އައިޖީއެމްއެޗްގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު 75 އެނދުގެ ސާޖިކަލް ވިންގު ހުޅުވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
30 މެއި 2025 - 17:06
އައިޖީއެމްއެޗްގެ ވެއިޓް ލިސްޓު ކުޑަކުރަން އިތުރު ސްޕެޝަލިޓީތަކުގެ އޯޕީޑީ އިތުރުކޮށްފި އެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެންމެ ގިނަ މީހުން ދައްކަން ބޭނުންވާ ސްޕެޝަލިސްޓު އޭރިއާތަކުގެ ކިއު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ރޭގަނޑު އައުޓް-ޕޭޝަންޓު ކޮންސަލްޓޭޝަން ފަށާފައިވާތީ އެންމެ ގިނަ މީހުން ފަރުވާ ހޯދާ ބަލިތަކުގެ ކިއު ކުޑަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އެކަމުގެ ތަފްސީލު ދެއްވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު" އަށް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ފަސް ޑިޕާޓްމަންޓަކުން ރޭގަނޑު އޯޕީޑީ ފަށާފައިވާ ކަމަށެވެ. އެއީ؛
- ދަތުގެ ފަރުވާ
- ޑައިޓާ ގުޅޭ ޑިޕާޓްމަންޓް
- އެންޑޮކްރޮނޮލޮޖީ
- ނާރުގެ ބަލިތައް
- ކަރުންމަތީގެ އޯޕީޑީ
ރޭގަނޑު ޝިފްޓުގެ މަސައްކަތް އޮންނާނީ ރޭގަނޑު 8:00 އިން 11:00 އަށެވެ.
މީގެ ކުރިން ސްޕެޝަލިސްޓު ކޮންސަލްޓޭޝަން އޮންނަނީ ސަރުކާރުގެ ރަސްމީ ގަޑީގައި އެކަންޏެވެ.
އެކަންކަމުގެ އިތުރުން އެޑްމިޓުކޮށްފައިވާ މީހުންނަށް ފަސޭހައިން ބޭސް ލިބޭނެ ގޮތްތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
މީގެ ކުރިން އެޑްމިޓުކޮށްފައިވާ މީހުންނަށް ބޭސް ހޯދަން ޖެހެނީ އާއިލާތަކުންނެވެ. އެކަމަކު، އަލަށް އަމަލުކުރަން ފަށާފައިވާ ގޮތުން އިން-ޕޭޝަންޓުންނަށް ބޭސް ނަގައިދޭނީ ހޮސްޕިޓަލުންނެވެ.
ޑިމާންޑު ބޮޑުވުމުން އައިޖީއެމްއެޗްގެ ތިން ޑިޕާޓްމަންޓެއްގެ ޝިފްޓް ޑިއުޓީ މިދިޔަ އޮކްޓޯބަރު ހިސާބުގައި ވެސް އިތުރުކުރި އެވެ. އެއީ އަންހެނުންގެ ބަލިތަކާއި ނަފްސާނީ ބަލިތައް އަދި ދަތުގެ މައްސަލަތަކަށް ފަރުވާ ދޭ ޑިޕާޓްމަންޓެވެ. އެކަމަކު، އެ ޑިޕާޓްމަންޓުގެ ޝިފްޓު އިތުރުކުރީ ރޭގަނޑު 8:00 އާ ހަމަައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
100%
01 June 2025
ޒީނަތު އާއި އާތިފާ ސާކިރު ބޭރުކުރަނިކޮއް މުޅިތަން ރަނގަޅު ވީ
އެކޮއި
31 May 2025
ތީގެތެރޭގައި ނުހިމެނޭ އެންމެ ބާރުބޮޑު ޑިޕާޓްމަންޓްތަކެއް. ކޮންމެ ކަމަކުންވެސް ޑްރާމާ ކުޅެނީ
ސިއްޚީ މަސައްކަތްތެރިޔާ
31 May 2025
ރައްޔިތުންނަށް ލިބޭ ފަސޭހައެއްކަމަށް ވެދާނެ. ނަމަވެސް ތި ހޮސްޕިޓަލުގެ ސްޓާފުންނަށް އެނގޭނެ ހަމަ އެއްބަޔަކު ކަން ތިބީ ހުރިހާ ޝިފްޓެއްގެ މަސައްކަތް ކުރަންވެސް. ހެނދުނު ގެ ޝިފްޓް ނިންމާފަ ރޭގަނޑު ވެސް މަސައްކަތް ކުރުވީމާ ވަރަށް ގިނަ މައްސަލަ އެ ސްޓާފުންނާއި ޢާއިލާއަށް ކުރިމަތިވޭ. އެހެނެއް ނޫން، 8 ގަޑިއިރު އެފިޝަންޓްކޮށް މަސައްކަތް ކުރެވޭ ވަރަށް މުވައްޒަފުން އިތުރުކޮށްބަލަ. ކޮންމެ ސްޕެޝާލިޓީއެއްގަ މި ތިބެނީ 3-5 މީހުން.
