފުކޮށްދެއްވުމަށް ފެނޭ..
ވަހީދު
24 May 2022
ރައީސް ނަޝީދު ކުރައްވާ ކޮންމެ ދަތުރެއްގައި ވަރަށް ހައްސާސީ ވާހަކަތަކެއް ނޫސްތަކަށް އަރުވާނެ، އާކަމެއްނޫން. އެހެޔޮ އެވާހަކައެއްގައި އެއްވެސް އަސްލެއް ނެތަސް.
އުދުހޭ
24 May 2022
ރާއްޖެ ސުންނާފަތިކޮށްފައި މިހާރު ލަންކާއާ ދިމާކުރީދޯ؟
އަލިތޯފީ
24 May 2022
ރިސޯޓް ހަދައިގެން އުޅެނީ ވިލާ އާއި ކޮޓަރިތައް ވިއްކާށެވެ. ވީއިރު ވިއްކިއަސް މައްސަލައެއްނޫނެވެ. އެކަމަކު ދޮގުޚަބަރު ފަތުރާ މީހުންގެ ނުބައިކަން މާބޮޑެވެ.
ނަބީލާ
24 May 2022
ނަޝީދަކީ މިދިވެހިގައުމުގަ އެޅި ވަހަގަދަ ނުރައްކާތެރި އަދި ވަސް ނުބައި މޭވާއެއް! ނަޝީދު ކުރިމަތިން ދިޔަމީހެއްވެސް ސަލާމަތެއް ނުވާނެ! ބޭރުފުށުން ނިކަން ރަނގަޅު މީހަކަށް ވެގެން އުޅެނީ!
ށަނަމް ޕޫރީ
24 May 2022
ޕްރައިވެޓް ވިލާއެއް ވިއްކާލަން އެއްބަސްވީ 12 މިލިއަން ޑޮލަރަށް ކަމަށާއި ރާޖަޕަކްސާ އާއިލާގެ މުވައްޒަފުންނާއި ސެކިއުރިޓީ ތިބެން، ތިން މިލިއަން ޑޮރަލަށް ދޭ އިތުރު ވިލާއެއް ވިއްކުމަށް ވެސް އެއްބަސްވި ކަމަށް ޚަބަރު ފަތުރާފައިވެ އެވެ. *** ނަޝީދު ލަންކާއަށް އެހީ ހޯދަދޭން ވިސްނާފަ އޮތީ މިފިކުރުގަތާ. އެކަމަކު ލަންކާ ރައްޔިތުން މިހާރު ލަންކާގެ ބައެއް ނޯސްތަކުގައި ނަޝިދަށް ވަރަށް ބަވާފައިވާކަމަށް ޚަބަރުތައް އެބަ ފެތުރޭ
ސީޒަން ޖެކުހަން
24 May 2022
ނަމުން ޑިމޮކުރަސީގެ އައްޕަ. އެކަމަކު އަސްލު ޑިކްޓޭޓަރުންގެ އައްޕަ.
ވީބާ
24 May 2022
އެހީ ބޭނުންވަނީ ލަންކާރައްޔިތުންނައް ރާޖަފަކުސަ އަކައްނުން
48343
24 May 2022
މިގައުމުގާ އެއްޗެއް ވިއްކާލެވެން އޮތިއްޔާ އެއެއްޗެއް ވިއްކާ ހުސްކޮށްލާ. ފަހަށް ބަލާނެކަމެއްނެތް.
އަލީ މައުސޫމް
24 May 2022
ލަންކާއަށް ރައްޔިތުކަން ބަދަލުކޮށް ތިކޮޅުގަ ދިރި އުޅެބަ ޕްލީޒް.