ލައިފްސްޓައިލް / ބިއުޓީ

ޒީނަތްތެރިވާ ބައެއް ސާމާނުން މައިންގެ މިޒާޖަށް ހައިރާންކުރުވަނިވި ބަދަލުތަކެއް

މާބަނޑު ދުވަސްވަރު ލިޕްސްޓިކާއި ސެންޓު ފަދަ ތަކެތި ބޭނުން ކުރުން ރަނގަޅު ނޫން ކަމަށް ސައިންސްވެރިން ބުނަނީ ސަބަބުތަކެއް ހުރެގެން

ޒީނަތްތެރިވާން ބޭނުންކުރާ ބައެއް ކަހަލަ ސާމާނާ ދުރުވާން މާބަނޑު މީހުންގެ ކިބައިން ސައިންސްވެރިން އެދެފި އެވެ. އޭގެ ސަބަބަކީ އެފަދަ އެއްޗެހީގައި ހުންނަ ކެމިކަލަކުން، މައިންގެ މިޒާޖަށް ފަހުން ބޮޑެތި ބަދަލުތަކެއް އަންނާތީ އެވެ.

ޑިއޮޑްރަންޓް އާއި ލިޕްސްޓިކް އަދި ސެންޓުގެ ވައްތަރުތަކުގައި އާއްމުކޮށް ބޭނުންކޮށްފައި ހުންނަ ބީޕީއެސް މާއްދާގެ ސަބަބުން މައިމީހާއަށް ގެއްލުންވާ ކަމަށް ފަހުގެ ދިރާސާއަކުން ދައްކަ އެވެ.

ބީޕީއެސް ފަދަ ކެމިކަލްގެ ކުޑަ މިންވަރެއްގެ އަސަރު މާބަނޑުމީހުންނަށް ކުރިޔަސް ވިހެއުމަށް ފަހު ދަރިފުޅުގެ ބޭނުންތަކަށް ސަމާލުކަން ދީ ދަރިފުޅާ އަޅާލަން މައިމީހާއަށް ދަތިތައް ކުރިމަތިވާ ކަމަށް އެ ދިރާސާގައި ބުނެ އެވެ.

ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަމާ، މައިމީހާގެ މިޒާޖާއި އުޅުން ހުންނަ ގޮތާ ވަރަށް ބޮޑު ގުޅުމެއް އޮންނަ ކަމަށް ކުރިންސުރެ ވެސް ބެލެވެ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި އެކަން މި ދިރާސާ އިން ވަނީ ޔަގީންކޮށްދީފަ އެވެ.

ޔުނިވަސިޓީ އޮފް މެސަޗޫސެޓްސްގެ ސައިންސްވެރިން މީދާ ބޭނުންކޮށްގެން ކުރި މި ދިރާސާއިން ހޯދުނީ ބީޕީއެސްގެ އަސަރު ކިތަންމެ ކުޑަކޮށް ކުރިޔަސް މަންމަ މީދަލަށް ރަނގަޅަށް އަޅާނުލެވިގެން 10 ޕަސެންޓް މީދާ މަރުވި ކަމަށެވެ.

ރަނގަޅަށް ދަރިން ނުބެލުމުގެ އިތުރުން ދަރިންތައް މަރާލަން އެއް ގްރޫޕެއްގެ މީދާތައް މަސައްކަތްކުރި ކަން ފެނުމުން ސައިންސްވެރިން ހައިރާންވި އެވެ.

މާބަނޑު ދުވަސްވަރު ޑިއޮޑްރަންޓް ބޭނުންކުރުން ވެސް ރަނގަޅު ނޫން ކަމަށް ދިރާސާއިން ދައްކާ

ލިޕްސްޓިކްގައި އާންމުކޮށް ބޭނުންކުރާ ބިސްފެނޯލް އެސް (ބީޕީއެސް) ފަރުމާކޮށްފައިވަނީ ބީޕީއޭގެ ބަދަލުގައި ބޭނުންކުރާ އެއްޗެއްގެ ގޮތުގަ އެވެ. ބީޕީއޭ ބޭނުންކުރުން ހުއްޓާލަން ޖެހުނީ އޭގައި އެކުލެވޭ ޕްލާސްޓިކް ކަމްޕައުންޑުން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާތީ އެވެ.

ނަމަވެސް ފާއިތުވީ 10 ވަރަކަށް އަހަރުގެ ތެރޭގައ ބީޕީއެސްގެ މަގްބޫލުކަން ބޮޑުވަމުން ދިއުމާ އެކު ވެސް އޭގެން އިންސާނުންނަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ވަޒަންކުރަން މިހާތަނަށް ކުރީ މަދު ދިރާސާއެކެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ބީޕީއެސްގެ ސަބަބުން ހޯމޯން އަށް ކުރާ އަސަރުތަކާ ގުޅިގެން ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިވާނެ އެވެ.

