ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ގުރުއާން އެސެސްކުރާ ގޮތަށް އަނެއްކާ ވެސް ބަދަލު ގެނެސްފި

ކަލާފާން ސްކޫލުގެ ދައިވަރުންތަކެއް އެސެމްބްލީގައި ބައިވެރިވަނީ: ގުރުއާން އެސެސްކުރާ ގޮތަށް ވަނީ ބަދަލު ގެނެސްފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އެސްއެސްސީ އިމްތިހާނުގައި ގުރުއާން އެސެސްކުރާ ގޮތަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން އަނެއްކާ ވެސް ބަދަލު ގެނެސްފި އެވެ.

މިއަހަރު، ފުރަތަމަ ފަހަރަށް އެސްއެސްސީ އިމްތިހާނުގައި ގުރުއާން ހިމަނައި ދަރިވަރުންނަށް ކުއްލިއަކަށް ބޮޑެތި މަސައްކަތްތަކެއް ހަވާލުކުރުމުން ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ. އެއާއެކު ދެ އެސައިމަންޓުގެ ބަދަލުގައި އެއް އެސައިމަންޓު ހުށަހަޅަންޖެހޭ ގޮތަށް ބަދަލުކުރި އެވެ.

އޭގެ ފަހުން ގުރުއާނުން ހިތުން ކިޔެވުމުގެ ބައިން ކުރާ ސުވާލުތައް ވެސް ބަދަލުކުރި އެވެ. ކުރިިން ހަމަޖައްސާފައި އޮތީ މުއްދަސިރް ސޫރަތުން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ސުވާލުކުރާށެވެ. ނަމަވެސް ފަހުން ވަނީ ސޫރަތުއް ޟުހާ އިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ކިޔަވަން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.

ބަލައިގެން ކިޔުން އޮންނާނީ ކުރިން ވެސް ހަމަޖައްސާފައި އޮތްގޮތަށް، ޒުމަރު ސޫރަތުން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށެވެ.

Quran asses kurumaa gulhey gothun genai badhalun dharivarunnah bodu luyeh libeyne: DPE

Quran asses kurumaa gulhey gothun genai badhalun dharivarunnah bodu luyeh libeyne: DPE

The most trusted news source in the Maldives

Mihaaru

ގުރުއާން އެސެސް ކުރުމާ ގުޅޭ ގޮތުން ގެނައި ބަދަލުން ދަރިވަރުންނަށް ބޮޑު ލުޔެއް ލިބޭނެ: ޑީޕީއީ

އެ ބަދަލާއެކު ގުރުއާނުގައި ހިމެނޭ ކިޔެވުމުގެ ބައި އިމްތިޚާނުކޮށް އޮގަސްޓް 31 ވަނަ ދުވަހު ނިންމަންޖެހެ އެވެ.

ބަލައިގެން ގުރުއާން ކިޔެވުމަށް 40 ޕަސެންޓް، ހިތުން ކިޔެވުމަށް 20 އަދި އެސެސްމަންޓަށް ކަނޑައަޅާފައިވަނީ 40 ޕަސެންޓެވެ.

ޑީޕީއީ ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ސޮއިކުރައްވައި ސްކޫލުތަކަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ގުރުއާންގެ އިތުރުން އިސްލާމާއި ދިވެހި ބަސް އިމްތިހާނު ކުރާ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

ގުރުއާންގެ ދަށުން ހަދަންޖެހޭ އެސައިމަންޓުގެ ސުވާލު މިހާރު ވަނީ ގައިޑެޑް ސުވާލަކަށް ބަދަލުކޮށް، ކުރިން ސުވާލު އޮތްގޮތަށް ވުރެ ފަސޭހަ ކޮށްފަ އެވެ. އެސައިމަންޓުގައި ރިފަރެންސް ނުދޭގޮތަށް ނިންމާފައިވާ ކަމަށް ވެސް ސިޓީގައި ބުންޏެވެ.

Quran test: Education Ministry ge plan eh neiy!

Quran test: Education Ministry ge plan eh neiy!

The most trusted news source in the Maldives

Mihaaru

ގުރުއާން ޓެސްޓް: އެޑިއުކޭޝަން މިނިސްޓްރީގެ ޕްލޭނެއް ނެތް!

އެ މާއްދާގެ އިތުރުން އިސްލާމް މާއްދާގައި ޕޭޕަރު އެކެއްގައި އިހުތިޔާރީ ސުވާލު ދިނުމުގެ ބަދަލުގައި ދިނުމަށް ހަމަޖައްސާފައިވަނީ ކަނޑައެޅޭ ވަކި ސުރުހީތަކަކުން ކުރު ޖަވާބުދޭ ސުވާލެވެ. އަދި ދިވެހި މާއްދާގައި ހަދަންޖެހޭ ކޯސް ވޯކް މިއަހަރު ނުދޭގޮތަށް ވަނީ ނިންމައިފަ އެވެ.

