ކުޅިވަރު / ޓިން ކޫޕްމަން

ރާއްޖޭގެ ކޯޗުކަމުން ކޫޕްމަން ވަކިކުރީ ގޯސްކޮށް، ބަދަލުދޭން ފީފާއިން އަންގައިފި

ގައުމީ ޓީމުގެ ކުރީގެ ކޯޗް ކޫޕްމަން އާއި އެފްއޭއެމްގެ ރައީސް ބައްސާމް، ކޫޕްމަން ކޯޗު ކަމަށް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ގައުމީ ކޯޗު ކަމުން އޭނާ ވަކި ކުރީ އުސޫލާ ހިލާފަށް ކަމަށް ފީފާގެ ޓްރިބިއުނަލްއިން ވަނީ އަންގާފަ --- ފައިލް ފޮޓޯ

06 ޖޫން 2022 - 10:22

5 comments

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، މާޓިން ކޫޕްމަން މަގާމުން ވަކިކުރީ އުސޫލާ ހިލާފަށް ކަމަށާއި އެހެންވެ އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލުދޭން، ފީފާގެ ފުޓްބޯލް ޓްރިބިުއުނަލްއިން، އެފްއޭއެމް އަށް އަންގައިފި އެވެ.

ރާއްޖޭގެ ކޯޗު ކަމުން ކޫޕްމަން ވަކި ކުރީ މިދިޔަ އަހަރު އޯގަސްޓް މަހު އެވެ. އެއީ އޭނާ އާއެކު ތިން އަހަރު ދުވަހަށް ކޮންޓްރެކްޓް އާ ކުރިތާ ހަ މަސް ފަހުންނެވެ.

ރާއްޖޭގެ ކޯޗުކަމުން އޭނާ ވަކިކުރުމުން، ގެއްލުމުގެ ބަދަލު ހޯދައިދޭން ކޫޕްމަންގެ ފަރާތުން ފީފާ ޓްރިބިއުނަލް އަށް ހުށަހެޅި މައްސަލައިން ދިފާއުވުމުގެ ފުރުސަތު އެފްއޭއެމް އަށް ދިނެވެ.

ކޫޕްމަންގެ ފަރާތުން ވަކާލާތު ކުރި "ބްލޭޒާ މިލްސް" ލޯ ފާމުން ބުނީ އެފްއޭއެމުން، ކޫޕްމަން ކޯޗުކަމުން ވަކި ކުރީ، އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން ނެރުނު ނަތީޖާތަކާމެދު ހިތްހަމަނުޖެހޭކަން ހާމަކުރުމަށްފަހު ކަމަށް އެފްއޭއެމުން ބުނާ ކަމަށެވެ. އެއަށް ރައްދު ދިނުމުގެ ގޮތުން ކޫޕްމަންގެ ގާނޫނީ ޓީމުން ބުނެފައި ވަނީ، އޭނާގެ ކޯޗުކަމުގެ ދަށުން ނެރުނު ނަތީޖާތަކަށް އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލް، ކޫޕްމަން އާއި ގައުމީ ޓީމަށް މަރުހަބާ ވިދާޅުވި ކަމަށެވެ.

އޭނާގެ އާއެކު ހެދި ވަޒީފާގެ އެއްބަސްވުމުގައި ބުނާ އެކިއެކި ވާޖިބުތަކާ އެއްގޮތަށް އޭނާ ހުށަހަޅަން ޖެހޭ ރިޕޯޓަކީ ފެންވަރު ދަށް ރިޕޯޓެއް ކަމަށް ވެސް އެފްއޭއެމުން ހުށަހަޅައިފައިވާ ކަމަށް ވެސް އެލޯފާމުން ބުނެ އެވެ. އެރިޕޯޓްތައް ހުށަހަޅަން ފީފާ ޓްރިބިއުނަލްއިން އެދުނު ނަމަވެސް އެރިޕޯޓްތައް އެފްއޭއެމް އަކަށް ހުށަނޭޅުނެވެ. ރިޕޯޓްތަކާ ގުޅޭގޮތުން ކޫޕްމަންގެ ކިބައިން އިތުރު މަޢުލޫމާތެއް ހޯދުމަށް އެދިފައިވާނެތޯ އަދި އެކަން އޭނާގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރެވިފައިވާކަން ވެސް އެފްއޭއެމް އަށް ސާބިތު ކޮށްނުދެވުނެވެ.

ކޫޕްމަން ގައުމީ ޓީމުގެ ޕްރެކްޓިހުގައި: އޭނާގެ ކޯޗު ކަމުގެ ދަށުްނރާއްޖެއިން ކުޅުނީ ތިން މެޗު --- ފައިލް ފޮޓޯ: އެފްއޭއެމް

ކޫޕްމަންގެ މަސައްކަތާ މެދު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވެސް ވަނީ އޭރު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ރާއްޖޭގެ ކޯޗުކަމުގައި 18 މަސް ހޭދަކުރިނަމަވެސް އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން ކުޅުނީ ތިން މެޗެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށެވެ. އޭނާ ވަނީ ފިލިޕީންސް އަތުން ޕޮއިންޓެއް ހޯދާފަ އެވެ. އެ މެޗުތަކަށް ގައުމީ ޓީމާއެކު އޭނާ ދިޔައީ ޕްރެކްޓިސް ކުރާނެ ދަނޑެއް ރާއްޖެއިން ނުލިބި، ހޮޓެލް ޖެންގެ ބޯލް ރޫމުގައި ޓްރޭނިން ހެދުމަށް ފަހު އެވެ.

