ރިޕޯޓް / އެޑިއުކޭޝަން މިނިސްޓްރީ

ގުރުއާން ޓެސްޓް: އެޑިއުކޭޝަން މިނިސްޓްރީގެ ޕްލޭނެއް ނެތް!

މި އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިންތަކެއް އިމްތިހާނެއް ނިންމުމަށް ފަހު ހޯލުން ނުކުންނަނީ: އަންނަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ގުރުއާން މާއްދާ އެސެސް ކުރާ ގޮތަށް ނިންމުމުން އެތައް ބައެއްގެ ކަންބޮޑުވުމެއް ވަނީ އުފެދިފައި.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކިޔަވާ ކުދިންގެ މުގައްރަރު ތައްޔާރު ކުރައްވާ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ތަޖުރިބާކާރަކު ދާދި ފަހުން ލިޔުއްވި ފޭސްބުކް ޕޯސްޓެއްގައި ބެލެނިވެރިންނަށް ބާރު އެޅުއްވީ ސްކޫލް ބަންދު ނުވަތަ ހަފުތާ ބަންދުގައި ކުދިން ލައްވައި ހޯމް ވޯކް ނެހެދުމަށެވެ. އޭގެ ބަދަލުގައި، އޭނާ ވިދާޅުވެފައިވާ ގޮތުން، ދަސްކޮށްދޭންވީ ކުދިންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތަކެވެ. އެ ކަންތައް ވެސް އެ ޕޯސްޓުގައި ވެ އެވެ. އެކަމަކު އަންނަ އަހަރު އޯލެވެލްގައި އެސްއެސްސީ އިމްތިހާނު ހަދާ ކުދިންނަށް ކުރިމަތިވެގެން މި އުޅެނީ މިއާ ހިލާފު އަދި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންގެ ވިސްނުމާ ވެސް މުޅިން ތަފާތު ކަމެކެވެ.

އެސްއެސްސީ އިމްތިހާނުގައި އަންނަ އަހަރު ގުރުއާން މާއްދާ ވަކިން ހިމަނައި އޭގެ އުސޫލުތައް ހެދީ، ކުރިން މި ބުނި ކަރިކިއުލަމް ޑިވެލޮޕަރު މަސައްކަތް ކުރައްވާ، އެންއައިއީންނެވެ. ނަމަވެސް އަންނަ އަހަރު އޯ ލެވެލް އިމްތިހާނު ހަދާ ކުދިންނަށް މި ބޮޑު ޗުއްޓީގައި ޖެހިފައި ވަނީ ގުރުއާން ޓިއުޝަނަށް ކޮންމެހެން ދިއުމަށާއި ގުރުއާން އެސައިންމަންޓް ތައްޔާރު ކުރާނެ ގޮތުގެ ހުނަރު ހޯދުމާއި އެސައިންމަންޓަށް ތައްޔާރު ވުމަށެވެ. ބައެއް ބެލެނިވެރިން މި ޗުއްޓީގައި ބޯ ހާސްވެފައި ވަނީ އެކަމާ ހެދި އެވެ. އެހެން ބައެއް ބެލެނިވެރިންނާއި ޓީޗަރުންނަށް ވެގެން އުޅޭ ގޮތެއް ވެސް ސާފެއް ނޫނެވެ. އެ މީހުން ތިބީ ޗުއްޓީ މޫޑުގަ އެވެ.

އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާގައި ދެ އެސައިންމަންޓް ހަދާ ގޮތަށް ކުރިން ކަނޑައަޅާފައި އޮތަސް ބެލެނިވެރިންގެ ޝަކުވާތަކާ ހެދި އެއް އެސައިންމަންޓަށް، އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ވަނީ ބަދަލުކޮށްފަ އެވެ. ދެ އެސައިންމަންޓް ހަދަން ކުރިން ކަނޑައެޅިއިރު، ފުރަތަމަ އެސައިންމަންޓުގެ އެންމެ ފަހު ތާރީޚަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހެވެ. މާނަ އަކީ އަންނަ އަހަރަށް ސްކޫލްތަކުގެ ކިޔެވުން ފަށާތާ ދެ މަސް ވެސް ނުވަނީސް ފުރަތަމަ އެސައިންމަންޓް ނިންމައި ހަވާލުކުރަން ޖެހުމެވެ. އެ ހާލަތުގައި އެސައިންމަންޓަށް ތައްޔާރުވާން ސްކޫލްގެ ފަރާތުން އެއްވެސް ކަމެއް ކޮށްދެވޭކަށް ނެތެވެ. އެ ވަރަށް މުއްދަތެއް ވެސް ނެތެވެ.

