ހުޅުމާލެ ހޮސްޕިޓަލާއި ރަށްރަށުގައި ހުރި ރީޖަނަލް ހޮސްޕިޓަލުތަކުގައި ވެސް އައިނު ފިހާރަ ހުޅުވާނެ.
އައިޖީއެމްއެޗުގެ އައިނު ފިހާރަ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
27 ޖުލައި 2025 - 19:16
އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ނުކޮށް ނަންބަރު އައިނު ހެދޭ "އެމްސީޖީއެޗް" ފިހާރަ އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފި އެވެ.
މި ފިހާރަ ހުޅުއްވައިދެއްވީ އެކަމަށްޓަކާ މިއަދު ހަވީރު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އައިޖީއެމްއެޗުގައި ހުޅުވި އައިނު ފިހާރަ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
މި ފިހާރަ ހުޅުވާފައި ވަނީ އައިޖީއެމްއެޗުގެ މައި ގޭޓުން ވަންނައިރު އޮންނަ ވޯކްވޭގެ ކަނާތް ފަރާތުގަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހޮސްޕިޓަލްތަކަށް މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އަދި ހިދުމަތްތައް ކުރިއަށް ވުރެ ރަނގަޅުކޮށް، އާ ހިދުމަތްތައް ފަށައި ވަސީލަތްތައް ވަރަށް ބޮޑު އިތުރުކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ މި އައިނު ފިހާރައިގައި އެންމެ ފަހުގެ، އެޑްވާންސް ވަސީލަތްތައް ހުންނާނެ ކަމަށާއި ނަންބަރު ނެގުމާއި ނަންބަރު ލެންސް ހެއްދުމުގެ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ. އެ ފިހާރައިގައި ގާއިމްކޮށްފައިވާ މެޝިންތަކުން ކެޓަރެކްޓް އާއި ލޮލުގެ ޕްރެޝާ ބެލޭނެ ކަމަށާއި ލޮލަށް ޖެހޭ ބައްޔެއް ކަމަށްވާ ގުލްކޯމާއަށް ޓެސްޓްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާސަންދައިން އައިނު ހެދުމަށް ހޭދަކުރާ 2،000ރ.ގެ އަދަދުގެ ތެރޭގައި، ދިވެހި ކޮންމެ ރައްޔިތަކަށް އައިނު ހިލޭ ހެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން ފަހިވެގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.
— The President's Office (@presidencymv) July 27, 2025
ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ވަރަށް އަވަހަށް އައިނު ފިހާރައެއް ހުޅުވާނެ ކަމަށެވެ. އަދި ރަށްރަށުގައި ހުރި ރީޖަނަލް ހޮސްޕިޓަލުތަކުގައި ވެސް އައިނު ފިހާރަ ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިނުގެ ވިޔަފާރިގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށް، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން މިދިޔަ މެއި މަހުގެ ފަހުކޮޅު އިއުލާންކުރެއްވީ ރައީސް މުއިއްޒެވެ.
އައިނު ހެއްދުމަށް އާސަންދައިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1000ރ. ވެސް މިދިޔަ މަހުން ފެށިގެން ވަނީ 2،000ރ. އަށް ބޮޑުކޮށްފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އޭގެ "އެޑްވާންޓޭޖު" ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެ މަނިކުފާނު ނުދެއްވާނެ ކަމަށެވެ.
"މި ޖެއްސި އަގު 1،000 އިން 2،000 އަށް ހެދީމާ ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތެއް ނުލިބޭނެ. އައިޖީއެމްއެޗުގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް. އައިޖީއެމްއެޗުގައި އައިނު ބިޒްނަސް ފަށާނަން،" މިދިޔަ މޭ 31 ވަނަ ދުވަހުގެ ރޭ ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ އެ ނިންމުމާ އެކު، އައިނުގެ ވިޔަފާރިކުރާ މީހުން ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް އެންމެ ރަނގަޅު ކަމަށާއި އެ މަނިކުފާނަށް މުހިންމީ "ވިޔަފާރިވެރިން ރައްޔިތުންނަށް އެ ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވައިލަން" ކަމަށެވެ.
