ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން އަދި އެ މަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕީޕީއެމް
27 މެއި 2022 - 07:57
ރާއްޖޭގެ ތަރައްގީއަށާއި އިގުތިސޯދު ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޝަރުއީ ނިޒާމުގެ މައްޗަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބާރުވެރި ކުރުވާފައި އޮތް އޮތުން ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޝަރުއީ ދާއިރާ އަށް ވަރަށް ބޮޑަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މުހިއްމު ވައުދާއެކު ކަމަށެވެ. އެކަމަކު، އިއްޔެ ވެސް އަދި މިއަދު ވެސް ރާއްޖޭގެ ތަރައްގީއަށާއި އިގުތިސޯދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޝަރުއީ ނިޒާމުގެ މައްޗަށް ޖޭއެސްސީ ބާރުވެރިކުރުވާފައި އޮތުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ވިދާޅުވި އެވެ.
އެހެންވެ، އެ އަށް ވުރެ ބޮޑު މަސައްކަތެއް ކުރަން ޖެހިފައި ނެތް ކަމަށާއި އިދިކޮޅު ފަރާތްތަކުން އިސްވެ ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތް ވެސް ހުއްޓެނީ އެ ހިސާބާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ޖޭއެސްސީ އިސްލާހުކުރުމަށް އެތައް އިސްލާހެއް ހުށަހެޅި ކަމަށް އެމްޑީޕީން ބުންޏަސް އެ ކޮމިޝަން އެކުލެވޭ ގޮތަކަށް ބަދަލެއް ނާދެ އެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރުން މަގުމައްޗަށް ނުކުންނަ އިރު ހައްޔަރުކޮށްގެން، ހުކުމް ޖަހައިގެން ތިބެނީ މިނިވަންކަން ނިގުޅައިގެން ކަމަށާއި އެހެން ދިމާވަނީ ފަނޑިޔާރުގެއަށް ފޯރުވާ ނުފޫޒުގެ ސަބަބުން ކަމަށް ޖަމީލް ތުހުމަތުކުރެއްވި އެވެ.
ޕީޕީއެމްގެ ރޭގެ ޖަލްސާގައި އެ ޕާޓީއާ ގުޅުނު މީހެއްގެ ފޯމާ ރައީސް ޔާމީން ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މީގެ ކުރިން ޑީޖޭއޭ ހިންގީ، ޖޭއެސްސީގެ ނުފޫޒެއް ނެތި މިނިވަންކޮށް ކަމަށް، ކުރީގެ ޖަސްޓިސް މިނިސްޓަރު ޖަމީލް ވިދާޅުވި އެވެ. ބައިނަލްއަގުވާމީ މުއާހަދާތަކާ ހަވާލަދެއްވައި ވިދާޅުވީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ.
އެ ސަބަބުތަކާ ހުރެ، އެއް ކަމެއް ރަނގަޅުކުރަން ތެދުވާ ނަމަ ތެދުވާންވީ ޖުޑީޝަރީ މިނިވަންކުރަން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޔާމީންގެ ޝަރީއަތެއް ކައިރިވާއިރަށް މައްސަލަ ބަލާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަކީ އިއްތިފާގެއް ތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ. މިސާލެއްގެ ގޮތުން ނެންގެވީ ޔާމީންގެ މައްސަލަ ތާވަލް ކޮށްފައިވަނިކޮށް، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްސަލަ ބަލަން ފެށުމެވެ.
ޖަމީލް ވިދާޅުވިގޮތުގައި އެ ބިރުވެރިކަން އޮވެގެން ނުވާނެ އެވެ.
އިދިކޮޅު ހަރަކާތުގެ ރޭގެ ޖަލްސާގައި ރައީސް ޔާމީނާއި އެ ހަރަކާތުގެ ބައެއް އިސްވެރިން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ކަލޭގެ މައްސަލަ ބަލަނީ. މިހާރު މި އޮތީ ބުޅި އަޅުވާފައި. ކަލޭ ހަދާ ނުހަދާ ގޮތް އަހަރެމެން ބަލާނަން،" ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގެ މިސާލެއް ދައްކަވަމުން ޖަމީލް ވިދާޅުވި އެވެ،