އެންމެ ބޮޑު މައްސަލައަކީ، ގްރޭޑް ނުވައެއްގެ ދަރިވަރުންނަށް މި އަހަރު އެއާ ބެހޭ އެއްވެސް ތަމްރީނެއް، ފިލާވަޅެއް ވެސް ނުދީ އޮތުމެވެ. ބޮޑު ޗުއްޓީގައި ދަރިވަރުން ކުއްލިއަކަށް ޓިއުޝަންތަކަށް ފޮނުވައި ހަދަން ޖެހުނީ އެހެންވެގެންނެވެ.

އެކަމަކު މިއީ އެސްއެސްއީ ކަހަލަ ރާއްޖޭގައި ބޮޑު އިމްތިހާނަކަށް އަންނަ ކުއްލި ބަދަލުގައި ދަރިވަރުންނަށް ޖައްސައިގެން ނުވާނެ ބުރައެއް ކަމަށް، ބެލެނިވެރިންނާއި ބައެއް ތަޖުރިބާކާރުން ދެކެ އެވެ.

ބެލެނިވެރިންގެ ޝަކުވާތަކާ ގުޅިގެން އެޑިޔުކޭޝަނުން މިހާރު ހަމަޖެއްސި ގޮތުން އަންނަ އަހަރުގެ ގްރޭޑް 10 ގެ ދަރިވަރުން ހަދާނީ އެއް އެސައިންމަންޓެވެ. އޭގެ އެންމެ ފަހު ތާރީޚަކީ އޭޕްރީލް 19 އެވެ.

އޯ ލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިންތަކެއް: ގުރުއާން މާއްދާގެ ދެ އެސައިންމަންޓްގެ ބަދަލުގައި އެއް އެސައިންމަންޓަށް ބަދަލުކުރީ ބެލެނިވެރިންގެ ފިއްތުންތަކާ ހެދި.---ފައިލް ފޮޓޯ: މިހާރު

އެކަމަކު ބޮޑު ޗުއްޓީ އަށް ދިމާކޮށް، ބޮޑު ބަދަލެއް އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާ ގުޅޭ އިދާރާތަކުން ގެނައުމަކީ ކަންބޮޑުވާން ޖެހޭ އަދި އެ މިނިސްޓްރީ ވެސް "ވާނުވާގައި" އޮތް ކަމުގެ ހެއްކެކެވެ. ރަނގަޅަށް ކުދިން ތައްޔާރު ނުކޮށް، އެސައިންމަންޓު ދޭ އިރު ކުދިންނާއި ބެލެނިވެރިންގެ ހާލަތު އެ މިނިނިސްޓްރީ އަށާއި އެންއައިއީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އަށް އެނގޭ ކަމަކަށް ނުވެ އެވެ. އެހެން ނޫން ނަމަ، ކުރިން ކަނޑައަޅާފައި އޮތް ދެ އެސައިންމަންޓް، ކުއްލި ގޮތަކަށް އެއް އެސައިންމަންޓަކަށް ބަދަލު ކުރާކަށް ނުޖެހުނީ އެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރާ ބެލެނިވެރިންގެ ބައިވަރު ޝަކުވާތައް އެބަ ހުއްޓެވެ. އެންމެ ބޮޑު އަދި ކަންބޮޑުވާ އެއް ކަމަކީ މި އަހަރު ނިމިގެން ދިޔައިރު ވެސް ގުރުއާން އެސެސް ކުރުމަށް ސްކޫލްތަކުން މަސައްކަތްތައް ނުކޮށް، ބޮޑު ޗުއްޓީއާ ދިމާކޮށް އެސައިންމަންޓުގެ ވާހަކަ އިއުލާން ކުރުމެވެ. ތައްޔާރު ވާން ވަގުތު ނުދިނުމެވެ.

