ރައްޔިތުންގެ ޕޮޑްކާސްޓުގައި ރައީސް ޑރ. މުއިއްޒު މިއަދު ވާހަކަފުޅުދައްކަވަނީ.- ފޮޓޯ: ރައީސް އޮފީސް
30 މެއި 2025 - 14:58
ރާއްޖޭގެ ސިއްހީ ދާއިރާ އަންނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ މާލެ އާއި ރަށްރަށުގެ ސިއްހީ ދާއިރާ އޮތީ ވަރަށް ދަށުގައި ކަމަށެވެ. އެހެންވެ، އެ ހާލަތު ރަނގަޅުކުރަން މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ތެރެއިން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކުރައްވަމުން ގެންދަވާ ކަންކަމަށް އަލިއަޅުވާލެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ހުޅުމާލޭގެ 3 ފިޔަވަހި 300،000 މީހުންގެ އާބާދީއަކަށް ތަރައްގީކުރާއިރު، އެ ތަނުގައި މި ވަގުތު ހުރީ ބޭނުންވާ ވަރަށް ވުރެ ކުޑަ ހޮސްޕިޓަލެއް ކަމަށެވެ. ނަމަވެސް، މިދިޔަ ނޮވެމްބަރު މަހު ގިނަ ކަންކަން ފަށައި މިދިޔަ ހަފުތާގައި އިމަޖެންސީ ރޫމް ދެގުނަ ބޮޑުކުރުމާއި އަންނަ ޖުލައި މަސް ނިމެންވާއިރަށް ޑައިލިސިސް ހިދުމަތް ވެސް ފުޅާކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަންކަމުގެ އިތުރުން ނޮވެމްބަރު މަހުގެ ތެރޭގައި ހޮސްޕިޓަލަށް 24 އެނދު އިތުރުވެގެންދާނެކަން ފާހަގަކުރެއްވި އެވެ.
ސަރުކާރުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލް ހުރި ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އަޅަން ވެސް ތައްޔާރުވަމުންނެވެ. އެ މަސައްކަތް މިހާރު އޮތީ ޕްލޭނިން ސްޓޭޖުގަ އެވެ.
އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުން އަންނަ އައިޖީއެމްއެޗުގެ ޖާގައަށް މި ފަހުން ވަނީ 75 އެނދު އިތުރުކޮށްފަ އެވެ.
ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީއާއެކު މުވައްޒަފުންގެ ދަތިކަން ވެސް ހައްލުކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން، އައިޖީއެމްއެޗުގެ 218 މަގާމަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ނިންމައި، ގިނަ އަދަދެއްގެ ނަރުހުން ހޯދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރަށްރަށުގެ ސިއްހީ ދާއިރާއަށް ވެސް އުމްރާނީ ގޮތުން މި ފަހުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށް، މުވައްޒަފުން ހޯދަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ ސިއްހީ ދާއިރާ މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑު ތަނުން ރަނގަޅު ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
31 May 2025
ތިޔަ މާދަމައަކުން ނޭރި، ހުރިހާ ކަމެއް މާދަން، ޑޮލަރުގެ އަގުވެސް މާދަން ރަނގަޅުވާނޭ ބުނީ މިހާރް ޑޮލަރު ހުރީ ވަރަށް ރަނގަޅަށް...
އެހެންތަ
31 May 2025
ރަނގަޅު ވާނެޔޭ ތިޔާ ބުނީ ، އާސަންދަ އިން ބޭހެއް ލިބެނީކީ ނޫން (.) ބޭސް ސިޓީގަ ބޭހެއް އިނިއްޔާ ރާއްޖެއިން ބޭރަށް ގޮސްގެން އެ ލިބޭގޮތް ވަނީ (.)
1818
31 May 2025
ކަލޯ ތިހެން ބުނާނެ! ޑޮަލަރު ވެސް ވަރަށް ތިރިވެއްޖެ!
ޝެލަރީ
31 May 2025
ދައުރުނިމޭއިރުވެސް މާދަން ކިޔާލަ ކިޔާލަ ތީ މާދަން ރަހުމާންތަ؟
އިލަ
31 May 2025
2028 ގައި އަދި މާރަނގަޅުވާނެ..!!
ރަހިތާ
30 May 2025
މި ވިދާޅުވަނީ ކޮންއަހަރެއްގެ ވާހަކައެއްބާ
މަ ބުނީ
30 May 2025
ތަކުރުގެ އުސޫލުތަކުން ފުޑުފުޑުވެ ބަނގުރޫޓުވެފައިވާ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރުގޮތެއް ހަމަނެތީތޯ ؟ ބަންގާޅީންގެ ވިޔަފާރިތަށް ކުރިއެރުވުންތޯ މާތް މަޤުސަދެކީ ؟
ދުރުމި
30 May 2025
ސިއްހީ ދާއިރާ ވެސް އެހެން ދާއިރާ ތަކުގެ ވެސް ތަރައްޤީގެ ޕްލޭންތަޢް ހުރީ އަދިވެސް އެއްވެސް ވަރަކަށް ސްޓްރެޓެޖިކް ޕްލޭން އެއްގެ ވިސްނުމެއް ނެތި . ވިލިމާލެ ގައި އަޅަާ ހޮސްޕިޓަލް ހމ ފޭސް ނިމޭހިސާބުގައި އަޅާބަލަ .
ލޮޑަރު
30 May 2025
ނާރާނެ މައްޗަކަށް! ނާރާނެ! ހުއްޓިފަ ތިރިއަށް ދާނީ!
އަހްމަދް
30 May 2025
އަންނަ މަހު، 2 މަސް ފަހުން، އަންނަ އަހަރު ކިޔުން ނޫން ކުރެވޭ ކަމެއް ނެތް...