ވިލިމާލެ އަތިރިމަތީގައި ބަޔަކު މަޑުކޮށްލައިގެން. މާދަމާ ވެކްސިން ދޭން ފަށާނެ.-- ފައިލް ފޮޓޯ: މިހާރު
07 ޖޫން 2022 - 20:43
ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ކުދިން ތަކެއްގެ ގަޔަށް ޖެހި މައްސަލައާ ގުޅިގެން ވެކްސިން ޖެހުން މެދުކަނޑާލުމަށްފަހު، އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން މާދަމާ ވެކްސިން ދޭން ފަށަން ނިންމައިފި އެވެ.
އެ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން މިރޭ ކުރި އިއުލާނުގައި ބުނީ މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލަ ތަހުގީގުކޮށް އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި އެ ކަންތައް އިތުރަށް ހަރުދަނާކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާ އެއްގޮތަށް އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން އަލުން ވެކްސިން ދޭން ފަށާނެ ކަމަށް ބުންޏެވެ.
ވިލިމާލޭގައި ކުދިންތަކަކަށް މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ދިން މައްސަލަ ފެންމަތިވީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. އެއާއެކު، ވެކްސިން ޖެހި މުވައްޒަފުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ވިލިމާލޭ ހޮސްޕިޓަލުން، މުއްދަތު ހަމަވެފައިވަނިކޮށް ޖެހީ އެމްއާރު ވެކްސިނާއި ބީއޯޕީވީ ވެކްސިނެވެ. އެމްއާރު އާއި ބީއޯޕީވީ އަކީ އާންމު ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. އެއީ މި އަހަރުގެ ޖެނުއަރީ މަހަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ކަމަށް ވެ އެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ވެބްސައިޓުގައިވާ ގޮތުން މުއްދަތު ހަމަވެފައިވާ ވެކްސިނެއް ޖަހައިފި ނަމަ އެ ވެކްސިން އަލުން ޖަހަން ޖެހެ އެވެ. ނަމަވެސް މުއްދަތު ހަމަވި ޑޯޒަކީ ލައިވް ވައިރަސް ވެކްސިނެއް ނަމަ، އެ ޑޯޒް ރިޕީޓްކުރަން މަދުވެގެން ހަތަރު ހަފުތާ މަޑުކުރަން ޖެހެ އެވެ. އެކަމަކު، އެ ދުވަހު އެކަން ދެނެގަނެވިއްޖެ ނަމަ، އެ ޑޯޒު ހަމަ އެ ދުވަހު ރިޕީޓް ކުރެވޭނެ ކަމަށް ސީޑީސީގެ ވެބްސައިޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޑިދަށު ކޮއިފުޅު ވިލިނގިލި
08 June 2022
ކޮއިފުޅާ މިވިލިގިލި ހޮސްޕިޓަލެއް ރަނގަޅެއް ނުވާވެ މިއީ ވަގުތީ ތަނެއްގެ ގޮތުގައި އެތަނާ ހަވާލުވެގެން ތިބި މީހުން ދެކެނީ ނިކަން އައިޖީއެމް އެޗުން އާތިފާމެޑަމްގެނެސް ވިލިގިނލީ ހޮސްޕިޓަލް ހިންގަން ހަވާލުކޮށްބަލަ އޭރުން މިތަނުން ތިހުރިހާ ޚިދުމަތެއް ދޭން މަސަކަތްކުރާނެކަން ޔަގީން ހެލްތު ނަސީމޫ ވިސްނާލަބަލަ ވިލިނގިލީ ހޮސްޕިޓަލާމެދު
ވިލިމާލޭގެ ރައިވެރިބޭ
08 June 2022
ހެޔޮނުވާނެ އެހެންމީހުން އެދައްކަނީ ވަރަށްބޮޑު ތެދުވާހަކައެއް ވިލިމާލޭގެ ހޮސްޕިޓަލްގަ ދަތުގެފަރުވާ ފެށޭނެދުވަހަކަށް މިއިންތިޒާރު ކުރެވެނީ ކުރީދުވަހުވެސް މަގޭކުޑަދަރިފުޅު ދަތުގަރިހޭތީ ރޯވަރުން ދެއްކީމަ ހޮސްޕިޓަލުން ބުނީ މިތަނުން ފަރުވާދެވޭކަން ނެތޭ އަވަހަށް މަލެދާށޭ މާލެގޮސްގެން އައިޖީއެމްއެޗުން ނުދެއްކިގެން ބޮޑުއަގުދީފަދިއައި ކުލިނިކަށް ލާރިނެތޭ ވިލިމާލޭގެ ރައްޔިތުން ހާލުގަޖެހިފަ މިތިބީ
ވިލިމާލޭ ރައްޔިތުމީހާ
08 June 2022
ޔޭ އާދޭސް ކޮށްފަ މިބުނީ ވިލިމާލޭގެ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށްދެއްވާ އަޅުގަނޑުމެން މިތިބީ އެއްބަރުލުން ދޭން ތައްޔާރަށް މިސަރުކާރުން މިހާރު ބުރިޖުވެސް އެއަޅާދެނީ ވާވާ.
ފާތުމައިދީދީ ވިލިމާލެ
08 June 2022
އަލްހަމްދުލިއްލާހި ދެންއަވަހަށް ދަތުގެ ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސައިދީ އާދޭސްކޮށްފަ އެހެން އެއްވެސް ސަރުކާރަކުން ނުކޮށްދީފަ އޮތްކަމެއް ވިލިމަލޭގަ ދަތުގެ ފަރުވާ ދެވޭނެ އިންތިޒާމު އެހެން ވީމަ މިސަރުކާރަކީ ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް އާދޭސްކޮށްފަ މިކަން ކޮށްދީބަލަ ޝުކުރުވެރިވާނަން
ޖަލީލު ވިލިމާލެ
08 June 2022
ވަރަށްބޮޑަށް ޝުކުރިއްޔާ ވިލިމަލޭ ހޮސްޕިޓަލްގަ ދަތުގެ ފަރުވާދޭނެ އިންތިޒާމެއް ހަމަޖައްސައި ދީބަލަ މިއީ ވިލިމާލޭ ރައްޔިތުންގެ ވވވވވ ބޮޑު އާދޭސް. އައިޖީއެމްއެޗުން ނަންބަރެއްނުލިބެއޭ ކިތެއްމެފަހަރަދކު މަސަކަތްކުރިއަސް ދެންޖެހެނީ ވަރަށްބޮޑު އަގުދީފަ އެހެންތަނަކުން ފަރުވާ ހޯދާށޭ
ޑޯޒް
08 June 2022
މުއްދަތު ހަމަވި ޑޯޒް ޖެހުނު ކުދިންވެސް އެބަޖެހެއެއްނު ބަލަން. ކޮން ތާރީޚަކުން ފެށިގެން ވެކްސިން ޖެހި ކުދިންކަން ހާމަކުރަންވީ.
ވިލި
07 June 2022
ހޮސްޕިޓަލަކީ ހަމަ އެކަނި ނަންބޯޑު