"އެހެންވެ، މި ބޮޑު ޗުއްޓީގައި އަޅުގަނޑުމެންނަށް މި ޖެހުނީ ޓީޗަރަކަށް ފައިސާ ދީގެން ގުރުއާން ޓިއުޝަން ނަގަން. އަނެއްކާ ހިތުން ދަސްކުރަން ޖެހޭ ބައިތަކެއް އެބަހުރި. ތަޖުވީދުގެ ބައިތައް އެބަހުރި. އެސައިންމަންޓަކަށް ކުދިން ތައްޔާރު ކުރާއިރު އެ ކުދިންނަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ. ތައުލީމީ ދާއިރާގައި އުޅޭ ބަޔަކަށް ވެއްޖިއްޔާ މިވަރު ވިސްނެން ވާނެ،" އެކަށީގެންވާ ވަގުތު ނުދީ ގުރުއާން އެސައިންމަންޓަށް ކުދިން ތައްޔާރުކުރާ މައްސަލައިގައި ހެދި ޕެޓިޝަންގައި ސޮއިކުރި ބެލެނިވެރިއަކު ބުންޏެވެ.

އެހެން ބެލެނިވެރިއަކު ބުނިގޮތުގައި، ގުރުއާން މާއްދާއާ ބެހޭ ގޮތުން އެކި ސްކޫލްތަކުގެ ޓީޗަރުންގެ ފަރާތުން ތަފާތު ގޮތްގޮތަށް މައުލޫމާތު ލިބުމަކީ ވެސް ބޮޑު މައްސަލައެކެވެ. ބެލެނިވެރިން އިތުރަށް އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓޭ ކަމެކެވެ.

"ބައެއް މީހުން އެބަ ބުނޭ އައްޑޫގެ ބައެއް ސްކޫލްތަކަށް ގުރުއާން އެސައިންމަންޓާ ގުޅޭ ހުރިހާ ކަމެއް އަންގާފައޭ އޮތީ. ތައްޔާރުވަމުންނޭ އައީ. އެކަމަކު އެއީ ގިނަ ސްކޫލްތަކަށް އެނގޭ ކަމަކަށް ނުވި. ޑީޕީއީގެ އިސް ވެރިއަކު ބެލެނިވެރިންގެ ގުރޫޕްގައި ވިދާޅުވީ ހިތުން ދަސްކުރަން ޖެހޭނީ ވައްޟުހާ އިން ދަށުގެ ސޫރަތްތަކޭ. ނަމަވެސް އެހެން ޓީޗަރަކު މި ބުނަނީ މުޒައްމިލް ސޫރަތުން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށޭ ހިތުން ދަސްކުރަން ޖެހޭނީ. މިހެން ގޮސް ކިތަންމެ ކަމެއް އޮޅުން އަރާ ގޮތަށް ބެލެނިވެރިންނާ ހަމައަށް އެބަ އާދޭ،" އޭނާ ބުންޏެވެ.

"އެހެންވީމާ އެއްވެސް ގޮތަކަށް މި އިމްތިހާނަށް އެޑިއުކޭޝަން ދާއިރާ ތައްޔާރު ވެފައިވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެއް އެސައިންމަންޓު ހަދަން ޖެހޭ ގޮތަށް ވެސް އެ ބަދަލުކޮށްލީ އެންމެން ޗުއްޓީގައި ތިއްބާ. އެހެންވީމާ އެބަ އެނގޭ ނޫންތޯ އަމާޒެއް ނެތް ކަމެއް ކަން މިއީ."

ގުރުއާން އެސެސް ކުރުމުގެ ބައި ކުރިއަށް ގެންދަން މިހާރު ހަމަޖައްސާފައި އޮތް އުސޫލާ މެދު ވެސް ބައެއް ބެލެނިވެރިންނާއި ޓީޗަރުން ހިިތްހަމައެއް ނުޖެހެ އެވެ. އެއް ކަމަކީ އެސައިމަންޓްތައް ޗެކް ކުރުމުގެ މަރުހަލާ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ އެކު މި މަހުގެ ކުރީކޮޅު ބައްދަލު ކުރައްވަނީ: ގުރުއާން މާއްދާ އަށް ތައްޔާރު ނުވެ އެސެސް ކުރާ މައްސަލައިގައި ބެލެނިވެރިންގެ ޕެޓިޝަނެއް ވަނީ އެ މިނިސްޓްރީ އަށް ހުށަހަޅާފައި.---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ގުރުއާންގެ އެސައިންމަންޓުތައް އެންމެ ފުރަތަމަ ބަލާނީ ޓީޗަރެވެ. އެ އަށް ފަހު، ސްކޫލުން އެކުލަވައިލާ ޓީޗަރުންގެ ޚާއްސަ ގުރޫޕަކުން އެސައިންމަންޓުތައް ޗެކް ކުރާނެ އެވެ. ޑީޕީއީ އަށް އެސައިންމަންޓުތައް ފޮނުވާނީ އޭގެ ފަހުންނެވެ.

