އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
06 ޖޫން 2022 - 18:27
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ބޭފުޅަކު ކީރިތި ގުރުއާނާއި މާތް ނަބިއްޔާ އަށް ފުރައްސަރަކުރި މައްސަލަ ކުށްވެެރިކޮށް، އިންޑިއާ އިން މުސްލިމުންގެ ކިބައިން މާފަށް އެދުމަށް އެމްއެންޕީން މިއަދު ގޮވާލައިފި އެވެ.
ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އާދިއްތަ ދުވަހު ބީޖޭޕީގެ ތަރުޖަމާނު ނުފުރް ޝަރްމާ، އިސްލާމްދީނާއި ކީރިތި ރަސޫލާގެ ޒާތުފުޅަށް ބަދުބަސް ބުނެ އެކަލޭގެފާނުގެ ކައިވެނިފުޅުތަކާ ގުޅިގެން ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން އިސްލާމްދީނާ ދެކޮޅަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
"މި ވާހަކަތަކަކީ މި އުއްމަތުގެ މާތް ނަބިއްޔާގެ އިތުރުން މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއްކަމަށްވީ ހިނދު، މިކަން އެމްއެންޕީގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
މާތް ނަބިއްޔާއަކީ އިސްލާމީ އުއްމަތާއި މުސްލިމުންގެ އިތުރުން ޣައިރު މުސްލިމުންގެ ލޯތްބައި ގަދަރުލިބިގެންވާ ޝަހުޝިއްޔަތަކަށް ވާއިރު، ނަބިއްޔާ އަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކަށް ތަހައްމަލުކުރަން ކެތްވާނެ ކަމެއް ނޫން ކަމަށް އެމްއެންޕީން ބުންޏެވެ. އެހެންވެ، އެ ޕާޓީން ގޮވައިލީ، ބީޖޭޕީން އެންމެހައި މުސްލިމުންގެ ކިބައިން މާފަށް އެދުމަށެވެ.
އެމްއެންޕީގެ ބަޔާނުގައި ވަނީ މާތް ނަބިއްޔާއަކީ މުސްލިމުންގެ ހިތްތަކުގައި މާތްކަމާއި ލޯބިގެންވާ ބޭފުޅަކަށް ވެފައި، މުސްލިމުންގެ ހައްގުތައް ރައްކާތެރިކޮށް، ސާބިތު ނުހިފޭ ވާހަކަތައް ކުރިމަގުގައި ނުފެތުރުމަށް ގޮވާލައިފަ އެވެ. ދީނީ ތަފާތުކުރުންތަކުން އެއްކިބާވެ ޒިންމާދާރުކަމާއި އޯގާތެރިކަމާއެކު ރައްޔިތުންނާ މުހާތަބުކޮށް، އަމަލުކުރުމަށް ވެސް ބީޖޭޕީ އަށް އެމްއެންޕީން ގޮވައިލި އެވެ.
ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި އެމްއެންޕީގެ ފަރާތުން ނެރޭ ނޫސްބަޔާންhttps://t.co/TWkLeacMcb pic.twitter.com/4KhIVIbyF1
— Maldives National Party (@MNP_Secretariat) June 6, 2022
ކީރިތި ގުރުއާނާއި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އިސްލާމީ ގައުމުތަކުން އަންނަނީ އިންޑިއާއާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.
މިއަދު ހަވީރެއްހާއިރު ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ވަނީ އިސްލާމް ދީނުުގެ މަތިވެރި އުސޫލުތަކާއި ކީރިތި ރަސޫލާ ދެއްކެވި ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ ކޮންމެ އަމަލެއް، ހުރިހާ ހާލަތެއްގައި ވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާނެ ކަމަށެވެ.
ކީރިތި ގުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ބީޖޭޕީގެ ހަރަކާތްތަކުން ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި ނުޕުރް ޝަރުމާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. ނިއު ދިއްލީގައި ހުނަން އެ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން އަރަބި ގައުމުތަކުން ނުރުހުން ފާޅުކުރަން ފެށުމުން ބީޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ ނުޕުރް ދެއްކި ވާހަކަތަކަކީ އެ ޕާޓީގެ ވިސްނުން ނޫން ކަމަށާއި އެއީ ހުރިހާ ދީންތަކަށް ފުރިހަމަ އަށް އިހުތިރާމްކުރާ ޕާޓީއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
رديف
07 June 2022
މިމީހުން އެބަ އުޅޭ ދޯ؟؟ ބީޖޭޕީގެ އަޅުން.
ހަސަންދީ
07 June 2022
ހަޤީގަތަކީ އެއްވެސް ޙާލެއްގައި ހެޔޮ ނިޔަތެއް އޮވެގެނެއްނޫން ސިޔާސީ ގޮތުން ނެގެން އޮތް ފައިދާއެއް ނެގޭތޯ ބަލަނީ ...
ޢެޑްމުންޑޯ
06 June 2022
ބުނަން މިވަރުގެ ލަދުކުޑަ ބަޔެއް އަދި ނުދެކެން ، ތިޔައީ ވޯޓަށް ފިލި ފިނޑި ގްރޫޕެއްނު !!!