ހަލީމް ކުރިން "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި، އައިނުގެ ވިޔަފާރި ކުރާނީ އެ ހޮސްޕިޓަލުން އަމިއްލައަށް ފްރޭމާއި ލެންސު ބޭރުން ގަނެގެން ކަމަށެވެ. އެ ތަނުގައި ހުންނަ އައިނުގެ އަގުތައް، އާސަންދައިގެ ރޭޓަށް ވުރެ ބޮޑު ނުވާނެތީ އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އައިޖީއެމްއެޗުގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނަސް، އައިނާ ގުޅޭ އެއްވެސް ހިދުމަތެއް ނުދެ އެވެ. އެހެންވެ، އެ ވިޔަފާރީގައި އިސްކޮށް އުޅެނީ އަމިއްލަ ފަރާތްތަކެވެ. އެކަމަކު، އެ ތަންތަނުން ވިއްކާ އައިނުގެ އަގުބޮޑުވުމުން އަމިއްލަ ޖީބުން ވެސް ކޮންމެ ފަހަރަކު ބޮޑު ހޭދައެއް ކުރަންޖެހޭތީ އާންމުންގެ ޝަކުވާ އެކަމުގައި އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިފްޒާލްް
28 July 2025
ރައީސް މުއިއްޒު އަކީ ބަހާއި އަމަލާއި ދިމާވާ ރައީސެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަ ކޮށްދެއްވިކަމަށް. ތިއީ މި ގައުމަށް އިންތިހާއަށް ބޭނުންކަމެއް. އަދި ކުރިއަށް އޮތްތާގައި މިކަން ފުޅާކުރަންވީ.
ޢަރުތަ
28 July 2025
ޑޮލަރުގެ އަގު ތިރިކޮށްލި ގޮތަށް ދޯ.
ރާވެރިބެ
28 July 2025
ކުރިން އަޑު އިވެނީ ފިހާރަ އަކީ ތަކެތި ވިއްކާ ތަންތަން ކަމަށް. މިހާރު މިއުފަންވީ ހިލޭ މުދާ ލިބޭ ‘ފިހާރަ’ އެއް. މީ ވެސް ދުނިޔޭގެ ރެކޯޑެއް. ސަރުކާރުން މިގޮތަށް ހުރިހާ ބާވަތެއްގެ މުދާ މިސާލަކަށް ފިޔާ އަލުވި މުގު މިރުސް ހަނޑޫ މިހެން ގޮސް ހުރިހާ ކާނާ އާއި ކުޑަކުދިންގެ ކާނާ އަދި ނެޕީ ވެސް ހިލޭ ލިބޭ ފިހާރަތަށް މުޅިރާއްޖޭގަ ހުޅުވަންވީ. އެނުން ގޮތަކަށް ރައްޔިތުންނަށް ފަރު ނުޖެއްސޭނެ. އައިނަށް ވުރެ ކުރިން އަސާސީ ތަކެތި ހިލޭ ދެއްވާ ޕްލީޒް.
raajje
29 July 2025
ރާވެރިބެ: އުމުރުންދުވަސްވުމުން ނުވަތަ އެހެންސަބަބަކާހުރެ ނަންބަރު އައިނުއަޅަންޖެހޭ މީހެއްގެ އެންމެބޮޑު އަސާސީ އެއްޗަކަށްވާނީ އޭނާގެ ނަންބަރުއައިނު، ދެވަނައަށް ފާހަގަކޮށްލާނީ އައިޖީއެމްއެޗްގައިހުޅުވި އައިނުފިހާރައިން އައިނުހަދާދެނީ އިލޭނޫންކަން، ނަމަވެސް ދިވެހިންނަށް އާސަންދައިންލިބޭ ދެހާސްރުފިޔާއިން އައިނުހެދޭކަން، މާނައަކީ ޖީބުންފައިސާދަށްކަންނުޖެހުނުނަމަވެސް އެފައިސާ އާސަންދައިންދައްކާ، ފިޔާ އަލުއި ހަނޑޫ އާސަންދައިން ކަވަރެއްނުކުރޭ ސާފުވެއްޖެ؟
އިސްމާލީ
28 July 2025
މަރްޙަބާ ރައީސް ސޯލިހް
މާޒީީ
28 July 2025
ހަހަހަހަހަ. ސޯލިހުއަށް އެނގޭތަ ރައްޔިތަކަށް ކަމެއް ކޮށްދޭން. އެއީ މަޝްހޫރު ރައްޔިތުން ހަނާކުރި ވެރިޔާއެއްނުން.
