"އިސްލާމް ދީނުުގެ މަތިވެރި އުސޫލުތަކާއި ކީރިތި ރަސޫލާ ދެއްކެވި ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ ކޮންމެ އަމަލެއް، ހުރިހާ ހާލަތެއްގައި ވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާނެ"
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތަކާ ދެކޮޅަށް އިންޑިއާގެ މުސްލިމުންތަކެއް މުޒާހަރާކުރަނީ.-
06 ޖޫން 2022 - 16:30
އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ބައެއް އޮފިޝަލުން، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށާއި އެފަދަ ކޮންމެ އަމަލެއް ރާއްޖޭން ކުށްވެރިކުރާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން ނެރުނު ކުރު ބަޔާނެއްގައި ބުނީ އިސްލާމް ދީނުުގެ މަތިވެރި އުސޫލުތަކާއި ކީރިތި ރަސޫލާ ދެއްކެވި ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ ކޮންމެ އަމަލެއް، ހުރިހާ ހާލަތެއްގައި ވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާނެ ކަމަށެވެ.
"މިގޮތުން، އިންޑިއާގެ ބީޖޭޕީގެ ބައެއް އޮފިޝަލުން، އިސްލާމް ދީނާއި މާތް ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވެ އެވެ." އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ބީޖޭޕީގެ ބައެއް އޮފިޝަލުންގެ މި އަމަލުތައް އިންޑިއާ ސަރުކާރުން ކުށްވެރިކޮށް އަދި މިކަމުގައި ހިމެނޭ އޮފިޝަލުންނާ މެދު ބީޖޭޕީން އަވަހަށް ފިޔަވަޅު އަޅާފައި ވާތީ އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
ބީޖޭޕީގެ އިސް ދެ ވެރިއަކު ވަނީ ކީރިތި ޤުރްއާނަށާއި އިސްލާމީ އުންމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކޮށްފަ އެވެ. އެކަމާ ގުޅިގެން އިސްލާމީ ގައުމުތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ބީޖޭޕީގެ ދެ ވެރިންގެ ތެރެއިން އެކަކު އިއްޔެ ޕާޓީން ވަކިކޮށް އަނެކަކު މިހާރު ހުރީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކުރީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުރި ނުޕުރް ޝަރުމާ އެވެ. ޕާޓީން ވަކިކުރީ ވެރިރަށް ނިއު ދިއްލީގައި ހުނަން އެ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިފު
09 June 2022
ޜާއްޖެއިން ކުށްވެރި ކޮށްފަ ކޮބައިތަ ހެހެހެ ހައްހައްހައް؟!؟!؟!؟!؟!؟!؟!؟!؟!؟!؟!
މުޙުއްމާ
08 June 2022
އެމް.ޑީ.ޕީ. ރުޅިއަންނާނެ. ބީ.ޖޭ.ޕީ. ކުއްވެރިކުރީމަ.
ޑިމޮކްރަސީ
07 June 2022
މަޖްލީހުގަ ނެގި ވޯޓުންވެސް އިގޭ މަޖްލީހުގެ މެޖޯރިޓީންނާއި، ދިވެހި ރާއްޖޭގެ ސިންގާސަނާގަތިބި މީހުން އިސްލާމްދީނަށާއި ﷲ ރަސޫލާ އަށް ފުރައްސާރަކުރުމަކީ ކިހާވަރެއްގެ ކަމެއްކަން ބަލައިގަންނަ މިންވަރު ދިވެހި ރައްޔިތުންނަށް ވަރަށް ސާފް
ކޮރަލް
07 June 2022
ފުރަތަމަ އިސްކުރަން ވީ ދީނެވެ ދެން ގައުމެވެ ދެން ޕާޓީ އެވެ. ޕާޓީ އަށް ވުރެ ދީނާ ގައުމު މާ މުހިއްމު ވާނެ އެވެ.
އެކަމު
07 June 2022
ދީނަށްވުރެ ވިޕަކަށް ތަބާވުން މާ މުހިއްމުވެފަ އެއޮތީ.
