ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް
01 ޖޫން 2022 - 10:48
މިއީ "ކޮންކްރީޓުގެ ޕްރޮޖެކްޓުތައް" ހިންގަންވީ ވަގުތު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސަރުކާރުގެ ވައުދުތައް ފުއްދުން މި ވަގުތަށް މަޑުޖައްސާލުން މުހިންމު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމާ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަކާ ގުޅުވައި، ނަޝީދު ވިދާޅުވީ ދުނިޔޭގެ އިގްތިސާދީ ހާލަތާއި ރާއްޖޭގެ މާލީ ހާލަތަށް ބަލައި، ވައުދުތައް ފުއްދުން މަޑުޖައްސާލުން މުހިންމު ކަމަށެވެ.
"ހާއްސަކޮށް ތެލުގެ އަގު ސަތޭކަ އެކާވީސް ރުފިޔާއަށް އިއްޔެގައި އަރައިފި. އަދި އަޅުގަނޑުމެންގެ އަވަށްޓެރި ގައުމެއް އެ އުޅެނީ ދަރަނީގައި ވަރަށް ބޮޑަށް. މިއީ އަޅުގަނޑުމެން ވިސްނުންތެރިކަމާ އެކު ތިބެންވީ ވަގުތެއް،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ތަރައްގީގެ ޕްރޮޖެކްޓުތައް މަޑުޖައްސާލަން މެންބަރުންނާއި ސަރުކާރަށް ވެސް ދަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އެއީ މި ވަގުތަށް ކުރަން އެންމެ މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެެ.
"މިއީ ބާރަށް ކޮންކްރީޓުގެ ޕްރޮޖެކްޓުތައް ހިންގަންވީ ވަގުތު ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.
ސަލީމް މިނިސްޓަރާ ސުވާލުކުރެއްވީ ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން މިނިސްޓްރީއާ ގުޅޭ ވައުދުތައް ފުއްދޭނެކަމުގެ ޔަގީންކަން އެބައޮތްތޯ އެވެ.
އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ވައުދެއް ވެއްޖެ ނަމަ އެ ވައުދެއް ފުއްދަން ސަރުކާރުން ވެސް، މިނިސްޓްރީން ވެސް އަދި މެންބަރުން ވެސް މަސައްކަތް ކުރައްވާ ކަމަށެވެ. ބައެއް ފަހަރަށް މަސައްކަތްތައް ނުނިންމޭ ފަހަރުތައް އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ކަމެއް ނުކުރުމަށް ނިޔަތްގަނެގެން ކުރާ ކަންކަމެއް ނޫން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
02 June 2022
ނަޝީދު ބުންޏަކަސް އެއީ ރަގަޅު ވާހަކައެއް. ތެލުގެ އަގު 122ޑޮލަރު. ރާއްޖޭގަ އުފަައްދާ މަސްދަޅު އެތައް ގުނައެއް އަގުބޮޑުވެއްޖެ. ސީ ފްރައިޓް އަގުބޮޑު. ދެން އިމޕޯޓް މުދާގެ އަގު ކުރިއަށްއޮތް މަސްތަކުގައި ދާނެވަރު ވިސްނަވާލައްވާ! ދަތްކޮއްޓިއަށް ދާންދެން އިމްޕޯޓްކޮށްގެން މިއުޅެނީ.
ނެތީ
01 June 2022
ކޮންކްރީޓް ޕްރޮޖެކްޓްތައް ދެން ނޯންނާނެ ހުއްޓާލެވޭކަށް. އެއީ މިހާރު އިންޑިއާގެ މަސްލަހަތު އޮތް ކަންކަން ހުސް. އެމީހުން ނުރުހޭނެ މިހާރު ތިހެން ހުއްޓާކަށް.