ރޭގެ ޖަލްސާގައި ޖަމީލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ޑިމޮކްރެޓިކް ކަންކަން ބަލައިނުގަންނަ ކަމަށެވެ. އެންމެ ފުރަތަމަ 2008 ގައި ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ބޭނުންވީ ފެހި ގާނޫނުއަސާސީގެ ކުރިން އޮތް ގޮތަށް ކަންކަން ކުރުމަށް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"މި ދެ މީހުން، ކެނެރީގޭ ނަޝީދާއި ކެރަފާ އިބްރާހިމް މުހައްމަދު ސޯލިހު. ދެ މީހުންގެ ވެރިކަމަށް ތި ބޭފުޅުން ބައްލަވާލައްވާ. ދެ މީހުންގެ ވެރިކަމުގައި އެއްވައްތަރު ސިފަތައް، ދެ މީހުންނަކީ ލުޖޭރުން. ހައްގުތައް ލޫޓުވާނީ، ތިޖޫރިން ލޫޓުވާނީ،" އިދިކޮޅު ލީޑަރު ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޖަމީލް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު މި ދަންނަވާލަނީ ދިވެހި ރައްޔިތުންނަށް، އެމްޑީޕީގެ ރައްޔިތުންނަށް ހާއްސަކޮށް ދަންނަވާލަން ބޭނުންވަނީ މާތް ކަލާކޯއޭ، މާތް ކަލާކޯއޭ ތި ބޭފުޅުން ކޮންތާކުން ހޯދި ދެ ގީދަޅުން ހެއްޔޭ، އިންޑިއާ ބަހުން މި ބުނަނީ. ދެ ގީދަޅުން ހެއްޔޭ މިއީ. ދެ ހިޔަޅުން އެހެން ނޫން ނަމަ، މި ދެ ހިޔަޅުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1234567
28 May 2022
ޔައުނީ އަހަރެމެންގެ ބާރުގެ ދަށަށް ޖޭއެސްސީ ނާންނާތީ ތަރައްގީ ނުވަނީ
ގަބޭ
27 May 2022
ވަގުން ތަރައްގީ ނުވެގެންއުޅެނީ ޖޭއެއްސީ އާ ހެދިޔޭޔަ ޖަމީލް ތިވިދާޅުވަނީ؟
ހާމިދު ޝާހިދު
27 May 2022
ޖޭ އެސް ސީ އިސްލާހުވާނީ މިހެން ހަދައިގެންނެވެ. އެއީ، އެތަން ވަގުތުން އުވާލާ މިނިވަން މުސްތަގިއްލު ތަންތަން ތަމްސީލު ކުރާ މީހުން ވެސް ހިމެނޭގޮތަށް އެ ނިޒާމު ގާއިމު ކުރުމެވެ. އަދި ގައްދާރުވެ ނުފޫޒު ފޯރުވާ މެމްބަރަކު ހުރިނަމަ އެމީހެއްގެ އަދަބަކީ އެންމެ ބޮޑު އަދަބު ކަމުގައި ކަނޑައެޅުމެވެ.
ބޯހަލާކުވޭ
27 May 2022
ހިތުން ވަރަށް މޮޅު ޚިޔާލެއް ތިއީ
ދޮންޑު
27 May 2022
2 ޑޮކްޓަރުންނާ ނަރުސް ކުއްޖަކު ގުޅިގެން ފާޑެއް ފެކްޝަނެއްވެސް ހެދި.
އަހުމަދުސް
27 May 2022
ތިޔަ އުޅެނީ ގާޒީން ތައް ނުގަނެވިގެން.
ޑެޕިއުޓީ
27 May 2022
ޕުރޮފެސަރު މި ވިދާޅުވާން އުޅޭ އެއްޗެއް ޕުރޮފެސަރަށް ވެސް ހިޔެއް ނުވޭ އިނގޭހެނެއް
ބޮކިފުރާޅު ޢީސާ
27 May 2022
ސިޔާސީދާއިރާގާ ހުރި އެންމެހަޔާތްކުޑަ އެކަކު. ދެއަނގައިން ވާހަކަދެއްކުމުން އިބިލީގެ ރަންތާޖު ހައްގުވަންޏާ އެ އެންމެހައްގުކަންބޮޑު އެކަކު.
އެނބުރޭ
27 May 2022
ކޮންމެވަސް ކުއްޖަކު ޖަމީލުއަށް ވަހުތާނަކީ ކޯއްޗެއް ކަންވެސް ކިޔާދޭން އެބަޖެހޭ.
ފހގދފހދފހދސހ
27 May 2022
ގޮންޖެއްސަސް ގޮން ހަވާލެއްނުކުރާނަން.
ކޮރަލް
27 May 2022
މައްސަލަ އަކީ ސިޔާސީ މީހަކަށް ޖޭއެސްސީގެ އިސް މަގާމް ދޭތީ އެވެ. ދެން އޭނަ އަދި އޭނަ ގެ ޕާޓީގެ މަސްލަހަތެވެ.
އޮރި
27 May 2022
މައްސަލަ އަހަރެމެންނަށް ވަރަށް ސާފު. ހުރިހާވެސް މައްސަލައަކީ ހިނގަމުންދާ މައްސަލަތަކާއި ބޭނުންވާގޮތަށް ނުކުޅެވުން.
ޥަސް
27 May 2022
ސިޔާސީ ނޫން މީހަކަށް އެމަޤާމު ދީގެން މައްސަލަ ހައްލުވޭބާ؟ މިނިވަން މުވައްސަސާތަކެއް ހަދާފަ އެތަންތަނަށް ސިޔާސީ “ނޫން” މީހުން ލައިގެން ލިބުނު ނަތީޖާ ރަގަޅުބާ؟ ޢޭސީސީ ބޮޑުމީހާ ބުނީ ތިމަނަ ފްރީޒް ކިށްފާނެތީޔޯ މިވެނިކަމެއް ނުކުރެވުނީ
އައްލާ
27 May 2022
މައްސަލަޔަކީ އިންސާނުންނަށް ޖޭއެސްސީން ޖާގަދޭތީއެވެ. މަލާއިކަތުން އިސްކުރެވުނު ދުވަހަކުން އެތަން ކަމުދާނެއެވެ.