"އެއީ ހަގީގަތުގައި ވަރަށް ދެކޮޅުނުޖެހޭ ކަމެއް. އެންމެ ޓީޗަރަކު ނޫނީ ޓީޗަރުންގެ ޕޫލަކުން ބެލިޔަސް ކޮންމެވެސް ކުއްޖަކަށް ފޭވާކުރެވޭނެ. މި ދައްކަނީ އޯ ލެވެލް އިމްތިހާނުގެ ވާހަކަ. ވަރަށް ބޮޑަށް ޗެކް ކުރެވެން ޖެހޭނެ. މިހާރު ކަނޑައަޅާފައި ވަނީ މިނިވަންކަމާ އެކު، ވަކި ކޮޅަކަށް ނުޖެހި އެކަން ކުރެވޭނެ ފޯމިއުލާއެއް ނޫން. ޑީޕީއީގެ ބޭފުޅުން ފުރަތަމަ މަރުހަލާގައި ވެސް ވާނެ އެސައިންމަންޓުތައް ބަލައި ކުދިންގެ ފެންވަރު ބަލަން،" މާލޭގެ ބޮޑު ސްކޫލެއްގެ ޓީޗަރަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

ދެން އޮތް ދެކޮޅުނުޖެހޭ ކަމަކީ އަނގަ ބަހުން ކުދިންނާ ކުރާ ސުވާލުތައް ވީޑިއޯ ކުރުމެވެ. މިއީ މުޅި ރާއްޖޭގައި ކުރަން ޖެހޭ ކަމަކަށް ވާއިރު، އެއީ ރަނގަޅަށް ހިނގައިދާނެ ކަމެއްތޯ ބައެއް ޓީޗަރުންނާއި ބެލެނިވެރިން ސުވާލު އުފައްދަ އެވެ. ބައެއް ކުދިން ޖެހިލުން ވެ، "ފިނިވުމުގެ" ނަތީޖާ ގޯސްވާނެ ކަމަށް އެ މީހުން ދެކެ އެވެ. އަދި އެއް ކޮލިޓީއެއްގައި ވީޑިއޯ ނެގުމާއި އެ ފޮނުވުމުގައި ކުރިމަތިވާނެ ކިތަންމެ މައްސަލަތަކެއް ހުންނާނެ އެވެ. އެންމެ ބޮޑު މައްސަލައަކަށް ވާނީ، އެއްބަޔަކު ދެކޭގޮތުގައި، ވީޑިއޯ ނެގުމުގެ ތެރޭގައި މަކަރު ހަދެމުގެ ފުރުސަތު އޮތުމެވެ.

"ބައެއް މީހުން އެބަ ބުނޭ އައްޑޫގެ ބައެއް ސްކޫލްތަކަށް ގުރުއާން އެސައިންމަންޓާ ގުޅޭ ހުރިހާ ކަމެއް އަންގާފައޭ އޮތީ. ތައްޔާރުވަމުންނޭ އައީ. އެކަމަކު އެއީ ގިނަ ސްކޫލްތަކަށް އެނގޭ ކަމަކަށް ނުވި. ޑީޕީއީގެ އިސް ވެރިއަކު ބެލެނިވެރިންގެ ގުރޫޕްގައި ވިދާޅުވީ ހިތުން ދަސްކުރަން ޖެހޭނީ ވައްޟުހާ އިން ދަށުގެ ސޫރަތްތަކޭ. ނަމަވެސް އެހެން ޓީޗަރަކު މި ބުނަނީ މުޒައްމިލް ސޫރަތުން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށޭ ހިތުން ދަސްކުރަން ޖެހޭނީ. މިހެން ގޮސް ކިތަންމެ ކަމެއް އޮޅުން އަރާ ގޮތަށް ބެލެނިވެރިންނާ ހަމައަށް އެބަ އާދޭ،" ބެލެނިވެރިއެއް

"ވީޑިއޯ ކުރާއިރު، ފަހަތުން ރަނގަޅު ޖަވާބު ބޯޑެއްގައި ލިޔެގެން އެ ކުއްޖާ ލައްވައި ކިޔުއްވިޔަސް ކާކަށް އެކަން އެނގޭނީ؟ މިއީ ވެދާނެ ކަންކަން. މަޒްމޫނު ލިޔުމުގެ މުބާރާތް ކުރިން ބާއްވާއިރު އެހެން ވެފައި އެބަހުރި. ރަށްރަށުގެ ބައެއް ސްކޫލްތަކުގައި ކުރިން ހަދާ ގޮތަކީ މަޒްމޫނު ލިޔެފައި މުބާރާތަށް ފޮނުވަނީ. އެކަމަކު، މާލެ އައިސް އެ ކުއްޖާ މުބާރާތުގައި މަޒްމޫނު ލިޔާއިރު އެ ފެންވަރެއް ނާދޭ،" މާލޭގެ ސްކޫލެއްގެ ޓީޗަރަކު، އޭނާގެ ތަޖުރިބާގެ އަލީގައި، ކިޔައިދިނެވެ.