އަބްދުﷲ މޫސާ
07 June 2022
ވަރަށް ވަނދުކޮށް ކަންބޮޑުވޭ ބުނީ. ކުށްވެެރިކޮށާކަށް ނުކެރުނު
އަބްޑޫޅް
07 June 2022
މީ އިންޑިޔާގެ އެތެރެފުށުގެ ކަމެއް. ދިވެހިންގެ އެތެރެފުށާ އިންޑިޔާ ނުބެހުމަށް ގޮވާ އިރު، އިންޑިޔާގެ އެތެރެފުށާ ރާއްޖެއިންވެސް ބެހިގެން ނުވާނެ.
ޗާޓުން ބޭރުނުވޭ
07 June 2022
ހިންދޫންގެ ރޯ އެޖެންޓުންވެސް ކޮމެންޓުކުރާއިރު ތަނެއް ދޮރެއް ނުބަލާ..މިއުޅެނީ އަހަރެމެންގެ މާތް ނަބިއްޔާއަށާއި ކީރިތި ޤުރްއާނަށް ފުރައްސާރަކޮށްގެން..ރާއްޖެ އެކަންޏެއް ނޫން މުޅި އިސްލާމީ އުއްމަތް މިކަމާ ދޮކޮޅަށް ތެދުވަނީ މުސްލިމުންކަމުގަ ވާތީ..މުސްލިމުން މިކިޔަނީ ސަބަބެއް ނެތިއެއް ނޫން..ރާއްޖޭގަ ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާ ގޮވުން މިކަމަކާ ނުގުޅުވޭނެ..
الرديف الرسمية
07 June 2022
ކަލޭގެ ލަދު ކޮބާ؟؟
ދޮންދީދި
07 June 2022
މިއީ އިންޑިއާގެ އެތެރޭގެ އެކަނި ކަމެއް ނޫން.. އެނގިއްޖެ.
ބަބްޑޫލް
07 June 2022
އިންޑިއާގެ އެތެރެފުށުގެ ކަމެއް ނޫން ހިނގައިގެން އުޅެނީކީ. އިންޑިއާގެ އެތެރެފުށުގަ ކޮންމެ ދުވަހަކު އެތައް މައްސަލަތަކެއް ހިނގާ އެމީހުންގެ ތެރޭ. އެފަދަ ކަންކަމަކާ މިގައުމަކުންވެސް އެހެން ގައުމުތަކުންވެސް ބެހިއެއް ނުއުޅޭ. ދިވެހިންގެ އެތެރެފުށާ އިންޑިއާ ނުބެހުމަށް ގޮވާއިރު އެމީހުން ތިބެނީ ނުބެހިއެއްވެސް ނޫން.
އާސްމާން
07 June 2022
އިބުރާހިމު ކުއްވެރި ވެސް ކޮއްފި ތައުރީފުވެސް ކޮއްފި އެކަމު އެލެކުސް މަޖިލީސް ތެރެއިން ކުއްވެރި ކުރުން ހުއްޓުވައިފި ދެންކިހިނެއް ލާދީނީ ނުކިޔާވާނީ
ޖުލައި
07 June 2022
ތިޔައީ ބީޖޭޕީއަށް މަރުހަބާ ކިޔަން ނެރެފަ އޮތް ބަޔާނެއްތަ. މަޖިލީހުން މައްސަލަ ބޭރުކޮށްލީމަ ސަރުކާރުގެ އިޚްލާޞްތެރިކަން ނެތްކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ
ޢަޅިނާ
07 June 2022
ކޮންމެ ކަމެއް ސިޔާާސީ . މަޖްލިސްތިކަންތައް ތިޔަކުރީ ސިޔާސީ ޗަރުކޭސްއަކަސް
ޢަހުމަދު ނައީމް
07 June 2022
ނަމަކަށް ކަމެއް ކޮށްލީ!
ފަށަން
06 June 2022
ރަސްމީގަޑި ދިޔަފަހުން ތެޅިގަނެގެން ނެރުނު ފިނޑި ބަޔާނެއް