ނިކަމެތިރައްޔިތުމީހާ
01 June 2022
ކޮންކިރީޓު މަސައްކަތް ހުއްޓާލައިފިއްޔާމުން ތި ކަމުގަ އުޅޭ ކުދިންގެ ޖީބުތަށް ނިކަމެތިވެދާނެ! އެކުދިންގެ ލަކްޒަރީ ދިރިއުޅުން ހުއްޓިދާނެ! ހެޔޮ ނުވާނެ ދަރަނި މައްޗަށް ދަރަނި ނަގައިގެން ވެސް ތިޔަ މަސައްކަތްތަށް ކުރިޔަށް ގެންދާތި!
ހިބިރިންބެއްޔާގެ ކުޑަސޮރު
01 June 2022
ފުލެޓުދޮންބެ ބުނެބައްލަވާ ކޮންގުރެޓާނުލާ ފުލެޓުއެޅޭނެގޮތެއް. ކުރިން ދިވެހިން ފުލެޓުއެޅީ ދަނޑިފަނުންކަމަށްވިޔަސް މިއަދު އެހެނެއް ފުލެޓެއް ނޭޅޭނެ.
ސިމެންތި
01 June 2022
ވާނުވާ ނޭގުނަސް އަނގަބާނާތި
ރަދީފު ބިން ރަފައިދާ
01 June 2022
މިއީ ކޮންކުރީޓު އަންގަޔަށްއަޅާ އެ ބަންދުކޮށްލަންވީ ވަގުތު.
ގޑޕއނޓ
01 June 2022
ތިކަމަށް އެއްބަސްވަން. ހަމަ އެއާއެކު ހުރިހާ ސިޔާސީ ބޭފުޅުންވެސް ކޮރަޕްޝަން މަޑު ޖައްސާލުން ވަރަށް ރަނގަޅުވާނެ!
ބޮލުރޮދިބޭ
01 June 2022
މީނަޔަކީ ދެންމާ ސަގާފަތް ހެދިގެން އުޅޭމީހެއް. ފަންގިން ގެ އަޅައިގެން އުޅުނު ޒަމާނަކަށް ދެން މިރާއްޖެ ނުދާނެ!
މިއަދިބޯނދނ
01 June 2022
ކަލޭގެ ނަން ކަލެއާއި ގުޅޭ މިންވަރު ކަލޭގެ ކޮމެންޓް އިން ހާމަވީމާ ބުނަން އުޅުނު އެތިވެސް ނުބުނެ ދެލޯ މަރާލީމެވެ.
ބަލްނޫނާ
01 June 2022
މިއީ ގ.ކެނެރީގެ ހުންނަ ގޯޅީގަ މަގު ބަންދުކޮށް މުޅި ދުވަހު ހިންގަންވީ ވަގުތެއް ނޫން!! އިސްތިއުފާ ދިން ރައީސް އެކްޓިވިސްޓުން ބޭނުންކޮށް ދައުލަތުގެ މުއައްސަސާތަށް ބަދުނާމުކުރުމާއި، މީހުންގެ އަނބުރު ކަތިލުން ކަމަކުނުދޭ! ވަރަށް ވެދުން
އަޑަފި
01 June 2022
އިބޫ ގެ ސަރުކާރުދެކެ ރައްޔިތުން ރުޅިއަންނާނެހާ ކަމެއް އޮތިއްޔާ އެކަމެއް ކުރުވަން ރައީސް، ރައީސް، ބޮޑުބަޒީރު މުހައްމަދު ނަޝީދު އެހުންނެވީ ތައްޔާރަށެވެ. ވެރިކަމާހެދި ބޫތުކެޔަސް މީ ބޮޑުވަރެކެވެ. ވޯޓުހޯދުމަން ކޮންމެފަދަ އިލްޒާމެއް މީހެއްގެ ބޮލުގަ އަޅުވަން މި ފެކްޝަންގެ ބޭފުޅުން ފަހަށްނުޖެހޭނެކަން، ޗެއަރޕާސަން އިންތިޚާބުން އެނގި ހާމަވެއްޖެއެވެ.
އައްޔ
01 June 2022
ނަޝީދު ދެއްކެވީ ހަމަ ވިސްނާލަން މުހިންމު ވާހަކަފުޅެއް