ބްލެކްއެންޑްވައިޓް
07 June 2022
އެއްޕާޓީގަ ތިބި 10 ކެނަ އެކީ ހުދުވެފައި އަނެއްޕާޓީ އެއްކޮށް ބޮޑުކަޅުގަނޑަށް ވެފައި ދެންތިބި މީހުން އެކީ އަޅިޔަށް ވީމާ އެބަ އެނގޭ އެމީހަކަށް ކުޅެވެންއޮތް ސިޔާސީއެތި ކުޅެނީކަން. ހަގީގީ ދީރީ ރޫހެއް ތީގައި ނުވާކަން.
ހަމަ އަހާލީ
06 June 2022
މީގެ އެތައް އަހަރެއް ކުރިންފެށިގެން ޓީވީއެމްއިން ކޮންމެ ރަމަލޯން މަހެއްގަ ގެނެސްދޭ ޕްރޮގްރާމެއްގަ ބުދު ދީނަށް ހަޖޫޖަހާ މަލާމާތްކުރޭ މިކަމަކަށް ނުޖެހޭބާ މާފައް އެދޭކަށެއް؟
ރަދީފްއޮފިޝަލް
06 June 2022
މިސާލެއް ގެންނައިރުވެސް ތަންކޮޅެއް ފެން ހިފޭ އެއްޗެއް ބުނެބަލަ.ކަލޭ އަދި ބުނާނެ ކުރީ ޒަމާނުގަ އަބޫޖަހުލު ކިޔާ މީހަކުވެސް އުޅުނޭ އެހެންވީމަ ކޮންމެ ގައުމެއް ޖަހުލެއް ހުންނަން ޖެހޭނެއޭ.ލަދު ކޮބާ ބްރޯ؟ ވ.ވެދުން @ރއ
ރިޔާޒު ރަށީދު
06 June 2022
އެއީ ހިންދޫ ދީންތަ؟ ހިންދޫ ދީނީ ޝިއާރުތަކަށް ބެހުނުތަ؟ ތަންދޮރު ނޭނގުނަސް ބޮޑުވަރު. ބުދަށް އަޅުކަން ކުރުމަށް ފާޑު ކިޔުމަކީ ވަކި ދީނަކަށް ކުޑައިމީސްކުރުމެއް ނޫން. މިސާލަކަށް ނޮން-ވެޖެޓޭރިއަނިޒަމަށް ފާޑު ކިޔުމަކީ އިސްލާމްދީނަށް ފުރައްސާރަ ކުރުމޭ ނުކިޔާނެ.
ތިއަހާލީތަހަމަ
07 June 2022
ތިޔަ ޕްރޮގްރާމެއް އެއީ މިގައުމުގެ ވެރިކަން ކުރަން ތިބޭ މީހުންގެ ޕާޓީއެއްގެ އިސް މީހަކު ޓީވީއަށް އަރާ އިނދެ މުޅި ދުނިޔެއަށް އިވޭ ގޮތަށް ދެއްކި ވާހަކަތަކެއް ނޫން. އެއީ ދުނިޔޭގަ އުފައްދާ އެފަދަ އެތައް ޕްރޮގްރާމަކާ ފިލްމެއްގައި ހުންނަ ގޮތަށް ގެނެވޭ ޕްރޮގްރާމެއް. އެ ޕްރޮގްރާމްގައި ދައްކާ ބުދުދީނުގެ މީހުން ފަހުން ވަނީ އިސްލާމްވެފައި. އިލްމު އުނގަންނައިދިނުމުގެ ގޮތުން ހާދިސާތަކެއްގެ މައްޗަށް ކުޅެވިފައި ހުންނަ ތާރީޚީ އެއްޗެއްގެ ވާހަކަ ތި ދައްކަނީ
އުދުހޭ
06 June 2022
އިންޑިޔާ ޕްރޮޖެކްޓްތަށް ނާޒިމު އާއިލާ ކުންފުުންޏަށް ލިބޭއިރު އިންޑިޔާއައުޓް ކިޔާލަން ނުކެރޭ ބަޔަކު ރަގަޅުވާނީ އަނގައިގަ ޓޭޕް އެޅިއްޔާނޫންތަ؟
ޙަޔާތްކެނޑިތަކާ
06 June 2022
ދިވެހި ތައްޔިތުންނަށް ތިޔަކުރަނީ މަލާމަތް. މިއަދު ތިޔަބައިގަނޑު ރައްޔިތުންގެ މަޖިލީހުގައި ދިވެހިރައްޔިތުންގެ ނަމުގައި އަޑު އުފުލަންވީ ވަގުތު ޙަޔާތްކުޑަކަމުން ބަލައިވެސް ނުގަނެ ބޭރުކޮށްލާފައި މާމާތް ބަޔަކަށް ހެދެންވެގެން ތިޔަ ގަންނަ ސަކަރާތަށް ތާހިރު ޖަވާބެއްދޭނެ ދިވެހިން. އިރާދަކުރެއްވިއްޔާ
ރަދީފްއޮފިޝަލް
06 June 2022
ކަލޭމެން އެބައުޅެންތަ؟
ރަދީފު ބިން ރަފައިދާ
06 June 2022
ހިންދީބަހުން ނޫނީ އިނގިރޭސިބަހުން ބަޔާން ނުނެރުނީ ކީއްވެބާ؟
ރިސްބަ
06 June 2022
މިއަދު ވޯޓަށް އެހިގަޑީ ފިލި ގްރޫޕް ކޮބާ؟؟