"އެއްވެސް ބެލެނިވެރިއަކު ބޭނުމެއް ނުވާނެ އޭނާގެ ދަރިފުޅު ވީޑިއޯ ކުރާއިރު ނުބައިކޮށް ކިޔޭ އެއްޗެއް ލީކްވެ ލަދެއްގައި ބެދޭކަށް. އެ ވީޑިއޯ ލީކް ނުވާނެ ކަމުގެ ކޮން ޔަގީން ކަމެއް ބެލެނިވެރިޔާ އަށް އޮތީ؟ ދާދި މިދާކަށް ދުވަހު ނޫންތޯ ގުރުއާން މުބާރާތެއްގައި ކުޑަކުއްޖަކަށް ކިޔުނު އެއްޗެއް އާންމުވެ، އެކަން ބޮޑު ސަކަރާތަކަށް ހެދީ."

ކީ ސްޓޭޖް 4 ގެ ކުދިންނަށް ގުރުއާން އިމްތިހާނު ދިނުން ރަނގަޅެއް ނޫން

މިއީ، ބައެއް ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސަބަބަކީ އަންނަ އަހަރު އެސްއެސްސީ އިމްތިހާނުގަައި ބައިވެރިވާ ކުދިންނަކީ ވަކި ހިސާބަކުން ކީ ސްޓޭޖު ތެރެއަށް ވައްދައި، އެކި މަރުހަލާތަކުގައި ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާ ބަޔަކަށް ވުމެވެ.

ފުރަތަމަ ފަހަރަށް ގުރުއާން އެސެސް ކުރުމުގައި ބައިވެރި މި ކުރަނީ ކީ ސްޓޭޖް 4 ގައި ހިމެނޭ ކުދިންނެވެ. އެކަމަކު އެ ކުދިން ވަނީ ކީ ސްޓޭޖު ތައާރަފު ކުރުމުގެ ތެރޭގައި ތަޖުރިބާގެ ނިޔަތުގައި ތަފާތު ކަންކަން ތަހައްމަލު ކޮށްފަ އެވެ. އެހެންވެ ކުރު މުއްދަތެއްގެ ތެރޭގައި ގުރުއާން އެސައިންމަންޓަކަށް ތައްޔާރުކޮށް، އިތުރު އުނދަގޫތަކެއް އެ ކުދިންނަށް ކުރިމަތި ކުރުވަން ބެލެނިވެރިން ދެކޮޅެވެ. އެމީހުން ދެކޭ ގޮތުގައި އަންނަ އަހަރު ގްރޭޑް 10 ގައި ކިޔަވާނީ "އެކްސްޕެރިމެންޓް ބެޗް"ގެ ކުދިންނެވެ.

މި އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިންގެ ހާލަތު (ޓީޗަރުންނާއި ބެެލެނިވެރިންގެ މައުލޫމާތު)

ގްރޭޑް 8 ގެ ބަދަލުގައި ގްރޭޑް 9 ގައި ސްޓްރީމް ނަގަން ޖެހޭ ގޮތަށް ކުއްލި ގޮތަކަށް ބަދަލު އައި.

ގްރޭޑް 9 ގައި އައިޖީސީއެސްއީ ތައާރަފު ކުރުމުން، މުޅި އަހަރު ޓީޗަރުން ތައްޔާރު ނުވެވި، މުގައްރަރުގެ ބޮޑު ބައެއް ކިޔަވައި ނުދެވުނު.

ގްރޭޑް 6 ގައި ކުއްލި ގޮތަކަށް ކީ ސްޓޭޖް ތައާރަފު ކުރުމުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި.

އަމީނިއްޔާ، މަޖީދިއްޔާ އަށް ފުރަތަމަ ފަހަރަށް ކޯ އެޑިއުކޭޝަން ތައާރަފު ކުރިއިރު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި.