މާބަނޑު ދުވަސްވަރު މި ކެމިކަލްގެ އަސަރު މައިމީހާގެ ހަށިގަނޑަށް ކޮށްފި ނަމަ އަތުވެދާނެ ބަދަލުތައް ދެނެގަތުމަށް ސައިންސްވެރިން ވަނީ މީދާތަކަށް ބީޕީއެސް ދީފަ އެވެ.

މި މީދާތައް ބަހާލީ ތިން ގްރޫޕަށެވެ. އެއީ އެއްގޮތަކަށް ވެސް ބީޕީއެސް ނެތް ގްރޫޕަކާއި، ވަރަށް ދަށް ޑޯޒެއް ދީގެން އަސަރު ކުރުވި ގްރޫޕަކާއި ދަށް ޑޯޒްގެ ދެ ޑޯޒް ދިން ގްރޫޕެވެ.

އޭގެ ފަހުން ވަކި ތިން ގަޑިއެއްގައި މޮނިޓަކުރީ އެ އެއްޗެހި ހާލި ހަދަން މަސައްކަތްކުރުމުގެ ގާބިލްކަން ހުރި މިންވަރާއި، ވިހޭ ދަރިންނަށް އަޅާލާ މިންވަރާއި މައިވަންތަކަމުގެ ކުލުނު ހުރެގެން ކުރާ ކަންތައްތަކެވެ.

ސައިންސްވެރިންނަށް ފާހަގަކުރެވުނީ ކެމިކަލްގެ އަސަރު އެންމެ ކުޑަކޮށް ކުރި މީދާތަކުގެ ދަރިންގެ 10 ޕަސެންޓް މަރުވީ އަޅާލަންވާ ވަރަށް އަޅާނުލެވިގެން ކަމެވެ. އަދި ދެ މައިކްރޯގްރާމް ބީޕީއެސް/ކޭޖީ/ދުވާލަކަށް ދިން މީދާތަކުގެ 10 ޕަސެންޓް މީދާ އޭގެ ދަރިން އަމިއްލައަށް މަރާލި އެވެ. ނުވަތަ ދަރިންނަށް އިހާނެތިކޮށް ހެދުމުގެ ސަބަބުން ހާލު ބޮޑުވެގެން، ސައިންސްވެރިންނަށް ޖެހުނީ އިންޖެކްޝަން ޖަހައިގެން މަރާލާށެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ޔަގީންކަމާ އެކު ވަކި ގޮތެއް ނިންމަން މި ދިރާސާ ނުފުދުނަސް ބީޕީއެސްގެ ސަބަބުން ދަރިންނަށް އަޅާލުން ކުޑަވުމާއި މައިމީހާގެ ކުލުނު ދަށްވާކަން އެނގުމުން ހައިރާންވެ އެވެ.

މި ދިރާސާ އިން އެނގެނީ ބީޕީއެސްގެ އަސަރު ހަށިގަނޑަށް ކުރުމުން މައިމީހާގެ މިޒާޖަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަރިންގެ ބޭނުންތަކަށް އަޅާލަން މައިންނަށް އުނދަގޫވާ ކަމެވެ.

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާމާލް

29 December 2016

ޒީނަތްތެރިވާ ބައެއް ސާމާނުން ނޫން، މައިންގެ މިޒާޖަށް ހައިރާންކުރުވަނިވި ބަދަލުތަކެއް އަންނަނީ... މިައަދު މިދަނީ އަހަރެމެންގެ ޒުވާން ޖީލު ހަލާކުވުމުން... މާދަމާ މައިންގެ މަޤާމުގައި ތިބެޖެހޭ މީހުންނާކީ ރަގަޅު ނޫން ގޮތުގައި ތަރުބިއްޔަތުވެފައި ތިބި މީހުން.... މިފަދަ މީހުން ޒީނަތްތެރިވާ ސާމާން ބޭނުންނުން ނުކުރި ކަމުގައި ވިޔަސް އެމީހުންނަކަށް ރަގަޅުގޮތުގައި ފިރިއެއްގެ ހައްޤު އަދާ ކޮށްނުދެވޭނެ... އަދި ދަރިއެއް ލިބުމަށް ފަހު އެދަރިފުޅު ރަގަޅުގޮތުގައި ތަރުބިއްޔަތު ވެސް ނުކުރެވޭނެ... ދެން އެހެންއެއްޗެއް ބޭނުންކޮށްގެނޭ ކިޔުން ރަގަޅު.....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454