"ނަމަވެސް މިހާރު ތައްޔާރުކޮށްފައިވާ ޓޭބަލް އޮފް ސްޕެސިފިކޭޝަނަށް ބައެއް ބަދަލުތައް ގެނެސް، ނަމޫނާ ކަރުދާހާއެކު ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ސުކޫލުތަަކަށް ފޮނުވޭނެ ވާހަކަ ދެންނެވީމެވެ،" ސިޓީގައި ވެ އެވެ.

Aa manhajaa eku O level imthihaanah badhalu thakeh

Aa manhajaa eku O level imthihaanah badhalu thakeh

The most trusted news source in the Maldives

Mihaaru

އާ މަންހަޖާ އެކު އޯ ލެވެލް އިމްތިހާނަށް ބަދަލުތަކެއް

އެޑިއުކޭޝަން މިނިސްޓްރީން މި ގެނައި ކުއްލި ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ސްކޫލަކުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، ދަރިވަރުން އިމްތިހާނުކުރަންޖެހޭ ގޮތަށް ބަދަލު މި ގެންނަނީ ދުރާލާ ތައްޔާރުވެފައި ނެތުމުން ކަމަށެވެ. ކުއްލިއަކަށް މި ގެންނަ ބަދަލުތަކުގެ ގެއްލުން ލިބެނީ ދަރިވަރުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މިކަން އޮންނަން ޖެހޭ ގޮތެއް ނޫން،" އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުރުއާން އެސެސްކުރުމާއި އެސްއެސްސީ އިމްތިހާނަށް ބަދަލު ގެނައިރު، އެ ޕޭޕަރުތައް އޮންނަގޮތެއް ޓީޗަރުން އަދި ދަރިވަރުންނަށް ވެސް ނޭނގޭ ކަމަށެވެ.

20 ކޮމެންޓް, 67 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 9%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިމްތިހާން

26 January 2020

ޤުރުއާން މުދައްރިސުން ނެތް ސްކޫލްތައް ވެސް އެބަހުރި. ކިހިނެތް ދެން އިމްތިހާން ދޭނީ. ބޭރުން ގެންނަން އުޅޭ މުދައްރިސުން ވެސް ހަމަނުޖެހޭ .... ދެން ވެސް ޤުރުއާން އެސެސްކުރަންވީ??

The name is already taken The name is available. Register?

ގުރޭގް 10 ދަަރިވަރެއްގެ ޝުއޫރު

25 January 2020

އަޅެ އަހަރެމެން ކުދިން މޮޔަ ކުރަންތަ މި އުޅެ ނީ އެއްދުވަހު ބުނާނެ ކޯސް ވޯރކް އޮވެއޭ އަނެއް ދުވަހު ބުނާނެ ނެތޭ އެއް ދުވަހު އެސްމެންޓް ބަދަލު ކުރާނެ ދެން ނޭނގެ އިސްލާމް އެމް ސީކިއު އޮތީމަ އަހަރެމެން ނަށް ފަސޭހަލޭ މާރކްސް ހޯދަން ތިހެން ނުހަދަބަލަ. ކޮންމެސް އެކައްޗެކޭ ކިޔާފަ ނިންމަބަލަ ހެޔޮނުވާނެ އާދޭސް މި ކުރަނީ އަހަރެމެން ފަހު އަހަރޭ ތިކަމާ ހެދި ކިޔެވުމަ ދޭން ޖެހޭ ސަމާލް ކަމެއް ނުދެވޭ އަޅުގަނޑުމެން ނަކަށް

The name is already taken The name is available. Register?

ާއުނިމާ

23 January 2020

މިއީ ކުއްވެރިމަކެއްނު ގްރޭޑް 10 ދަރިވަރުންނަށް ޖެހިފަހުރި! ނިކަން ބަލާބަލަ ގްރޭޑް 10ގެ ކުދިންގެ ގުރުއާންގެ ފެންވަރު ބަލަންޖެހޭކަން މިނިސްޓްރީގެ ވެރިންނަށް އިހްސާސްވީ އެކުދިން 10އަށް ދިޔާމަ! ގައިމު މިވެރިކަން ކުރަތާ 14 މަސްވެއްޖެ! މިހާރު ތިބި ގްރޭޑް 10 ގެކުދިން ސްޓްރީމް މާއްދާތައް 9ގެ ނެގިއިރު މިސަރުކާރު އައިސް ވުޖޫދުވެފަވަނީ! ކަރިކިޔުލަމްއޭ، މިބަރު ފޮތް ދަބަހޭ، އެސެސްމަންޓޭ، ކިޔާފަ ވީކަމެއް ޙަރާމް! މާލެގެ ކިތައް ސްކޫލް މިހާރު 1 ދަންފަޅިތޯ؟

The name is already taken The name is available. Register?

ޙަސީ

23 January 2020

މި އަހަރު އެސްއެސްސީގެ އެއްވެސް މާއްދާއެއްގެ ޓެސްޓް ނުބާއްވަންވީނު. އެންއައިއީއަކަށް ހަދާނެގޮތެއް ނޭނގޭ. އެގްޒަމިނޭޝަނަކަށް ހަދާނެ ގޮތެއްނޭނގޭ. މުދައްރިސުންނަށް ވާނުވާއެއް ނޭނގޭ.