ގްރޭޑް 10 އަށް ދިޔައިރު މަންހަޖަށް ބޮޑެތި ބަދަލުތަކެއް އައުން.

މި ސަބަބުތަކާ ހެދި، މި ކުދިންނަށް އިތުރު ހާސްކަމެއް ކުރިމަތިކުރާކަށް ބެލެނިވެރިން ބޭނުމެއް ނުވެ އެވެ. ޚާއްސަކޮށް ގުރުއާން އިމްތިހާނަށް ތައްޔާރު ވާން ވަގުތު ނުދީ، އިތުރަށް ކުރިއަށް ދާން ބެލެނިވެރިން ދެކޮޅީ އެވެ.

"ގުރުއާން ކިޔަވައި ދިނުމަށް އަދި ގުރުއާން އެސައިންމަންޓަށް ވެސް އަޅުގަނޑުމެން ދެކޮޅެއް ނޫން. އެއް ކަމަކީ ކީ ސްޓޭޖް 4 ގައި މިހާރު އެ ތިބަ ކުދިންނަށް ކުއްލި ގޮތަކަށް، ވަގުތު އޮއްވައި ކުރިން ނާންގައި މިވަރުގެ އިމްތިހާނެއް ދޭން ހެޔޮ ނުވާނެ. ކިޔެވުމުގެ ބޮޑު ބައި މި ކުދިން މި ދިޔައީ އެކްސްޕެރިމެންޓް ކުރަމުން. އަނެއްކާވެސް ހަމަ އެކްސްޕެރިމެންޓެއް ކުރަނީ ކީއްކުރަންހޭ އަޅުގަނޑުމެންގެ ސުވާލަކީ،" ބެލެނިވެރިއަކު ބުންޏެވެ.

"އަޅުގަނޑުމެންނަށް ހެޔޮ މިހާރު ގްރޭޑް 6 ގައި ތިބި ކުދިންނާ ހިސާބުން މި އަށް ތައްޔާރުވަމުން ދިޔަސް. އެއިރަށް ކުރީ ބައިގައި އެނގި ވަގުތު ލިބި މިކަން ރަނގަޅަށް ކުރިއަށް ދާނެ. އެކަމަކު، އަންނަ އަހަރު އޯ ލެވެލް ހަދާ ކުދިންނަށް ގުރުއާން މާއްދާ މަޖުބޫރުކޮށް އެ އިން އިމްތިހާނު ހެދުމަކީ ދެރައެއް ލިބިދާނެ ކަމެއް."

އަންނަ އަހަރުގެ އެސްއެސްސީގައި ގުރުއާން އެސެސް ކުރާއިރު، ބަލައިގެންނާއި ހިތުންނާއި ތަޖުވީދުގެ ބައިތައް އަދި އުލޫމުލް ގުރުއާންގެ ބައިތައް އަންނާނެ އެވެ. މި އިމްތިހާނުގައި ގުރުއާނުގެ ހަތަރު ސަފްހާއެއް ބަލައިގެން ވެސް ލިޔަން ޖެހެ އެވެ.

ފުރަތަމަ ފަހަރަށް ގުރުއާން އެސެސް ކުރުމުގައި ބައިވެރި މި ކުރަނީ ކީ ސްޓޭޖް 4 ގައި ހިމެނޭ ކުދިންނެވެ. އެކަމަކު އެ ކުދިން ވަނީ ކީ ސްޓޭޖު ތައާރަފު ކުރުމުގެ ތެރޭގައި ތަޖުރިބާގެ ނިޔަތުގައި ތަފާތު ކަންކަން ތަހައްމަލު ކޮށްފަ އެވެ. އެހެންވެ ކުރު މުއްދަތެއްގެ ތެރޭގައި ގުރުއާން އެސައިންމަންޓަކަށް ތައްޔާރުކޮށް، އިތުރު އުނދަގޫތަކެއް އެ ކުދިންނަށް ކުރިމަތި ކުރުވަން ބެލެނިވެރިން ދެކޮޅެވެ. އެމީހުން ދެކޭ ގޮތުގައި އަންނަ އަހަރު ގްރޭޑް 10 ގައި ކިޔަވާނީ "އެކްސްޕެރިމެންޓް ބެޗް"ގެ ކުދިންނެވެ.