ސަންތިބޭ
31 May 2025
މީސްތަކުން ބަލިވާނީ ރަސްމީ ގަޑީގައި ކަމަށް ހަދާފަ ޑަކްޓަރުން އެތިބެނީ އަމިއްލަ ކުލިނިކް ހަދައިގެން.... ސަރުކާރުގެ ހޮސްޕިޓަލެއް ފުލް ގިއަރުގައި 24 ގަޑިއިރު އޮޕަރޭޓް ކުރުމަކީ އާދައިގެ ކަމެއް ނޫން!
ސައިކެޓްރީ
30 May 2025
ނަފްސާނީ ބަލިތަކުގެ ޑިޕާޓްމަންޓް ވެސް މިހެން ފަށަން ފެނޭ.
އައި.ޖީ.އެމް.އެޗް
30 May 2025
އައި.ޖީ.އެމް.އެޗް ގެ ވެއިޓިންގ ކިޔު ކުޑަކުރަން ކުރަންޖެހޭނެ އެންމެ މުހިންމު ކަމަކީ އައި.ޖީ.އެމް.އެޗް ގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ކްލިނިކްތަކުގައި މަސައްކަތް ނުކުރެވޭނެ ގޮތެއް ހެދުން.. ނަން-ޕްރެކްޓިސް އެލަވެންސް ދީގެން ވިޔަސް އެހެން އެއްވެސް ތަނެއްގައި މަސައްކަތްނުކޮށް 6 ގަޑިއިރު ވިޔަސް އެތާ ތިބެގެން މީހުން ބަލަން ފަށައިފިއްޔާ ތިޔަ ލިސްޓް ކުޑަވާނެ. މިހާރު ދެ މީހުން ބަލާފަ ދާނެ ކްލިނިކަށް. އެތައް ކްލިނިކަކަށް ދާނެ ހަމަ އެ ޑޮކްޓަރު
ކަންނެތް ފޭކް ޑޮކްޓަރުން
31 May 2025
6 ގަޑިއިރެއްނޫން. މަދުވެގެން 8 ގަޑިއިރު ހަމަކުރަންޖެހޭ. ބޮޑު މުސާރައަށް ޑިމާންޑްކޮށްފަ، ލެއްވިހާ އެލަވަންސްއެއް ނަގާފަ، 2 މީހުނާ ފަޅި ބަލާފަ ގެއަށް. ނުވަތަ ބޭނުންވާ ގަޑިއަކަށް ކްލިނިކަށް. ޢަދި މިމީހުންގެ މެޑިކަލް ނެގްލިޖެންސްވެސް މޮނިޓަރ ނުކުރެވޭ
މުއިއްޒުސާޖިދަ
31 May 2025
ސަރުކާރު އެއްވެސް މުވައްޒިފެއް ދެން ޢަމިއްލަ މަސައްކަތް ކޮށްގެން ނުވާނެ ގަމާރު ވޯޓު ވިއްކާ ބައެއް މި ދިވެހިން މީ
ޙަލީމު
31 May 2025
ކްލިނިކްގަޑީގައި ހޮސްޕޓަލު އޯޕީޑީ ހަދާ ވާހަކައެއް ނޫންތަ ހަބަރުގައި އެއޮތީ؟ ހަމަޖެހިލައިގެން ކުރިން ފައިސާ ހަރަދުކޮށްފައި ކްލިނިކްގައި ޑޮކްޓަރަށް ދައްކާލެވޭ، ދެން މިހާރު ކްލިނިކްގަޑީގައި ހޮސްޕިޓަލުގައި އުޅުނީމައި އަހަރެމެން ހޮސްޕިޓަލަށް ދާން ބޭނުންނުވާ ބަލިމީހުންގެ ހައްގު ކޮބާ؟
ރަދީފްއޮފިޝަލް / މުއިއްޒު ޒިންދާބާދް
30 May 2025
ސާބަހޭ ރައީސް.ވަރަށް ރަނގަޅު ބަދަލެއް.