The name is already taken The name is available. Register?

ޢެހެންތަ ހީވަނީ

23 January 2020

ޔަގީނުންވެސް އެގެނީ ފުރިހަމަ ތަފްސީލެއް ބެލެވެރިން ނަށްދޭން ނޭގުނުކަން ސ/ުވާލު ނުކުރަންވެސް އެދުނު ދޭނެ ޖަވާބެއްނޭގޭތީ .

The name is already taken The name is available. Register?

ގަބުޅި

23 January 2020

ތިވާނީ ދަނޑުވެރިޔާ ގެންދިޔަ ހިމާރަށް! ކޮންމެކަމެއްގައިވެސް ބެލެނިވެިންގެ ހިތްހަޖެހުން ހޯދުމަށް. ތަނުގަތިއްބެވި ތަޢުލީމީ ފަންނުވެރިން މަޝްވަރާކޮށް ދަރިވަރުންގެ ފެންވަރާ އެކަށޭނެގޮތަށް ކުރެވިއްޖެނަމަ ތިއިމްތިޙާނުގެ ފައިދާ ބޮޑުވާނެ!

The name is already taken The name is available. Register?

ކަަމަން

23 January 2020

މިކަމުން އެގޭ އެއްޗަކީ މިއީ އެއްވެސް ރޭވުންތެރިކަމެއް އަދި އަމާޒެއް ނެތްބަޔެއްކަން، ތަހުޒީބު މުޖުތަމައުގަ ކަންތައްތައް ބަދަލުކުރަނީ، ދިރާސާކޮއް އަހަރުތަކެއްވަންދެން އެކަންބަލާފަ، ހަމަތިބެފަ އެހެންހަދާ، މިހެންހަދާށޭ ކިޔާނީކީނޫން، ކުދިންތަކެއްގެ ހައްގައް ކަލޭމެން ތިއަރައިގަންނަނީ، 2020 ގަ އޯލެވެލް ހަދާކުދިންނައް އެއްވެސް ގުރުއާން ޓެސްޓެއް އޮންނާކައްނުޖެހޭ، އެއީ މިހުރިހާދުވަހު ނަމަކައް ގުރުއާން އޮތީ، ދިވެހި އިސްލާމައް ވެސް އެއްވެސްބދލއް ގނނާކއނޖހޭ

The name is already taken The name is available. Register?

ޢެހެންތަ ހީވަނީ

23 January 2020

އަދިއެވެސް ހަފްތާއެއްގެ ދެދުވަހު ކިޔަވާދީގެން . ކަޑަ އިމްތިހާނު ކުރުވާނެ ކަމެއްނެތް ކިޔަވާނުދީ ދަރިން ފާސް ކުރުވަންބޭނުން .ސުކޫލު ގަ ކިޔަވައިނުދެވޭނެނަމަ ބެލެވެރިންނަށް އުފުލަން ޖެހޭނެ ޓިއުޝަންގެ ބުރަ .

The name is already taken The name is available. Register?

އަލިފް ހ

23 January 2020

ކޮށަމުން މަށަމުން ގޮސް އަހަރު ނިމޭ އިރުގައި އެންމެ ފަހުން ނިންމާނީ އެއްވެސް އިމްތިޙާނެއް ދެން މި އަހަރު ނުދޭ ގޮތަށް!

The name is already taken The name is available. Register?

ޙާމަ

23 January 2020

ޤުރުއާން މި މާއްދާ ފުރަތަމަ ސްކޫލްތަކުން ފުރިހަމައަށް ދަރިވަރުން އަށް ކިޔަވާދިނުން މާމުހިންމުކަމަށްފެނޭ...މި މާއްދާއަކީ މަދަރުސާތަކުން އެއްވެސްގޮތަކަށް ދަރިވަރުން އަށް ރަގަލާށް ކިޔަވާދޭ މާއްދާއެއްނޫން....ބެލެނިވެރިން ބޮޑުއަގުގަ ޓީޗަރުން ކައިރިއަށް ފޮނުވަިގެނަ މުޅިންކިޔަވާދޭ މާއްދާއަކަށް ވެފައޮންނަނީ.

The name is already taken The name is available. Register?

ޢަބްދުﷲބެ

23 January 2020

ހިތުން ކިޔަވާ ބައިގަ ޢަޞްރު ސޫރަތް އެކަނި ބާއްވަން ފެނޭ.

The name is already taken The name is available. Register?

ފާނު

23 January 2020

އެސޫރަތުގެވެސް ފުރަތަމަ އާޔަތް ބާއްވަން ފެންނަނީ..

The name is already taken The name is available. Register?

ޙިނި

23 January 2020

މިވެސް ކަމަކައް ކައެއް ކުރާއުސޫލުން މިކުރަނީ. ދިވެހިބަހައް އަހަރަކު ކިތައް ތައުލިމީ ފޮތް ތަރުޖަމާ ކުރެވޭތޯ، ސުމެއް އިންގޭތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454