މައްސަލައަކަށް ވެގެން މި އުޅެނީ، ބެލެނިވެރިންނާއި ބައެއް ޓީޗަރުން ބުނާ ގޮތުގައި، ތައްޔާރު ނުވެ، އިމްތިހާނެއް ގޮތަށް އެސްއެސްސީގައި ގުރުއާން ހިމަނައި، އެސައިންމަންޓްގެ ތާރީޚުތައް ކުއްލި ގޮތަކަށް އިއުލާން ކުރުމެވެ. ސްކޫލް ޗުއްޓީ ދުވަސްވަރު ހޯމް ވޯކް ހެދުމާ ދުރުވުމަށް މުގައްރަރު ތައްޔާރު ކުރައްވާ ބޭފުޅުން އެންގެވިޔަސް އެއާ އިދިކޮޅަށް ބެލެނިވެރިންނާއި ޓީޗަރުންނަށް އަމަލު ކުރަން މަޖުބޫރު ކުރި މައްސަލަ އެވެ.

49 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 18%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލަފޭ

23 December 2019

ކުރަންނުޖެހޭ ބޭކާރު ކަންކަން ކުރަން އުޅެންޏާ ވާނީ ތިހެން

The name is already taken The name is available. Register?

ޙިޔާލެއް

23 December 2019

ގްރުއާންކިޔަވާނީ ގްރުއާން ކުލާސްތަކަށް ގޮސް ސްކޫލަގައެއްނޫން

The name is already taken The name is available. Register?

ޔާސްމީން

22 December 2019

އަޅެ ފަހެ، ދެން ޤުރުއާއުން އޯލެވަލް ނުހެދީއްޔާ މިހާރު އަހަރުމެން މުސްލިމުންނަށްވެސް ނުވަނީތަ؟؟!!! މިކަހަލަ ކަންތައްތައްކުރީމަ ކުދިންނަށް އިތުރު ބުރަޔަކަށްވެ، ދެން ޤުރުއާން ކިޔަވަންވެސް ވާނީ ފޫހި. އެއީ ކޮންމެހެން ޓެސްޓެއް ހަދަން ކުރާކަމެއް ނޫން. އޭގެން އޯލެވަލް ނުހެދިޔަށް ކަމަކު މިހާރު ހުރިހާ ކުދިންވެސް ކިޔަވަން އެދަސްކުރަނީ ތަޖްވީދަށް. އަދި ބޭނުން ކުދިން ހުތުދަސްވެސް ކުރޭ. މީދެން ކޮން ބޮޑު ސަކަރާތެއް.

The name is already taken The name is available. Register?

މިޝެލް

22 December 2019

ޢެޑިއުކޭޝަން މިނިސްޓަރ އަދި މިނިސްޓްރީއަށް ދޭންވީ ހަމަ “އެފް” ފާހެއް....އެންމެ ކަމެއްނުވާ އެއް މިނިސްޓްރީ....ރައީސަށް ކެބިނެޓް ޝަފުލްއަކަށް ގޮވާލަން.... އަލީ ވަހީދާއި، ޔުމްނާ، ފިޔަވައި ރަގަޅު މިނިސްޓަރެއް މިހާރަކު ނެތް..

The name is already taken The name is available. Register?

ހާމިދު ޝާހިދު

22 December 2019

ގްރުއާން، ނަމާދުކުރުން، ނަމާދުކުރާ ތަކެތި އިނގެންޖެހޭ. އެކަމަކު މިކަންކަން އުނގަންނައިދޭންޖެހޭ މަދުމިންވަރެއް ކަނޑައަޅާ ގްރޭޑް 1 އިންފެށިގެން ފަށައިގަނެފިނަމަ، ގްރޭޑް 10 އަށްގޮސް އިމްތިހާނު ހަދާއިރު އުނދަގުލެއްނުވާނެ. ގްރުއާން ހިތުދަސްކުރުމުގެ މަދުމިންގަނޑުގައި އޮންނަންވީ، ވައްލުހާއިން ދަށުގެ ސޫރަތްތަކުގެ ތެރެއިން މަދުވެގެން 7 ސޫރަތް. އެއީ ނަމާދުކުރުމަށް ބޭނުންވާމިންވަރު. ގްރުއާނުގެ އިލްމު އިތުރުކުރަން ބޭނުންވާ ކުދިން އަމިއްލެއަށް ކުރިއަށްދާންވީ

The name is already taken The name is available. Register?

އިންސާނާ

22 December 2019

ރަނގަޅު

The name is already taken The name is available. Register?

