ޚަބަރު / އެސްއެސްސީ އިމްތިހާން

"މައްސަލައެއް ދިމާވެ" އެސްއެސްސީގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓުކުރަނީ

މާލެ: މެއި 3، 2021: އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް އިސްލާމް ޕޭޕަރު ހަދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓުކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.

ޑީޕީއީގެ ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓު ކުރަން ނިންމީ "ޕްރިންޓިންގައި ދިމާވި މައްސަލައަކާހުރެ" ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ކަނޑައެޅިފައި އޮތް ތާރީހުގައި [މާދަމާ] ދިވެހި ޕޭޕަރު ދެވޭތޯ،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ޕްރިންޓް ކުރުމުގައި ދިމާވި މައްސަލައިގެ ސަބަބުން އިސްލާމް އިމްތިހާނުގެ ނަތީޖާއަށް އަސަރެއް ނުކުރާނެ ކަމަށާއި އެކަމަކު ދިވެހި އިމްތިހާނުގެ ނަތީޖާއަށް އަސަރުކޮށްފާނެތީ އަލުން ޕްރިންޓްކުރަން ނިންމީ ކަމަށެވެ.

ދިމާވި މައްސަލައާ ގުޅޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އިއްޔެ އޮތް އެސްއެސްސީ އިމްތިހާނުގައި، އިސްލާމް ކަރުދާސް ދިންއިރު ދިވެހި ޕޭޕަރުގެ ބައެއް އޭގެ ތެރޭގައި ވަނީ ޕްރިންޓު ކުރެވިފަ އެވެ.

ޑީޕީއީ އިން ކުރި ޓްވީޓެއްގައި ބުނީ ދިވެހި ކަރުދާސް 1 ޕްރިންޓްކުރުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން މި ކަރުދާސް އަލުން ޕްރިންޓްކޮށް ކަނޑައެޅިފައިވާ ތާރިހްގައި އިމްތިހާނު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.

އެސްއެސްސީ އިމްތިހާނުގައި އިސްލާމް ކަރުދާސް 1 ގެ ބަދަލުގައި ދިވެހި ކަރުދާސް ކުދިންގެ މޭޒުމަތީގައި ބޭއްވުނު މައްސަލައެއް މިދިޔަ އަހަރު ވެސް ދިމާވި އެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް އެ ސުވާލު ކަރުދާސް ނުފެންނާތީ، ދިވެހި ކަރުދާސް 1ގެ އިމްތިހާނު ތާވަލުގައި އޮތް ގޮތަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

15 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ިމަރީނަ

05 June 2022

އަދެވެސް ޕްރިންޓްތަކުރަނީ....މަހީކުރީ ޓަޗުއިސްކިރީނުން ކަމަށް ހަދަނީ. ތަރައްގީގެ ބައިކޮޅުބައި ލައްވާލަނީ. ތައުލީމީ ވުޒާރާ އުޅެނީ 1945ގަ ދޯ

The name is already taken The name is available. Register?

މުރަލީދަރަން

05 June 2022

މާނަ އަކީ ތިޔަ ދެ މާއްދާ އެއް ގޮތަކަށް ވެސް ނޭނގޭ މީހުންނޭ ތިޔަ ޕްރިންޓް ކުރި ތަނުގައި ތިބީ. ރާޢްޖޭން ބޭރުން ކުރި ޕްރިންޓަކާ ވައްތަރީ. ނުވަތަ ތިޔަ ކަރުދާސްތައް ޗާޕުކުރި ޗާޕްޚާނާ ރާއްޖޭގައި ހުރެފައި ތިތާގެ މަސައްކަތް ކުރަން ތިބީ ބަންގާޅު ބޭފުޅުންނޭ. ނޫނީ މިހާރު ދިވެހީންގެ އެއްވެސް ކަމެއް ދިވެހީޏޤގެ އަތްމައްޗަކު ނެތޭ. ނޫނީ ފަރުވާކުޑަ ބެލެހެއްޓުންތެރިން ތިބުމޭ. ދެން އިތުރަށް ދައްކާކަށް ވާހަކަ ހުއްޓަސް ދެއްކުމުގެ ބޭނުމެއް ނެތޭ.

The name is already taken The name is available. Register?

މިރިހި ފަތް

05 June 2022

އަސްލު ޕޭޕަރުތައް ޕުރިންޓްކުރުވަންވީ ކުދިން ކުރިމަތީ ޓެސްޓްހޯލުގަ. އޭރުން ލީކްވުމުގެ މައްސަލަތައް ކުޑަވާނެ.

