ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްކުރަމުން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
05 ޖޫން 2022 - 12:18
ހުޅުމާލޭގައި ސަރުކާރުގެ ކުންފުނިތަކުންް އިމާރާތްކުރާ ފްލެޓްތަކުގެ ކަރަންޓް ނެޓްވޯކްގެ ޑިޒައިނިން މަސައްކަތްކުރުން ލަސްވާތީ، އެ މަސައްކަތް އަމިއްލައަށް ކުރުމަށް ސްޓެލްކޯގެ ބޯޑުން ރޭ ފާސްކޮށްފި އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެޗްޑީސީން ހަވާލުކޮށްފައިވާ ކުންފުނީގެ ދަށުން ކަރަންޓު ނެޓްވޯކިން މަސައްކަތްކުރާ ނަމަ އެތަން ނިމޭނީ އަންނަ ސެޕްޓެމްބަރު ހިސާބުގައި ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.
އެކަމަކު ސްޓެލްކޯގެ ފްލެޓްތަކުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާ ކަމަށާއި އެހެންވެ ބޯޑުން ނިންމީ ވީ އެންމެ އަވަހަކަށް އެ ތަނަށް މީހުންނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް އޭނާ ވިދާޅުވި އެވެެ.
"ފްލެޓް ލިބުނު މީހުން އަދިވެސް ފައިސާ ދައްކަމުން އެ ދަނީ. އެހެންވީމާ ނުވަދެވި ލަސްވާތީ އެ މީހުންނަށް ބޮޑު ގެއްލުމެއް ލިބޭތީ ބޯޑުން ރޭ ނިންމާފައި ވަނީ ކުންފުނިން އެ މަސައްކަތްކުރާ ގޮތަށް،" އޮފިޝަލް ވިދާޅުވި އެވެ.
އެ މަސައްކަތްކުރުމަށް ކުންފުނިން ކިހާ ފައިސާއެއް ހޭދަކުރާނެ ކަމެއް އަދި ސާފެއް ނުވެ އެވެ. ސްޓެލްކޯ އިން ނެޓްވޯކް ޑިޒައިން ހަދައި ކަރަންޓު ފޯރުކޮށްދޭއިރު ކައިރީގައިި ހުރި އެހެން ކުންފުނިތަކުގެ ފްލެޓްތަކަށް ކަރަންޓު ދޭނެ ކަމެއް ވެސް ނޭނގެ އެވެ.
ބައެއް ކުންފުނިތަކުގެ ފްލެޓްތަކުގެ މަސައްކަތް ނިމިފައިވީ ނަމަވެސް، އެތަނަށް މީހުންނަށް ނުވަދެވި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށްޓަކައި ނެޓްވޯކް ޑިޒައިން ކުރުން ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުނިން މަސައްކަތް ނުނިންމައިގެންނެވެ.
އެ ކޮންޓްރެކްޓަރާ ހަވާލާދީ ކުރިން އެޗްޑީސީން ބުނެފައިވާ ގޮތުގައި ކަރަންޓު ނެޓްވޯކްގެ ޑިޒައިނިންގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ނިންމާލެވޭނެ އެވެ. އެކަމަކު އަވަހަށް ކުރަން ބޭނުން ނަމަ ކޮންމެ ކުންފުންޏަކުން ވެސް އަމިއްލަ ހަރަދުގައި އެކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ކުރިން ވިދާޅުވެފައި ވަނީ ވަގުތީ ހައްލެއް ހޯދައިގެން ވިޔަސް އަންނަ ޖުލައި މަހު އެ ފްލެޓްތަކަށް މީހުން ވައްދާނެ ކަަމަށެވެ.
ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ސްޓެލްކޯގެ ފްލެޓްތަކުގެ ދެ ޓަވަރުގައި 360 ފްލެޓް ވަނީ ހަދައިފަ އެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓްތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
06 June 2022
ނިކަމެތިންނަށް އެއްވެސް އެއްހެއްނެތް ދަފްތަރުގައި ޖެހިގެން މާލޭ ރައްޔިތުންނަށް ވެފައިވާ މީހުން ބާކީވެފައި
ސަރީފޫުުުުުުުުުުުުުުުުުުުުުުުު
05 June 2022
ތިތަނުންވެސް ފުލެޓުދީފަހުރީ 5 އަހަރު ހިދުމަތެއް ނުކުރާ މީހުނައްވެސް. 10 ނުވަތަ 15 އަހަރު މަސައްކަތް ކުރިމީހުން ބާކީވެފަ. އެމްޑީ އިސްތިއުފާ
ސޭޓޫ
06 June 2022
ފައިބައިގެން ދިޔައީ ކަޑަ ޖަހާފައި ފުލެޓު ލިޔުން ދީފައި. ދެން ކީއްކުރަން އެހެން މީހުންގެ ބޮލުގައި އަޅުވަނީ
ފޫހި
05 June 2022
މިއީ ކޮރޮޕްޝަން. އަމިއްލަ މަސްލަހަތަށް ކުންފުނިން ހަރަދެއްނުކުރެވޭނެ.