raajje
29 July 2025
އިސްމާލީ: އަވާމެންދުރެއްގަދޯ؟ ސޯލިހުގެޒަމާންދިޔަތާކިތަންމެދުވަހެއް، ވެރިކަމުގައިހުންނަން ފަސްއަހަރު ލިބުނީމާވެސް ރައްުޔިތުންގެ ސަޕޯޓުހޯދަންނޭންގި ފެއިލްވީ، ސޯލިހަކީ މިރާއްޖޭގެ ވެރިކަމަށްއައި އެންމެތާކުންތާކުނުޖެހޭ ރައީސް، އޭނަވެރިކަމަށްއައީވެސް އޭނައަށް ލިބުނުސަޕޯޓަކުންނޫން، ނަމަވެސް އޭރު އެމްޑީޕީގެ ފަރާތުން ކުރިމަތިލީމަޔާ ރަނގަޅު އިތުރުމީހަކު ކުރިމަތިލާފަނެތީމާ ރައްޔިތުން އޭނައަށްވޯޓުދިނީ، ރަނގަޅުރައީސެއްވިއްޔާ 2ވަނަ ދައުރަށްހޮވޭނެ ބަލަންތިބޭ
ގައުމީ ދޫ
28 July 2025
އިއިޖީއެމްއެޗް ގައި އައިނު ހެދުމަށް އާސަންދަ 2000ރ އަށް ބަދަލުކުރީ. އައިޖީއެމްއެޗްގެ ބިމަށް ކުލި ދައްކާކަށް ނުޖެހޭނެ! އާސަންދަ ފައިސާ ނުލިބި އަހަރު ދުވަހު މަޑުކުރާކަށް ނުޖެހޭނެ. ސަރުކާރުން ކުދި ވިޔަފާރިތަކަށް ހުރަސް އެޅުމުގެ ބޭނުމެއް ނުވިސްނޭ! ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވުމުގެ ބަދަލުގައި ލޮލުގެ ފަރުވާ ވަރުގަދަކޮށް ފެކޯ އަދި ލޭޒަރ ސާރޖަރީ ހެދޭގޮތް ހެދަންވީމަ އައިނު ދުންނާއި ލެންސް ވިއްކަން އެ ފެށީ!
ކިމް
28 July 2025
ކިއުޔަކަށް އަރައިގެންތަ ތި ލިބެނީ؟
ބުރަތޭރީ
28 July 2025
އާދައިގެ މަތިން ތިޔަކަމުގެ ހަގީގަތް އެގޭނީ ދުވަސްކޮޅަކުން..މައްސަލަ އަކަށްވާނީ ދިވެހިން ބޭނުންވާ ފީޗަރސްތައް ހުންނަ އައިނެއް ދިހަ ބާރަ ހާހަށް ހެދޭއިރު، 2000ރ ދޭ އައިނުގެ ކޮލެޓީގެ މައްސަލަ. ކޮންމެކަމަށް ސަރުކާރުން އަތްބާނައިގެން ވިޔަފާރި ކުރަންވީމާ، ކަމކުނުދޭ..އަދި ތިޔަތަނުން ޚިދުމަތްހޯދަން ކިޔޫޖެހި ވިހި، ފަންސަވީސްހާސް ޚަރަދުކޮށްގެން މާލޭގައި ދުވަސްގުނަން ރައްޔިތުންނުތިބޭނެ
ނައުޝޫދްް
28 July 2025
ކޮލެޓީ އެއްޗެހި ނަމުގައި ރާއްޖޭގެ ގިނަ ފިހާރަތުން ލިބެނީ ފޭކް. ބޮޑު އަގުގަ ވިއްކަނީ މިފަދަ ހިދުމަތެއް ސަރުކާރުން ނުދޭތީ. ކިހާ ޒަމާނެއް މިވަނީ ރައްޔިތުން ފެލާތާ.
ސޮދުރީ
28 July 2025
ފޭލިވެފަ އޮތް ދައުލަތެއް ކޮޅަށްނަގަން ސަރުކާރުން މި ފަހަރު ތި އެޅި ފިޔަވަޅަށް އައްސަރިބަހާ ސާބަސް ދައްނަވަން،
ޢަރުތަ
28 July 2025
ސާބަސް ރައީސް، ވައުދާ އެއްގޮތަށް ޑޮލަރުގެ ރޭޓުވެސް ބޮޑު ތަނުން ތިރި ކޮށްލަ ދެއްވަން ވާނެ މިފަހަރު.
ހޮޓްކިންގ
28 July 2025
ދެހާސް ރުފިޔާއަށް ހެދޭއައިނެއް ނުހުންނާނެ. ތިއަގަށް ހެދޭނީ ގާތަޅާމީހުންގެ ގޮގްލް.
ގާތަޅާ ކަލޭގެ
28 July 2025
ތިއުޅެވެނީ ވަރަށް ފަހަތުގަ. 800 ރުފިޔާއަށް ލަންކާ އަދި އިންޑިއާއިން މިކަން ކުރެވޭ. ސޯ ވައި ކާންޓް އިން މޯލޑިވްސް؟
ސްޓާފުން
28 July 2025
އައިޖީއެމްއެޗު އަކީ ވަރު ވާ ދިނުމައް ވުރެ އަމިއްލަ ވިޔަފާރި ކުރާތަނެއް ވެރިން ގެ ޖީބައް ބަރު ވާގޮތައް
ސަމަދްް
28 July 2025
ރައްޔިތަކަށް ފައިދާވާ ކަމެއް ކޮށްފިޔާ ބަޔަކަށް ނިކަން އަސަރެއް ކުރާނެ.
ކޮމިއިނިސްޓް
28 July 2025
ގުޅަ ތެއްލާ ތަނެއްވެސް ސަރުކާރުން އަދި ހަދަންވާނެ!