އުސޫލާ ހިލާފަށް އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމުން ބަދަލުގެ ގޮތުގައި ފައިސާ ދިނުމަށް ފީފާއިގެ ޓްރިބިއުނަލްއިން އެފްއޭއެމް އަށް ވަނީ އަންގައިފަ އެވެ. އެގޮތުން އޭރު ކޫޕްމަން އާއެކު ހެދި އެއްބަސްވުމާ އެއްގޮތަށް ޖެނުއަރީ 2024 އާ ހަމައަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ އަދަދު ދިނުމަށް ވަނީ އަންގައިފަ އެވެ. އަދި އެފައިސާ 45 ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، ފީފާގެ ޑިވޮލޮޕްމެންޓްގެ ބަޖެޓުން އެފްއޭއެމް އަށް ދޫކުރާ ފައިސާގެ ތެރެއިން އެއަށްވާ އަދަދު އުނިކުރާނެ ކަމަށް ވެސް ފީފާގެ ޓްރިބިއުނަލްއިން ބުނެފައި އެވެ.

ކޫޕްމަން އާއި ބައްސާމް އަދި ރެނޭ ހިޑިންކް: މި ދެކޯޗުންގެ ކޮންޓްރެކްޓް ބާތިލުކުރީ ވެސް ގަވާއިދާ ހިލާފަށްކަމަށް ފީފާގެ ޓްރިބިއުނަލްއިން ވަނީ ނިންމާފަ --- ފައިލް ފޮޓޯ: މިހާރު

މިއީ ފީފާގެ ޓްރިބިއުނަލްގައި އެފްއޭއެމް ނާކާމިޔާބު ވި ދެވަނަ ފަހަރެވެ. ކޫޕްމަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރި ރެނޭ ހިޑިންކްގެ ކޮންޓްރެކްޓް ވެސް ގަވައިދާ ހިލާފަށް ބާތިލުކޮށްފައި ވުމުން އޭނާ އަށް ވެސް ބަދަލުގެ ގޮތުގައި 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރިބިއުނަލްއިން އެފްއޭއެމް އެންގި އެވެ.

ކޫޕްމަން އަށް ޓާގެޓެއްގެ ގޮތުގައި އޭރު ދީފައި ވަނީ އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައި ވުމެވެ. އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމުން، ގައުމީ ޓީމުގެ އިންޓަރިމް ކޯޗުގެ ގޮތުގައި މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ކޯޗުކޮށް ދިނީ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން އެވެ. އަދި މިދިޔަ އަހަރު އޮކްޓޯބަރު މަހު މިހާރުގެ ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އާ ރާއްޖޭގެ ކޯޗުކަން ހަވާލު ކުރި އެވެ. މޮރިއޭރޯގެ ކޯޗު ކަމުގެ ދަށުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ.

ރާއްޖެ އާއި ތައިލެންޑް ހިމެނޭ ގުރޫޕްގައި ދެން ހިމެނެނީ އުޒްބެކިސްތާން އަދި ސްރީ ލަންކާ އެވެ. ސެންޓްރަލައިޒް އުސޫލުން މި ގުރޫޕްގެ ކޮލިފައިން ކުރިއަށްދާނީ އުޒްބެކިސްތާންގަ އެވެ. ރާއްޖޭގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެެވެ. އަދި ފަހު މެޗުގައި މިމަހުގެ 14 ވަނަ ދުވަހު ލަންކާ އާ ދެކޮޅަށް ކުޅޭނެ އެވެ.

5 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައްސާމޭ

07 June 2022

ބައްސާމު ބެހެނީއެވެ. ދިވެހި ފުޓްބޯޅަ ފެތެނީއެވެ. ފާސްކުރި ބަޖެޓްވެސް ފެތޭނެއެވެ. މިހާރުހުރި ކޯޗުގެ ކޮންޓްރެކްޓްވެސް ކޮށާލަފާނެ އަންނަ ޝޮކުގައި. ދެންއޭގެފަހުން އަންނަ ޝޮކުއަނެއްކާވެސް ބޮޑުވާނެ. ހީހީ ހަލާކުވާނެ.

The name is already taken The name is available. Register?

އިޙްސާސް

06 June 2022

އެފްއޭއެމް ބަނގުރޫޓުވަނީ ނޫންބާ؟

The name is already taken The name is available. Register?

ާއަހުމައދު12

06 June 2022

ޢަޖާއިބުވެއްޖެ. ޢަބަދު ބަދަލުދެނީ . މިކަމުންއެގެނީ ނާގާބިލުމީހުން ވަޒީފާތަކާ ހަވާލުވެފަތިބިކަން . މިސަރުކާރުވެސް ކުރީ ސަރުކާރުވެސް އޭގެ ކުރީސަރުކާރުވެސް . ދެންއޮތް ސަރުކާރުވެސް.

The name is already taken The name is available. Register?

ޝާނާ

06 June 2022

ކިހާ ބޮޑެތި ގެއްލުންތަކެއް މިވަނީ. ޒިންމާވާނެ ޒިންމާދާރު ވެރިއަކު ނުވާނެ. ތި ދަރަނިވެސް އަދާކުރަން ޖެހޭނީ ދިވެހި ރައްޔިތުންގެ ފައިސާއިން. މިކަމުގައި އިހުމާލުވި މީހުންގެ މުސާރަ ތައް ހުއްޓާލާ އެމީހުންގެ ބޭންކް އެކައުންޓް ތައް ފްރީޒް ކޮށް މިފައިސާ ދައްކަން ގޮވާލަން

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

06 June 2022

މަޑުމަޑުން މެޅެމުން މިދަނީ.ވަރަށް ރަނގަޅު މިސްރާބަކަށް އަމާޒު ހުރީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454