ޤާސިމް

22 December 2019

ގުރުއާންގެ ތިއަރީބައި އަސެސްކުރަންވީ އިސްލާމްގަވެސް ޓެސްޓްދޭގޮތަށް ލިޔުމުން ޓެސްޓްދީގެން. އޭގެ އިތުރުން ކިޔެވުކުގެ ބައި ޓެސްޓްކުރަންވީ ކުއްޖާގެ ކިޔެވުން ރެކޯޑްކޮށްގެން ޑީޕީއީއަށް ގެންގެސްގެން އެތަނުގެ އެގްޒަމިނަރުން. އޭރުން މިކަން ރަނގަޅަށް ކުރެވޭނީ

The name is already taken The name is available. Register?

މަރިއްކޮ

22 December 2019

ގޭގައި ގުރުއާން ކިޔަވައިދިނަސް މަންހަޖަކީ ބެލެނިވެރިން ނިންމަންޖެހޭ އެއްޗެއްނޫން. ވަރަށް މަދު ކުއްޖަކު ޤުރުއާން ހިތުދަސްވާނީ. ރަސޫލާގެ ޒަމާނުގައި ހުރިހާ ޞަހާބީ ބޭކަލުން. ޤުރުއާން އެއްކޮށް ހިތުދަހެއްނޫން.

The name is already taken The name is available. Register?

އައިޝަރު

22 December 2019

އެކުދިންގެ މުގައްރަރަކީ މުޅި ޤުރްއާން އެއްކޮށް ހިތުދަސްކުރުންތަ؟ މުސްލިމެއް ވިއްޔާ ޤުރްއާނުގެ ކޮންމެވެސް މިންވަރެއް ހިތުދަސްވާން ވާނެ ދޯ؟ގުރޭޑު ދިހައެއްގެ ފޮތުގަ ވާގޮތުން ހިފްޒް މުގައްރަރަކީ ތިރީސްވަނަ ފޮތާއި ނަވާވީސް ވަނަފޮތުން ފަސް ސޫރަތް. ނުވަ އަހަރު ވަންދެން އެކުދިން ވާނީ ތިރީސްވަނަ ފޮތް ކިޔަވާފަ. ސޯ ތިހެން ބުނެފަ ނިންމާލެވޭކަށް ނެތް

The name is already taken The name is available. Register?

ކަމާ

22 December 2019

ނުޖެހޭ ހިތުދަސްކުރާކަށް؟ ބަލައިގެން ކިޔަން އުގުނީމަ ނިމުނީ؟ މީ ދެން މާ ކަންތަށް ފަލަކުރަނީ! ދީނުގަ ނޯވޭ ގުރުއާން ހިތުދަސް ކުރާކަށް މިއުޅެނީ ގަރީންނަށް ވާކަށެއްނޫން! ވަކި މަހުރަޖަކަށް ކިޔާކަށްވެސް ނުޖެހޭ؟ ޗައިނީސް މުސްލިމަކަށް ހަމަޔަގީން ތިޔަ މަހުރަޖަށް ކިޔާކަށް ނޭގޭނެ، އެމިހުންނަން ނުކިޔޭ އަކުރުހުރޭ؟ ދެން އެމީހުން ކިޔަވާ ގުރުއާން ސައްހަ ނުވާނެތެ؟ ކޮންމެ ކަމެއް މިމީހިން މިއުޅެނީ އެކްސްޓްރީމް ކޮށްގެން! ބޯހަލާކު

The name is already taken The name is available. Register?

ާއުނިމާ

22 December 2019

ތިޔައީ ފޭލްވެފައޮތް މިނިސްޓްރީއެއް! ކުރިންވެސް މިހާރުވެސް މިކިޔަނީ، ކަރިކިޔުލަމް ތަންފީޒުކުރެވޭފަދަ ބުރަދަނެއް މިސަރުކާރަކު ނެތޭ ނެތޭ!

The name is already taken The name is available. Register?

ޙަސީ

22 December 2019

ޙުރިހާކަމެއް ބޮއްސުންލައި ދޯދިޔާވަނީ ޕޮލިސީލެވެލްގައި ކަންކަން ނިންމަން ތިބި މީހުންގެ ނާގާބިލުކަމުން. ޢިއްޔެ އެހެންބުނާނެ. މާދަމާ މިހެންބުނާނެ. ޢަނެއްދުވަހު އަދި އެހެންގޮތެއް އޮންނާނެ. މިއަދު ކިޔަވާކުދިން ވެފައި މިވަނީ ލެބޯޓްރީގައި އެކްސްޕެރިމެންޓު ހަދަން ގެންގުޅޭ މީދަލަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454