މުހަންމާބެ
30 May 2025
ކަންކަން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރާ ތަން ފެނޭ
ކަނބުލޮދައިތަ
30 May 2025
ރަނގަޅު ކަމެއް. ހޮސްޕިޓަލު ހިންގަންޖެހޭނީ ސަރުކާރު އޮފީސް ހިންގާ ގޮތަކަށް ނޫން. އިންސާނީ ހިދުމަތެެއްގެ ގޮތުގައި ދެކިގެން. އެކަން ހުރިހާ ޑޮކްޓަރުން ވެސް ގަބޫލުކުރަން އެބަޖެހޭ. ހުކުރު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ފަރުވާ ދެވެން ވާނެ. ހުކުރު ދުވަސް އައީއޭ ކިޔާފަ ބަލި ނުޖެހިއެއް ނުހުރޭ. މިހާރު ހުކުރު ދުވަސް ހީވަނީ އެއްވެސް މީހަކު ވަކިވެގެން ނުވާނެ ދުވަހެއްހެން.
އޮނަރަބްލް އަފީފު ދީދީ
30 May 2025
ކ.މާލޭގެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާމީހުންގެ ތަފާތު ހިސާބު އާންމު ކުރުން ވަރަށް މުހިންމު. އޭރުން އިގޭނީ ޑޮކްޓަރަށް ދައްކަން ތިތަނަށް ދަނީ ތިރަށު މީހުން ނޫން ކަމާއި، މުޅި ތިތަން ފުރާފައިވަނީ އެތަން ތަނުގައި "ަޓާޝަރީ ހޮސްޕިޓަލް" ގެ ބޮޑެތި ނަންބޯޑް ހަރުކޮށްފައިވާ ތުރާކުނުން އައްޑުއަށް ހިމެނޭ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންކަން. ތިއީ މާލޭ މީހުންގެ ގެދޮރު ކުއްޔަށް ހިފާނެ މީހުން ތިރަށަށް ގެންދިއުމަށް މާލޭސަރުކާރުން ކުރާ ކަންކަން.
ބޯގޯސްް
31 May 2025
ފިތުނަ ފަސާދަ އުފެއްދުން ނޫންކަމެއް ކަލެއަށް ހަމަ ނޭގެނީތަ؟ އައްޑޫ މީހުންގެ ނަން ހަރާބުވަނީވެސް ތިކަހަލަ މީހުންނާހެދީހެން ހީވަނީ
ހަނިމާދޫ އައްޔަ
31 May 2025
އައްޑޫގައި ތޯ ދެން ހޮސްޕިޓަލް އަޅަންވީ؟ އުތުރު ރަށްތަކުން ތިރަށަށް ދިއުމަށްވުރެން ފަސޭހަވާނެ ސިންގަޕޫރަށް ދާންވެސް. ޓެކްސީ ގަނޑެއް ފަސޭހައިން ލިބެނީއެއް ނޫން. ހުންނާނެ ރަނގަޅު ކޮޓަރިގަނޑެއް ހުންނަ ރަށެއް ނޫން. މަ ތިރަށަށް ދިޔަ ފަހަރު ހުރީ ބޯގޮވާފަ! ޕާޓޭސް ޑްރަގް ޑީލަރުން ވެރިކަންކުރާ އަތޮޅެއް. ތިޔަ ތާކަށް އެެއްވެސް އެހެން ރަށެއްގެ މީހަކު ދާކަށް ނޭދޭ. އަހަރުމެން ދާނީ ހަމަ މާލެއަށް!