The name is already taken The name is available. Register?

އިއްބޭ

05 June 2022

ކޮންމެ ފަހަރަކު ޑީޕީއީ ތެރެއިން މިކަހަލަ ކަންކަން މި ދިމާވާނީ ކޭއްވެ

The name is already taken The name is available. Register?

އަހަންމަދާ

04 June 2022

ދެރަކަމެއް

The name is already taken The name is available. Register?

ބަކުރުއލީ

04 June 2022

ސުވާލަކީ މިއަދު ތިކަން އެނގުނީ ކިހިނެއްހޭ. ޕޭޕަރު ޕެކް ކޮށްފައި ނޫންތޯ ހުންނަނީ. އިސްލާމް ޕޭޕަރު ތެރެއަށް ދިވެހި ޕޭޕަރު ވަތްނަމަ ޕޭޕަރު އެ އޮތީ ފެނިފައި ނޫންތޯ؟

The name is already taken The name is available. Register?

8787

04 June 2022

ބޮޑުން ކަޓުވާލައިގެން އުޅެނީ. ވޯޓުލިބޭތޯ

The name is already taken The name is available. Register?

ބޮޑުމީހާ

04 June 2022

މިހާރު ދެވޭ މުސާރަވެސް ކުޑައީ ގައުމީ ތިފަދަ އިމްތިހާނެއް ޗެކްކުރުމުގެ އިންތިޒާމްވެސް ނޯންނަނީތަ

The name is already taken The name is available. Register?

ހައްޕު

04 June 2022

އަނެއްކާ. އޮގަރޭއަށް ވަޒީފާ ދީބަލަ ! ލާހިކެއްނޫން ތިހެން ވާކަށް. މިއީ ގަސްތުގަ ބަޔަކު ހިންގާ ކަމެއް. ކިހިނެއް, ދިވެހި ޕޭޕަރު ތެރެއަށް އިސްލާން ކަރުދާސް ވަންނަންވީ. ދެންބުނޭ. ދިވެހި ބަހުން އޮތީމައޭ. ނަސީބެއްނު , ދިވެހި ބަހުން ބައޮލޮޖީ އާއި ހިސާބު ކިޔަވާނުދޭކަން. ދޭނަމަ އޮންނާނީ އެކަތި އަނެކަތިޔެރެއަށް ވަދެފަތާދޯ ,

The name is already taken The name is available. Register?

ނަސީމް ސޯ ކޮބައިތަ؟

04 June 2022

އުހޫ! އަނެއްކާ ކަޓުވާލީ ދެއްތޯ! ދިވެހި ދެން އުވާލަން ވެއްޖެނު! މިހާރު މިއީ ގަދީމީ ޒަމާނެއްނޫން! ހުރިހާ ކުދިންވެސް މާ ފަރިތަ އެހެން ބަސް ބަހައް. ގޮތްދޫކުރަންވެއްޖެ މިހާރު! ވަގުތު ތަކެއް ބޭކާރު ގޮތުގަ ހޭދަ ކުރުމައްވުރެ!!!

The name is already taken The name is available. Register?

ވަހީދު

04 June 2022

ކަލެއަށް އެނގޭނެތައް ތިކޮމެންޓް ކުށް ނުލައި އިނގިރޭސި ބަހުން ކޮށްލަން. ދިވެހި ބަހުން ތިކުރި ކޮމެންޓްގައި ކުށް އެބަހުރި.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

04 June 2022

އަމިއްލަ މާދަރީ ބަހަކީ ގައުމީ ރޫޙު އާލާ ކުރެވޭނެ މަސްދަރެއް.މާދަރީ ބަހުގެ ތެރޭން ގައުމީ ރޫޙު ނެރެދޭނެ.މާދަރީ ބަހާ ނުލައި ގައުމީ ލޯބި އަށަގެންނެވުމަކީ ނާދިރުކަމެއް.ގައުމިއްޔަތުގެ މައިގަނޑު އަސްލަކީ ގައުމީ ބަސްފިޔަވާ ދެވަނައެއްޗެއް ނޫން.އަމިއްލަ ބަހެއްނެތި އެއްވެސް ބައެއްގެ ގައުމިއްޔަތެއް ނޯންނާނެ.ވ.ވެދުން

The name is already taken The name is available. Register?

އެކައްޗެއްވެސް ނޭނގޭ މީހެއް

08 June 2022

ފިއްޔެއް ސުކުނެއް ދަންނަ ހެން ހީވޭތަ އޭނަ ޖަހާފައި އޮތް ސުރުޚީ ބަލާލާފަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454