ދޮންހުސޭނު
05 June 2022
ލައްގާނީ ލައްގާހުރަޔަށް. ކުއްޔާ ފެންބިލާ ކުނިބިލާ ދަރިންގެ ބުއްދަޅާ އަދި ދުއްވާ އުޅަނދުގެ ޕެޓިރޯލުވެސް ސްޓެލްކޯން ދައްކާދޭން ފެނޭ. ސަނަދު އޮތިއްޔާ ތަފާތުވެފަ ކުންފުނީ މުއްޒަފުން ތަފާތުކޮށްފަ ސިޔާސީ މީހުން ތަފާތުވެފަ އޮންނަ ބޯހިޔާވަހިކަން މީ ކޮންވައްތަރު. ބާކީތިބީ ވަގުންނާ އަހަރުމެންނާ އެކަނި ބޮޑު ކުއްޔާ ބޮޑުލޯނު ދީގެން ތަންތަން ހޯދަން. ސަލާމޭ ވަރަށް
އަސަލު
05 June 2022
މާލޭގެ ރައްޔިތުން ވަންނާނެ ތަނެއް ނެތަސް ކުންފުނިތަކަށް ބިންތައް ދީގެން ޕްލެޓްތައް އަޅާފައި ރަށްރަށު މީހުންނަށް ބިންތައްދީ ހުސްކުރަނީ.
ައައިސާ
06 June 2022
ރަށްރަށު މީހުންނަން ހުޅުމާލެ ފްލެޓްތައް ދިނީމަ ތިމީހުންގެ މާލެ ތިމީހުންނަން ލިބޭނެއްނު...
ބޮޑުމީހާ
05 June 2022
20000 ފްލެޓް މިސަރުކާރުން އަޅައިފި.
ފުލެޓް ދޮންބެ
05 June 2022
ތިކަމުންވެސް އެސްޓިއޯ ނަމޫނާ ދައްކާފި.
ފުލެޓް ދޮންބެ
05 June 2022
އެސްޓިއޯ ފުލެޓްވެސް އަމިއްލައަށް ކަރަންޓްދީގެނ
ފޮހްބެ
05 June 2022
ސްޓެލްކޯ ފްލެޓް ތަކުގައި ކަރަންޓް ޓެސްޓްކުރާތާ އެއްހަފްތަވެއްޖެއް. ރޭގަޑު އެއިމާރާތް އޮތްނަނީ ދިއްލާފައި.އެތަނުގައި މިހާރުވެސް ކަރަންޓް ލިބޭ.
ވައިކަޓޯ
05 June 2022
ސްޓެލްކޯ ފްލެޓް ލިބޭ މީހުން މަހަކު ދައްކަން ޖެހެނީ 7000 ރުފިޔާ. 3 ކޮޓަރި ފާހާނާ އާއި ބަދިގެ އަދި ހުރިހާ ފަރްނީޗަރ ލާފައި. ކިހާރަގަޅު.
ދޮގުނުހަދާ
05 June 2022
ހުރިހާ ފަރުނީޗަރު ވެސް ލާފަޔޭ ؟ ތީ ކަނޑައެޅިގެން ބޮޑު ދޮގެއް. ފަރުނީޗަރު ގަންނަން ޖެހެނީ އެމީހަކު ދިރިއުޅޭ ތަނަކަށް ބޭނުންވާ ފަރުނީޗަރު އެމީހަކު. ފްލެޓް ދޭނެ އަގެއް އަދި ނުނިންމާ. ނިންމީމަ ނޫހުގެ ޖަހާނެ.
ހައިރާންވެ
05 June 2022
ފްލެޓްދޭނެ އަގު ނުނިއްމާ ކިހިނެއް މުވައްޒަފުން މަހުން މަހަށް ލާރިދޭވާހަކަ ސްޓެލްކޯއިން އެބުނަނީ!